ރާއްޖޭގައި ފަޤީރުން އެންމެ ގިނަ އަތޮޅަކީ ގއ އަތޮޅުކަމުގައި ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ދިރާސާއަކުން ދައްކައިފިއެވެ.

ރާއްޖޭގެ ފަޤީރުންގެ ނިސްބަތް ދެނެގަތުމަށްޓަކައި އެބިއުރޯއިން 2016 ވަނަ އަހަރަށްފަހު ހެދި ފުރަތަމަ ދިރާސާ ކަމަށްވާ "ފަޤީރުންގެ މިންގަނޑު އަދި ފަޤީރުންގެ ނިސްބަތް" އިން ދައްކާ ގޮތުގައި ދުވާލަކަށް ބޮލަކަށް ޖެހޭ މީޑިއަން ހަރަދުގެ ދެބައިކުޅައެއްބައި ނުވަތަ 74 ރުފިޔާއަށް ވުރެއް ދަށުން ހަރަދުކުރާ މީހުންނަކީ ފަޤީރުންގެ ގޮތުގައި ބަލާނަމަ ރާއްޖޭގެ އާބާދީގެ 8.2 އިންސައްތަ މީހުންނަކީ ފަގީރުން ކަމަށެވެ. އަދި ވެރިރަށް މާލެއަށް ބަލާއިރު ފަގީރުންގެ އަދަދު ހުރީ 1.7 އިންސައްތައިގައި ކަމަށާއި އަތޮޅުތެރޭގެ 12.8 އިންސައްތަ މީހުންނަކީ ފަގީރުން ކަމަށެވެ.

ނޭޝަނަލް ޕަވަޓީ ލައިންއިން ބަލާއިރު އަތޮޅުތަކުގައ ފަޤީރުން އެންމެ މަދީ ނ .އަތޮޅުގައެވެ. އަދި އެއަދަދު އެންމެ ގިނައި ގދ.އަަތޮޅުގަ އެވެ.

އއަޕަރ މިޑްލް އިންކަމް ގައުމުތަކުން ބަލަން ޖެހޭ އިންޓަނޭޝަނަލް ޕަވަޓީ ލައިން ނުވަތަ 70 ރުފިޔާއަށް ވުރެއް ދަށުން ހަރަދު ކުރާ މީހުންނަކީ ފަޤީރުން ކަމުގައި ބަލާނަމަ ރާއްޖޭގެ އާބާދީގެ 6.6 އިންސައްތައަކީ ފަޤީރުން ކަމުގައިވެސް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ދިރާސާއިން ހާމަވެއެވެ. އެއީ މާލޭގެ އާބާދީގެ 1.5 އިންސައްތައާއި އަތޮޅުތެރޭގެ 10.4 އިންސައްތައެވެ.

އަދި ދުވާލަކަށް ބޮލަކަށް 74 ރުފިޔާ ނުޖެހޭ ކޮންމެ ފަޤީރަކަށް މަހަކު 37 ރުފިޔާ އިތުރަށް ދީގެން މިގައުމުން ފަޤީރުކަން ނައްތާލެވިދާނެކަމަށް އެ ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޥިސްނޭެ

    ޢެމީހުންނަކީ ލާރީ ލިބުނަސް ފަގީރުންނަށް ވެގެންތިބޭ މީހުން

  2. ސަމާ

    ޚާއްސަކޮށް ފޮނި ތިނަދޫގައި

    2
    2
  3. ޑާޟޤ

    ޢެހެންވެ އެހާ ޖާހިލުން ގިނަޢިވެސް. ހޭލުންތެރިކަންވެސް އެހަ ދައްވާނެ ވަރަށް އެހެން ކަހަލަ ވާނެ .

    1
    3
  4. ހުސޭނުބޭ

    ދެން ތިކަމަކާ ހާސްވާކަށް ނުޖެހޭނެ! ރައްޔިތުން އުފާކުރުވާ ސަރުކާރެއް މިއޮއް ޤާއިމްވަނީ! އެވަރިހަމަ ނާށިގަނޑުހިފައިގެން ސަލާންޖަހަން ޖެހުނަސް! ގިލިގިލިކޮށްޓައިގެންވެސް ރައްޔިތުނަށް އުފާވެރިކަން ގެނެސްދޭނެ!

    1
    2
  5. ސޭކުސްތާން

    ނުބައި، އެންމެ ފަޤީރުން ގިނައީ މާލޭގައި. ކުލިނުދެއްކި. ފީނުދެއްކި ކުދިންނަށް ޓިއުޝަން ނުދެވި، ޗުއްޓީއެއްގައި ނުދެވި، ހަމައެކަނި ހިލޭލިބޭ އުފާތައްނޫނީ ނުލިބި، ރަސްރަނި ރަސްފަންނު، ބްރިޖަށް އެރުން ފިޔަވައި އެފަކީރުންނަށް ނެތް އުފަލެއް

  6. ޢާލިމް

    ﷲ ގެ ހަޒްރަތުގައި މަތިވެރިކަން އަހަރެމެން ބޭނުމީ. ޢަގެއްނެއް މި ދުނިޔޭގެ މުއްސަނދިކަމަކީ ބޭކާރުއެއްޗެއް. ޢަހަރެމެން ނީންނާނަން މުއްސަނދިންނަކާއެއް ކިތަންމެ ފަޤީރަސް. މުއްސަނދިން ނަކީ މަގުފުރެދިފައި ވާބައެއް ކިތަންމެ ވިސްނައިގެން އުޅުނަސް 5 ނަމާދަށް ރައްކާތެރިވެ ޒިކުރުތަކަށް ރައްކާތެރިނުވާ މީހަކަށް އިންސާނުންގެ ގޮތެއް ނޭނގޭ ގިނަފަރު

  7. އާން

    ސާފުތާހިރު ކަމުގައި ތިބެންވީއެވެ.

  8. ރަންނަ

    ގދ. ޒުވާނުން، ޚާއްސަކޮށް ގައްދޫ އަދި ތިނަދޫ ޒުވާނުން މާލޭ މަގުމަތީ ސަލާންޖަހަމުން ހިގުން މިހާރު ހައްދުން ނައްޓައިފި. ގަދަވެސަލާމަތުން ތިބި ޒުވާނުން އަތުންފައިން މަސައްކަތެއް ނުކޮށް. ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތީއޭ