ރާއްޖޭގެ އެންމެނަށް ބިރުދެއްކިނަމަވެސް، ތިމަރަފުށީ މީހުންނަށް ބިރެއް ނުދެއްކޭނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރުކަމުން ވަކިކޮށްފައިވާ މުޙައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި މުސްތަފާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ތިމަރަފުށީ މީހުންނާއި އެރަށަށް ނިސްބަތްވާ، އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފަށް ބިރު ނުދެއްކޭނެ ކަމަށެވެ. އަދި އަމުދުން "މުސްތަފާ ރައީސް ޔާމީން ދެކެ ޑަރެކޭވެސް ހީނުވާނެ" ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސް ޔާމީން މިރާއްޖޭގެ އެންމެނަށް ބިރުދެއްކިޔަސް ތިމަރަފުށީ މީހުންނަށް ބިރެއް ނުދެއްކޭނެ..! އަމުރުން އީސީ ޝަރީފް މި މުސްތަފާ ރައީސް ޔާމީން ދެކެ ޑަރެކޭވެސް ހީނުވާނެ..!" މުސްތަފާގެ ޓްވީޓުގައި ވެއެވެ.

މުސްތަފާ މިގޮތަށް ވިދާޅުވެފައި މިވަނީ، ރާއްޖޭގައި ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ނަތީޖާގައި މައްސަލަތަކެއް ހުރިކަމަށް ބުނެ ވެރިކަން ކުރާ ޕީޕީއެމަށް ނިސްބަތްވާ ފަރާތްތަކުން ބައެއް ބޭފުޅުންނަށް ބިރު ދައްކަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާ ދަޑިވަޅެއްގައެވެ.

މުސްތަފާ ވިދާޅުވެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ދުރުކޮށްފައިވާ މެމްބަރުންނަށް، މަޖިލީހަށް ވަދެވުމާއި އެކު ރައީސް ޔާމީންގެ "ބިރުވެރިކަމުން" ރައްޔިތުންނާއި ފަނޑިޔާރުން ސަލާމަތްކޮށްދޭނެ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ރިޔާސީ އިންތިހާބު ބާތިލުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލަ ބެލުމަށް ފަހު ސުޕްރީމް ކޯޓުން ޙުކުމް ކޮށްފައިވަނީ އިއްޔެއެވެ. ފަސް ފަނޑިޔާރުންގެ އިއްތިފާޤުން އިއްޔެ ޙުކުމް ކޮށްފައިވަނީ އިންތިޚާބު ބާތިލުކުރަން ނުޖެހޭ ކަމަށެވެ. އެ ހުކުމުގައި ވިދާޅުވީ 23 ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިހާބަކީ ޝަރުއީޔަތު ގެއްލިފައިވާ އިންތިހާބެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައިގައި އިންތިހާބު ބާތިލުކުރަންޖެހޭ ފަދަ އަސާސެއް ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޓެކްސް

    ކޮބާ ދައުލަތަށް ދައްކަންޖެހޭ ޓެކްސްގެ އެއްވެސް މިންވަރެއް ބާކީ އެބަ އޮތްބާ ދަރަނިބޮލާ......

  2. ކޮރަކަލި

    މުސްތަފާ ހޮވީ އެމްޑީޕީ އިން ނެވެ.މުސްތަފާ ހުވާ ކުރީ ޕީޕީއެމް އަށެވެ. މުސްތަފާ ދައުރު ނިންމީ "މަގުމައްޗަށެވެ"

  3. ސިދާތް

    މީނަ ގުރާދޫ އަ ލާންފެނޭ

  4. ސޯޕް ލައިޓް ބްރަދަރ

    އަނގަފޭކުރަމުން ދުވާއިރު ދައުލަތައް ދައްކަންޖެހޭ ފައިސާތައް ދައްކާފަ އެހެންމީހުންގެ
    ފަހަތުން ދުވެބަލަ! ކަލޭގެ ލަދުހަޔާތް ކޮބާ؟