ރައީސް އަބްދުﷲ ޔާމިން ނިމިގެން ދިޔަ ރިޔާސީ އިންތިހާބުން ވައްކަން ކުރެއްވި ކަމަށް ސާބިތުވާ ވަރަށް ހެކި ލިބިފައިވާ ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ފޭދޫ ދާއިރާގެ ކޫރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އިންތިހާބުގެ ކެންޕެއިން ތެރޭގައި ރައީސް ޔާމީނުގެ ސިޔާސަތުތަކަށް ފާޅުގައި ތާއީދު ކުރައްވާ ވާހަކަފުޅު ދެއްކެވި އަލްހާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން ރިޔާސީ އިންތިހާބުން ވައްކަން ކުރެއްވި ކަމަށް ސާބިތުވާ ވަރަށް ހެކި ހޯދައިފިކަމަށާއި އެ މައްސަލަ ފުލުހަށް ހުށަހަޅާނެ ކަމަށެވެ.

އަލްހާން މީގެ ކުރިން ވިދާޅުވީ، އިންތިޚާބު އޮޅުވާލަން މަސައްކަތްކުރީ ރައީސް ޔާމީންގެ ފަރާތުންކަމަށް އޭނާ އަށް ޤަބޫލުކުރެވޭ ސަބަބުތަކެއް އެބަހުރި ކަމަށެވެ. ރިޔާސީ އިންތިޚާބު އޮޅުވާލަން މަސައްކަތްކުރީ ރައީސް ޔާމީން ކަމަށް އަލްހާން ފަހުމީ ވިދާޅުވި ނަމަވެސް، އިތުރު އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ރިޔާސީ ކެމްޕޭންގައި ރައީސް ޔާމީނަށް ކެމްޕޭން ކުރެއްވުމަށްފަހު، ރިޔާސީ އިންތިޚާބު އިބޫ ކާމިޔާބު ކުރެއްވުމުން "ޑްރީމް ރައީސް" އަކީ އިބޫ ކަމަށް ވިދާޅުވެ އިދިކޮޅާ ގުޅިވަޑައިގެން އަލްހާން ދައްކަވާ ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަންނަނީ އަމާޒުވަމުންނެވެ.

ރިޔާސީ އިންތިޚާބުގައި އޮޅުވާލާފައިވާ ކަމަށް ޕީޕީއެމް އިން ބުނަމުންދާއިރު، ރިޔާސީ އިންތިހާބު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ މައްސަލައެއް ވެސް ވައްދާފައެވެ. ނަމަވެސް ސުޕްރީމް ކޯޓުން އިއްޔެ ވަނީ އިންތިހާބު ބާތިލުކުރަން ނުފެންނަ ކަމަށް ހުކުމް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

 1. އަޅިހާނު

  ދަރުމަވަންތަ ރަސްގެފާނާ ހަމައިން ފެށިގެން މިއަދާހަމައަށް ދިވެހިރާއްޖެ ދުށް އެންމެ ބޮޑު ސިޔާސީ ފުލޮޕް.. މިހާރު މިއީ ސިޔާސީ ރަންޑިއެއް އޮޕަޗޫނިސްޓެއް.. ޔާމަލާ ހަފުސް.. އަޅިއަށްވެފަ ތިޔަހަރީ..ތިޔަ ދައްކާ ވާހަކަ އަޑު އަހާނެ މީހަކު ނެތް

 2. ބަޅ

  ކަލޯ ކަލެއަކަށް ނުލިބޭނެ ވަޒީރުކަމެއް.. ބލއކ....

 3. ސީތަލަ ހަންނާނު

  މިހާރު މަށައް ވަގު އޮޅިއްޖެ، ހުސްވަގުން މަވެސް މިއީ ބޮޑުވަގެއް، ހަހަތް

 4. ބޭބެ

  ކުރިއަށް އޮތް ރައްޔިތުންގެ މަޖްލީހުގެ ގޮނޑިއަކާއި ދިމާލަށް މިސްރާބު ޖަހާފައިވާހެން ވަރަށް ހީވޭ!! އަޅުގަނޑު ދަންނަވާލާނަން ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް މިކަހަލަ މީހުން މަޖްލީހަށް ހޮވޮމުގެ ބޭނުމެއްނެތް!! ޔާމީނަށް އެއްޗެހި ގޮވާތީކީ ނޫން!! ދޮގުހަދާތީ!! ކޮރަޕްޝަންގެ ޢަމަލްތަކާ ދޯހަޅިވާތީ!! ރައްޔިތުންގެ ނިންމުމާ ދިމާ އިދިކޮޅަށް އޭރުގެ މަޖްލިސްތެރޭ ހުރެގެންވެސް ކޮޅު ބަދަލުކުރީތީ!! އަވަހަށް ރީލޯޑް ކުރެވޭތީ!! އިޚްލާސްތެރިކަމެއް ނެތީތީ!! އަމިއްލަ އެދުންނޫން އެހެން އެއްވެސް ކަމެއް ބޭނުންނުވާތީ!! ދެން އިންތިޚާބަށް ކުރިމަތިލެވޭ ޝަރުޠުތައްވެސް އެބަޖެހޭ އިސްލާޙުކުރަން!! މިހާރު މިއޮންނަނީ މުސްލިމަކަށްވުން، ދިވެއްސަކަށްވުން، ބުއްދި ހަމަޖެހުންފަދަ ކަންކަން!! ތަޢުލީމީ ގާބިލްކަމުގެ ވާހަކައެއް ނެތް!! މިއީ 40 އަހަރުކުރިންވެސް އޮތް ޝަރުޠުތައް!! ނަމަވެސް މިރާއްޖޭގައި ތަޢުލީމީ މީހުން ގިނަ!! ޑިޕްލޮމާ ޑިގްރީ އޮތް މީހުން ހާހުން ގުނާލެވޭ!! އެޓްލީސްޓް ފަސްޓް ޑިގުރީ ނެތް މީހަކު ގާނޫނު ހަދާ މަޖްލީހަށް ކުރިމަތި ނުލެވޭގޮތަށް ޝަރުޠުގައި ހިމަނަންޖެހޭ!! މިދައްކަނީ ރާއްޖޭގެ ގާނޫނު ހަދާ މަޖްލީހުގެ ވާހަކަ!!

 5. ޢަލުހޫނު

  ކަލޯގެޔާ! މިސޮރު މިހުރީ ފައިސާފޮއްޗެއް ނުލިބި ހުރިހާ ދިމާލަކުން ބޭރުކޮށްފަ ހުރީމަ ދުނިޔޭން މޮޔަވާ ވަރު ވެފާ. މީނާއަށް މިކަމުގައި ބަޔަކު އެހީވެދީ...

 6. އެޑަމް

  އަލްހާން ކޮން އިރަކުތޯ އިދިކޮޅާ ގުޅުނީ...

 7. ހަސީން

  އަލްހާން ކަލޯތިމީހުންވެސް މިހާރަކު ބަލައެއްނުގަންނާނެ. މަޑުމަޑުންރީއްޗައް ހުރިއްޔާ ރަންގަޅުވާނީ ތިބޭކާރުއަނގަ ނުތަޅާ.

 8. ނައިބުތުއްތު

  އަލްހާނެކޭ ވެލިޒިނީއެކޭ އެއްވެސް ތަފާތެއްނެތް. ދައްކަނީ އެއްކަހަލަ ވާހަކަތަކެއް. ތިގޮތަށް އުޅުނީމަ ބަލައިގަންނާނެ ބަޔަކު ނުތިބޭނެ. ވަރަށްސަލާމް

  • ކަސަބު

   އަދި މުއާޒުވެސް

 9. ޕޮއް

  ޢަލްހާނަކީ މޮޔައެއް. ދެފުއްކެހެރި އެއް. ގަޅި އެއް. ރައީސް ޔާމިނޭ ކިޔާގެން އަނގަ ހުޅުވާނެ ކަމެއްނެތް

 10. މުނާފިޤް

  ތިކަލަ މީހުންނަށް ކިޔަނީ މުނާފިޤުން

 11. ހައްމާދު

  މީ ނާ ގަތަލުކުރޭ

 12. ޒާ

  އެކަމަކު އިބޫގެ ވެރިކަމުގައި އަލްހާނަށް މަގާމެއް ދޭނެހެން ހީއެއް ނުވޭ އަލްހާނޫ.

 13. ޏަސްރް

  ތިކަލަ މީހުންނަށް ކިޔަނީ މުނާފިޤުން.ދެފުއް ކެހެރިން

 14. ާަކާފަބޭ

  އަލްހާނެވެ. މިދުވަސްވަރަކީ ވަރަށްގިނައިން ބޯވަޔާ ގާވިހަމަސް ފެންނާނެ ދުވަސްވަރެކެވެ. ﷲގެކުޅަދުންވަންތަކަމާމެދު ވިސްނާފިކުރުކުރޭ.

 15. ޖުމާ

  އަލްހާން އަކީ ސިޔާސީ މައިދާނުގައި ފެއިލަރެއް. އެމްޑީޕީ މީހުން ވެރިކަން ވެއްޓުމުގެ ކުރީ އަލްހާން އައިނަމަ އަލްހާން ބަލައިގަންނާނެ.ވެރިކަން ވއްޓާލުމަށް އެމީހުން ދިޔައީ އޮޑިންފުންމާލާމީހުން ހިތާއި ދެކޮޅަށްނަމަވެސް އެމީހުންގެ އޮޑިއަށް އަރުވމުނަް. ކެޔޮގަނަޑު ކެނޑީމަ ގަހަކުގެ ބޭނުމެއްނެތޭ. ބުނާ އުޞޫލުން އެމްޑީޕީ އަށް ވައްދާމީހުން އެމީހުން ހަޅޭލާނެ ދުވަސް އަދި އަންނާނެ.

 16. ލަތޮބީ

  މިކަހަލަ މުނާފިގުންގެ ވާހަކަ ނޫސްތަކުގަ ލިޔާތީ މިހުންނަނީ އަންތަރީސްވެފަ. ބޭކާރު ވާހަކަ ނުލިޔަން ފެނޭ. ޑިކްޓޭޓަރ ޔާމީން

 17. ޤައުމު

  ކަލޯ މޮޔަވީތަ؟ ރައީސް ޔާމީން އިންތިހާބުން ވައްކަންކުރީމަދޯ ޔާމީން އިންތިހާބު ކާމިޔާބު އެކުރީ. ކަލޯ މިހާރުދުވެފަ ތިފުންމާލީ ބޮޑުފެންގަނޑަށްދޯ. ތިތާ އޮވެގެން ބަކަ ތެޅުނުވަރަކަށް ބަކަތަޅަ ތަޅާ އޮވޭ. ތިތަނުންވެސް ތިކަހަލަ ދެފުށް ކެހެރިންނަށް ޖާގައެއް ނުލިބޭނެ.

 18. އަލް ހާމާން

  މިހާރު އަލްހާން އެ އުޅުއްވަނީ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން ހިމާޔަތާއި އާރާއި ބާރު ހޯއްދަވަން މީ އަބަދުވެސް މިކަލޭގެ ގަންނަ ގަޑަކީ، ރައިސް ނަޝީދުގެ ވެރިކަުމުގައި ރައިސް ނަޝީދު ވަރެއް ނެތް، ވެރިކަމުން ވަކިވެ ވަޑައިގަތީމަ ރައިސް ނަޝީދު ވަރުގެ ނުބައި މީހެއް ނެތް، ރައީސް ޔާމިންގެ ކެމްޕެއިންގައި ރައީސް ޔާމިން ވަރުގެ މީހަކު މި ދުނިޔޭގައި ވެސް ނެތް، އެކަމު މިއަދު ޔާމީންގެ ވެރިކަން ނިމުނު ކަން ޔަގީންވީމާ، މިހިރީ ދައްކާ ވާހަކަ... އަލްހާން އަކީ އެއްވެސް ކޮޅަކަށް ގާތްކުރަން ހެޔޮ ވާ ވަރުގެ މީހެއް ނޫން...

 19. ވާނުވާ

  މީ ދޯ މުނާފިގު އަލްހާނަކީ... އަފިރީން ލަދުން ބޯހަލާކު

 20. މާލެ ފަހުމީ

  މީކާކު އަނގަ ގަޅަން. ޑީ.އާރު.ޕީ އިން ވަކި ވީ ކީއްވެ. ކިހާ ވާރެއް ލިބުނު އެފަހަރު.

 21. ހުސޭނުބޭ

  ކަލޯ ހާދަ މޮޅޭ! އަނެއްކާ ކަހީނުކަން ދަސްކުރީތަ؟މިކަލޭގެ އެމެރިކާގެ އެފްބީއައިއަށް ވަރަށް ބޭނުންވާނެ! މިހާ މޮޅުވީމާ!

 22. ާރަށުމީހާ

  ތީމިޒަމާނުގެ ގޯނިކުޑާލިބެ

 23. ހާފިޒް

  މިހާރު މަށައް ވަގު އޮޅިއްޖެ، ހުސްވަގުން މަވެސް މިއީ ބޮޑުވަގެއް، ހަހަތް

 24. ރައްޔިތުން

  ތިޔައީ ރައްޔިތުންނަށް އައުވާހަކައެއްނޫން. މުޅިގައުމުގައި އެހުރީ ޔާމީން ވޯޓް ހޯދުމަށް ވައްކަން ކުރިކަމާއި އަދި މަކަރާއޮޅުވާލުމާއި ނުފޫޒާއި ނާޖާއިޒު އަދި ކޮރަޕްޝަން އާއި ފަސާދަ ހިންގި ކަމުގެހެކި. މިކަން އެންމެން އެބަދަނޭ. ކޮންމެ މީހެއްގެ ފޯނުގައި އަޑާއި ރަހާއި ވަސްވެސް އެބަހުރި.