ޕީއެސްއެމްގެ މުވައްޒަފެއް ކަމަށްވާ މުހައްމަދު އަފްސަލް އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ހަލީލާއި، ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު މުހައްމަދު އިކްރާމް އަބްދުލް ލަތީފާއި، ޕީއެސްއެމްގެ ޑިރެކްޓަރ އޮފް ނިއުސް ފަޔާޒު ޔޫސުފް އާއި ދެކޮޅަށް އަބުރުގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ.

އަފްސަލް ޕީއެސްއެމްގެ ތިން ވެރިއެއްގެ މައްޗަށް ހުށަހެޅި އަބުރުގެ މައްސަލައިގައި ބުނެފައި ވަނީ އެމައްސަލަ ހުށަހަޅާފައި ވަނީ ހަގީގަތް އޮޅުވާލާ، ސާބިތު ނުހިފޭ ދޮގު ވާހަކަ ދައްކާ އޭނާގެ ބޮލުގައި އިލްޒާމުތަކެއް އަޅުވާފައިވާތީ ކަމަށެވެ.

އަފުސަލްގެ މައްސަލާގައި އެ ތިން ބޭފުޅުންގެ އެ އަމަލުތަކުގެ ސަބަބުން އޭނާއާއި އެކު މަސައްކަތް ކުރާ މީހުން އޭނާއާއި އެކި ސުވާލުތައްކޮށް، އޭނާއާއި މެދު މީހުން ދެކެމުން އައި ގޮތް ބަދަލުވެ އޭނާގެ އަބުރަށާއި އިއްޒަތަށް ގެއްލުން ވެފައިވާ ކަމަށް އަފްސަލް ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ.

އަފްސަލް އަކީ ދިވެހިރާއްޖޭގެ އަޑު އަދި ފަހުން ޕީއެސްއެމްގައި ގިނަ ދުވަސްތަކެއް ވަންދެން ނޫސްވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވި މުވައްޒަފެކެވެ. އޭނާ އަކީ ކުރިން ސިޔާސީ ބޮޑެތި އިވެންޓްތަކާއި ކޯޓުތަކުގެ ބޮޑެތި މައްސަލަތައް ކަވަރު ކުރި ނޫސްވެރިއެކެވެ. ނަމަވެސް މިދިޔަ އޮގަސްޓު މަހުގެ 27 ވަނަ ދުވަހުން ފެށިގެން ޕީއެސްއެމްގެ ނިއުސް ރޫމްގެ ބަދަލުގައި ރޭޑިއޯ ޕްރޮގްރާމް ހުށަހަޅަން އޭނާ ވަނީ ބަދަލުކޮށްފައެވެ.

އަފްސަލް ވަޒީފާ އަދާކުރާ ޑިޕާޓްމަންޓް ބަދަލު ކުރީ އެތެރޭގެ މަސައްކަތައް ގެނައި ބަދަލެއްގެ ތެރެއިން ކަމަށް ޕީއެސްއެމް އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ވަފީ

  އަފުޒަލް ތިކުރީ ވަރަށް ރަގަޅުކަމެއް ތިޔަމީހުން މުޅި ޕީއެސްއެމްގެ ތެރޭގަ ވަކިބަޔަކު ޕޮރުމޯޓު ކުރުމާއި ނާޖާއިޒު ގޮތުގަ އެތަށް ކަމެއް ކުރަމުންދަނީ

 2. މުކާލާ

  ހަ ހަ ހާ،...... ތިވާނީ ބަސްނާހާތީ ކަމަށް..

 3. ހުސޭނުބޭ

  ތި މައްސަލަ ދެތިން ދުވަހެއްގެ ތެރޭގައި ނިންމޭތޯ ބަލާ! ޖަޒީރާ ރާއްޖޭގައި އަބުރުގެ ޤާނޫނެއް ނޯންނާނެ! ކަލެޔަކަސް ނަގޫއަނބުރަމުން ލޮލަށް ގޮވަމުން ކަށިހަފައިކަމުން ފަހަތުން ދުވެވޭނެ!

 4. ބުލްބުލް

  އަޅެ ފަހުގެ ފޮޓޯއެއް ނަގާލިނަމަ މީ ޕީއެސްއެމްގެ ވަރަށް ކުރީގެ ފޮޓޯއެއް

 5. އޭނަ

  ވަރަށް ރަނގަޅު
  ޢަހަރެން ވެސް ބޭނުން ހަމަ ތިފަދަ މައްސަލަޔެއް ހުށަހަޅަން
  ހިތްވަރު ކޮށްފާ

 6. ޚިޔާލު

  އަބުރުގެ މައްސަލަތަކަކީ ޖިނާޢީ މައްސަލަ ތަކުގެ ތެރޭގައި ހިމެނޭ މައްސަލައެއްބާ؟
  ޖިނާޢީ މައްސަލަ ތަކުގެ ގިންތީގައި ނުހިމެނޭ މައްސަލަތައް (އަބުރުގެ މައްސަލަތައް) ހުށައެޅޭނީ މަދަނީ ކޯޓަށް ކަމަށް މީހުން ބުނާތީ އަޑުއިވޭ! މީއީ ކިހިނެތް ވާ ކަމެއް؟ އެނގޭ މީހަކު ބުނެދީ ބަލަ!

 7. އަބޫޖަހުލު

  އެމްޑީޕީ އިން ކިތަށް މިލިއަން ދިންބާ ތި މުވަށްޒަފަށް؟