ރިޔާސީ އިންތިޚާބުގެ ނަތީޖާ ލިބި، ވަގުތީ ނަތީޖާ އިއުލާން ކުރުމުގެ ކުރިން އެންމެ ފަހު ވަގުތު ވެސް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ޚިޔާލު ހޯއްދެވި ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް އިއުތިރާފް ވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަރީފް ވިދާޅުވީ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރުމުގެ ކުރިން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމަށާއި އޭރުގެ އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް އަށް ވެސް ގުޅުއްވި ކަމަށެވެ.

އަދި ރައީސް ޔާމީނަށް ވެސް ގުޅުއްވާ ވޯޓްގެ ނަތީޖާ އަކީ މިއީ ކަމަށް ދެންނެވި ކަމަށާއި ޖަވާބުގައި ކުރިއަށް ދިއުމަށް ރައީސް ޔާމީން ޝަރީފަށް ދެންނެވި ކަމަށް ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ނަތީޖާ އިޢުލާން ކުރަންފެށީ އެންމެ ފުރަތަމަ އަޅުގަނޑު ގުޅީ އެމްއެންޑީއެފްގެ ޗީފްއަށް، އަޅުގަނޑު ޕާރސަނަލީ ގުޅިން، ގުޅާފަ އަޅުގަނޑު ދެންނެވިން މީ ޤައުމީ މަސްލަހަތާ ގުޅިފައިހުރި ކަމަކަށްވާތީވެ މިއީއޭ ނަތީޖާއަކީ. އަޅުގަނޑުމެން ގަސްތުކުރަނީ މި އިއުލާން ކުރަން ފަށާށޭ، ޗީފް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުގެ މެންޑޭޓަރީ އޮންނަ ދައުރު ކުރިއަށް ގެންދަވާށޭ.

ދެން އަޅުގަނޑު ގުޅީ އޭރުގަ ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި ނަވާޒްއަށް. ގުޅާފަ އަޅުގަނޑު ދެންނެވީ، މިއީއޭ ނަތީޖާއަކީ، މީ ރައްޔިތުންގެ މަސްލަހަތާ ގުޅިފައިވާ ކަމަކަށްވާތީ އަޅުގަނޑަށް މިކަން ކުރިއަށް ގެންދިއުމަށް އަދި ޕޮލިހަކީ ސަލާމަތީ ކަންތައްތައް ބަލަހައްޓަވާ ފަރާތްތަކަށްވާތީވެ ތިބޭފުޅުންނާ ޝެއަރ ކޮށްލީއޭ. ވިދާޅުވީ ތިބޭފުޅުންގެ ޤާނޫނީ ވާޖިބު ކުރިއަށް ގެންދަވާށޭ.
ދެން އަޅުގަނޑު ގުޅީ ރައީސް ޔާމީންއަށް. ރައީސް ޔާމީނަށް ގުޅުއްވާފައި އަޅުގަނޑު ދެންނެވިން ރައީސްއޭ، ނަތީޖާ މިއޮތީއޭ، މިއީއޭ މިހާ ތަފާތަކީ. އަޅުގަނޑު ގަސްތުކުރަނީ ނަތީޖާ އިޢުލާންކުރަން ފަށާށޭ. ރައީސް ޔާމީން ވިދާޅުވީ، ކުރިއަށް ގެންދާށޭ.
ދެން އަޅުގަނޑު ގުޅީ އިލެކްޓް ޕްރެސިޑެންޓް އިބްރާހީމް މުޙައްމަދު ޞާލިޙަށް. ގުޅިއިރު ކަންދިމާވިގޮތުން އަޅުގަނޑަށް ލަފާ ކުރެވެނީ އެވަގުތު އުފާ ފާޅު ކުރުމުގެ ކަންކަމުގައި އުޅުއްވާތީވެ އަޅުގަނޑަށް ފޯނުން ގުޅޭގޮތް ދިމާނުވީ." ޝަރީފް ޕްރެސް ކޮންފެރެސްގައި ވިދާޅުވިއެވެ.

އެންމެ ފަހު ވަގުތު ވެސް ޝަރީފް ރައީސް ޔާމީންގެ ޚިޔާލު ހޯއްދެވިއިރު އެއީ ޤާނޫނީ ގޮތުން ކުރައްވަން ޖެހޭނެ ކަމެއް ނޫނެވެ. އަދި ރައީސް ޔާމީން ވިދާޅުވާ ގޮތަކަށް އަމަލު ކުރެއްވުމަކީ ޝަރީފް ޤާނޫނު އަސާސީ އާއި ޤާނޫނުތަކާއި ހިލާފަށް ކުރެއްވި ކަމެކެވެ.
ރިޔާސީ އިންތިޚާބުގެ ނަތީޖާ އަވަސްކޮށް އިއުލާން ކުރުމުން ކުރިމަތިވި ފާޑުކިޔުންތަކަށް ރައްދު ދެއްވައި ޝަރީފް ވިދާޅުވީ، ނަތީޖާ އިއުލާން ކޮށްފައިވަނީ އެކަން ކުރަން ކަނޑައަޅާފައިވާ ގޮތަށް ކަމަށާއި، ނަތީޖާ އިއުލާން ކުރަން ފެށުމަށްފަހު ނިމެންދެން މެދުކަނޑާ ނުލައި ކުރިއަށް ގެންދިއުމަށް ކޮމިޝަނުން ނިންމަވާފައިވާ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެން ފަޓާސް ބަރިއެއްހެން ވަކި ފަރާތަކަށް ނަތީޖާ އަނބުރާލުމަށްޓަކައި ނުވަތަ ކުރި ކަމެއްގެ ގޮތުގައި ބެލެވޭނެ ކަމެއް ނޫން މީ. ހަމަ އެކަމަށް ކަނޑައެޅިފައި އޮތް ގޮތް. އަޅުގަނޑުމެން ކޮމިޝަނުން އެރޭން އެރެއަށް ނިންމީ ނަތީޖާ އިއުލާން ކުރަން ފެށާފައި ނަތީޖާ އިއުލާންކޮށް ނުނިމެނީސް ހުއްޓާނުލާން. ޝަރީފް ވިދާޅުވިއެވެ.

އެންމެ ފަހު ވަގުތު ވެސް ރައީސް ޔާމީންގެ ޚިޔާލު ހޯދިކަމަށް ޝަރީފް ވިދާޅުވިއިރު، ޕީޕީއެމް އޮފީސް ކުރިމަތީ ކުރިއަށް ގެންދާ އެއްވުންތައް ހުއްޓާލާފައި ނުވާތީ އެ ޕާޓީ 75000ރ އިން ޖޫރުމަނާ ކުރުމަށާއި، ކޮންގްރެސް ބަލައި ނުގަންނާތީވެ އެ ޕާޓީގެ އައު ލީޑަރޝިޕާއެކު މުޢާމަލާތް ނުކުރެއްވުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އިއްޔެ ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. Anonymous

    ކޮރަޕްޓް ޝަރީފު ތިޔަބުނާ ޚިޔާލެއް ހޯއްދަން ރައީސު ޔާމީނަށް ގުޅި މަކަރުހެދި އޮޅުވާލިވޯޓު ގޮވާ އިޢުލާންކޮށް ނިންމާލި ފަހުންނޫންތަ؟؟ ވޯޓު އެޅުމުގެ މަރުހަލާ ހިންގީ އިދިކޮޅުފަރާތްތަކާއިއެކު ޑީލްހަދަމުންކަން އެވަނީ ބޭޒާރުވެފައި!!އޭނައަކީ އެހާ ތެދުވެރިއެއްނަމަ ނުގަވާއިދުން ވައްތަރު ވައްތަރުގެ ފީޗަސް ހިމަނައިގެން ވޯޓްކަރުދާސް އެތައްގުނަ އަގުބޮޑުތަނަކުނަ ޗާޕްކުރަންޖެހުނީ ކީއްވީ؟؟، އީސީގެ އިސް ބައެއްމުވައްޒަފުން ގައުމުންބޭރަށް ފުރަމުންދިޔައީ ކީއްވީ؟؟ މިހާރު ތިމަންނައަކީ ސާފުމީހެއްކަމަށްހެދެން ދަޅަދެއްކިޔަސް އެހެނެއްނުވާނެ

    • ބޭބެ

      ރަގަނޅު!! ހަމަ އެންމެކަމެއް!! ސްޕްރީމް ކޯޓުގެ ގައިޑު ލައިންގެ 12 ވަނަ މާއްދާ ގައި އޮތީ ކީކޭތޯ ބަލާލަމާ ".... ވޯޓްކަރުދާސް ޗާފުކުރުމުގައިޔާއި އެއްތަނުން އަނެއްތަނަށް އުފުލުމުގައި......" "....އިލެކްޝަންކަމިޝަނާއި ރާއްޖޭގެ ސަލާމަތީ ޚިދުމަތްތާކާއި ގުޅިގެން ބުނެވުނު ކަންކަމުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ އިންތިޒާމު ހަމަޖެއްސުން." ކަރުދާސް ޗާޕްކުރުމުގައި (ޗާފްކުރެވެމުން ދިޔަ ވަގުތު) ސަލާމަތީ ބާރުގެ އެހީ ހޯދާފައިނުވާކަމަށްވަނީ!! މިހެންވީމަ ބުނެވިދާނެ ވޯޓް ކަރުދާސް ޗާޕުކޮށްގެން ބޭރުންނޭ ގެނައީވެސް!!

  2. ދިމްނާ ފާރިޤު

    ރަގަޅެވެ. ވޯޓުގެ ނަތީޖާ އައިއިރު އޮތީ ހަދާނޭއެއްޗެއްހަދާ ، ގަޓުވާނޭވަރަށް ގަޓުވާ ، އޮޅުވާނޭވަރަކަށް އޮޅުވާފައެވެ. ރައީސްގެ ޖަވާބު ކިހާ ހިތްތިރިހެއްޔެވެ؟ ޖަވާބަކީ "ކުރިޔަށް ވަޑައިގަންނަވާ" މިއެވެ. ނަތީޖާވެސް ރައީސް ޤަބޫލުކުރެއްވިއެެވ. އޭގަފހުން ބައިވަރު މައްސަލަތަކެއް ފާހަގަކުރެވި އެމައްސަލަތަކުގެ ތެދުދޮގު ހޯދުމަށް މަސައްކަތްކުރެއްވީއެވެ. މީގައި މައްސަލައަކީ ކޮބައިހެއްޔެވެ؟

  3. ކަންދުލް އިޖުތިމާޢު

    ކޮންމެ ރަށެއްގައި ހުރޭ ވޯޓު ފޮށީގެ ވެރިއެއް. އެރަށަކުން އިއުލާން ކުރީ އެރަށެއްެގެ ނަތީޖާ. ސޯ ޝަރީފު ނުވަތަ އިސީ އެކަނި ވޯޓ އޮޅުވައެއް ނުލަވޭނެ. ޕީ.ޕީ އެމް ކުދިން މޮޔޮ ފުޅު ނުވެބަލަ

    • Anonymous

      މޮޔަވަނީކީ ނޫން. ހެކި ހުރީމަ ވާހަކަ ދައްކަނީ. ބައެއް ރަށްރަށުން ވޯޓު ގުނާ ނުނިމެނީސް ނަތީޖާ އިޢުލާނު ކޮށްފި. އަދި ރަށްރަށުން ވޯޓް ކަރުދާސް ގެނައި ސިޓީ އުރަތައްވެސް ހުރީ ކަނޑާލާފަ. ވަކި ފަރާތަކަށް ނުޖެހި ވިސްނާ ނަމަ ވޯޓް އޮޅުވާލި ކަން ވަރަށް ވެސް ސާފު.

  4. Anonymous

    ތިކަލޭއެއްޗެކޭކިޔަން ދައްކާމޮޅުވާހަކަ ތިވަރަށް ކޮރަޕްޓު މީހެއް މިޔަދުތިމަކަރު ހެދިދާނެ މާދަމާ ވާނެގޮތަކަށް ވިސްނާތި އާހިރަތް ވަރަށްގާތް

  5. 100%

    ޝަރީފްއަކީ 100% ޕީޕީ އެމް މެމްބަރެއް ޝަރީފްއާއި ޔާމީނުއާއި ދެމެދުގެ އޮތް ޒަމާންވީ ވަރުގަދަ ގުޅުމަށް އެއްވެސް ބުރުލެއް ނާރަ މިހާރުވެސް ދެމީހުން ދެމީހުނަށްވެސް 100% އިތުބާރުކުރޭ މިއީ މައުމޫނަށް ކުޅެދޭ ގޭމެއް

  6. ނާނު

    ކަމެއް ކޮށްފަ އެކަން ތިމަންނާ ކުރީމޭ ބުނާނީ ކާކު؟

  7. ކޮރަޕްޝަން

    ސަރީފުދެން ކޮންމެހެން އިތުރަށް ރައްޔިތުންނަށް އޮޅުވާލުމަށް އިތުރުފުޅު ނަހެއްދެވުން ކީއްތޯވާނީ؟ ކީއްވެގެންތޯ ޖަވާބުދާރީ ނުވާންވެގެން އިލެކްސަން ކަމިސަންގެ މެންބަރުން ފިލީ؟ ސަރީއަތް ނިމުނީ އަނބުރާ ރައްޖެވަޑައިގަތީ؟ މިސުވާލުތަކުގެ ޖަވާބު ކޮބާ؟

  8. ހުސައިން

    ޝައްކުވާ ކަންތަކެއް އެބައުޅޭ.

    1. ސިއްރު ހެކީގައި ބުނާ 15000 ވޯޓް ވީދާލުން.

    2. އަނގޮޓި ޗައިނާ އިން ހެއްދުން. ފުލުހުންނަށް އެކަންތައް ތަޙުގީގު ކުރެވިދާނެ ނޫންތޯ އެދުވަސް ވަރުގައި އެމީހާ ދިޔަތަން ތަން ޕާސްޕޯޓް އިން ވެސް އިނގޭނެ.

    3. އިލެކްޝަން ކޮމިޝަނަރ ޝަރީފް ގެ އޯޑިއޯ. 'ޔޫ ޖަސްޓް ޑިނައި." ...

    4. ފިނޭންސް މިނިސްޓަރ ޑރ. މުނައްވަރުގެ އިންޓަރވިއު.

    މިކަންތަކަށް ބަލާއިރު ޙުކުމް އިންސާފު ކަމަކަށް ނުބެލެވޭ.
    ޙުކުމް މި އައީ 96000 މީހުންނަށް އިންސާފު ނުލިބި. އެއީ ކުޑަ ޢަދަދެއް ނޫން!

  9. މީޙުން

    މިއުޅޭ ފަދިޔާރުންނަކީވެސް ހަރުދަނާ ކަމެއްނެއް ހެއްވާ ކުޅޭކުޅޭ ބައެއް ، ހެނދުނު ސައިގެ ކުރިން އިއްވާ ހުކުމްް ސައިގެ ފހުން އައިސް ެއެބަ ބާތިލް ކުރޭ /////////////

  10. އަފްލާ

    ހުރިހާވެސް މައްސަލައަކީ ޝަރުޢީ ކޯޓްތައް ޑޮލަރު ދީފަ ވައި ބާރު ކޮޅަކަށް ދުއްވަން ފަށަނީ ހުކުމް އިއްވަނީ ކަރުތާފެނައް ރައްޔިތުންނަށް އެކައްޗެއްވެސް ނޭގޭ ސާފް ފަނޑިޔާރުންނޯ