ރައްޔިތުންގެ މަޖިލީހުގެ މެންބަރުނަކީ ނަޒާހާތްތެރި ބަޔަކަށް ވުމަށް އެންޓި ޑިފެކްޝަން ބިލް ކޮންމެހެންވެސް ފާސްކުރަން ޖެހޭ ކަމުގައި ސަރުކާރު ހިންގާ ޕީޕީއެމްއާއި އެމްޑީއޭގެ މެންބަރުން ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި އެންޓި ޑިފެންޝަން ބިލާއި ބެހޭގޮތުން ބޭއްވި ބަހުސް މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްއަށް ނިސްބަތްވާ މެންބަރުން ވިދާޅުވެފައި ވަނީ އެންޓި ޑިފެންޝަން ބިލަކީ މިހާރުން މިހާރަށްވެސް ފާސްކުރަން ޖެހިފައި ވާ ބިލެއް ކަމަށެވެ.

މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވިދާޅުވީ އެމެންބަރަކު ޕާޓީއަށް އިންތިހާބުވި ޕާޓީ ދޫކޮށް އެހެން ޕާޓީއަކާއި ގުޅިއްޖެނަމަ އެމެންބަރެއްގެ ގޮނޑި ގެއްލެން ޖެހޭނެ ކަމަށެވެ. އަދި މަޖިލީހުގެ މެންބަރުން ވާން ވާނީ ރައްޔުތުންނަށް އިހްލާސްތެރިބައެއްގެ ގޮތުގައި ކަމަށްވެސް މޫސަ ވިދާޅުވިއެވެ.

"އަޅުގަނޑު އެންޓި ޑިފެކްޝަން ބިލަށް ތާއީދު ކުރަން. އެއީ ކޮންހެން ފާސްކުރަން ޖެހޭ ބިލެއް. އެއީ މަޖިލީހަށް އިންތިހާބުވި ޕާޓީ ބަދަލްވުމުން އެމެންބަރެއްގެ ގޮނޑި ގެއްލެން ޖެހޭނެ. އަދި މެންބަރުން ވާންވާނީ ރައްޔިތުންނަށް އިހްލާސްތެރިބައެއްގެ ގޮތުގައި" މޫސަ ވިދާޅުވިއެވެ.

މޫސާ މަނިކުގެ އިތުރުން ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ވެސް ވަނީ އެންޓި ޑިފެންޝަން ބިލް ކޮންމެހެންވެސް ފާސްކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

އިބްރާހިމް ދީދީ ވިދާޅުވީ މެންބަރުންނަކީ ރައްޔިތުންގެ ހައްޤުގައި މަސައްކަތް ކުރަން ޖެހޭ ބައެއް ކަމަށާއި މެންބަރުންނަކީ މާރުކޭޓުގައި ތަރުކާރީ ގަނެވޭ އުސޫލުން ގަނެވިގެންވާނެ ބައެއް ނޫން ކަމުގައެވެ. "އަޅުގަނޑުމެންގެ ތެރޭގައި އެބައުޅޭ ފައިސާއަށް ވިކޭ މެންބަރުންވެސް. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވާންވާނީ ރައްޔިތުންނަށް އިހްލާސްތެރި އެބައިމީހުންގެ އިހްސާސްތަށް ދަންނަ އަދި އެމީހުންގެ ހައްޤުގައި މަސައްކަތް ކުރާ ބަޔަކަށް. ހަމަ ޔަޤީނުންވެސް ކިތަންމެ ފައިސާއެއް ދިނަސް އަޅުގަނޑެއް ނުވިކޭނެ" އިބްރާހިމް ދީދީ ވިދާޅުވިއެވެ.

އެންޓި ޑިފެކްޝަން ބިލް ފާސްނުކޮށް މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ނުލިބޭނެ ކަމަށްވެސް މިއަދު ވާހަކަދެއްކެވި މެންބަރުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޮކޮއި

    ޕީޕީއެމް މެމްބަރުން އެބަޖެހޭ އިސްތިުފާދޭން ފުރތަމަ ނަޖާހަތްތެރި ބަޔަކައް ވުމައްތަކާއި.

  2. ނަސީމާ ޢަލީ

    ގަނެވިއްކާ މުދާގަނޑަކަށް މެމްބަރުން ނުވަމާ!

  3. ދެން

    ހޮވުނުޕާޓީއަށް މެމްބަުން ބަދަލުކޮށްފިނަމަ މެޖޯރެޓީ އޮންނާނީ މިނިވަން މެމްބަރުންނަށް.

  4. ވގ

    ނިހާން ފުރަތަމަކަލޭ އިސްލާހްވެބަލަ ތިދޮގުހެދުންހުއްޓާލާފަ ކޮންނަޒާހަތްތެރިއެއްވެވޭނި ތިއުޅެނީވެރިކަން ދިފާއުކުރަންވެގެން

  5. ރައްޔިތެއް

    އެންޓިޑިފެކްޝަން ބިލަކީ ހަމައެކަނި މަޖިލިސް
    މެންބަރުން ނަޒާހަތްތެރިކުރުވާނެ ބިލެއްނޫނެވެ
    އޭގެ އިތުރުން ރާއްޖޭގައި ބޮޑެތި މުއްސަނދިންގެ
    އުނދަގުލުން ސަލާމަތްވުމުގެ ފުރުސަތުވެސް
    ރައްޔިތުންނަށް ލިބިގެންދާނެ ބިލެކެވެ