ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާ ބާތިލުކޮށް، ހައިކޯޓުން އޭނާ މިނިވަންކޮށްފިއެވެ.
ގާސިމް މިނިވަންކުރީ މި މައްސަލަ ބެއްލެވި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހެޅުއްވި ކަމުގެ ތުހުމަތުގައި، ދައުލަތުން ގާސިމްގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ހުށަހެޅުމުގެ ދައުވާއެވެ. އެ މައްސަލަ ސާބިތުވެ ގާސިމްގެ މައްޗަށް މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ވަނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.
މި މައްސަލަ ޤާސިމް އިބްރާހީމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގެ ހުކުމުގައި ހައިކޯޓުން ވިދާޅުވީ، ޤާސިމްގެ މައްޗަށް މި ދައުވާ އުފުލާ ކްރިމިނަލް ކޯޓުގައި ޝަރީއަތް ހިންގިއިރު، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި، ޤާނޫނުތަކުން ލިބިދީފައިވާ ބައެއް ހައްޤުތައް ޤާސިމް އިބްރާހީމަށް ލިބިދީފައިވާކަމަށް ހައިކޯޓަށް ޤާބޫލު ނުކުރެވޭ ކަމަށެވެ.
އަދި ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމަށް ޤާސިމް އިބްރާހީމް ކޯޓުގައި އެދިފައިވީ ހިނދު އެކަމަށް ކޯޓުން ވަކި ގޮތެއް ނުނިންމަނީސް ފިލައިގެން ދާން އުޅޭކަމަށްބުނެ ކޯޓުން ޤާސިމްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީވެސް އިޖުރާއަތުތަކާ ޚިލާފަށް ކަމަށް ހައިކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.
ޤާސިމްގެ މައްޗަށް އުފުލާފައިވާ ދައުވާ ދައުލަތުގެ ވަކީލުން ހާޒިރު ނުވުމުން ކްރިމިނަލް ކޯޓުން ބާތިލް ކުރިއިރު އެދުވަގެރޭ (10 ޖުލައި 2017 ވަނަ ދުވަހުގެ ރޭ) 19:00 ގައި ބާއްވަން ތާވަލް ކޮށްފައިވާ އަޑުއެހުން ޖެހިގެން އަންނަ ދުވަހަށް ފަސްކޮށްދިނިމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުން ސިޓީ ފޮނުވާފައިވާ ކަމަށް ހައިކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެއެވެ. އެހާލަތުގައި ބާތިލްކުރި ދައުވާ 12 ޖުލައި 2017 ގައި އަލުން ހުށަހެޅުމުން ބަލައިގަނެ ކުރިއަށް ގެންގޮސްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ޤާބޫލު ނުކުރެވޭ ކަމަށް ހުކުމުގައި ވިދާޅުވެފައިވެއެވެ.
ނަމަވެސް އަލުން ދައުވާ އުފުލިއިރު ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އަމަލުކުރަން ފަށާފައިވުމުން، މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ ބާތިލުކުރި ޝަރީއަތުގެ އަޑުއެހުންތައް އައު ދައުވާގެ އަޑުއެހުންތަކެއްގެ ގޮތުގައި ބަލައިގެން ކުރިއަށް ގެންގޮސްފައިވުމުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުން ލިބުދޭ ހައްޤުތަކަށް ޤާސިމް އިބްރާހީމަށް ލިބިފައި ނުވާކަން ހުކުމުގައި ފާހަގަކޮށްފައިވެއެވެ.
ހައިކޯޓުން އިއްވި ހުކުމުގައި ވިދާޅުވެފައިވަނީ ޤާސިމް އިބްރާހީމްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ޝަރީއަތް ހިންގިއިރު، ޤާސިމް އިބްރާހީމް ހުންނެވީ ކޯޓަށް ހާޒިރުވެވޭފަދަ ޚާލަތެއްގައި ނޫންކަން ބަޔާންކޮށް އެޑީކޭ ހޮސްޕިޓަލާއި، އައިޖީއެމް ހޮސްޕިޓަލުންވެސް ކޯޓަށް ލިޔުން ހުށަހަޅާފައިވީ ނަމަވެސް ޝަރީއަތް ހިންގާފައިވަނީ ޤާސިމް އިބްރާހީމްގެ ޞިއްޙީ ޚާލަތަށް ރިއާޔަތް ކުރުމެއް ނެތިކަން ހުށަހަޅާފައިވާ ލިޔުންތަކުން އެނގެން އޮންނަ ކަމަށެވެ.
އިތުރަށް ހުކުމުގައި ވިދާޅުވެފައިވަނީ މައްސަލައިގެ ހުލާސާ ބަޔާން އިއްވުމާއި، އަދަބާއި ބެހޭގޮތުން ވާހަކަ ދެއްކުމާއި، ހުކުމް ކުރުމަށް ބޭއްވި އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ ޤާސިމް އިބްރާޙީމްގެ ޣައިރު ޚާޒިރުގައި ކަމަށާއި، 2008 ވަނަ އަހަރު އައު ޤާއުނޫ އަސާސީއަށް އަމަލުކުރަން ފެށިފަހުން ޣައިރު ހާޒިރުގައި ޝަރީއަތް ނުކުރާކަން ދައުލަތުންވެސް ވިދާޅުވާ ކަމަށެވެ.
އަދި ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (ޅ) އިން ލިބިދީފައިވާ ހާޒިރުގައި ޝަރީއަތް ހިންގުމުގެ ހައްޤުން އެއްކިބާކޮށް ހިންގާފައިވާ ޝަރީއަތެއްކަމުން ޞައްޚަ މަގުން ތަރުތީބުވެގެން ހިންގާފައިވާ ޝަރީއަތެއްކަމަށް ބެލެވެން ނޯންނާނެ ކަމަށް ހައިކޯޓުގެ ހުކުމުގައި ވިދާޅުވެފައިވެއެވެ.
މިދެންނެވި ކަންކަން މިހެން ހުރުމާއެކު މ.މާފަންނުވިލާ ޤާސިމް އިބްރާހީމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުން ވަނީ ބާތިލް ކޮށްފައެވެ.
ސާފުހުދު ފޮތިކޮޅަކަށްވީ އަވަހަށް އިތުރުމީހަކާ ކައިވެނިކޮށްގެން މައިތިރިވެ
ޝަރުއީ ނިޒާމް ދޯ ؟
ޤާސިމް މިނިވަންވީތީ ވަރަށްބޮޑަށް އުފާވެއްޖެއެވެ ޤާސިމްގެ އެހީތެރިކަން ވަރަށްގިނަ ރައްޔިތުންނަށް ލިބިފައިވެއެވެ އެގޮތުން އަހަރެންގެ އަންހެނުން ވަރަށްބޮޑަށް ބަލިވެގެން ރާއްޖެއިންބޭރަށް ދިއުމަށްވެސް ޤާސިމްގެ އެހީތެރިކަން ވަރަށްބޮޑަށް ލިބިފައިވެއެވެ
މިހާރު ވަރައްރަނގަލުވާނެ ކޯޓުތަކުގެ ފަނޑިޔާ
ޜުން ވަރައްރަނގަލހުވާނެ މިއީ ވަރައްވާހަކަ
މި5 އަހަރު އިންސާފުއޮންނާނީ ތިގޮތައް
ނިކަމެތި ރައްޔިތުމީހާމެން ހަމަ ކުޑަގޮޅީގައި، ފައިސާވެރިންނާއި ސިޔާސީ ކުށްވެރިން ކަފާލުގެ ދަށުންނާއި ވަކާލާތުގެ ދަށުން ޖަލުންނެރެ މިނިވަންކުރަމުންދާތަން ފެނުމުން އަހާލަންބޭނުންވަނީ މިއީތޯ އިންސާފަކީ، އާދައިގެ ރައްޔިތުމީހާމެންގެ ދަރިން ދިގުމުށްދަތުގައި ޖަލުގައި ހޭދަވަމުން ދާއިރު އެ ގައިދީންނާއި އާއިލާއިންވެސް ހާދަ ހިތާމައެއްކުރެޔޭ، މިކަން އިގޭފަރާތެއް ވޭބާ؟؟؟
އިންސާފުލިބި ޑިމޮކްރަސީ ފުރިހަމަވީކަމަށް ބެލެވެނީ ދުނިޔޭގެ އެދުމާހެދި އުޅޭ ވެރިންނަށް އެމީހަކު އެދޭ ގޮތަކަށް ޙުކުމްކުރުމުން. އެއޮތީ ޙައްޤަށް ރުޖޫޢަވެފަ. ދެން ދެތިން ދުވަހުން ތިޙައްޤު އިދިކޮޅަށް ނުޖަހާތި.
ކުރިން ހުކުން ކުރި ފަނޑިޔާރުންނަށް ތިކަމުގައި އޮތީ ކޮން ހުކުމެއް..؟؟ މީހެއްގެ ޙައްޤަކަށް އަރައިގަތީ.. މަޤާމުގެ ނުފޫޒު ބޭނުން ކުރީ..