އަނިޔާވެރިކޮށް މަރާލެވިފައިވާ ދީނީ އިލްމުވެރިޔާ ޑރ.އަފްރާޝީމް އަލީ އާއި ބްލޮގަރ ޔާމީން ރަޝީދު އަދި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލައިގެ ތަޙްޤީޤަށް އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް ހުންނެވި ކަމަށް ފްރޮފެސަރ ހަސަން އުގައިލް ވިދާޅުވެއްޖެއެވެ.

އުގައިލް މިހެން ވިދާޅުވެފައި ވަނީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

އުގައިލް ވިދާޅުވީ އަފްރާޝީމާއި ޔާމީން އަދި ރިލްވާންގެ މައްސަލައިގެ ތަޙްޤީޤަށް އޭނާގެ އެހީތެރިކަމަށް އެދިއްޖެ ނަމަ ގާބިލްކަން ހުރި މިންވަރަކުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.

އުގައިލް ވަނީ އިނގިރޭސިވިލާތުގެ ބޮޑެތި މައްސަލަތައް ތަޙްޤީޤު ކުރުމުގައި މީގެ ކުރިން ވެސް އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ.

އިނގިރޭސިވިލާތުގައި މަސައްކަތްކުރާ ރަޝިޔާގެ ޖާސޫސަކަށް، ޒަހަރުދިން ކަމަށް ތުހުމަތު ކުރެވޭ މީހާގެ އަސްލު، ސޮފްޓްވެއާގެ އެހީގައި ދެނެގެންފައި ވަނީ ވެސް އުގައިލް އެވެ.

އަނިޔާވެރި ގޮތަކަށް މަރާލި ބްލޮގާ ޔާމީން ރަޝީދުގެ މަރުގެ ތަހުގީގަށް އެހީތެރިވުމަށް ހުށަހެޅުއްވި ކަމަށާއި އެކަމަކު އެކަން ސަރުކާރުން ގަބޫލު ނުކުރި ކަމަށް އުގައިލް ކުރިން ވަނީ ވިދާޅުވެފައެވެ.

އަފްރާޝީމް، ޔާމީން އަދި ރިލްވާންގެ މައްސަލައިގެ ތަޙްޤީޤަށް އެހީތެރިވާން ތައްޔާރު ކަމަށް އުގައިލް ވިދާޅުވި ނަމަވެސް އެކަމުގެ ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.

އަފްރާޝީމްގެ މަރުގެ މައްސަލައިގައި ދައުލަތުން ދެމީހެއްގެ މައްޗަށް ދައުވާ ކުރި ނަމަވެސް އޭގެތެރެއިން ދައުވާ ސާބިތުވީ ހުސައިން ހުމާމްގެ މައްޗަށް އެކަންޏެވެ. އިދިކޮޅު ފަރާތްތަކުން ގެންދަނީ އަފްރާޝީމްގެ މަރުގެ މައްސަލަ އަލުން ތަޙްޤީޤު ކުރާނެ ކަމަށް ބުނަމުންނެވެ.

ރިލްވާންގެ މައްސަލައިގައި ބައެއްގެ މައްޗަށް ދައުވާ ކުރި ނަމަވެސް ކުށް ސާބިތުވެފައެއް ނުވެއެވެ. ޔާމީންގެ މަރުގެ މައްސަލައިގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެއެވެ.

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ އަފްރާޝީމާއި ޔާމީން އަދި ރިލްވާންގެ މައްސަލައިގެ ތަޙްޤީޤު އަލުން ކުރިއަށް ގެންދަވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. Anonymous

    ތީ އުޅޭމީހެއްތަ. ކޮން ރަށެއްގަ ކޮން ގައުމެއްގަ ކޮން ރާއްޖެއެއްގަ.

  2. ހާމިދު ޝާހިދު

    މިއީ ފަހުޒަމާނަށް ފާޅުވި ވަލީވެރިއެއްތޯ؟ އަޅެފަހެ ދިވެހިން ތިބެނީ މޮޔަވެފައިތޯ؟ ރައީސް ޔާމީނު ހަމަ ވިދާޅުވަނީ ތެދުފުޅެއް. ދިވެހިންގެ ގިނަބަޔެއްގެ ލޯތައް ވަނީ ކަނުވެފައި. އެހެނީ ކިތަންމެ ރަނގަޅު ކަމެއް ކޮށްދިނަސް އެތަނެއް ނުފެނޭ.

    • ށައުގީ

      އެހެން ވީމަ ރަނގަޅު ވެގެން މީހުން މަރާލަނީ ވ ސަޅި ތިވާހަކަ..! ނަސީބެއްނު ރަނގަޅުވެގެން ތީނަވެސް މަރާނުލިކަން....

  3. ސުމްބުލި

    އަމިއްލަ އެދުންގަނޑެއް އޮތީ ދޯ

  4. ފު އިގައިލް

    ޤައިބުގައިވާ ކަންތައް އެނގިވަޑައިގަންނަވާކަމަށް ދަޢުވާކުރައްވާ ބޭކަލެކޯ މިއީ

  5. ޢަފްލާ

    ހުސައިން ސަލާހު އީވާންނަސީމް އަދި 2003 ގަ ޖަލުގަ ބަޑި ޖަހާ މެރި އެންމެންނަށް އިންސާފް ހޯއްދަވައި ދެއްވާ ކިނބޮލާ

  6. ހަސީނާ

    ބަލަގަ އަތްބެލުމާ ފާލުބެލުމާ، ކަހީނުކަމާއި، ޕޮރުގުރާމެއް ހަދައިގެން ބެލުމާ ކޮބބައިތަ ތަފަތެއް، ތީ ޙަރާމްކަނތައް،

  7. އާންމު އާދުމީ

    އުގެއިލު ސިޔާސީ ނުވެ ހިމޭނުންހުރިނަމަ ރަނގަޅުވީސް. ދެން ސިޔާސީވެފަ ވަކިފަރާތަކަށް ނުޖެހި ކަންކަން ނިންމޭނެކަން ޤަބޫލުނުކުރެވުން ޚުދު އޭނައަށްވެސް ވިސްނޭނެކަން އެނގޭ.

  8. އަބޯ

    ނަސީދު ވިދާޅުވި ކަމަށް ހަބރުން އަޑު އެހިން އަފްރާސީމް އަވަހާރަ ކޮށްލިމީހުން މެދުއިރުމަތީގެ ގައުމަކަށް ދިޔަވާހަކަ . އެމީހުން ނަސީދު ގާތު ބުނީތަ ؟ އެމީހުން މިދަނީ އަފަރާސީމް އަވަހާރަކޮށްފާކަމަށް ވީމާ އެބަޔަކު ނަސީދު ބުނުއްވަންޖެހޭނެ. އަވަސް ތަހުގީގު

  9. ބުރޯ

    ރިޒްވާނަކީ ނޫސްވެރިއެއް މިނިވަން ނޫހަށް ނަސީދު ދީފައިވާ އިންޓަވިޔު އެއް އައިރިސް ޓައިމުން އަޕްލޯޑް ކޮށްގެން މައްސަލަ ޖެހުނުތަ ؟ މިހާރު އެ އިންޓަވިޔު ވަނީ މިނިވަންނޫހުން ޑިލީޓް ކޮށްފާ ސަބަބު ކޮބާ ؟ ރިޒްވާނަކީ ނަސީދުގެ އިންޓަވިޔު ނަގާ ނޫސްވެރިޔާ .ރިޒްވާން ގެއްލޭއިރަށް ގެވެސް ހެދިއްޖެ . ރިޒްވާން ގެއްލުމުން އެމްޑީޕީ ގެ ހިންގާ އިސްފަރާތެއްގެ އާއިލާ ތަކުން ރިޒްވާންގެ މަންމަ ގާތަށް ގޮސް އެހީދީގެން ރިޒްވާން ގެ މަންމަ މަގުމައްޗަށް ނެރުނު .އަސމިއްލަޔަށް ކުރިކަމެއް އެހެން ބައެއްގެ ބޮލުގަ އަޅުވަން އުޅޭހެން. އެއުޅުމުން ދޭހަވާން އުޅޭ

  10. ހަސަންބޭ

    ޤާސިމަކީ އޭނާގެ ފައިސަގެ ބާރުގައި ކަންތައް ކުރަމީހެއް،
    ﷲ މިފަދަމީހުންނަ ދެއްވައިފައިވާ ޜަހުމަތް އެމީހުްނގެ އަަތުން ގެެންދަވާށި! އާމީން

  11. އަހަރެން

    ކަލޯގެޔާ!!! ޢަހަރުމެންގެ ލޮބުވެތި ޕްރޮފެސަރުގެ ކަންތައް ދުއްވާނުލިއްޔާ ރަނގަޅު !!!

  12. ކިޔުންތެރިން

    "countless other such cases" ސިޔާސީ ރޯނު އެދުރެއްކަން އަމިއްލަ ބަހުން ހާމަވަނީ. ިނގިރޭސި ވިލާތުގައި ދިން ހަމަލާގަ ބައިވެރިވިކަމަށް ތުހުމަތު ކުރެވުނު މީހާ ހޯދާފަ ވަނިކޮށް އުގެއިލްގެ ސޮފްޓްވެއަރ އިން އޭނާގެ ޅައިރުގެ ފޮޓޮއެއް ބޭނުން ކޮށްގެ އެއީ އެމީހާއަށް ވުން ވަރަށް ބޮޑަށް އެކަށީގެންވާ ކަމަށް ބުނީ. މިއީ އާ ޓޭކްނޮލޮޖީ އެއްނުން 70 ގެ އހަރު ތަކުން ފެށިގެން ޅައިރުގެ ފޮޓޯ ބޭނުން ކޮށްގެން ދުވަސްވީމަ ހުންނަ ގޮތް ކުރަހާ އުޅޭ

  13. މޫސާ ހަލީލް

    ކަލޭކަހަލަ ދެފުންކެހެރިންގެ އެހީތެރިކަމެއް ބޭނުމެއް ނޫން ކަމެއް އޮތިއްޔާ އަތްބޭނޭތޯބަލާތި

  14. ފަރޭ

    ސިޔާސީ ކަންކަމާ ގުޅޭ މަރުތައް އެކަނިތަ ބެލެނީ؟؟ މާރާމާރީ ތަކުގައި މަރުވެގެން ދިޔަމީހުންގެ ހައްގު ކޮބާ

  15. ދިވެހިދަރިން

    ކަލޭމިތަނަށްފާވާނެކަމެއްނެތްމީގެކުރިންވެސްއޮތީވިލާތުބަނޑުދަށަށްވަދެތިއުޅެނީމިހާރުމިސަރުކާރުންވެސްމޮޅުގޮތަކަށްލާރިގަނޑެއްކާލަން

  16. ނާނު

    ފޭބި ރައީސްކުރެން އަހާލާ އަފްރާޝީމްގެ ޤާތިލަކީ ކާކުތޯ އެބޭފުޅާ ވިދާޅުވެފަވަނީ އެބަޔަކު ހަމަ އެރޭ ފުރައިގެން ދިޔަވާހަކަ އުގައިލްގެ ވެސް ބޭނުމެއް ނެތް އެނގޭ މީހަކު ހުރީމަ

  17. އުގުޅޭ

    ތަޙްޤީޤު ނިމިފަ ހުރި މައްސަލަތައް އެކަމުން މީހުން ފޫހިވެ އެކަމުގެ އަލާކެނޑުނީމާ ތިމަންނާ އެހިވާނަމޭ ތިކިޔަނީ ކީއް ކުރާނަމޭ ހިތާތޯ؟

  18. އަޙްމަދު

    އުގެއިލުގެ މަސައްކަތައް އައްސަރިބާހާއި ސާބަސް. އުގެއިލުގެ ޢިލްމީ ޤާބިލުކަން އަހަރުމެން ބަލައިގަނަނަން. ބައެއްމީހުންގެ ކޮމެންޓް ފެނިފައި ބަޔަކު މީހުން ޒާތީ ވެފައިވާ މިންވަރު ހާމަވޭ. ފަހަރެއްގައި ވެދާނެ އުގެއިލު އަކީ އައްޑޫ މީހަކަށް ވުން. އުގެއިލު މާލޭ މީހަކަށް ވީނަމަ އުގެއިލު ވާނީ ރަސްކަލަކަށް.

    ފަހުޒާމާނުގައު ދޮގު ހަދާމީހުން ވާނީ ތެދުވެރިންނަށް. މޮޅުމީހުން ނިކަމެތިންނަށް. އެންމެބާރަށް ހާޅެއްލަވާ މީހާ ވާނީ ގަދަމީހަކަށް.

    އުގެއިލުގެ މަސަކަތުން އަފްރާޝީމުގެ ގާތިލުން ހާމަވާނެ ކަމަށް އުއްމީދުކުރަން.

  19. ޑެލްބޯއި

    އިންސާނެއްގެ އުޅުން ބިނާވަނީ އެމީހެއްގެ އުމުރުން 7 އަހަރާ ހަމައަށް ފެނި ދެނިވެ އަޑު އިވޭ އަދި އުޅޭ މާހައުލަކަށް ބިނާކޮށް ކަމަށް ދުނިޔޭގެ ބައެއް އިލްމުވެރިން ބުނޭ. ކިތަންމެ މޮޅު ފާހެއް ނަގާފައި ހުރިކަމަކު އެއްކަލަ 7 ގެ މާހައުލުގެ އަސަރު އެމީހެއްގެ ކިބައަކުން ނުފިލާކަމުގެ މިސާލެއް މިފެންނަނީ. ހިމޭނުން ހުންނަންވީ ވަގުތާ ވާހަކަ ދައްކަންވީ ވަގުތާ ދައްކަންވީ ވާހަކައާއި ނުދައްކަންވީ ވާހަކަ ނޭންގޭ މީހަކީ ގަސްދުގައި ނޫން ނަމަ ވެސް އެމީހެއްގެ އަމަލުތަކުގެ ސަބަބުން މުޖްތަޢުތައް ފަސާދަވާނެ މީހުން.

  20. އެމްޑީޕީ ޖަޒީރާ

    އަޅުގަނޑަށް މިއަދު ކުރެވޭ އިޙްސާސް އަކީ މި ލޮބުވެތި ވަތަނުގެ ހައްޤުގައި ސަހީދުވެ ދިޔަ ލޮބުވެތި ދަރީން އެ ދަރިންނަށް ﷲ ޞުބުހާނަހޫ ވަތައާލާ ދެއްވި އެންމެ މަތވެރި ނިޢުމަތް މި ޤައުމުގެ ހައްޤުގައި ދޫކޮށްލީ މިނިވަން މުސްތަޤިއްލު ވަތަނެއްގެ ގޮތުގައި ބޭއްވުމަށް ކަމަށް ވީ ހިނދު އެ މިނިވަންކަން ކުޑަ ލާރި ފޮއްޗަކަށް ގެއްލުވާލާތަން ބަލަން އެއްވެސް ކަމެއްނުކުރެވޭ ހާލުގަ ހުރި ނިކަމެތި މީހެއްކަމުގެ އިޙްސާސެވެ. ހިތާމައިގެ ކޮޅެއްނެތެވެ. ލާރި ނެއްސޭޓް ހުދުމަރަށްވެ ނިމިއްޖެ އެވެ. މިކަންކަމާ ވިސްނާ ފިކުރު ކުރާނޭ މީހަކު ނެތެވެ. މިލިބެނީ އުފަލެއް ކަމަށް ދެކި އަތްޖަހާ މީހުން ވަނީ ގިނައެވެ. އެހެނަސް ފިކުރު ކޮށްލަ ބަލާށެވެ. މިނޫން ވެރިކަމެއް ދެކެން ބޭނުމޭ ބުނެލި މީހާ ޖަލަށް ލެވުނު ދުވަސް އެއީ މާޒީ އެވެ. ޤާޒީ އަކު ވަގަށް ނެގީ ވެސް މާޒީގައެވެ. މިއަދު އެއީ އެމީހުން ކުރި ކުށެއްނޫން ކަމަށް މިދަނީ ނިމެމުންނެވެ. އިންސާނާ އަކީ ހާދަވާ އަމިއްލަ އެދުން ބޮޑު މީހެކެވެ.

  21. ހާމާނު

    އަހަންނަކީ އެމްޑީޕީގެ ފިކުރަށް ދުވަހަކުވެސް ތާއީދުކުރާނެ މީހެއް ނޫން. އަންނިއަކަށް ވެސް މައުމޫމަނަކަށްވެސް ތާއީދެއްނުކުރާނަން. ކޮންމެހެން ލިސްޓި ދިގުކުރާކަށްނެތިން. އެކަމަކު އުގެއިލަކީ ހުނަރުވެރި ދިވެއްސެއް. އޭނަގެ މަސައްކަތް ދިވެހިސަރުކާރުން ބަލައިނުކަތީމަ އިނގެރޭސިވިލާތަށް އެ އެހީތެރިކަންދޭން ޖެހުނީ. ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކު މީނަ އެހީވެގެން ސާބިތުކޮށްދޭ ކަންކަމަށް އަހަރެން ތާއީދުކުރާނަން. މީނައަކީ ހުނަރުވެރި މޮޅު މީހެއް.

  22. އިންސާފަށް ވާހަކަ ގެނޭ

    ތި ތިންމީހުން އެކަނިތޯ މަރާލީ އަދި ގެއްލުވާލީ މިޤައުމުގާ، ކޮބާތޯ ގެއްލުނު ޕޮލިސް ކުއްޖާ އަދި ކޮބާތޯ މަރާލެވިފައިވާ ޕޮލިސް އަދި ނިކަމެތި އާއިލާ ތަކުގެ ކުދިންގެ ވާހަކަވެސް ނުގެނެވެނީ ކީވެތޯ،،، ސިޔާސީ ވަކި މަގުޞަދެއް ހާސިލް ކުރަން ވަކި ބަޔަކު މަރުވެފައި ވަކި ބަޔަކު ގެއްލުން ވާހަކަ ތިދައްކަނީ...

  23. އަލީ

    އަފްރާޝިމް ގެ މަރުގެ ތަހުގީގު ގޮސް ހުއްޓެނީ ރާއްޖޭގައި ހުރި އަވަށްޓެރި ގައުމެއްގެ އެންބަސީއާއި އެކަމަށް ފައިސާ ހަރަދުކުރީ އެންބަސީން މީ އަދި މިހާތަނަށް މިކަން ގޮސް ޖެހޭ ހިސާބު އެއްވެސް ސަރުކާރަކަށް އެކަން ފާޅު ކުރާކަށް ނުކެރޭނެ. އެހެންވެ މިކަން ސިއްރު ކުރެވިފައި އޮތީ..

  24. ބޮލި މުލައް

    މަޤުޞަދު ވ ސާފު ހުމާމު ހުދުކާފޫރަށްވެ އެމްޑީޕީ ބޭނުންވާ މީހަކު ތިކަމުގަ މަތިކުރުވުން.