ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރުގެ ދައުރު ނިމުމަކާއި ގާތްވެފައިވާއިރު، ހުރިހާ މުއައްސަސާއެއް އިންސާފުގެ މަގަށް ފުރިހަމައަށް އަރާވަޑައިގެންފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ގާސިމްގެ މައްޗަށް އުފުލި ރިޝްވަތު ހުށަހެޅުމުގެ ދައުވާ ބާތިލުކޮށް، ހައިކޯޓުން އޭނާ މިނިވަންކުރުމާ ގުޅިގެން، ކޯޓު ކުރިމަތީގައި މީޑީއާތަކާއި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، ދިވެހި ރާއްޖޭގައި އަދުލު އިންސާފު އެބަ އޮތް ކަމަށާއި އަދި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެމަނިކުފާނުގެ އިންތިހާބީ ބައިވެރިޔާ ފައިސަލް ނަސީބް ހޮވިވަޑައިގަތުމާއެކު، ހުރިހާ މުއައްސަސާއެއް އިންސާފުގެ މަގަށް ފުރިހަމައަށް އަރާވަޑައިގެންފި ކަމަށެވެ.

"މިއީ އަނިޔާވެރިކަމާއި ފަސާދަ އާއި ކޮރަޕްޝަނުން ސަލާމަތްވުމަށްޓަކައި ދިވެހިން ކުރި ދަތުރުގައި އަޅުގަނޑުމެން އިންސާފުގެ މަގަށް އަޅުގަނޑުމެންގެ ރައްޔިތުން އަރާތިބި ކަމުގެ ލާމަސީލު ހެއްކެއް". ގާސިމް ވިދާޅުވިއެވެ.

ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްފަހު ކަންތައް ދިމާވި ގޮތް މީޑިއާތަކާއި ހިއްސާ ކުރައްވަމުން ގާސިމް ވިދާޅުވީ، ވަރަށް ގިނަ ދުވަހު، އޭނާގެ ކުޑަކުޑަކުދިންނާއި އަނބިމީހާ އާއި ދަރިންނާއި އަދި ރަހުމަތްތެރިންނާއި، އަދި ޕާޓީއާއި ވަކިން ހުންނަން ޖެހުނީ ބަލިވެގެން ބޭސްކުރަން ޖެހިފައި ވުމުން ކަމަށެވެ. އަދި ސިންގަޕޫރުގެ ޑޮކްޓަރުން، އޭނާ ރަނގަޅު ނުވަނީސް އަންނަން ހުއްދަ ނުދިނުމުން ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

"10 ދުވަހުން 10 ދުވަހުން ދެ ފަހަރު މުއްދަތު ދެއްވާފައި ދެން ހަ ދުވަސް ދެއްވާފައި ވިދާޅުވީ، އަންނަންވީއޭ ރާއްޖެއަށް. އެހެން ނަމަވެސް އަޅުގަނޑުގެ ބޭސްފަރުވާ ނުނިމޭތީވެ އެއާލައިނުންވެސް އަޅުގަނޑު ކެރީ ކޮށްނުދިނީ. މިކޮޅަށް އަންނަން އޯކޭ ނުދިނުމާއި އެކީގައި ޕާސްޕޯޓުވެސް ޑިއުވެގެން ދިޔައީ، ދެން އެއާއެކު ސިންގަޕޫރުގެ ސަރުކާރުން ޑޮކްޓަރުންގެ ލިއުންތަކާއި އެއްޗެހި ހުށަހެޅީމަ އިންޓަނޭޝަނަލް އަދި ހިއުމަން ރައިޓްސްގެ ގާނޫނުގެ ދަށުން އެ ބޭފުޅުން އަޅުގަނޑަށް ސިންގަޕޫރްގައި ހުރެވޭނެ ހާއްސަ ހުއްދައެއް ދެއްވައިގެން އެތާ އަޅުގަނޑު ހުރީ". ގާސިމް ވިދާޅުވިއެވެ.

އަދި އޭނާގެ ހާއްސަ ޑޮކްޓަރުން ތިއްބަވަނީ ޖަރުމަނުގައި ކަމަށްވާތީ އޭގެ ފަހުން ޖަރުމަން ވިލާތުން ހިއުމަން ރައިޓްސްގެ ދަށުން އޭނާއަށް ހާއްސަ ހުއްދައެއް ދެއްވިކަމަށްވެސް ގާސިމް ވިދާޅުވިއެވެ. އަދި ޖަރުމަން ވިލާތުގައި ހުންނެވީ ވެސް ބޭސްފަރުވާއަަށްކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމްގެ މައްޗަށް ރިޝްވަތު ހުށަހެޅުމުގެ ދައުވާ ދައުލަތުން އުފުލީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހެޅުއްވި ކަމުގެ ތުހުމަތުގައެވެ. އެ މައްސަލަ ސާބިތުވެ ގާސިމްގެ މައްޗަށް މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ވަނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ޭަބޮއިހަލާކު

    ތިހެން ބުނާނެ ހަމަ މަނިކުފާނު ނުރުހޭ ގޮތަކަށް ތިކަން ނިމުނުނަމަ އެއީ ކަސިޔާރު މަގު މިހާރު ވރަށް ރަނަގަޅަށް ތިޔަ ކިޔާ ޑިމޮކްރަސީ ދިވެހިން ދަނޭ ! އެއްކޮޅަށް ނިމުނީމަ އޯކޭ ދެކޮޅަށް ނިމުނީމަ ކަޑަ

  2. ފާފަޅޯ

    ބައްދު ހަދާ ދޮގު ބަާބަލަ. ސަލާމަތް ނުވާވަރުގެ ބަލިމަޑުކަމެއް ކަލެއަށް ކުރިމަތި ނުވެ ހުރިކަމައްޓަކައި ސުކުރު ކޮށްބަލަ.

  3. ޢަފްލާ

    ހުރިހާ ކޯޓެއް އިންސާފައް ރުޖޫޢަވީ ކަލޭމެން ދިން ޑޮލަރުގެ ބާރުން ކަން މިަދު މި ހާމަވަނީ

  4. ޢަލި

    ބޮޑެތި ބޭފުޅުން އެދޭގޮތައްކަންކަން ވުމުން އެއީ އިންސާފުލިބުނީކަމައް ބެލިދާނެތޯ؟

  5. ޖާން

    ތިވާނީ ޤާސިމް އާއިއެކު ވަކިގޮތަކަށް ( ވަޒީފާގެ ގެރެންޓީ ) އެއްބަސް ވެވިގެން އުޅޭތީ ޤާސިމްގެ ރަޢުޔުހެން .
    ޤާސިމްއާއިއެކު ކިތަންމެ ސިއްރު މުޢާމަލާތް ކުރެވުނަސް މީރާ ، ޝަރުޢީ ދާއިރާ އިސްލާޙް ކުރާނެ. އެއީ ޤާސިމް ގެރެންޓީ ދީގެން ވާކަންކަމެއް ނޫން. އިންޝާ ﷲ.

  6. މަރީ

    އާނ ކަލެއަށް އަދި މުޅި ޤައުމު ޙުކުމެއް ކޮށްފައި ދިނީމަ ކަލެއަށް ފުދޭވަރު ވާނީ. އަދި ތީ ކުޑަ މިންވަރެއްނު. ބޮޑު ބަލާއެއް ހުވާ މީ މި ޤައުމަށް ޖެހިފައި ހުރި.

  7. ޜާއްޖެ އިސްލާމް

    ސްޕްރީމް ކޯޓް އޮފް ވިލާއިން އެކޯޓްގެ ފައުންޑަރ ދޫކޮއްލައިފި

  8. މިއަދު

    ކުރިންވެސް ބުނިތަ ސްޕްރިންގ ކޯޓުން އަހަރެމެން އަމުރެއްނެރުނީމަ ކަމު ނުދިޔަ ވަހަކަ ތިބުނީ މިފަހަރު ކަމުދިޔަ ވާހަކަ ދޯ މިއަދު ދިވެހިންޤަބޫލު ކުރާ އިންސާފަކީ ތިމާއާއި ތިމާގެ ބައިމީހާގެ ޖީބު ބޮޑުވުން އެނޫން އިންސާފެއް ޤާއިމު ކުރަން އުޅުނު މީހަކު ނުނެބަލަ

  9. ކެނެޑީ

    ތިމާގެ ނަފްސު އެދޭގޮތަށް ކަންކަން ހިނގަންޏާ “އިންސާފު” “ހައްގަށް ނަސްރު ލިބުނީ”

  10. ހުސޭނު

    މޮޅުވާ ކޮންމެ ދުވަހަކީ މުއްސަސާތައް ނުފޫޒުން އެއްކިބާވެ އިންސާފް ގާއިމުވާދުވަސް
    ބަލިވާ ކޮންމެ ދުވަހަކީ މުއައްސަސާތައް ނުފޫޒުގައި ތިބެ ކުރާ މަޖުބޫރު ނިންމުންތައް.
    މީ ފުންނާބު އުސްމީހުން ގަބޫލް ކުރާ އަދި އެހެންމީހުންނައް ވިސްނައިދޭ ގޮތް.
    އެކަމު އަހަރެން ގަބޫލް ކުރަނީ ބޮޑުކެކުރި އަބަދުވެސް ކާމިޔާބު އެއްގޮތްނެތީޔާ އަނެއްދޮރުން ވަދެގެންވެސް ހޯދައިދެވެ، އެއީ ކުރީގެ ކޯޓުން އިޖުރާތު ފުރިހަމަ ނުކޮއް ސަރީއަތް ކުރިޔައްގެންދިޔަ ކަމުގެ ނަމުގަ ނޫނީ އެހެންނަމެއްގަ ނަމަވެސް.
    ވޯޓެއް ލާންފިޔަވާ ކުޑަކެކުރީގެ ބޭނުމެއްނެއް އަދި އެލާ ވޯޓައް ވާގޮތެއްވެސް ނޭގެ

  11. ސޭކުސްތާން

    އައިޝާ ވަރަށް ވެރިކަން ބޭނުންވެފަހުރިހެން ހީވަނީ

    • ޢަހަންމާ

      އެމަންޖެ ބޭނުންވަނީ އަދި ނުފުދެނީ ކޮންކަމެއްކަން އެނގޭ ވަރިވާން ކޯޓުގައި ދީފައިވާ ބަޔާން ކިޔާ ލީމާ. 1400000 ދިނީމަ މައިތިރިވީ.

  12. އަހްމަދު

    މީ މިމީހުން އެބުނާ އިންސާފަކީ. ތިމާ ރުހޭގޮތަށް ނިމިއްޖެނަމަ އިންސާފު. ތިމާ ނުރުހޭނަމަ ބޭއިންސާފު.

  13. ކާފަ

    ކުދިންނޭ ބޮޑުދުމާ ހިނގަންއުޅޭ މިނުބައިމީހުންގެ ކިބައިން ސަލާމަތްކުރައްވާތޯ އަނެއްކާ ރާއްޖެއަށް ރަންނަމާރި އަރަނީ

  14. ޑޮކްޓަރ.

    ގާސިމްގެ ފުރާނަ ސަލާމަތް ކުރެވުނީ ވަރަށް ނަސައްކަތުން. ޖަރުމަން ވިލާތަށް ގެންދެނުއިރު ފަހުނޭވާގެ ވެސް އެއްބުރި އޮތީ ނުކުމެފަ. ﷲއަށް ބިރުވެތި ނުވެ ފޭކުޖާއްސާ މީހުންނަށް ހަލާކުހުރި!

  15. މޯލްޑިވްސް ފިލްމް އިންޑަސްޓްރީ

    2018ވަނަ އަހަރުގެ ބެސްޓް އެކްތްރަގެ މަޤާމަށް ހޮވިފައި ވަނީ އަުބުރުމާ!

  16. ނަހުލާ

    އަޅުގަނޑު ދެން ހަދާ ފިލްމުގެ އެއް ބަޠަލަކަށް ބުރުމާ، ނުބައިބައިގެ ބޮހަކަށް އަނިޔާ ބޭނުން.

  17. އައިސަތު ލާ

    ބުރުމާއާ އެއްކޮޅަށް ނިންމީމަ އިންސާފުވެރި. ދެކޮޅަށް ނިންމީމަ ނާއިންސާފް. މިދެން ބަޖިޔާއެއްނު