އެމެރިކާ ސަރުކާރުން ރާއްޖެ އާއި ސްރީ ލަންކާ އަށް އާ ސަފީރެއް މިއަދު ކަނޑައަޅައި އޭނާ އަށް އެ މަގާމުގެ ފަތްކޮޅު ހަވާލުކޮށްފިއެވެ.

އެމެރިކާ އިން ރާއްޖެ އަށް އަލަށް ކަނޑައެޅީ ނޭޕާލުގައި މިހާތަނަށް އެމެރިކާ ސަފީރެއްގެ ގޮތުގައި ހުންނެވި އެލައިނާ ޓެޕްލިޓްޒް އެވެ.

އެލައިނާ، މަގާމުގެ ހުވާ ކުރެއްވީ އެމެރިކާގެ އަންޑަ ސެކްރެޓަރީ ޑޭވިޑް ހޭލްގެ ކުރިމަތީގަ އެވެ.

އެލައިނާ ވަނީ އެމެރިކާގެ ހާރިޖިއްޔާގެ މުހިންމު މަގާމުތަކެއް މީގެ ކުރިން އަދާކުރައްވާފައެވެ. އޭނާ މިހާތަނަށް އަފްޣާނިސްތާނާއި ޕާކިސްތާނާއި ބަނގުލަދޭޝްގެ އިތުރުން މެދުތެރޭ އޭޝިއާގެ ގައުމުތަކުގައި އެމެރިކާގެ ޑިޕްލޮމެޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވެއެވެ.

އެލައިނާ މިއަދު މަގާމާއި ހަވާލުވެ ވަޑައިގެންނެވި ނަމަވެސް ސްރީލަންކާ އަށް ވަޑައިގެން މަގާމުގެ ޒިންމާތައް އަދާކުރައްވަން ފައްޓަވާނެ ދުވަހެއް އަދި އެމެރިކާ ސަރުކާރުން ހާމައެއް ނުކުރެއެވެ.

އެމެރިކާއިން ސްރީލަންކާއާއި ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ސަފީރުގެ މަގާމު އެންމެ ފަހުން އަދާކުރެއްވީ އަތުލް ކެޝަޕް އެވެ. އޭނާ ސަފީރުކަމުގެ މަގާމުން ވަކިކުރުމުން މިދިޔަ ޖުލައި މަހު ވަނީ ގައުމަށް ވަޑައިގެންފައެވެ. ކެޝަޕް ސަފީރު ކަމަށް އައްޔަން ކުރެއްވީ 2016 ވަނަ އަހަރުގެ އޮގަސްޓް މަސް ތެރޭގައެވެ.

ކެޝަޕް ފާހަގަ ކުރެވެނީ ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ސަރުކާރަށް ފާޑުވިދާޅުވި ބޭފުޅެއްގެ ގޮތުގައެވެ. އެއީ ޑިޕްލޮމެޓުންގެ ސިފައެއް ނޫންކަމަށް ބުނެ ބައެއް ފަރާތްތަކުން އޭނާ އަށް ފާޑުކިޔާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސޯފާރ

    އެމެރިކާގެ އާ އެމްބެސެޑަރަކު ރާއްޖެ އަށް ކަނޑައެޅުން އެއީ ހެޔޮ ފާލެކޭ ޔޫއެސް އާއި ރާއްޖެ އާއި ދެމެދު ޑިސްޓެންސް ވެގެން ދިޔައީ ކުރީގައި އެމެރިކާ އެމްބަސޭ އަކަށް ހުރި މީހަކު ކޮރަޕްޓް ފައިސާ ބޭނުން ކޮށްގެން ވަކި ފަރާތަކަށް ޖެހުމުންނޭ މަމެން އުއްމީދު ކުރަމޭ ނިއު އެމްބަސޭ މިގޮތް ނުވާނެ ކަމަށް އައި އޭމް ޓަޔަރޑް އޮފް ހެވިންގް ހާރޑް ޓޯކް ވިދް ފޮރިންގް ޑިޕްލޮމެޓްސް ޔޫއާރ ސޯފާރ އަވޭ ފްރޮމް މީ ސޯފާރ އައި ޖަސްޓް ކާންޓް ސީ އޯލް ރައިޓް...

  2. ޢހަންމާ

    ފައްޅި ޕްރޮޖެކްޓް ހިންގާދޭން ސަފީރަކުވެސް މިހާ އަވަހަށް. ޢަދި ހުރީ ޔާމީން. ފަޅި އެޅޭނީ އިބޫ އައިމަ