ނަހަލާލު ފައިސާ، އަމިއްލަ ގެޔަށް ވެއްދިކަމަށް ސަރުކާރުގެ އެއްވެސް މުވައްޒަފަކު ބުނެފައިވާނަމަ އެފަދަ މައްސަލަ ބަލައި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށާއި، އެފަދަ ކަންކަމުގައި މަޢާފު ދިނުމަށް އިސްލާމްދީން ބާރު ނާޅާކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ޝައިޚް ޒައިދު ވިދާޅުވީ، ނަހަލާލު ފައިސާ ގެޔަށް ވެއްދިކަމަށް ސަރުކާރުގެ އެއްވެސް މުވައްޒަފަކު ބުނެފައިވާނަމަ އެއީ އެމީހެއްގެ އަމިއްލަ އިއުތިރާފެއް ކަމަށެވެ. އެފަދަ މީހުންނަށް މަޢާފު ދިނުމަށް އިސްލާމްދީން ބާރު ނާޅަނީ، އެކަމުން ގެއްލެނީ ރައްޔިތުންގެ ހައްޤު ކަމަށްވާތީ ކަމަށް ޝައިޚް ޒައިދު ވިދާޅުވިއެވެ.

"ނަހަލާލު ފައިސާ އަމިއްލަ ގެޔަށް ވެއްދިކަމަށް ސަރުކާރުގ އެއްވެސް މުވައްޒަފަކު ބުނެފައިވާނަމަ އެއީ އެމީހެއްގެ އަމިއްލަ އިއުތިރާފެއް! އެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ޖެހޭނެ! އެފަދަ ކަންކަމުގައި މަޢާފު ދިނުމަކަށް އިސްލާމްދީން ބާރެއް ނާޅާ. ގެއްލެނީ ރައްޔިތުންގެ ހައްޤު ކަމަށް ވާތީވެ!" ޝައީކް ޒައިދުގެ ޓްވީޓުގައި ވެއެވެ.

ޝައިޚް ޒައިދު މިގޮތަށް ވިދާޅުވެފައި މިވަނީ، ނިމިދިޔަ އިންތިޚާބުގެ ނަތީޖާއިން އިދިކޮޅު ފަރާތްތަކަށް ކާމިޔާބު ލިބުމާއި އެކު ސަރުކާރުގެ އެކި ބޭފުޅުންނާއި ދެކޮޅަށް މައްސަލަތައް ބަލާނެކަމަށް އެފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގައެވެ. އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރުގެ ބައެއް އިސް މަޤާމުތަކުގައި ތިބި ބޭފުޅުންނާއި ދެކޮޅަށް ހިޔާނާތާއި ގުޅުންހުރި ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ.

ނަހަލާލު ފައިސާ ގެޔަށް ވެއްދުންފަދަ މައްސަލަތަކުގައި މަޢާފު ދިނުމަށް އިސްލާމްދީން ބާރު ނާޅާކަމަށް ޝައިޚް ޒައިދު މިއަދު ވިދާޅުވިއިރު، މީގެ ކުރިން ކުރެއްވި ޓްވީޓެއްގައި ވަނީ، ބައެއް ހާލަތްތަކުގައި އަނިޔާވެރިންނަށް މަޢާފު ދިނުމަށްވުރެ ހައްޤު އަދަބު ދިނުން މާ މަސްލަޙަތު ބޮޑު ކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ އެއްވެސް މީހަކު ފިލައިގެން ދިއުމުގެ ފުރުސަތު ނުދިނުމަށް އެމްއެންޑީއެފް އާއި ފުލުހުންނަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

 1. ދޮންބެ

  އަޅުގަނޑު ހިތަށް އަރަނީ މީހެއްގެ ހުންނަ އީމާންތެރިކަން ކުޑަކަމުން ދީނުގަ ޙަރާމް ކުރެއްވި ފާފައެއް ކުރެވޭ މީހަކާ، ކަނޑައެޅިގެން ޔަހޫދީންގެ އެޖެންޓެއްގެ ހައިސިއްޔަތުން މިރާއްޖޭގައި ވަކިކަންތައްތަކެއް ހުއްދަ ކުރަން ވަކި އެޖެންޑާއެއްގެ ދަށުން ވެރިކަމަށް އަންނަމީހަކާ މިދެމީހުންކުރެ ދީނީ ގޮތުން ނުރައްކަލީ ކާކުތޯ؟ ތިޔަބުނާ ޙަލާލު ފައިސާ ހޯދާ އެކަކުވެސް މިރާއްޖޭގެ ސިޔާސީ މަތިފަޑީގަ ނޫޅޭނެ. އެއްހާސް ރުފިޔާ ވަގަށް ނެގިމީހާ 5 ހާސް ރުފިޔާ ވަގަށް ނެގިމީހާއަށް ވަގަށް ގޮވަނީ ތިމާމީހާއަށް ނެގުނު ވަރު މަދުވެގެން ގިނައިން ކާން ބޭނުން ވާތީ

  • ނޫރާ

   ވަރަށް ރަނގަޅު ވާހަކައެއް

 2. ފާފަޅޯ

  މަޢާފް ނުދިނުމަކަށްވެސް އިސްލާމް ދީން ބާރެއްނާޅާ.

  • ހުސައިން

   މާ ބޮޑެތި ކަންތަކުގައި އިސްލާމް ދީނުގައި މަޢާފު ދެއްވާފައިވޭ.
   އިފްކު ގެ ޙާދިސާ، މައްކާ ފަތަޙަ ކުރެވުނު ދުވަސް، ތާޢިފް ގައި ދިމާވި ކަންތައް.

 3. ރާއްޖެ

  ނަހަލާލު ކުދިންވެސް ތިބޭ، ދައްކާ ކޮންމެ ވާހަކަ އަކީ ތެދެއްތޯ، އިލްމުވެރިން ކިތަށް ދޮގުހަދާތޯ

 4. ޤސމ

  ނަހަލާލުން ވޯޓުން ވައްކަންކޮށް
  ނަހަލާލުން ވެރިކަން ވަގަށް ނެގުން
  ނަހަލާލު ރައީސް އިބްރާހިމް ސާލިހް

 5. ދާއިންކަނބާ

  މިިވެސް ދީނީ އިލްމުވެރިއެކޯ.

 6. ާަެރަމއު

  ޒައިދު ބުރާންތި ކަލޭ ދެކުނިންތަ ނަހަލާލު ފައިސާ ކަލެއަށް މިއުލޭ ބައިގަނޑު ހަމަ ލާރިކޮޅެއް ދޭއިރަހ ތިޓވީޓް ކޮއްލަނީ ތީ ހަލާލު ފައިަާތަ ކަލޭމެން ކެއީމަ ހަލާލު އެހެންމީހުންނަށ ހަރާމް ކޮންޗެއް ކަލޯމެން ކިޔެވީ

 7. ރކމާ

  ޝައިޚު ޢަލީޒައިދު މެންފަދަ ދީނީ ބޭފުޅުންވެސް ތިޔަ މަސައްކަތް ކުރައްވަނީ ލާދީނީ އަންނި އަށް މަޢާފު ހޯދާދޭން. އޭނާގެ ޢަމަލުތަކާއި އޭނާގެ ބަސްމަގު ތިޔަޝޭޚުންނަށް އަޑުނީވެނީތޯއޭ ހިތަށް އަރާ.

 8. Miadhu

  އެކަން އޮސްލާމްދީން މަނާކުރޭތޯ؟

 9. ބޮޑުގަމާރު

  ތިޔަށް ކިޔަނީ ސިޔާސީ ޝޭޚުން. އަބަދު ދެއިރު ދެދަޅައަށް ސަރުކާރާ ގުޅުން ހުރި ކަންކަން.. ޢާންމުންގެ ނުރުހުން ރައްދުވާނެތީވެ ޢާއްމުންގެ ނުބައިކަންކަމުގެ ވާހަކަ ދައްކާކަށް ނުކެރޭ! އެއަށް އަހަރުމެން ކިޔަނީ ސިޔާސީ ޝޭޚުން. ދަމަކުން ބަޑިއެއް ޖަހާހެން ތިމާގެ އަސްލުސޫރަ އޮޅުވާލަން އެފަދަ ވާހަކައެއް ނުދައްކައެކޭ ނޫން މިބުނީ

 10. އިންސާނާ

  މާފުދިނުމައް އިސްލާމްދީން ބާރުނާޅަ އެއްވެސްކަމެއް ނެއް

 11. Anonymous

  ކަލޭތި ހަލާލު ފައިސާ ގެއަށް ވަދާމިހާ އެއްނު ކީކޭތަ ތިކިޔަނި ތިމާތި ލައްކައެކޭހީކުރޭދޯ

 12. ޜާއްޖެ އިސްލާމް

  އިއްޔެއާ ޖެހެންދެން ގޮވަމުން ދިޔައީ ކޯޓުތަކުން ތިމާ ހިއްހަމަ ޖެހޭ ހުކުމެއް ލާރި ހިފާފަވެސް ކުރުން ރަނގަޅުކަމަށް ދޭހަޥަ ބީދައިން

 13. އަހްމަދު

  ޝޭޚުގެ ތިޔަވާހަކައިން އަޅުގަނޑަށް ދޭހަވަނީ ސަރުކާރުގައި ނޫޅޭމީހަކު އެފަދަ ވާހަކައެއް ބުނެފިނަމަ އެމައްސަލަ ބަލަން ނުޖެހޭނެހެން.

 14. އެކޮޅުގޭ މުޙައްމަދު

  ޝައިޙު ޒައިދުއެވެ. އެއީ އެވެއްދުމުގެ ކުރިން އެއީ ނަހަލާލުފައިސާ ކަން އެގޭނަމައެވެ.
  އިސްލާމް ދީނުގައި ހުކުމް ކުރަނީ އެތެރެ ފުށަކަށް ނޫނެވެ ހުކުމް ކުރާނީ ބޭރު ފުށަށެވެ. ސާއިހު ތިތާގަ ފިތުނައުފައްދަން އިންދާ ބަޔަކުގޮސް ތިގެޔަށް ގޮސް އަނބި ކަނބުލޭގެ އަތަށް ލާރިތަކެއް ދީފަ މީހަދިޔާ އެކޭ ބުނެފަ ދިޔަތާ އެތަކެއް ދުވަހެއް ފަހުން އެކަލަ ދުވަހު އެމީހާ ގެނެސް ދިން ފައިސާ އަކީ ވަގަށް ނަގައިގެން ގެނެސް ދިން ފައިސާކަން އެނގޭ ދުވަހު ޝައިޙުވެސް ދީނަށް ލޯތްބެއް ހުރި މީހެއް ނަމަ އަދި ތެދުވެރި ކަމެއް ހުރިމީހެއް ނަމަ ބުނާނެ ޝައްކެއްވެސް ނެތޭ އެދުވަހު އެގެނައި ފައިސާ ހަލާލެއް ނުވާނެއޭ އެކަމަކު އޭރުވާނީ ތިމާގެ މީހުންނަށާއި އައިލާ މީހުންނަށް ޚަރަދު ކުރެވި ޙުދު ޝައިހައްވެސް ވާނީ ބޭނުން ކުރެވިފައި މިކަލަ ކަން ކަމަށް ފިކްރީ ހަނގުރާމަވެސް ކިޔާއި އުޅޭނެ

 15. Kamaal

  ކަޅުފައިސާ އެންމެ ގިނައިން ވަންނަނީ ތިކަހަލުގެ ލާދީނީ އިލްމުވެރިންގެ ގެޔައް.

 16. ބޮކި

  ތިމާއަށް އިސްލާމުދީން އެނގޭވަރު ސާފުވެއްޖެ

 17. ސޭކު

  މިކޮނތާކުން ކިޔަވައިގެން އައިސްހުރި ރޯނު އެދުރެއްތަ

 18. ކަމަރު

  އޭއި ހަމައިގަތަ؟ ކަލޯ ޝައިހް އިމްރާން މޭޑޭގައި ބޮޑެތި ލިޔުންތަކެއް އަފްރާޝީމް މަރުގެ ހެކިތަކެއް ކަމަށް ބުނެ އެތަށް ހާސް ރަށްޔިތުން އެއްވެ ތިބި މައިދާނެއްގައި ނުދައްކާތަ؟ އެކަމާ ބެހޭގޮތުން ވާހަކަ ދައްކަބަލަ. އެއީ ތިޔަށްވުރެން މާ އައުލާ ކަން ބޮޑުކަމެއް ނޫންތަ ހުރުމަތްތެރި ފުރާނަޔަކާއި ގުޅުން ބޮޑު މައްސަލައެއް ނޫންތަ؟

 19. ސޫސޫބާ

  ސިވިލް ސާވިސް ކިތައް މުވައްޒަފުންތޯ ހެނދުނު ސަޔަށް 1ގަޑއިރު ހޭދަކޮށް..މަސައްކަތު ގަޑީގަ ބޭރުގަ އުޅެފައައިސް ދެން އޯވަޓައިމް ހޯދަން މަޑުކުރަނީ.....މި ހަލާލުތޯ....ކީއްވެތަ މިކަހަލަ ކަންކަމަށް އާންމުން ހޭލުންތެރިނުކޮށް އަމައޭ ތި ކިޔަނީ!

 20. ޢަލިފުތު

  ކަލޭ ކިޔަވަން އަރަބިއްޔާގައި އުޅުނު ވައްތަރު ހަދާންވޭބާ...ފުއްޕާފަ ތިމާވަރު މީހެއް ނެތިގެން އޭރުވެސް އުޅުނީ މިހާރު ވެސް ހަމަ އެވައްތަރަށް މީހާ މަޝްހޫރުވާން އަބަދުވެސް...

  އިލްމުވެރިންނަކީ އޭނާޔަށް ލިބިފަހުރި ޢިލްމެއް އޭނާގެ އަޚްލާޤުންނާއި އުޅުމުން ފެންނަންޖެހޭބައެއް.. ވެދާނެ ޝައިޚް ޒައިދުގެ ކިބާގައި ޢިލްމުހުއްޓަސް ޙިލްމު ނެތީމަށް..

  ޢެހެންވީމަ މުޖުތަމައު ފަސާދަކޮށް ފިތުނަވެރިކުރާ އިލްމުވެރިއެއް ގޮތުގަ މިފެންނަނީ...

  އެހެން މިބުނީ ތިޔަދައްކާ ވާހަކައަކީ ހެޔޮނިޔަތުގައި ކުރާކަމެއްކަމަށް ޤަބޫލުކުރެވޭނެ ދީނީ އެއްވެސް އަސާސެއް ނެތުމާއި އެކަން އިހުސާސް ނުކުރެވޭތީ...

 21. އަޖާބު

  މުސްލިމް ގައުމެއްގެ ރައްޔިތުންނަށް، ބޮވެންވާނެއޭ ނުބޮޔެއް ނުތިބެވޭނެޔޭ، ގޮވައި، ނުވީތާކަށް، މާތް ނަބިއްޔާއަށް އިހާނެތި ބަސް ބުނިކަމަށް ޝޭޚަކު ހެކިބަސް ދީފައިވާއިރު، ދެންނުވީތާކަށް، އިސްލާމްދީނުގެ އޯލްޓަރނަޓިވް ނެރެޓިވެއް ރާއްޖޭގައި ފަތުރައިދޭން އިސްލާމްދީނުގެ އަދުއްވުންގެ މަދަދަށް އެދިފައިވާ މީހެއްގެ ގޮޑިކޮއްކޮއެއް މިރާއްޖޭގެ ވެރިކަމަށް ގެންނާން ހަމަ އިސްލާމްދީން ބާރުއަޅާވަރުން ދޮގެއްތޯ ތިއުޅުއްވނީ؟

 22. ޜިވެޓު

  ާމާަމޮަަަޅު އިލްމުވެރިއަކަށްހެދިގެން. ޔަހޫދީންނާއި ގުޅިގެން މިގައުމު ފަސާަދަ ކުރަން ނުއުޅުއްވާ

 23. ހަސަން

  ކުޑަގޮޅިޔައްލީމީހާ އަންނަދުވަހަކީ ބޮޑުޢީދު ދުވަހަކަށްހަދާ ޢަދުލުގެ ނިޒާމު ފުޑާލަން ގޮވާލާ އަޑު ޒައިދަކަށް ނީވޭތަ؟
  އެކަމާ އެއްޗެއް ބުނެބަލަ! މިހާރު އެއީ ޣައިދީއެއްނޫންތަ؟

 24. މަނިކު

  ބައެއް ސުކޫލުތަކުގައި ކިޔަވަދޭ ޝައިޚުން ގަޑިޖެހިގެން އައިސް ގަޑި ނުޖެހޭކސމަށް ސޮއިކުރާކަމަށްވޭ، އަދި ނާންނަދުވަހަށްވެސް ސޮއިކުރާކަމަށް އެތާނަތަނުގައި އުޅޭ މުވައްޒަފުންބުނޭ،
  އެހެންވީމާ މީ ޙަލާދޯ؟؟؟؟؟؟؟؟؟؟؟
  ޒައިދު ތާޢީދު ކުރާ މީހުން ކޯޓުތަކަށް ބިިރު ދައްކައިގެން، ފައިސާދީގެއް ވެރިކަން ހޯދީމާ
  ހޙަލާތޯ؟؟

 25. ގާސިމް

  ދެން އައްނި ފިލަިގެން ދިޔަ އިރު ކަލޭއޮތީ އެކޮޅުކޮޅުންތޯ؟ ތީ މި ދީނުގެ ފަސާކުރާ މީހެއް އަދިކިރިޔާ ގައުމުމު ތިފެނުނީ ކޮބާ ލަދު ފޮރުވާނެކަމެއްނެތް މީހުނައް ދައްކާ.

 26. ވިލުފުށި

  ތި ޒައިދު މީހުނައް ވަގައްގޮވައިގެން ތިހޯދަނީ ހަލާލު ފައިސާތޯ؟

 27. ސެއިޚް

  ނަހަލާލު ގޮތުގައި ދައްކާ ވާހަކަ އަޑުއަހަން އިސްލާމްދީން ބާރުއަޅާތަ؟، ދީނީ އިލްމު ވެރިންނަކީ އެހެންމީހުނާ ޒާތީވެގެން އުޅޭ ބައެއްތަ، ކަލޭ ވަކިމީހެއްގެ ނަން ނުކިޔަސް ހިތުތެރޭ ތިއަނދަނީ ހަސަދައިގެ އަލިފާންކަން ކަށަވަރު، އާޚިރަތަށްއެދި މަސައްކަތް ކުރުމަށް އެދެން

 28. އަބޫޖަހުލު

  ދީނީ މީހުންނާއި ސިޔާސީ މީހުން ވަކި ނުކޮށްފި ނަމަ ޤައުމު އަތެއް ނުވާނެ. ދީނީ ތާޖުގަ އެކްޓިވިސްޓުން ތިބީމަ ބުރޯ ކަޑައޭ!!

 29. ހޯބޯލަވާ

  ވޯޓުވަގު އިބޫ ކޮބާ .