ޖަރީމާތައް ހިންގެވި އެއްވެސް ފަރާތަކަށް މަޢާފު ނުދެއްވުމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ޝައިޚް އިލްޔާސް ހުސެއިން ގޮވާލައްވައިފިއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ޝައިޚް އިލްޔާސް ވިދާޅުވީ ރައްޔިތުންގެ މުދަލަށް ހިޔާނާތްތެރިވި ފަރާތްތަކާއި ހައްގަކާ ނުލާ މަރާލެވިފައިވާ މަގްތޫލުންނަށް އިންސާފު ހޯއްދަވާ ދެއްވުމަށް ވަރަށް އަދަބުވެރިކަމާއެކު ރައްޔިތުންގެ ރައީސް އޮނަރަބަލް އިބްރާހިމް މުހައްމަދު ސާލިހްގެ އަރިހުން އެދިލައްވާކަމަށެވެ.

"މިފަދަ ޖަރީމާތައް ހިންގެވި އެއްވެސް ފަރާތަކަށް މާފު ނުދެއްވުމަށްވެސް ގޮވާލަން" ޝައިޚް އިލްޔާސްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ފަހަކަށް އައިސް ސަރުކާރަށް ފާޑުވިދާޅުވެ ސިޔާސީ އެކި މައްސަލަތަކުގައި ދީނުގައި އޮންނަ ގޮތާ ގުޅުވައި އިލްޔާސް ވާހަކަ ދައްކަވަމުން ގެންދަވާތީވެ، ރައީސް ޔާމީނަށް ތާއީދުކުރައްވާ ބައެއް އިލްމުވެރިންނާއި ޕީޕީއެމްގެ އިސް ބައެއް ބޭފުޅުންގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.

ޑރ.އަފްރާޝީމް އަލީ އަވަހާރަ ކޮށްލި ހާދިސާ އާއި ގުޅިގެން އިތުރު ނުވަ ޒުވާނަކު މަރާލާފައިވާ ކަމަށް އިލްޔާސް ވިދާޅުވުމުން އޭނާ އާއި ސުވާލު ކުރަން ބޭނުން ވެގެން ފުލުހުންގެ އިދާރާ އަށް ހާޒިރު ވުމަށް އިލްޔާސަށް މީގެ ކުރިން ފުލުހުން ވަނީ އަންގާފައެވެ. ނަމަވެސް ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އިލްޔާސަށް އެންގެވިއިރު އޭނާ އޭރު ހުންނެވީ މެލޭޝިއާގައެވެ.

އިލްޔާސްގެ މި ވާހަކަތަކާއި ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިފާން ވިދާޅުވީ، ޑރ.އަފްރާޝީމް ޢަލީގެ މައްސަލައަކީ މައްސަލަ ތަހްޤީގު ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެވި، މައްސަލައިގައި ހިމެނޭ މީހުންނަށް ދައުވާ އުފުލި، އެފަރާތްތަކަށް ހުކުމްވެސް ކުރެވިފައިވާ މައްސަލައެއް ކަމަށާއި، ނަމަވެސް އެއްވެސް ސިފައެއްގައި އަފްރާޝީމްގެ މަރާ ގުޅިގެން 9 ޒުވާނަކު މަރާލިކަމުގެ މަޢުލޫމާތު އެއްވެސް ފަރާތަކުން ފުލުހުންނާ ހިއްޞާކޮށްފައި ނުވާ ކަމަށެވެ.

މިފަދަ ދޮގު ވާހަކަތަކެއް ދެއްކުމުގެ ބޭނުމަކީ، ފުލުހުންނާއި ދިވެހި ދައުލަތާއި ރައްޔިތުންގެ މެދުގައި ބިރުވެރިކަމާއި، ފިޠުނަ އުފައްދައި، މިކަންކަމުގައި ރައްޔިތުންގެ ވިސްނުން ބަދަލުކޮށް، ރައްޔިތުންގެ މެދުގައި ދިވެހި ފުލުހުންނާ ދޭތެރޭގައި އޮންނަ އިތުބާރު ނަގާލަން މަސައްކަތް ކުރުން ކަމުގައި ފުލުހުން ދެކޭ ކަމަށްވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. އަހުމަދު

  އިލިޔާސޫ ޖަރީމާ ހިންގި އެންމެން ދަންޖައްސާ މަރާލީމަ އޯކޭ އެއްނު. ކަލެއަށް އޭރުން ހަމަ ނިދި ނިދޭނީ. ސަރުކާރު ހިންގަންވީ ގޮތްކިޔަން މީކާކު.؟؟

 2. ރާޅު ބޯއީ

  ބަލަ އިސްލާމް ދީނުގައި ވެސް މައާފު ދިނުމަކީ އޮންނަ ކަމެއް. މީ ކޮންކަހަލަ ބުރާންޗެއް.

 3. ހަސަނު

  أستغفر الله. އިލްޔާސްބޭބޭ ކެހެނަކަށް ވެފެއި މިހިށީ. ކިޔަވައި ދިންކޯ ބެނި އެހެކާއި އެނެހެކާ މައުފު ކެރާކެން ލޯބިވޭ ކެން

 4. ހަސީން

  މިހާރު ހުރިހާކަމެއްގެ ޒިންމާނަގަންޖެހޭ މީހަކީޔާމިން ކަމަށްއެންމެން ވެސްބުނަން ފަށައިފި. މައުމޫނުގެ ތިރީސްއަހަރުގެ އެއްވެސް ޖަރީމާއެއް ނެއް ނަޝީދުގެ ތިންއަހަރުގެ ޖަރީމާއެއް ނެއް.

 5. ކުމާރު

  ޖަރީމާތައް ހިންގެވުމުގައި ނަސީދު ވެސް ހިމެނޭނެ. އެހެންވީމާ ނަސީދުއައްވެސް މާފު ދީގެންނުވާނެއޭ ތިޔަ ބުނަނީ

 6. ާއަހުމަދު

  ކީކޭތަތިކިޔަނީ އެބާފަހަރުބުނާނެ އިސްލާމީރިވެތިގޮތަކީ އެކަކު އަނެކަކަށް މާފުކުރުމޭ

 7. މަރި

  އިބޫގެ ޕާޓީގެ އިސްބައެއްމީހުންނަކީވެސްޖަރީމާ ހިންގާ ރައްޔިތުންގެމުދަލަށް ޚިޔާނާތްތެރިވެފައިވާ ބައެއް ދެން ކިހިނެއްބާ ހަދާނީ

 8. Anonymous

  ޙާަދަ ނުލަފާ ޝޭޚެކޭ....މަހަމަ ހައިރާން ވެއްޖެ..

 9. އަބޫބަކުރު ޖައުހަރީ

  ޝޭޚްގެ އެވާހަކަ އަށް އަޅުގަނޑު ތާއީދު. އެމްޑީޕީ، ޕީޕީއެމް އަދާލަތު، ޖޭޕީ ކިޔާނެ ކަމެއްނެތް ކުށެއްކޮށްފިއްޔާ އަދަބު ލިބެން ޖެހޭނެ. މަގޭ ޕާޓީގެ ޕާޓޭން ތައް ދޫކޮށްލާ އުސޫލެއް އޮވެގެން ނުވާނެ.. ޝޭޚް އިލްޔާސް 2008 ގައި މައުމޫނާ ބެހޭގޮތުން ދެއްކި ރޯބުހުތާން ދޮގުވާހަކަތައްވެސް ބަލާ އިލްޔާސަށް އެކަށީގެންވާ އަދަބެއްދީ އަނގަ ހައްދު ޖަހަންޖެހޭނެ..

 10. ޖަޒީރާ

  ކަލޭތީ އިސްލާމް ދީނައް ހުރި ބޮޑު މުސީބާތެއް

 11. ދޮންކަލޭފާނު

  2008 ގެ އިންތިޚާބުގައި މައުމޫނޫ ބަލިވުމުގެ އެންމެ ބޮޑު އަސްލަކީ. ލާދީނީ އަންނި އާ ގުޅިގެން މައުމޫނަކީ ކަލާނގެ ކަމަށް ދައުވާކުރާ މީހެއް ކަމަށާއި، ދިވެހިންނަށް ދިވެހިން ބޭނުން ދީނެއްގައި ތިބެވޭނެ އޭ މައުމޫނު އުޅެނީ އެހެން ދީންތައް ގެންނާށޭ ކިޔައި ތި އިލްޔާސް ދެއްކި ބުހުތާނު ޝައިޠާނީ ވާހަކަ ތަކުން... އެހެންވީމާ ޔާމީނާ އެކު އޭނާގެ މައްސަލަވެސް ބެލުމަށް ގޮވާލަން..

 12. އެދުރުހިޔާ

  އެންމެބޮޑު ޖަރީމާހިންގީ ނަޝީދު ...

 13. ހެއްވާ

  ތިޔަކަންކުރާނީ ކިހިނެއް މުޅިންވެސް ރީލޯޑް. ހައްޔަރުނުކޮއް ދޫކުރާނެ އެކަވެސް ތިޔާއިގެ ތެރޭގަ އެބައުޅޭބާ

 14. ހުސޭނުބޭ

  މީނައެކޭ މަހުލޫފެކޭ ތަފާތެއްނެތް! ޔާމީނު ސަރުކާރުން ޖަރީމާއެއް ހިންގައި ބޮޑު ފައިދާގަނޑެއް ނެގިޔަނުދިނީމަ ޔާމީނުވީ އަނިޔާވެރިއަކަށް! ކީކޭ އަޅެ ބުނާނީ! ޖަރީމާ ހިންގި މީހުންނަށް އަދަބުދެންޏާ އެންމެ ފުރަތަމަ ފަށައިގަންނަންޖެހޭނީ އިބޫ ކައިރީގައި ތި ހުރި މީހާއާއެކު!

 15. އަސްލަމް

  އަހަރެމްން ހައްދަވާ ބޮޑުކުރެއްވި ޙާލިގްވަންތަ މާތްﷲ އެކަލާންގެ ހެއްދެވި އަޅުތަކުން ގެ ފާފަ ފުއްސަވާ އަފޫކުރައްވަތެވެ. އަދި އެކަލާންގެ އަޅާ މުހައްމަދު ގެފާން އަކީ މީސްތަކުންގެ ތެރެއިންވާ އެންމެ ހެޔޮ އިންސާނާ އަދި އެންމެ ދީލަތި މާފް ދެއްވި ނަބިއްޔާއެވެ.

 16. ސޭކު

  އަނެއްކާ އަނެއް ކަންނެލި އޮޑި ލައްވާލީ ސާބަހޭ އިލްޔާސޫ

 17. ޝެއިޚް އަައްބީ

  މައްކާ ފަތަހަ ކުރެއްވި ދުވަހު ކީރިތި ރަސޫލާ ޞ ދެއްކެވި ނަމޫނާ ނަންގަވަން އިބޫ އަށް ގޮވާލަން. ފަހުޒަމާނުގައި ދަންނަބޭކަލުންގެ ސަބަބުން އެތައް ބަޔަކު ނަރަކައަށް ވަންނާނެ ކަމަށް މީހުން ބުނޭ. އިލިޔާސްގެ ވާހަކަތައް މިހުންނަނީ އިސްލާމީ އުސޫލުތަކާއި ދިމާ އިނދިކޮޅަށް.