ޕީޕީއެމްގެ މަޖިލިސް މެންބަރުންކަމަށްވާ އަހްމަދު ނިހާނާއި އަބުދުއްރަހީމް އަބްދުﷲ (އަދުރޭ) އެބޭބޭފުޅުން ދަރިންގެ ނަމުގައްޔާއި އަމިއްލަ ނަމުގައި ފައިސާއާއި އަގު ބޮޑެތި ފްލެޓްތައް ހޯދީ ކޮންތަނަކުންތޯ ބަލަން ޖެހޭ ކަމަށް ރައީސް އަބުދުﷲ ޔާމީންގެ ފުރަތަމަ ނައިބުރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޑރ.ޖަމީލު ވިދާޅުވީ، މެޑަމް ފާތުން އަރިހުގައި މަސައްކަތް ކުރި މީހުން ދަރިންގެ ނަމުގައްޔާއި އަމިއްލަ ނަމުގައި ފައިސާއާއި އަގު ބޮޑެތި ފްލެޓްތައް ހޯދީ ކޮންތަނަކުންތޯ ވެސް ބަލަން ޖެހޭ ކަމަށެވެ.

"ރާއްޖޭގެ ފަޅުތަކާއި ބިންތަކާއި ހުޅުމާލޭގެ ފްލެޓްތައް ބެހިގެންދިޔަ ގޮތުގެ ހިސާބު ނުބެލޭކަމުގައި ވަނީނަމަ އެއީ މައްސަލައެއް އާ ސަރުކާރުން އެންމެ ފުރަތަމަ ކުރަންޖެހޭ އެންމެ ކަމަކީ މިހާރު ހިނގަމުންދާ ސަރުކާރުގެ ވެރިން ފޭރިގެންފައިވާ ފައިސާ ހޯދައި ބައިތުލްމާލަށް ވެއްދުން" ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ އާ ސަރުކާރުން އެކަން ނުކުރާކަމަށް ވާނަމަ އިސްލާހުގެ ވާހަކަ ދެއްކުން ހުއްޓާލަންވީކަމަށާއި މުސާރަ އާއި އާމްދަނީއާ އެކަށީގެން ނުވާވަރުގެ މުއްސަނދިކަން ހޯދާގޮތް ބެލޭނެ ގާނޫނީ ނިޒާމެއް ރާއްޖޭގައި ގާއިމްކުރަން ޖެހޭކަމަށެެެވެ.

"މި ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ ޖަރީމާތައް ހިސާބު ހަދާލުމުން ބިލިއަނުން ގުނާލެވޭނެ. އެ މައްސަލަތައް އާ ސަރުކާރުން ބަލަންޖެހޭނެ. މުސާރަ އާއި އާމްދަނީއާ އެކަށީގެން ނުވާވަރުގެ މުއްސަނދިކަން ހޯދާގޮތް ބެލޭނެ ގާނޫނީ ނިޒާމެއް ރާއްޖޭގައި ގާއިމްކުރަން ޖެހޭ" ޖަމީލް ވިދާޅުވިއެވެ.

ޖަމީލު ވިދާޅުވީ، ކޯލިޝަން މިފަހަރު ވަރަށް ރަނގަޅަށް ކުރިއަށްދާނެކަމަށް ގަބޫލުފުޅު ކުރައްވާކަމަށެވެ. އަދި އާ ސަރުކާރަކީ ކާމިޔާބު ސަރުކަރަކަށް ހެދުމަށް މަސައްކަތްކޮށްދެއްވާނެކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ރައްޔިތުން

    އެކަން އެބައިނގޭ، އެހޯދީ ވަގުގެ ޖީބުން ވަގުންގެ ޖީބަށް ލާފާ ދިނީ. މީތި ވަރަށްސާފު

    • ބޭބެ

      އަގުބޮޑެތި ފްލެޓްތަކާއި އަގުބޮޑެތި ކާރުތަކާއި އަގުބޮޑު ބިންތައް ހުޅުމާލެއިންނާ މާލެއިން މެމްބަރުން، ކޯޓުގެތަކުގެ ބައެއް ފަނޑިޔާރުން، ސަރުކާރުގެ މުއައްސަސާތަކުގައި ބައެއް ވެރިން، މިނިވަން މުއައްސަސާތަކާއި ކުންފުނި ތަކުގެ ބައެއް ވެރިން ގަންނަނީ މިއަދަކު އެކަންޏެއް ނޫނެވެ!! އެމީހަކަށް ލިބޭ މުސާރަ އާއި ނުބައްދަލު ތަނަވަސް މުއްސަނދި ދިރިއުޅުމެއް އުޅޭ މީހުންގެ މައްސަލަތައް ހަމަ ބަލަންވީއެވެ!! ރައިސް ނަޝީދުގެ ޒަމާނުން ނުވަތަ މައުމޫނުގެ ޒަމާނުން ފެށިގެން ބަލަންވީއެވެ!! ކޮންމެހެން ޔާމީނުގެ ސަރުކާރޭ އެކަނި ކިޔާނެކަމެއް ނެތް!! ހުރިހާ އެންމެންވެސް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ފައިސާ ހޯދަނީއެވެ!! މައްސަލައެއް ނިންމާ ގޮތަކުން ފައިސާ ނަގަނީއެވެ!! އެއް ޕާޓީން އަނެއް ޕާޓީއަށް މެމްބަރުން ބަދަލުވާން ބޮޑު ޢަދަދުން ފައިސާ ނަގަނީއެވެ!! ވަކިގޮތަކަށް ވޯޓްލާން ފައިސާ ނަގަނީއެވެ!! ވައްކަމާއި ކޮރަޕްޝަން ރާއްޖޭގައި އިންތިހާއަށް ބޮޑުވީއެވެ!!

  2. ނީމް

    އަޅުގަނޑު ވެސް އުއްމީދު މި ކުރަނީ ފްލެޓެއް ލިބޭނެ ދުވަހަކަށް

  3. ކަބީރު

    ކަލޭ ތިންހަތަރުއަހަރު ވަންދެން އިގިރޭސިވިލާތުގައި ހައިސްޓޭންޑެޑް ދިރިއުޅުމެއް ތިޔަ އުޅުނީ ކޮންގޮތަކުން ހޯދި ފައިސާޔަކުންތޯނޫންތަ ފުރަތަމަ ބަލަންވީ؟ޕީޕީއެމް މެމްބަރުން ގޯތި ހޯދިގޮތް ބެލުމުެގކުރިން ، ކަންނެލިއޮޑިތައް މީހުން ހޯދިގޮތާ ، މާލެ ، ހުޅުމާލެ ، މެލޭޝިޔާއިން އަލީވަޙީދުމެން ގެދޮރުހޯދިގޮތާވެސް ބަލާބަލަ!

  4. ޢަހަންމާ

    ސީޕްލޭންގަ މަހަށް ދިޔަ މީހާގެ މައްސަލަވެސް ބަލާތި.

  5. ޢިޅިޠާށް

    ޖަމީލު ހުޅުމާލެއިން ގޯއްޗެއްގަނެ، ސަންދާނު އަހައްމައިދީގެ ގެއިން އެއްމެދުކޮށް ބައެއް ގަނެ، ހުޅުމާލެ ޕުލެޓިނަމް ރެސިޑެންސިން އެޕަރޓުމަންޓު ގަތް ތަޙުޤީޤު ކުރިއްޔާ މާރަނގަޅުވާނެ.
    އަދި މީގެ އިތުރުން އަމީނު އާއި މަލީހާއި ދެމީހުން ވެސް ކޮންމެ މީހަކަށް ހުޅުމާލެ ޕުލެޓިނަމް ރެސިޑެންސް އިން އެޕަރޓުމަންޓު ގަތީ ކަލޭމެން 3 މީހުން މަޚުރަޖަށް ހިނގައިގެން ހޯދި ފައިސާއިންކަން ރައްޔިތުންނަށް އެނގޭ! ގުދޯ ގުދޯ!

    • ދާދާ

      ޕްލެޓިނަމް ރެޒިޑެންސް އަކީ ޖަމީލް އަދި ޖަމީލްގެ ކުރީގެ ޕާޓްނަރ ކަމަށްވާ ހަސަން ސައީދު މެންގެ ކުންފުނިން އިމާރާތްކޮށްފައި ހުރި ތަނެއް. މިވަރުން ހީކުރަން ތިތުހުމަތު ތަކަށް ސާފު ޖަވާބެއް ލިބޭނެ ކަމަށް......

  6. ސީ އައި.ޑީ

    ޖަމީލު އެމް ޑީ ޕީ ސަރުކާރުގެ ކޮރަޕްޝަންތައް ހޯއްދަވައި ދެއްވި. މުސްތަޤިއްލު މުއައްޞަސާތަކާއި ޝަރްޢީ ދާއިރާ މިހާރު ފެންނަނީ ކޮންގޮތަކަށްތޯ ބައްލަވައި އެކަން އިޞްލާޙް ކޮށްެެެދެއްވީއާ މާރަނގަޅުވާނެ.

  7. ޑާޑާޑާޑާ

    ނަޝީދަށް މަރުހަބާ ދެންނެވުން ކުލަ ގަދަކޮށް ބާއްވަންވީއެއް ނޫނޭ އިބޫ ޖެހޭނެއޭ މިކަމުގައި ވިސްނަން އިންތި މެން އެއުޅެނީ ގަބީލާ ސްޓައިލަށް ރާއްޖޭގެ ވެރިކަން ބައްޓަން ކުރަންއޭ އެއީއެއް ނޫނޭ އެކަން އޮންނަން ޖެހޭނެ ގޮތަކީ ކެނެރީގެ ނަޝީދުގެ ޗެޕްޓަރ ޖެހޭނީ އިހަށް ކްލޯސް ކޮށްފައި ބާއްވަން ވެލާނާގެ އިބްރާހިމް ދީދީ ވެސް ހުރީ އެއް ނޫންތޭ ލަންކާ ގައި ބަހައްޓަވާފައި ރައީސް ނާސިރު ހިސްޓްރީ އިޒް އަންފޯލްޑެޑް އޭ ސޯ ކެނެރީގެ ނަޝީދު އިބޫގެ ވެރިކަމަށް 2 އަހަރު ފުރުމުން ދެން ކެނެރީގެ ނަޝީދާއި ބެހޭ ގޮތުން ވާހަކަ ދައްކަން ޖެހޭނީ ވެސް މިކަން ދަންނަން ޖެހޭނެއޭ ރައީސް އިބޫ ވެސް އަދި ރައީސް މައުމޫނު ވެސް އަދި ގާސިމް އިބްރާހިމް ވެސް މީ ޕޮލިޓިކްސް އޭ އިޓް ޑަޒް ސީމް ޓު މެޓަރ އެން އިޓް ޑަޒް ސީމް ޑެޑް ސީރިއަސް ޓު މީ އައި ކާންޓް ޓޭކް ދިސް ސްޓަފް އިން ކެނެރީގެ ނަޝީދު ވޭ ނޯމޯރ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާ ޑާޑާ ޑާޑާ ޑާޑާ ޑޯންޓް ބީ ޑޯންޓް ބީ ޑާޑާޑާޑާ ޑާޑާޑާޑާ...

  8. ރަނގަބީލު

    ކަލޭ ރައީސް ޔާމީން ސަރުކާރުގަ ވީ ކުޑަ ދުވަސް ކޮޅު ކާލައިފަ ހުރި އެއްޗެސް ވެސް ބަލަން ޖެހޭނެ.ކަލޭ ތިމާގެ މީހާ ގަތް ފްލެޓް ތައް ގަތް ގޮތެއް ވެސް ބެލެން ޖެހޭނެ.

  9. ރިޔާޒު ރަޝީދު

    ކަލޯ. މޭޑޭ ގެ. މުޒާހަރާ ގެ ޑީލް ގެ ދަށުން ލިބުނު ލާރީގަ ހުޅުމާލެ އިން އަގު ބޮޑު ރޯ ހައުސް އެއް ގަތް އިރު އިރު އެކަން ބެލުން ބުއްދި ވެރި

  10. Anonymous

    ފުރަތަމަ ކަލޭގެ ކޮއްކޮމެން ރެހެންދި ފުލެޓުން ފުލެޓުހޯދި ގޮތެއް ބަލާބަލަ، ދެން ގަލޮޅުދަނޑު ގެ މަސައްކަތައް ނެގި ލާރިގަނޑު ވީތަނެއް ބަލާބަލަ.

  11. ސާބަސް

    ބަލަ އެއީވެސް ދިވެހި ރައްޔިތުންނޭ.. ކަލޭ މޮޔަވީތަ؟؟ މުސާރައާއި ނުބައްދަލް މުއްސަނދިކަން ހޯދަން ޖެހެނީ ވަކި މިވެނި ޕާޓީއެއްގެ މެންބަރުންގެ އެއް ނޫން.. އެހެން އުޅޭ އެންމެންގެ ވެސް ބަލަންވީހަމަ..ދެން މިފެށޭ ސަރުކާރުގައި ނެތޭ ދެފުއްދެގޮތް މަކަރުވެރި މީހުންނަށް ޖާގައެއް. ޔާމީންގެ ސަރުކާރުން ބޭރުވެގެން ދިޔަ އެކަކަށްވެސް މިބައިމީހުންގެ އިތުބާރެއްނެތޭ.. މީހުންގެ ހައްޤުތައް ނިގުޅައިގަންނަ ވާހަކަ މިހާރުވެސް ތިޔަ ދައްކަނީ.. ބަލަ ދެންވެސް ކަންކަން ރަނގަޅުކޮށް އިސްލާހުވޭތޯ ބަލާބަލަ.. ޤައުމުގެ ތަރައްޤީއަށް ވިސްނަބަލަ.. ސަޕޯޓް ތިޔަ ހޯދަނީ ކާކުގެތަ؟؟ މިފެށޭ ސަރުކާރުންވެސް ކަންކަން ގެންދާނީ އިންސާފުންތޯ ބަލަން ތިބޭ....!!!

  12. ބަލާތި

    ރައީސް އިބޫ ވިސްނަން ޖެހޭނެއޭ ކެނެރީގެ ނަޝީދަށް ނޫނޭ ދިވެހިރައްޔިތުން ވޯޓް ދިނީ ދިވެހި ރައްޔިތުން ވޯޓް ދިނީ އިބޫ އަށް އިބޫގެ ވެރިކަން ފެށެން ކުޑަ ދުވަސް ކޮޅަކަށް ވެފައި ވަނި ކޮށް ކެނެރީގެ ނަޝީދު މާލެ ގެނެސްގެން އޭނާގެ ޕްރޮޕެގެންޑާ މުޅި ނޫސް ތަކުގައި ފެތުރުމުގެ ބަދަލުގައި މާލެ ސަރަހައްދުން ހުޅުމާލެ 2 އިން މިހާރު ފްލެޓްސް ތަަކަށް އެދި ފޯރމް ލާފައިވާ އެންމެންނަށް ހުޅުމާލެ 2 އިން ގޯތި ތައް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ދައްކާ ގޮތަށް ދޭންވީނޫންތޭ

  13. ދިސްވޭއޭ

    ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމަށް ހޮވިފައިވަނީ އިބޫއޭ އަދި ކޮންމެ ބަޔަކު ގަބޫލުނުކުރި ނަމަވެސް މިއަދުގެ ހަގީގަތަކީ އެއީއޭ ކަން މިހެން ހުރުމުން މަމެން ޕިންކީން ވެސް ދެން ނިއުޗެޕްޓަރ އަކުން ފަށާއިރު މަމެން ރައީސް ޔާމީން ފެކްޝަން އާއި އަދި ރައީސް މައުމޫނު ފެކްޝަން އާއި ގުޅި އަދި މަމެން ރަސްމީ ކޮށް އިބޫގެ ވެރިކަމުގައި އިބޫ އާއި އެކު ކޯލިޝަން ހަދައިގެން އިބޫގެ ވެރިކަން ކާމިޔާބު ކޮށްދޭން މަސައްކަތް ކުރުމުން މަމެން ޕިންކީން ރިޖެނެރޭޓްވާނެއޭ އެއިރުން އެންޓިޑިފެކްޝަން ޖެހޭނީ އޮޅާލަން އޭ މަމެން ނަށް ޔަގީނޭ ރައީސް އިބޫ ގާނޫނުގެ ބޭރުން އަދި އެމްޑީޕީގެ ކްރޭޒީ އީގޯ އެކްޓިވިސްޓުން ބޭނުންވި ނަމަވެސް މަމެން ޕިންކީންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ރައީސް ހައްޔަރު ކުރަން ނޫޅޭނެއޭ މަމެން ޕިންކީންގެ ފުރިހަމަ އެއްބާރު ލުން އެއިރުން މަމެން ދޭނަމޭ އިބޫ އަށް ދަ ކަންޓްރީސައިޑް އީގޯ ސިންޑްރޯމް ޖެހިފައިވާ މީހުން އުޅޭނެއޭ އީގޯ ބައި ކުރިއަށް ނެރެން އެޖެހޭނީ އަންދާލަންއޭ އެކޮލިޓީ ހުންނާނެއޭ އިބޫގައިގައި..

  14. ރަޝީދް

    3އޭ މައްސަލަ ކަލޭގެ އިނފުލުއެންސް ބޭނުންކޮށްގެން ނިއްމި ގޮތްވެސް އެބަޖެހޭ އަލުން ބަލަން... ކަލޭ ނައިބު ރައީސްކަމުގެ ވީ ކުޑަދުވަސްކޮޅު، ކުޑަޖަމީލްމެން، ރައްޓެހިން، އާއިލާ މީހުން ގޮވައިގެން ހިލާލީގެ ބަޖެޓުން ހަރަދުކޮށްގެން ވީކެންޑްގަ ކުރިހާ މަސްދަތުރު ކަންތައްވެސް އެބަޖެހޭ ބަލަން.... އިބޫގެ ސަރުކާރަށް އަޅުގަނޑު ގޮވާލަން މިކަންތައް ބަލަން...

  15. އަހްމަދު

    ބަލަންޖެހޭ ކަންކަން ވަރަށްގިނަ ޖަމީލުވެސް ނައިބުރައީސެއްގެހައިސިއްޔަތުން ކުރެއްވިކަމަކީ މަހަށްދިއުން އެވެސް ރައްޔިތުންގެލާރި ހަރަދުކޮށްގެން ލާރިހުރެގެންދޯ ލަންޑަނުގަ ދިރިއުޅެވޭނީވެސް

  16. ދިސްވޭ

    ތަމެންގެ ރައީސް އިބޫގެ ވެރިކަން ފެށެން މިހާ ދުވަސް ކުޑަ ތަން ވެފައި ވަނިކޮށް ޕްރޮޕެގެންޑާ ފަތުރައިގެން ކެނެރީގެ ނަޝީދު ރާއްޖެ އަށް ގެނައުމުން އިބޫ ރައްޔިތުންނަށް ވެފައިވާ މިލިއަންސް އޮފް ވައުދު ތައް ނުފުއްދޭނެއޭ އެގޮތުން މާލެ ސަރަަހައްދުން ބޯހިޔާ ވައްސެއް ބޭނުންވާ އެންމެންނަށް ކުޑަ އަގަކަށް ގޯތި ދިނުމަށް ޓަކައި ހުޅުމާލެ 2 ގެ އިރުން އޮތް ފަޅު ހިއްކާލަން ވިސްނަންވީ ނޫންތޭ އިކޮން ނިއުސް އިމާރޖް ކޮށް ގައުމުގެ އިގްތިސާދު ކުރިއަރުވަންވީއޭ ޑިވައިޑް އެން ރޫލްގެ އުސޫލު ތައް އިސް ނުކޮށް...

  17. ކަރާ

    ޖަމީލޫ، ވަކިމީހަކު ފުލެޓު ގަތީމަކާނޫނޭ ބަލަންޖެހޭނީ. ތިކަން ތިއުޅެނީ ހަސަދަވެރިކަމެއް އޮނަނާތީ ބަލަންވެގެން އުޅޭ ގޮތޭ. ފުރަތަމަވެސް ގޯސް. ހިތްނިޔަތް. ބަލަ ކުރީގެ ހުރިހާ މީހުންގެފަރާތުން ގެއްލުނުފައިސާއާމުދަލުގެ ވާހަކަތައްވެސް އެހެރީ ނުބެލި ނުލިބި. ޖަމީލުމެން ފުރަތަމަކުރަންޖެހޭނީ ފުރަތަމަ ކުރަންަޖެހޭނެ ކަންކަން. އަދުރޭވިޔަސް އަލީވަހީދުވިޔަސް އަމީނުވިޔަސް އާންމު ރައްޔިތަކުވިޔަސް އެމްބީސީންވިޔަސް މުލީއާގޭން ވިޔަސް ރައީސްއޮފީހުންވިޔަސް ޖީއެމްއާރުންވިޔަސް ނެކްސްބިޒުންވިޔަސް ޖެހޭނީ ބަލަން. ކޮރަޕްޝަނަކީ ވަކިމީހަކުރީމަ ރަނގަޅުވާނެކަމެއްނޫން. ވެރިަކން ގެއްލުނީމާ ހިތުގަ ޖެހުނަސް ރުޔަސް އެކަން ވީވެސް ޖަމީލުމެން އަދީބުލައްވާ ކުރުވި ކަންކަމުން. ފުރަތަމަވެސް ތިމާމެން ގަތްތަންތަން ގަތްގޮތް ހާމަކޮށްބަލަ.

  18. ކާފަދ

    2014 ވަނަ އަހަރު މުލިއާގޭ ޚަރަދަށްވުރެ ހިލާލީގޭ ޚަރަދު ބޮޑުވިގޮތްވެސް ބަލާލަދެއްޗޭ

  19. ޒުލްފިގާރު.

    ވަރަށް ސާފު. ތިޔަކަމެއް ނުބެލޭނެހެން ހީވަނީ..ސަބަބަކީ އެމްޑީޕީ ގެ އިސްބައެއް މީހުނާ ކައިރީގައި އުޅުނު އެކްޓިވިސްޓުންނަށް 2009 ނޮ ފެށިގެން ކުރިހަރަދާ ދިންފޅުރައްތަކާ އެ ފަޅުރަށްތަށް ދިނީ މާލީ ގޮތުން އެހުށައެޅިކަން ކަން ކުރުމުގެ ގާބިލް ބަޔަކަށްތޯ ބަލާ
    ނެބާ

  20. އީސަ

    ވަގުންގެ ފޮށި ބާރަށް ބަންނާނެ، ހަސަނަށް ހީވާނެ ފުޅައްބުޑުން ދިޔަޔަސް ކެޔޮގަނޑު ކަނޑާނެހެން، ޖަމީލު ކަލޭ އަންނިއަށް ނިސްބަތްކޮށް ދެއްކިވާހަކަ މިހާރުވެސް އިވޭކަހަލަ އަންނި ހިންގި ޖަރީމާތަކޭ ކިޔައިގެން ދެއްކިވާހަކަ ހަނދާން އެބަހުރިތަ، ކޮބާ ކޮންކަމެއް ކަލެއަށް ކުރެވުނީ، އަދިވެސް ދާނީ ފުލުން ، ކަލޭތިއީ ވަރަށް ޒާތީ ހަސަދަވެެރިއެއް، މަށެއް ކަލޭތީ މީހެއްކަމަށް ޤަބޫލު ނުކުރާނަން

  21. ޙުދު

    ޖަމީލު ހުޅުމާލެއިން ގޯއްޗެއްގަނެ، ސަންދާނު އަހައްމައިދީގެ ގެއިން އެއްމެދުކޮށް ބައެއް ގަނެ، ހުޅުމާލެ ޕުލެޓިނަމް ރެސިޑެންސިން އެޕަރޓުމަންޓު ގަތް ތަޙުޤީޤު ކުރިއްޔާ މާރަނގަޅުވާނެ.
    އަދި މީގެ އިތުރުން އަމީނު އާއި މަލީހާއި ދެމީހުން ވެސް ކޮންމެ މީހަކަށް ހުޅުމާލެ ޕުލެޓިނަމް ރެސިޑެންސް އިން އެޕަރޓުމަންޓު ގަތީ

  22. ކުމާރު

    ނާއިބުރައީސް ކަމުގަ ހުޅުމާލެއިން އެހެންމީހަކު ނަމުގަ ގޯތިގަނެ ފައިސާދައްކާ ނިމުނީމަ ޖަމީލު ނަމައް ބަދަލުކުރަން އެގްރިމެންޓްހާދާ ބޮޑު ޖަރީމާ ހިންގީ ތިޔަ ބާޣީ ޖަމީލު. މަލީހުއާ އަމީނުއައް ހުޅުމާލެއިން ގޯތި ހޯދި ގޮތެއްވެސް ބަލަންޖެހޭ

  23. ޢަމިއްލައެދުން

    ކޮން އާސަރުކާރެއް،،ތިބުނާސަރުކާރެއްގަ ވެސް ތިބީ ކޮރޮޕްޝަނަށް ގޮސް ހުސްވެފަތިބި ބައިގަޑެއް.. 3 އަހަރު ތެރޭ ޤަވްމް ދަވާލި.. ދެންވަކި ކޮންކަމެއް އިތުރަކަށް މިހާރު ކުރެވޭނީ...މިފަހަރު ރައްޔިތުންނާ އެކީ ޤަވްމް ވިއްކާލާނެ

  24. މިއަދު

    ޖަމީލު ރާއްޖެއިން ބޭރުގައި 3 އަހަރު ދުވަސް ހޭދަކުރިއިރު ޚަރަދު ކުރި ފައިސާއަކީ ކޮންތާކުން ކިހިނެއް ހޯދި ފައިސާ އެއްތޯވެސް ބަލަން ޖެހޭނެ ތާއިދު

  25. މިއަދު

    ރާއްޖެއިން ބޭރުގެ ބޭންކުތަކުގައި ދިވެހިން ހުޅުވާފައި ހުރި އެކައުންޓުތަކުގައި އެހުރީ އެމީހުން ކޮންތާކުން ކިނިނެއް ހޯދި ފައިސާ އެއްތޯ އާއި ޤާސިމު އިބުރާހިމމެން ބޭނުންވާގޮތަށް ފެބުރުއަރީ 1 ގެ ޙުކުމް ކޯޓު ނެރުނީ ކީއްވެތޯވެސް ބަލަން ޖެހޭ
    އެދުވަހު ނިންމުން ނިންމުން މިއަދު ކަމުނުގޮސްގެން އަލުން ބަލާ އެޙުކުމްތައް ބަދަލު ކުރަމުން މިގެންދަނީ ކީއްވެތޯވެސް ބަލަން އެބަޖެހޭ
    ބަލަންޖެހޭ ބައިވަރު މައްސަލަތައް ............. މިހުރީ

  26. މިއަދު

    އިބޫގެ ވެރިކަމެއްގެ ގިނަވެގެން 100 ދުވަހުގެ ތެރޭގައި އަބުރާ ބެހުމުގެ ޤާނޫނު އުވަލަނީ ދިވެހިންގެ އިޖުތިމާޢީ ފޭރާން ކޮންގޮތަކަށް ގެންދިއުމުގެ ބޭނުމުގައިތޯވެސް ބަލަން އެބަޖެހޭ

  27. ހުތާބެއްޔާ

    މީނަ ވާހަކަ ދައްކާއިރު މައުމޫގެ ރައީސް ކަމުގައި މީނާގެ ޖަސްޓިސް މިނިސްޓަރު ކަމުގައި މީނާގެ ބަފައިބޭގެ ހިއްސާވި ކުންފުނީގެ ޝަރީޢަތް ނިންމިގޮތްވެސް ބަލަންޖެހޭނެ.