ސިނަމާލެ ބްރިޖު ހެދުމަށްޓަކައި މޫދު ތެރޭގައި ހެދި ވަގުތީ ޕްލެޓްފޯމު ނެގުމުގެ މަސައްކަތަށް ބްރިޖްގެ ބައެއް ބަންދުކުރަން ހަމަޖެހިފައިވާ ކަމަށް ބްރިޖް ހެދި ކުންފުނި ކަމަށްވާ ޗައިނާގެ ކޮމިއުނިކޭޝަން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އިން ބުނެފިއެވެ.

މިއަދު އެކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރ ބަންގް ޗާއޯ ނެރުއްވި ބަޔާނުގައި ވިދާޅުވީ ބުރިޖު ހެދުމަށް ބޭނުންކުރި ޕްލެޓްފޯމުގެ ބާކީ ހުރު ބައިތަށް ނަގައި މޫދަށް އެޅިފައިވާ ކުނިތަށް ނަގައި އެ ސަހަރައްދު ސާފުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި ޕްލެޓްފޯމުތަކުގެ 61 ދަގަނޑު ހޯޅި އަދިވެސް ނުނެގި ހުރިކަމަށް ބަޔާނުގައިވެއެވެ.

"ޕްލެޓްފޯމުގެ 61 ދަގަނޑު ހޮޅި މިހާރުވެސް މާލޭ ސަހަރައްދުގައި ނުނެގި އެބަހުރި. އެހޮޅިތަށް ނަގަން ބުރިޖުގެ އުތުރުފަރާތުގެ ލޭނުތަށް ބަންދުކުރަން ޖެހޭ" ވަންގް ޗާއޯ ވިދާޅުވެފައިވެއެވެ.

ދަގަނޑު ހޮޅިތައް ނެގުމަށްޓަކައި ބުރިޖުގެ އުތުރު ފަރާތު ލޭނު ބަންދު ކުރަންޖެހޭ އިރު އެ ކަމުގެ ހުއްދަ އަށް މިހާރު ދިވެހި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގައި އެދިފައިވާނެ ކަމަށް ވެސް ވަންގް ޗާއޯގެ ބަޔާނުގައިވެ އެވެ.

އަދި ބްރިޖުގެ ވަގުތީ ޕްލެޓް ފޯމު ނެގުމަކީ ވަރަށް ބޮޑު މަސައްކަތެއް ކަމަށާއި އެކަމަށް ވަގުތު ނަގާނެކަމަށް ވަންގް ވިދާޅުވިއެވެ،

"ފްލޯޓިން ކެރޭނު ބޭނުންކޮށްގެން މައި ބްރިޖު ކައިރީގައި ހުރި 37 ދަގަނޑު ހޮޅި ނެގުމަށް ވަނީ ހަމަޖެހިފައި. ނަމަވެސް އެ މަސައްކަތް ކުރެވެން އަންނަނީ މޫސުން ތަންދޭ ގޮތަކުން. މި ތަކެއްޗަކީ 3.6 މީޓަރު ފުޅާ އަދި 50 މީޓަރު ދިގު ދަގަނޑުތަކެއް. އަދި މިއިން ކޮންމެ އެއްޗެއްގެ ބަރުދަނުގައި 200 ޓަނު ހުރޭ. އެހެންކަމުން މި ތަކެތި ޖެހުމަށް ކުރި މަސައްކަތަށް ވުރެ ބޮޑު މަސައްކަތެއް މި ތަކެތި ނެގުމަށް ކުރަންޖެހޭ" އޭނާ ވިދާޅުވި އެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީ އާއި ދިވެހި ސަރުކާރުގެ ޚަރަދުގައި ހަދާފައިވާ ބްރިޖް ރަސްމީކޮށް ހުޅުވައިދެއްވީ، މިއަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުގެރޭ ރައީސް އަބްދުﷲ ޔާމީނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖޮއްބެ

    ގޯނިބެ ކުޑައަލީ ނަމަކަށް ކިޔާ މީހަކު ވެސް ވެއްޖެ ވީނުވީތަނެއް ނޭނގި ގެއްލިފަ އުގައިއްޓޭ އެމީހާ ވީތަނެއްވެސް ހޯދާދެއްޗޭ އިނގޭ?.