ގައުމަށް ހަމަޖެހުން ލިބޭނީ ރައްޔިތުން ފަހްރުވެރިވާ ހަތަރު ލީޑަރުންނަށް އިންސާފުލިބި މިނިވަން ވުމުން ކަމަށް ވިލިގިނލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

ސައުދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމަށް ހަމަޖެހުން ލިބޭނީ ރައްޔިތުން ފަހްރުވެރިވާ ހަތަރު ލީޑަރުންނަށް އިންސާފުލިބި މިނިވަން ވުމުން ކަމަށެވެ.

"ރައީސް ނަޝީދާއި ޝެއިހް އިމްރާން އަށް ކޮށްފައިވާ ބޭއިންސާފު އަނިޔާވެރި ހުކުމަށް އިންސާފު ހޯދައިދީ, ވަގުތުން މިނިވަން ކުރުމަށް ގޮވާލަން" ސައުދު ވިދާޅުވިއެވެ.

އިދިކޮޅު ހަތަރު ލީޑަރުންގެ ތެރެއިން ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި، ޖުމްހޫރީ ޕާޓީގެ ކުރީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ކޯޓުން މިނިވަންކޮށްފައެވެ.

ގާސިމް އާއި މައުމޫން މިނިވަންކޮއްފައިވާއިރު މިއަހަރުގެ ފެބްރުއަރީ 01 ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން އާދަޔާއި ހިލާފު އަމުރެއް ނެރެ، ކުށްވެރިންތަކެއް މިނިވަން ކުރީ ވެސް ގާސިމްގެ ބައިވެރިވުން އޮވެގެން ކަމަށް ގާސިމް ވަނީ އަމިއްލަފުޅަށް އިއުތިރާފްވެފައެވެ. ގާސިމް "ރާއްޖެޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ "އަޅުގަނޑުމެން އަމުރެއް ނެރުމުން" އެއަމުރު ކަމަކު ނުދިޔަ ކަމަށެވެ. ސުޕްރީމް ކޯޓުން އަމުރު ނެރުމުގައި ފަނޑިޔާރުން ފައިސާގައި ހިފާފައިވާކަން ފުލުހުންގެ ތަޙްޤީޤަށް ކަށަވަރު ވެގެން ގާސިމްގެ ދޮށީ ދަރިކަލުން ހައްޔަރު ވެސް ކުރިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ސަރުކާރު ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި މައުމޫން ހައްޔަރު ކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ 05 ވަނަ ދުވަހުގެ ރޭ ގައެވެ. ނަމަވެސް ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބު ނާކާމިޔާބުވި ފަހުން ހައިކޯޓުން ވަނީ ރައީސް މައުމޫން މިނިވަންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ރައްޔިތު މީހާ

    ހަތަރު ލީޑަރުން ބައިތިއްބަން ޖެހޭނީ ފުރިހަމަ މިނިވަނުންގެ ގޮތުގައި. އެ ހެޔޮދޯ ކިތަންމެ ބޮޑު ކުށެއް ކޮށްފަ ތިއްބަސް. ތި ހަތަރު ލީޑަރުންނަށް ނުވޭ ދޯ މި ޤައުމުގަ ޤާނޫނޫ ވެސް ހިނގައިގެން. ކިހާބޮޑުވެއްޖެކަމެއް މީދެން. ހުރިހާ ގެއްލުމަކާ ހަލާކެއް ގައުމާ ނިކަމެތި ރައްޔިތުންނަށް. އެކަމު ލަދެއް ނުގަނޭ ރައްޔިތުން ލައްވާ ގުލާނުކުރުވާފަ އަދި އެ ލިބޭ އެތިކޮޅުވެސް މިމީހުންގެ އަންބޮޑިއަށް ލައިގެން އުޅޭކަށް. ހައްދަވާ ގެންގުޅުއްވާ އިލާހް، މި ހަތަރު ލީޑަރުންނާއި، އެމީހުންގެ ނުބައި މަކަރުވެރި ރޭވުންތަކުން މިޤައުމާއި ދިވެހިރައްޔިތުން ސަލާމަތްކޮށްދެއްވާންދޭވެ! އާމީން!

    • ބޭބެ

      ރާއްޖެއަށް ހަމަޖެހުން ނުލިބޭނެ!! ކިހިނެތް ލިބޭނީ ކޮރަޕްޝަން އިންތިހާއަށް ބޮޑު!! އަޅުގަނޑު ދެކޭގޮތުގައި ރާއްޖެއަށް ހަމަޖެހުން ލިބޭނީ ހަތަރު ލީޑަރުން ގުދުރަތީ މަރަކުން އަވަހަށް މަރުވެ މިދުނިޔެ ދޫކުރި ދުވަހަކުން!! ދެން ދެފުއްކެހެރި މުނާފިގުންނަށް ޙައްގު އަދަބު ލިބިގެން!! ކޮރަޕްޝަންގެ ނުބައި ޢަމަލު ހިންގާ ފަރާތްތަކަށްވެސް ޙައްގު އަދަބު ލިބުގެން!!

  2. ކަރާ

    ސައުދޫ، އެހެންވީމާ އެ ހަތަރުމީހުންގެ މައްސަލަތާ ކޯޓުތަކުގާ ތިއޮތީ. ދެން އެހެންވީމާ ވަރަށްސާފުކޮށް އެނގެނީ ތިހަތަރުމީހުންކަން އެތަންތަނަށް އަތްބާނައިގެން އުޅެނީ. ދެން ދިވެހި އެހެންރައްޔިތެއްގެ މައްސަލައެއް ނެތްކަން. ލިބުނު ރިސްވަތުކޮޅު އަދި ހުހެއްނުވޭދޯ ސައުދޫ

  3. ޢަބްދޫ

    ޢިންސާފު .ޢެ އޮތީ ކޮންތާކު ؟ނަސީދު ކުރެއްވި ކުށަށް އަދަބު ލިބެން ނުޖެހެނީތަ؟އިމްރާން ކުރެއްވި ކުށުގެ އަދަބު ކޮބާ؟ަނަސީދާއި އިމްރާން އަށް އިންސާފް ލިބުމަކި އަދަބު ތަންފީޒު ވުން.

  4. މޫސަ

    ސައުދު ތިޔަބުނާ އިންސާފަކީ އެމީހުން ކުށެއް ނެތްބަޔަކަށް ހެދުން . ކުށެއް ސާބިތުވެއްޖެނަމަ އެއީ އިންސާފުވެރި ހުކުމަކަށް ނުވާނެ.

  5. ހުސޭނުބޭ

    ސަޢުުދާ ބުނާކަށް ކަލޭގެ މޮޅުކަމަކީ ތިހެން ކިޔައިގެން 4 ލީޑަރުން އަތުން އެއްވަރަކަށް ކައިގެން ހުރިއްޔާ! 5 ވަނަ ލީޑަރު ކަމުނުދިޔައީ ކަލެޔަށް ކެވޭނެގޮތެއް ނުވެގެންކަން އެންމެންނަށްވެސް އެނގޭ!

  6. ޒާ

    އެހެންވީމާ ގައުމަކީ 4 ލީޑަރުންދޯ. ދެން ކޮން ރައްޔިތެއްގެ ވާހަަކަ ދައްކަނީކީ. ބާރުފެށެނީ ރައްޔިތުންގެ ކައިރިންނޭ ކިޔާކަށް. ތީނޫންތަ ހޯދަން އުޅުނު އިންސާފާއި. އަދުލު ވެރިކަން. ދެން ހެޔޮ އެގޭ ހަސަނު ޖަލުގައި އުމުރު ދުވަހު އުޅެން ޖެހުނަސް.

  7. މުސްލިމް

    ސައުދުމެން ހަމަ ލަދުހަޔާތުގެ ކަންފުޅެއްވެސްނެތީބާވައޭ ހިތައްއަރާ ޖަލުގަތިބި ނިކަމެތިންނާއި ފަގީރުންކޮބާ

  8. އަލީ

    ގައުމައް ހަމަޖެހުންލިބޭނީ ހުރިހާނިކަމެތިން ޖަލައް ލެވި އެމީހުންގެ އަނބި ދަރިން ގެ ހާލު އަހުވާލު ބަލަން ގައުމުގަތިބި ބަސްހަރުމީހުން ލޯއަޅާދުވަހަކުން

  9. ދިވެހި ރަށްވެއްސާ

    މީނަ މިހުރިހާ ވާހަކައެއް ދައްކަނީ މީޑިޔާގައި މަޝްހޫރުވާންވެގެން. ޕީޕީ އެމް ގެ ތެރެއިން ވިލިނގިލީ ދާއިރާގެ ގޮނޑި އޭނައަށް ކާމިޔާބު ނުވާނޭކަން އެގުމުން އެމް ޑީ ޕީ ގެ ތެރެއިން ވިލިނގިލީ ދާއިރާގެ ޓިކެޓް ޕްރައިމަރީ އަކާއި ނުލައި ހޯދުމަށް ކުރާ ނަސައްކަތެއް. މިފަހަރު ޕީޕީއެމް ވިލިނގިލީ ގެ ބޮޑުފަޅި އޮތީ އެމްޑީޕީ އަށް ގޮނޑި ދީގެން ނަމަވެސް އޭނަޔަށް އޭނަގެ ސައިޒު ދައްކަން ކެތް މަދުވެފައި. މިފަހަރު ވިލިނގިލީ ދާއިރާއިން ސައުދު ހަނދާން ނައްތާލުންނޫން އެހެން އެއްވެސް ގޮތެއް ނޯންނާނެ.

  10. ޢަލިބެ

    ހުރިހާކަމެއްވާއިރު ސުވާދީބު ހަދަންވީނު ތިބޭފުޅާ. ކާކުތަ ނަހަދަންބުނީ.