ޖަލު ޙުކުމެއް އިއްވާފައި ވަނިކޮށް، ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ ބޭރަށް ވަޑައިގެން، އިނގިރޭސި ހިމާޔަތުގައި ޤައުމުން ބޭރަށް ދިރިއުޅުއްވުން ބަދަލުކުރެއްވި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރާއްޖެ ވަޑައިގަންނަ ދުވަހު، "ބޮޑު ޢީދެއް ކަހަލަ ގޮތަކަށް" މަރުހަބާ ދެންނެވުމުގެ އިންތިޒާމްތައް ހަމަޖައްސަމުންދާ ކަމަށް، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ތަރުޖަމާނު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތި ވިދާޅުވީ، ނަޝީދު ރާއްޖެ ވަޑައިގަތުން ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ނިންމާފައިވާއިރު އެމަނިކުފާނު ޤައުމަށް ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމާއި މެދު ޝައްކެއް ނެތްކަމަށެވެ. އެހެންކަމުން އެމަނިކުފާނު ރާއްޖެ ވަޑައިގަތުން ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ތައްޔާރުވަމުންދާ ކަމަށް އިންތި ވަނީ ވިދާޅުވެފައެވެ.
"ބޮޑު އީދެއް ކަހަލަ ގޮތަކަށް މި އިވެންޓް ބާއްވަން ވަރަށް ގިނަ ފަރާތްތަކުން އެދޭތީ އަޅުގަނޑުމެން މި އިންތިޒާމްތައް ހަމަޖައްސަމުން މިގެންދަނީ،" އިންތި ވިދާޅުވިއެވެ.
ރައީސް ނަޝީދު ރާއްޖެ ވަޑައިގަނަންވާނީ މިނިވަނެއްގެ ގޮތުގައި ކަން ޔަޤީން ކުރެވޭކަން ހާމަކޮށް އިންތި މިއަދު ވިދާޅުވީ، ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އިންތިޚާބު ވެފައިވަނީ އިދިކޮޅު ފަރާތްތަކުގެ ސަރުކާރެއް ކަމަށާއި، އެހެންކަމުން ނަޝީދު ރާއްޖެ ވަޑައިގަތުމަށް ހުރަސްއަޅާނެ އެއްވެސް ފަރާތެއް ނުތިބޭނެ ކަމަށެވެ.
އެހެންކަމުން ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ އެންމެ މަތީ ޝަރަފުގައި ކަމަށާއި، ކުރީގެ ރައީސެއްގެ ހައިސިއްޔަތުން އެމަނިކުފާނަށް ލިބެންޖެހޭ ހުރިހާ ޝަރަފާއި ޤަދަރެއް އެމަނިކުފާނަށް ލިބިގެންދާނެކަމަށް އިންތި ވިދާޅުވިއެވެ.
ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުން ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ނިންމާފައިވާއިރު، ކަނޑުމަތިންވެސް އެމަނިކުފާނަށް މަރުޙަބާ ދެންނެވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން ކަނޑު އުޅަނދުތައް ނެރެ، ހަރަކާތުގައި ކަނޑުމަތިންވެސް ބައިވެރިވުމަށް އިދިކޮޅަށް ތާއީދުކުރާ ފަރާތްތަކުގެ ކިބައިން އެމްޑީޕީން ވަނީ އެދިފައެވެ.
ހަމަ އެހެންމެ ނަޝީދު ރާއްޖެ ވަޑައިގަންނަވާ ރޭ، އާޓިފިޝަލް ބީޗު ސަރަޙައްދުގައި ޚާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ރާވަމުންދާއިރު، ހަރަކާތުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ސަލާމަތީ ބާރުތަކާއި މަޝްވަރާކުރަމުންދާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
ދެ އަހަރަށްވުރެ ގިނަ ދުވަހު ރާއްޖެއިން ބޭރުގައި އިނގިރޭސި ހިމާޔަތުގައި ހުންނެވި ނަޝީދު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ. އެމަނިކުފާނު އިނގިރޭސި ހިމާޔަތް ހޯއްދެވީ، އެމަނިކުފާނުގެ ވެރިކަމުގައި ޤާނޫނާއި ޚިލާފަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރު ކުރި މައްސަލައިގައި 13 އަހަރަށް ޖަލަށް ލުމަށް ޙުކުމްކޮށްފައި ވަނިކޮށެވެ.
މިވެރިންގެ ރޭވުމަކީ އެދުވަހު ރަޢިއްޔަތުން
ނެރެ ގައުމުގައި ހަމަނުޖެހުމެއް އުފެއްދުން
ޝަރުޢި ހުކުމެއްގައިހުރި ބޮޑު ކުއްވެރިއެއް ފިލައިގެން އުޅެފައި ރާއްޖެ އަންނަދުވަހު އޭނާގެ އިސްތިގުބާލުގައި ދިވެހި ފުލުހުންމާއި ސިފައިން ނުކުމެ ބޭންޖެހުމަކީ މިގައުމުގެ ޖުޑިސަރީއަށް މަލާމާތާއި ފުރައްސާރަ ކުރުން ނޫން ކޮންކަމަކަށް ވާނެބާ؟
ހެހެހޭ. އެހެންއުތަ! ނިކަންއާދެބަލަ ކެރެންޏާ! ރަނގަޅަށް އީދު ފާހަގަކޮށްދޭނަން! 1000 މީހުން އޭނަގެ ސެކިޔުރިޓީއަށް ބޭތިއްބިޔަސް މިގައުމުގެ ހީރޯއިންގެ އަތްދަށުން ހަމަހިލާ ސަލާމަތެއްނުވެވޭނެ! މީވަރަށް ވާހަކަ....
އަޅުގަނޑު ހަމަ ރައިސްޔާމީނަށް ދަންނަލާން ބޭނުންވަނީ ރައިސްއޭ. އިބުރާހިމް މުހައްމަދު ސާލިހު ރައިސްކަމުގެ ހުވާކުރެއްވުމާއި ހަމަޔަށް މިގައުމުގެ ވަލިއްޔިލް އަމުރަކީ މަނިކުފާނެވެ. އަންނި ނުވަތަ އެމްޑީޕީ ކުދިން ބޭނުން ވާހާ ގޮތަކަށް މިގައުމުގެ ޖުޑިސަރީގެ ބޭނުން ކަޑުވާލިއްޔަ ނުދެެއްވާށެވެ. ފަހުން އެމަޅި މަނިކުފާނުގެ ބޮލަށް ފައްތާނެ ހޭއަރާ ހުންނަވާތި
އެދުވަހު އަންނި މިނިވަނެއްގެ ގޮތުގަ އައިސްފިނަމަ ކޯޓުތަކުގެ މިނިވަން ކަމެއްނެތް
އެމް.ޑީ.ޕީ މީހުންނަށް ރައްޔިތުންނަށް އުނދަގޫ ނުވާ ގޮތަކަށް މަގުތަކަށް ދަތިނުވާގޮތަކަށް އެއްވެސް ކަމެއްކުރާކަށް ނޭގޭ ދޯ ؟
އިބޫގެ ވެރިކަން އަދި ނުފެށިގެން އުޅެނިކޮށް މި ފައްޓަނީ ގާނޫނުތައް މުގުރާލުމުގެ ސަގާފަތެއް. މަމެން ކުޅިބަލަން ތިބޭނަން.
މިހާރަކު ޖުޑިޝަރީީ އަށްމަލާމާތެއްނުކުރާނެ އަދި ފުރައްސާރައެއްވެސް ނުކުރާނެ. އެއިންކޮންމެ ތަނެއްގަމިހާރު ތިބޭނީ މުޅިންހީރޯއިން. މިހާރު ސިފައިންނާ ފުލުހުންވެސް އޯކޭ. ރައްޔިތުންގެ ތެރެއިންގިނަ މީހޫންހަނދާންނެތޭ ބަލީގަ
ކޮބާ ޖީއެމްއާރު އަށްއެއާޕޯޓް ވިއްކާލީމަވެސް ގެންނަނީ. އޭނައަކީ ބޮޑު ފޭލިއަރއެއް މިގައުމަށްނާރުވާ މިހާރުވެސް އޭނާކުރާކަންތައް ކުރަން ބަހައްޓާ
އިބޫ މަބުނާނެވާހަކައެއްނެތް ތިކަލޭގެ މާލެގެންނަގޮތަށް ޖަލުގަ ހައްޔަރުކުރާތި!އެހެންނޫނީ
ކަލޭގެވެރިކަން ޚަރާބުކޮށްލާނެ!! އީދުފާހަގަކުރާނީ ޖަލުގައޭބުނޭ!!
މީނަ ހަމަ ކުރިއަށްވުރެވެސް ބޮޑަށް ގިނައިން ހިނދުކޮޅު އަންނަނީ
މިދިޔަ 7 އަހަރު ތެރޭ މީހުން މެރުމުގެ މައްސަލާ ތަކުގައި ހައްޔަރު ކޮށްފައިވާ އެންމެންވެސް ދޫކޮށްލަން ފެނޭ. އަދި އެމީހުން ދޫކޮށްލާއިރު އެމީހުންގެ ޝަރަފުގައި ފުޓުބޯޅަ މެޗެއްބާއްވަންވެސް ވާނެ.
ހަޖަމެއްނުވިދޯ
ދައްޖާލު ފާޅުވަނީ ދޮތަ.. ދިމޮކްރަސީގައި ތިންބާރު ވަކިވެގެން އޮންނަ ކަމަށްވެސް ވާހަކަ ދައްކަނީ މި އިންތި ކިޔާ ބޅ.. އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރުގެ މައްޗަށް ވެރިކަން ހިންގާ ބާރު ގަދަވެގަތުމަށްތަ ތިޔަ އުޅެނީ.. ޔާމީން ސަރުކާރު ބަދަލުކުރީ އެފަދަކަން ކަން ގޯސްކޮށް ކިރާތީ އޭ ކިޔާފަ ރައްޔިތުންގެ ބޮލަށް ޗިޕްޖަހައިގެން.. ރާބޮއިގެން މަގުމަތީ ތެޅިއަރުވަން ތި ހުރިހާ ސިޔާސީ އާލާތުން އުޅެނީ.. ގައުމޭ ރައްޔިތުންނޭ ނުކިއްޔާ ރަނގަޅީ...
އަންނި ދައްޖާލު ފާޅުވެ މިގައުމުގައި ފިތުނަ ފަސާދަ އާންމުކުރަން ނޫޅެބަލަ...
ޤައުމަށް ސީދާ ގޮތުން ގައްދާރުކަން ދައްކާފައިވާ މީހަކަށް އަދި ޖަލު ހުކުމެއް ކޮށްފައިވާ މީހަކަށް މަރުހަބާ ކިޔަންވީމަ އެއީ ހަމަ ހަޖަމް ނުވާނެ ކަމެއް ،، ބަލަ ކިތައް ކިތައް ރައްޔިތުން ތޯ ޖަލުގައި ތިބީ ނުހައްގުން ޖަލުގައި ބެދިފައި..
ބަލާވެރިކަން ޖެހެނީ
ބޮޑުމުޖުރިމަކު ގެނެސްގެން އަނެއްކާވެސް މިގައުމުގައި ހުޅުރޯކުރަން އެއުޅެނީ.
ދެން މިޤައުމުގެ ހަމަޖެހުމާއި އަމަން އަމާންކަން
ނުހުފެހެއްޓޭ ދަރަޖައަށް ކަންކަން ދާނެކަމަައި
މެދުގަ އެއްވެސް ޝައްކެއްނެތް މާލެގެ މަގުތަކުގަ ހިގާބިގަވެ އުޅެން ދަތިވާނެ ދެން
ޤައުމުގެ ސަލާމަތީ ބާރަކީވެސް އެމްޑީޕީ އަށް
ވާތަން ފެންނަންފަށާނެކަމުގެ އަލާމާތް ފެންނަންފަށާފި
ސުބުޙާނައްﷲ ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.
ސަރުކާރެއް ބަދަލުވުމަކީ ހުކުމްކޮށްފަ ތިބި ކުއްވެރިން ދޫކުރެވެންޖެހޭކަމެއްނޫން.. އެހެންވިއްޔާ ހުރިހާ ކުއްވެރިންވެސް ޖެހޭނީ ދޫކުރަން.. ކެނެރީގޭ އަންނިޔަކީ ކުށެއް ސާބިތުވެ ޖަލަށްހުކުމްކޮށްފަ ހުއްޓާ ޖަލަށް ނުވަދެ އުޅުނުމީހެއް.. މީނަގެ ހުކުމުގެ ބާކީ ޖަލުގަ ތަންފީޒުކުރެވެންޖެހޭ..
ގާނޫނީ ބާރު ކަނޑުވާލުމުގެ ބާރު ނަސީދަކަށް ނޯންނާނެ . އެހިސާބުން ސަލާމަތި ބާރުތަކުން ގައުމުގެ ސަލާމަތީ ކަންކަމުގެތެރެއަށް ވަނުންލާޒިމްވާނެ . އތަށް ދިފަ ހުންނަ ހަތިޔާރު ތަކަކީ ކުޅޭކުޅޭ އެއްޗެއްނޫން. ގއެއީ ގައުމީވާޖިބު އަދާކުރުމަށް ހުވާކުރުވާފަ ހަވާލުކުރެވޭ ތަކެތި . ނަސީދު ގާނޫނީ ބާރުކަނޑުވަލުމަށް ހިނަގަވަން އެ އުޅުއްވަނީ ފަސާދަ އެއް އެޭގެ ހުކުން މާއިދާ ސޫރަތުގެ 33 ވަނަ އާޔަތުގަ އެއޮތީ ފަސާދައިގެ ވަގުތުގަ ފުލުހުންނާ ސިފައިންނަށް ކޮންމެ ހަތިޔާރެއްގެ ބޭނުންވެސް ކުރެވޭނެ ފަސާދައިގެ ވަގުތު ފުލުންނާ ސިފައިންގެ ހަތިޔާރަކުން މީހަކު މަރުވިޔަސް އެމީހާގެ މައްޗަށް އަޒާބު ނުލިބޭނެކަން ކީރިތި ގުރްއާނުގާ ވަހީ ބާވައިލައްވާފަ އެބައޮތް. ދީނާއިގައުމު ގެ ހިމާޔަތުގަ ފުލުހުންނާ ސަލާމަތީ ބާރުތަކުން ނިކުންނަވަން ޖެހޭނެ.
ބޮޑު ކުށެއް ކޮށްގެން އެކަމުން މިނިވަންނުވާ މީހަކަށް ކީކުރަން މަރުހަބާ ކިޔަން ނުކުންނަންވީ ރާއްޖެއަށް ގެންނަގޮތަށް ޖަލަށް ލާންވީ މި ރާއްޖޭގެ ބޮޑު ހަލާކު ބޮޑު ފިތުނަ އެއަންނަނީ.މީނަ މިނިވަނެއް ގޮތުގައި ރާއްޖެއަށް އަރައިގެން ނުވާނެ މުޅި ޤައުމު ގައި ހަމަަނުޖެހުން ނަގާލާ ކަހަލަ ކަންތައް ކުރަން މި އެމްޑީޕީ ނުބައި ބައިގަނޑަށް އިނގޭނީ ވަރަށް ކޮރަޕްޓް ބައެއް މީ.
ބޮޑު އީދު އަންނަނީ ހަައްޖުގެ މަތިވެރި އަޅުކަމަާ ގުޅި ގެންކަން އެގެނީ ..އެކަމަކު މިހާރު އަންނި މާލެ އަންނަ ދުވަހަކީ ބޮޑު އީދު އަންނަ ދުވަސް ކަން މީގެ ކުރިން ނޭގެ
ކެނެރީގެ ނަޝީދަށް މަރުހަބާ ދެންނެވުން ކުލަ ގަދަ ކޮށް އެމްޑީޕީން ބާއްވަން އެމްޑީޕީގައި ތިބި ގަބީލާ ސްޓައިލްގެ ވިސްނުން ހުރި މީހުން ގެންގުޅުން އެއީ ގޯހެކެވެ. އެމްޑީޕީ މިއަދު އެވަނީ އޯލްޑް ޗެޕްޓަރ ކްލޯސް ކޮށްފައި އެމްޑީޕީ އަށް އިމްތިޚާނަކަށް ޓަކައި ދަ ރާއްޖެތެރޭގެ މީހަކު އެމްޑީޕީގެ ފަރާތުން ރާއްޖޭގެ ރައީސް ކަމަށް ހޮވުން އެއީ އެމެން ދެކޭ ހުވަފެނަކަށް ވާއިރު އެކަން ވުމުން އެމެން ޖެހޭނީ ދެން ނިއުޗެޕްޓަރ އާއި ގެން ކުރިއަށް ދާން ކެއަރ އިނަފް ފޯރ ޔުއަރ ލީޑަރޝިޕް މިހާރު އެމްޑީޕީން ކުރިއަށް ނެރެން ޖެހޭނީ އިބޫ އޭ އިބޫގެ ފުރަތަމަ 100 ދުވަހު ހުޅުމާލޭން 1000 އަކަފޫޓްގެ 40 ހާސް ގޯތި އަކަފޫޓަކަށް މަހަކު 1 ރުފިޔާ 100 އަހަރު ދުވަސް ވަން ދެން ދައްކާ ގޮތަށް ކުރިއަށް ގެންދިއުން އެއީ މިހާރު އެމްޑީޕީން ކުރަން ޖެހޭނެ ކަމަކީ މޭކް އަ ލިޓިލް ސްޕޭސް ޓު މޭކް އިޓް އަ ބެޓަރ ޕްލޭސް ފޯރ ޔޫ އެން ފޯރ މީ އެން ދި އެންޓަޔަރ ހިއުމެން ރޭސް ދެއަރ އާރ ޕީޕަލް ކްރައިންގް އައުޓް އަ ލޭންޑް ޕްލޮޓް ފޯރ ދެމް ފްރޮމް މާލެ އޭރިއާ މޭކް އަ ބެޓަރ ޕްލޭސް ފޯރ ޔޫ އެން ފޯރ މީ ފޯރ ޔޫ އެން ފޯރ މީ ފޯރ ޔޫ އެން ފޯރ މީ ފޯރ ޔޫ އެން ފޯރ މީ ފޯރ ޔޫ އެން ފޯރ މީ ޔޫ އެން ފޯރ މީ ޔޫ އެން ފޯރ މީ ޔޫ އެންމ ފޯރ މީ...
ކެނެރީގެ ނަޝީދު މާލެ ގެނައުމުގައި ދެން އެމްޑީޕީގެ އެނަރޖީ އެކަމަށް ހުސްކުރަން ނުޖެހޭ އެމްޑީޕީ ވެރިކަމަށް އައިސް އެމެންގެ ފުރަަތަމަ 100 ދުވަސް ނިމުމުން ކެނެރީގެ ނަޝީދު ރާއްޖެ ގެނައުމާއި މެދު ކޯލިޝަންގެ ޕާރޓްނަރުންގެ މެދުގައި މަޝްވަރާ ކޮށްގެން ކެނެރީގެ ނަޝީދު ރާއްޖެ ގެނައުން އެއީ ދެން އިބޫގެ ވެރިކަން ވެސް އަދި ތެން ތިބި ކޯލިޝަން ޕާރޓްނަރުންގެ މެދުގައި ރިލޭޝަންޝިޕް ގްރޯވް ވާނީ މަމެންނަށް ފީލްކުރެވޭ ރާއްޖެތެރޭ މީހަކު ވެރިކަމުގައި ޖޭޕީ އާއި ޕީޕީއެމް އަދި އަދާލަތު ގުޅިގެން މަސައްކަތް ކުރެވިދާނެ ކަމަށް ތަމެން ސްޕެކިއުލޭޝަންސް ބޭނުން ކޮށްގެން ރައީސް ޔާމީން ފަހަތުން ހޯބޯ ގޮވަމުން ދުވާނަމަ ތަމެންނަށް ވާނީ ލަންކާ ގައި މިހާރު އޮތް ސަރުކާރަށް ވީ ގޮތޭ ޓުގެދަރ ޔޫ ގޮނާ ހޭވް ޓު ކްރައި ފޯރ ހެޕީ ޓިއަރސް އެކަން ކުރެވޭނީ ތަމެންނަށް އަދި ކެނެރީގެ ނަޝީދާއި ނުލައި 3 އަހަރު އިބޫގެ ވެރިކަން ކޯލިޝަން ޕާރޓްނަރުން ގުޅިގެން ކޮށްގެންނޭ އެނޫން ނަމަ އިބޫގެ ވެރިކަން ވާނީ ކެނެރީގެ ނަޝީދުގެ ވެރިކަން ގޮތަށް ބޮޑު ފްލޮޕް..
އެމްޑީޕީ މީހުންނަކީ މޮޅަށް ކަނަތައްތައް ރާވަން އުޅޭ ބައެއް. ނަމަވެސް މިހާރު މިކުރަނީ ބޮޑުތަނުން ނަޝީދުއަށް ޖެއްސުން. ބޮޑް ޓެރެރިސްޓް ގެނަސް ފުލުހުންނާއި ޙަވާލު ކުރަނީ. ސާބަހޭ ކުދިންނޭ. ހަމަ ވެދާނެ އަނެއްކަމަކީ މިއެންމެ އެއާރޕޯޓަށް އަރާ އެތަން ހިފާގަނެގެން ޖީއެމްއާރ އާއި އެތަން ޙަވާލު ކުރުންވެސް.
ސްޕްރީމް ކޯޓުގެ ހުކުމް އެއީ މަމެންނަށް ގަބޫލު ނުުކުރެވުނު ނަމަވެސް އެހުކުމް އިން ސާފުވެގެން އެދަނީ ދެން އިބޫ ކަން ރާއްޖޭގެ ވެރިއަކަށް ހުންނަންވީ 5 އަހަރުގެ ޓާރމް ނިމެންދެން އޭޒް އަ ޕްރެޒިޑެންޓް އޮފް މޯލްޑިވްސް އެއްގެ ހައިސިއްޔަތުން ދެން ނުޖެހެއޭ އެމްޑީޕީގެ އެނަރޖީ އާއި ވަގުތު ހޭދަ ކޮށްގެން ކެނެރީގެ ނަޝީދު ގާނޫނުގެ ބޭރުން ރާއްޖެ ގެނެސް ގެން ކޯޓް ތަކަށް ނުފޫޒު ފޯރުވައިގެން އޭނާ މިނިވަން ކުރަން އޭނާގެ ވެރިކަން ފީލްސް ލައިކް އަ ބިގްކެއޯސް އައި އޭމް ސޯ ސޭޑް ޓު ހިއަރ ދިސް މޭން ކަމިންގް ބެކް އައި އޭމް ސޯ ސޭޑް އައި އޭމް ސޯ ސޭޑް އައި އޭމް ސޯ ސޭޑް...
އަހުރެމެންނަށް ހެޔޮ ކޮންމެ ކަމެއްކުރިޔަސް! އަހުރެމެންނަށްކީއް؟
ކިތަންމެ ބޮޑު ޝަރަފެއްދީގެން ނަގާ ކަލޭމެންގެ ކޮނޑުމަތީގައި ބައިންދައިގެން ގެނަޔަސް ކެރަފާ ނަޝީދަކީ މުޅިދުނިޔޭގައިވެސް މަނާ ކޮށްފައިވާ ޓެރަރިޒަމްގެ ޢަމަލެއް ގަސްދުގައި ހިންގައިގެން ކުށްވެރި ވެފައިވާ މީހެއް ނޫންކަމަކަށް ހަމަހިލާ ނުވާނެ.
އޮހޮހޯ ރައްނަމާރި އަރަނީ......؟؟؟؟
ބިރުހުރި ކަމެއް.?.
ކަތީބު މެން ހީކުރަނީ މަމެން ވަރުބައެއް ނެތް ކަމަށް.ނަޝީދު އީދު ފާހަގަ ކުރަންޖެހޭނީ ޖަލުގަ.ކަމަށް ފެނޭ. މިވެރިކަމުގައި އަދި ހުންނެވީ ރައީސް ޔާމީން.އެހެން ވީމާ ޖުޑިޝަރީ ހަލާކު ކުރަން އިބޫ ތިއުޅެނީ!.ހުވާކުރުމަށް ފަހު މިޤައުމަށް ބޭނުން ގޮތެއް ހެޑޭނީ.
ނަޝީދަކީކުށްވެރިއެއް އެކުށަށްފިއްލައިގެންއުޅުއްވާ ހުކުމްތަންފީޒްނުވާފަރާތަކަށް މަރުހަބާ
ދެންނެވުންއޮތީ ބޮޑުއީދެއްކަހަލަގޮތަކަށްކަމަށް ހާމަކުރުން އެއީއަރަތެއް ކުށްވެރިންކުށުގެ
މުއްދަތުހަމަނުވާހާދުވަހަކު ފިލައިގެން ގައުމެއްގެ ހިމާޔަތްހޯއްދަވައިގެން އުޅުއްވިކަމުގައި
ވިއަސް ހުކުމް ތަންފީޒްކުރެވޭހިސާބަށްއައުމުން ހުކުމްތަންފީޒްނުކުރެވޭނަމަމިގައުމުގައި
ހުކުމް ތަންފީޒްކުރަންޖެހޭ ފަރާތެއްނުުހުންނާނެ ނަޝީދުކުރައްވާފައިވާ ކުށުގެވާހަކައަކީ
ހީއަކަށް ނުވަތަ ޝައްކަކަށް ދެއްކޭވާހަކައެއްނޫން އަދި ކޯޓުން ނަޝީދުގެމައްޗަށް
ކުރައްވާފައިވާ ހުކުމަކީވެސް އިސްވެދެންނެވުނު ކަންކަމުގެމަށްޗަށް ކުރައްވާފައިވާ ކަން
ކަމެއްނޫންނަޝީދުގެކުށަކީ ވަރަށްސާފުކޮށް އެގޭކަމެއް އެއީވެރިކަންކުރެއްވިއިރު ކޯޓެއްގެ
ގާޒީއެއް ވަގަށްނަގާ ޖަަލަށްގެންގޮސް އެކަހެރިކުރުން
ނަޝީދު އަންނަ ދުވަހު ކަރުގައި މާފަތި އަޅުވަން އެންމެ ކުރީގައި ބަހައްޓަންވީ ބޮނޑިބަތް ޖަމީލު ... ހެހެ ހެހެ