އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އަނެއްކާވެސް ބައްދަލުކުރައްވައިފިއެވެ.

އިބޫ، ރައީސް މައުމޫން އާއި ބައްދަލުކުރައްވާފައިވާކަން ރައީސް މައުމޫން ވަނީ ޓްވިޓާ މެދުވެރިކޮށް ހާމަކޮށްފައެވެ. މައުމޫން ވިދާޅުވީ، އިބޫ އެމަނިކުފާނާއި ބައްދަލުކުރެއްވުމަށް ވަޑައިގެންނެވީތީ ވަރަށްވެސް އުފާވާ ކަމަށެވެ.

އަދި އެ ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް މައުމޫންގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ރައީސް މައުމޫން ޖަލު ބަންދުން މިނިވަން ވި ފަހުން، އެމަނިކުފާނާއި، އިބޫ މީގެ ކުރިންވެސް ވަނީ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި، މަޝްވަރާ ކުރެވިގެން ދިޔައީ، ކޯލިޝަން ސަރުކާރެއްގައި ރައްޔިތުން އެދޭ ގޮތަށް ވެރިކަން ކުރެއްވުމާ ގުލޭ ގޮތުންނެވެ.

ރައީސް މައުމޫން އާއި އިބޫ އަނެއްކާވެސް ބައްދަލުކުރައްވާފައިވާއިރު، ރިޔާސީ އިންތިހާބު ބާތިލުކުރަން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި މައްސަލައިގެ ހުކުމް އިއްޔެ ވަނީ އިއްވާފައެވެ. އެގޮތުން ސުޕްރީމް ކޯޓުން ވަނީ އިންތިހާބު ބާތިލު ކުރަން ނުފެންނަ ކަމަށް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަންކާ

    ތިޔަ ދެމީހުންނަކީވެސް އިސްލާމްދީނާ ބީރައްޓެހި ސިޔާސަތުގެ ދެމީހުން. އެކަކު ބުނަނީ މީހުން މަދުކަމުން ވައްކަން ކުރާ މީހުންގެ އަތް ނުކެނޑޭނެއޭ. ދެންހުރި މީހާ މިބުނަނީ އަބުރާބެހެވޭނެއޭ މަރުވެފަ އޮންނަ މީހާއަށް ކަށްވަޅުގައި ވެސް ނޯވެވޭވަރަށް. މިކަން ކަން އާންމު ވެއްޖެ ނަމަ މުޖްތަމައުގެ ތެރޭން އަމާންކަން ފެނިގެން ނުދާނެ ކަން ކަށަވަރު.

  2. ޖޮއްބެ

    ނޫނޭވާ ތިއޮތީ ކަމެއް. ހިތުންނުފިލާ ވަރުގެ ބޮނޑިއެއް މިމީހުން އަތުން ބޮއިގެން މި މުސްކުޅިބެ މައިތިރިވާނީ ކެކެކެކެކެ.?.

  3. Miadhu

    މިފަހަރު އެބައްދަލުކުރީ މައުމޫނަށް ދޭ ވަޒީރުބަޔާމެދު މަޝްވަރާކުރަން

  4. ޟަރީ

    އިބޫ އާ ބައްދަލުކުރުމުގެ ބޭނުމެއް ނެތް. ޕަޕެޓް ގެ ވާތައް އަތުގަ އޮތް މީހާޔާ ވާހަކަ ދައްކާ. އިބޫ އިކީ ލިޔެފަދިނީމަ ކިޔަން ހުންނަ މީ ހެއް.
    ޖަޒީރާ ރާއްޖޭގެ ރައީސް ގެ ފެންވަރު.
    ފަހަތުގަ ތިބޭމީހުން ކުރާ ހުރި ހާ ކަމެއްގަ ކަތިލެވެން ކަންދުރާ ދިއްކޮއްގެން ހުރި ބޮޑު މޮޔައެއް.

  5. dictator

    އެއްފަހަރަކު ހުދު މުހުތާރެކޭ ވެސް ކިޔާއުޅުނީންދޯ މިހާރު ރަން މުހުތާރުވީތަ

  6. ލާމް

    ބަލަ ކުރީގެ ރައީސް މައުމޫންވިދާޅުވަނީ ބުރުގާ އެޅުމަކީ ހުއްޖަތެންނޫނޭ؟؟ އިންތިހާބީ ރައީސް ވިދާޅުވަނި އަބުރާ ބެހޭގާނޫނު އުވާލާނަމޭ ދެން ކޮބައި ދީނުގެ ކަންތައް މައުމޫން ލަފަޔާއެކު ކުރިއައް ވަޑާގަންނަވާާ؟؟