ޕްރޮފެސަރ ހަސަން އުގައިލް އަކީ މުޅި ރާއްޖެ އެބޭފުޅަކަށްޓަކައި ފަހުރުވެރިވުން ޙައްޤު ވަރަށް ތައުލީމީ ބޭފުޅެކެވެ. އިނގިރޭސިވިލާތުގައި އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅާއި، ހޯއްދަވަމުންދާ ކާމިޔާބީތަކަށް މަރުޙަބާއެވެ. އުގައިލްގެ މަސައްކަތްތައް މިހާރަށް ވުރެ ވެސް ބޮޑަށް ފާހަގަކޮށް އެމަނިކުފާނުގެ ޚިދުމަތުގެ އަގުވަޒަންކުރަން ޖެހެއެވެ. ނަމަވެސް މިލިޔުމަކީ އުގައިލްގެ ޚިދުމަތްތަކުގެ އަގުވަޒަންކުރަން ލިޔާ ލިޔުމެއް ނޫނެވެ.

އިއްޔެ ރޭ އުގައިލް ޓްވީޓެއް ކުރެއްވިއެވެ. ޑރ.އަފްރާޝީމް އަލީ އާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލަ އަދި ގެއްލިފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މަރުގެ މައްސަލައިގެ ތަޙްޤީޤަށް އެހީތެރިވާން ތައްޔާރަށް ހުންނެވި ކަމަށް އެޓްވީޓްގައި އުގައިލް ވިދާޅުވިއެވެ. ދިވެހި އެހެން ގިނަ ރައްޔިތުންނެކޭ އެއްފަދައިން އަޅުގަނޑު ވެސް އުގައިލްގެ ޓްވީޓާއި އެކު އުފާކުރީމެވެ. އުގައިލް ފަދަ ތައުލީމީ، ތަޖުރިބާކާރު ބޭފުޅެއްގެ އެހީތެރިކަން ޑރ.އަފްރާޝީމް އަލީ އާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލަ އަދި ރިލްވާން ގެއްލިފައިވާ މައްސަލައިގެ ތަޙްޤީޤަށް ލިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ނަމަވެސް އެހިތްހަމަޖެހުމާއި އެކު އަޅުގަނޑުގެ ހިތުގައި އުފެދުނު ސުވާލެއް އެބައޮތެވެ. އެއީ އެންމެ ތިން މައްސަލައެއް ފާހަގަކޮށް އެތިން މައްސަލައިގެ ތަޙްޤީޤަށް އެހީތެރިވާނެ ކަމަށް އުގައިލް ވިދާޅުވީ ކީއްވެ ހެއްޔެވެ؟

ސިޔާސީ ބޭފުޅުންނާއި ސިޔާސީ އެކްޓިވިސްޓުން އެމައްސަލަތަކެއް ބޭނުންކޮށް ސިޔާސީ ފައިދާ އާއި މަންފާ ހޯދަން މަސައްކަތް ކުރާ މައްސަލަތަކަކަށް އެހީތެރިވުމުގެ ނަމުގައި ސިޔާސީ މަސައްކަތެއް ކުރަން، ނުވަތަ ސިޔާސީ ގޮތުން މަގުބޫލްކަަން ހޯދަން މަސައްކަތް ކުރުމަކީ ކޮންމެ ބޭފުޅަކު ކުރި ނަމަވެސް ރަނގަޅަށް ކުރާ ކަމަކަށް ނުވާނެއެވެ.

ޙަޤީޤަތެއް ނޭނގި ނުވަތަ ކުށްވެރިން ނުހޯދި ރާއްޖޭގައި އޮތީ ހަމައެކަނި އަފްރާޝީމާއި، ޔާމީންގެ މައްސަލައެއް ނޫނެވެ. ގެއްލިގެން ހޯދާ ނުފެނިފައި ވަނީ ހަމައެކަނި ރިލްވާނެއް ނޫނެވެ.

2009 ވަނަ އަހަރުގެ ޑިސެމްބަރ 31 ވަނަ ދުވަަހު މަރިޔަމް ޝީރީން ކިޔާ އަންހެނަކު މާލެ އިން ގެއްލުނެވެ. އޭނާގެ ހަށިގަނޑު ފެނުނީ ހަތަރު ދުވަސް ފަހުން ހަދަމުން ދިޔަަ އިމާރާތެއްގެ ތެރެއިންނެވެ. އެމައްސަލައިގައި އޭނާގެ ލޯބިވެރިޔާ މުހައްމަދު ނަޖާހް ކިޔާ މީހަކު ހައްޔަރުކުރި އެވެ.

މައްސަލަ ތަޙްޤީޤުކޮށް ނަޖާހްގެ މައްޗަށް ދައުލަތުން ދައުވާ އުފުލިއެވެ. ގިނަ ފޮރެންސިކް ހެކިތަކެއް ދައުލަތުން ކޯޓަށް ހުށަހެޅިއެވެ. ސީސީޓީވީ ފުޓޭޖްތަކެއް ފުލުހުން ކޯޓަށް ހުށަހެޅިއެވެ. ތަޖުރިބާކާރުންގެ ބަސް ދައުލަތުން ކޯޓަށް ހުށަހެޅިއެވެ. މުޅި މައްސަލަ ފޮރެންސިކް ހެކީގެ މައްޗަށް ބިނާކޮށް ދައުލަތުން ކޯޓުގައި ގިނަ ނުކުތާތަކެއް ފާހަގަ ކުރި ނަމަވެސް ހަތަރު އަހަރަށް ދެމިގެން ދިޔަ ޝަރީޢަތް ނިމިގެން ދިޔައީ ނަޖާހް މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިމިގެންނެވެ.

ޝީރީން މަރުވިއިރު ދުނިޔޭގައި ތިބި ހައަހަރު ނުފުރޭ ދެދަރިންނާއި، މެދު އުމުރަށް ވުރެ ދޮށިވެފައި ތިބި މައިންބަފައިންނަކީ ޝީރީންގެ މަރަށް އިންސާފު ހޯދަން މީޑިއާތަކަށް އިންޓަވިއު ދެވޭ ހާލަތުގައި ތިބި ބަޔަކަށް ނުވުމުން ޝީރީންގެ މަރުގެ މަތިން އެންމެން ހަނދާން ނެތިއްޖެއެވެ. އިއްޔެ ވެސް މިއަދު ވެސް މާދަމާ ވެސް ޝީރީނަށް އިންސާފު ހޯދައިދޭން ނިކުންނާނެ ޕްރޮފެސަރެއް ނެތެވެ. ސަބަބަކީ ސިޔާސީ ބޭފުޅުންތަކެއް ޝީރީންގެ މަރުގެ "ފައިދާ ނަގަން" މަސައްކަތް ނުކުރާތީއެވެ.

2013 ވަނަ އަހަރުގެ މާޗް 13 ވަނަ ދުވަހުގެ ރޭ ލ.ގަމުގެ ގެއެއްގެ ތެރޭގައި ނިދާފައި އޮތް މުހައްމަދު ހަސަން ކިޔާ ދިވެއްސަކަށް ހަމަލާދީ އޭނާ މަރާލިއެވެ. އެމައްސަލައިގައި މީހަކު ހައްޔަރު ވެސް ކުރިއެވެ. ނަމަވެސް އެކަށީގެންވާ ހެކި ނެތިގެން ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ދައުވާ ވެސް ނުއުފުލައެވެ.

މުހައްމަދު ހަސަނަކީ މަންމަ އަކާއި ނުލައި ފަސް ކުދިން ބަލަހައްޓަމުން ދިޔަ ނިކަމެތި ބައްޕަ އެކެވެ. މުހައްމަދު ހަސަންގެ މަރަށް ފަސް އަަހަރު ވެގެން ދިޔައިރު އެއްވެސް ސިޔާސީ ލީޑަރަކު އޭނާ އަށް އިންސާފު ނުލިބިގެން އެވާހަކައެއް ނުދައްކައެވެ. މުހައްމަދު ހަސަންގެ މަރަށް އިންސާފު ހޯދަން އެހީތެރިވުމަށް އެއްވެސް ޕްރޮފެސަރަކު އިސްވެ ހުށަހެޅުމެއް ހުށަހަޅާފައެއް ނުވެއެވެ. ސަބަބު ވަރަށް ސާފެވެ. އެއީ ސިޔާސީ މަންފާއެއް ހޯދެން ނެތް މަރުގެ މައްސަލައަކަށް ވުމެވެ. މުހައްމަދު ހަސަނާއި އޭނާގެ އާއިލާ އަކީ ނިކަމެތިންނަށް ވުމެވެ.

ހުސައިން ސޮލާހް ނަމަކަށް ކިޔާ ޒުވާނަކު މަރުވެފައި އޮއްވާ 2007 ވަނަ އަހަރުގެ އޭޕްރިލް މަހު މާލޭ ފަޅުތެރިން ފެނުނެވެ. ސޮލާހްގެ މަރުގެ ފަހަތުގައި ފުލުހުންގެ އަތެއް އޮތް ކަމަށް އޭނާގެ އާއިލާ އިންނާއި އެމްޑީޕީ އިން އޭރު ތުހުމަތު ކުރިއެވެ. ސޮލާހަށް ފުލުހުން އަނިޔާ ކުރިކަމަށް އެތައް ބަޔަކު ހިއުމަން ރައިޓްސް ކޮމިޝަނަށް ބަޔާން ދީފައި އެބަހުއްޓެވެ. ސޮލާހްގެ މަރާއި ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަނުން ނެރުނު ތަޙްޤީޤު ރިޕޯޓުން އެކަން ފެންނަން އެބައޮތެވެ.

ނަމަވެސް ސޮލާހްގެ މަރުގެ މަތިން ހަނދާން ހުރި އެއްވެސް މީހަކު މިއަދަކު ނެތެވެ. 2007 ވަނަ އަހަރު ސޮލާހްގެ މަރުގެ ވާހަކަ ދައްކައިގެން އެމްޑީޕީ އިން ސިޔާސީ މަންފާތަކެއް ހޯދި ނަމަވެސް މިއަދު ސިޔާސީ މައިދާނުގެ އޮއެވަރު ބަދަލުވެފައި ވާތީ އެވާހަކަ ދައްކާނެ މީހަކު ނެތެވެ. ސޮލާހްގެ މަރާއި ގުޅިގެން ޖަވާބު ނުލިބި ހުރި ސުވާލުތަކަށް ޖަވާބު ހޯދައި ދިނުމަށް އިސްނަގާނެ ޕްރޮފެސަރެއް ނެތެވެ.

މިދިޔަ އަހަރުގެ ޖޫން 14 ވަނަ ދުވަހު ދެއެކުވެރިޔަކާއި އެކު މަަހަށް ނިކުމެ އުޅެނިކޮށް މުހައްމަދު ސުމައިދު ނަމަކަށް ކިޔާ ފުލުހަކު އައްޑޫ ސިޓީ އިން ގެއްލުނެވެ. މައްސަލައިގެ ތަޙްޤީޤުގައި ފުލުހުން އޭނާގެ ދެއެކުވެރިންނާއި ސުވާލު ކުރިއެވެ. ސުމައިދު ހޯދަން ކުރި މަސައްކަތުން އެއްވެސް ކުރިއެރުމެއް ނުލިބުނެވެ. ސުމައިދު ގެއްލެން މެދުވެރިވި ސަބަބެއް ހޯދަން އިސްނަގާނެ ޕްރޮފެސަރެއް ނެތެވެ. އެވާހަކަ ދައްކާނެ ސިޔާސީ ބޭފުޅަކު ނެތެވެ.

ޝީރީން، މުހައްމަދު ހަސަން، ހުސައިން ސޮލާހް އަދި މުހައްމަދު ސުމައިދުގެ އިތުރުން ވެސް އެތައް ބަޔަކު ރާއްޖޭގައި މަރާލާފައި ނުވަތަ ގެއްލިފައި ވެއެވެ. 2001 ވަނަ އަހަރު އަޒްލީނާ ނަފީސް މަރާލި ފަހުން މިހާތަނަށް ގަސްދުގައި މަރާލެވިފައިވާ މީހުންގެ އަދަދު 60 އަށް ވުރެ ގިނައެވެ. އޭގެތެރެއިން އިންސާފު ލިބި، އެކަމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އެންމެންގެ މައްޗަށް ޙުކުމް އިއްވިފައި ވަނީ ވަރަށް މަދު މައްސަލައެއްގައެވެ.

އަފްރާޝީމަކީ ފަހުގެ ތާރީޚްގައި ދިވެހިރާއްޖެ ދުއް އެންމެ ވަރުގަދަ އެއް އިލްމުވެރިޔާ އެވެ. ރިލްވާނަކީ ޖެހިލުން ކުޑަ ނޫސްވެރިއެކެވެ. ޔާމީން ރަޝީދަކީ ވެސް އެފަދަ ޖެހިލުންކުޑަ، ފަންނުވެރި ޒުވާނެކެވެ. ތިން ބޭފުޅުން ވެސް ރާއްޖެއަށް ވަރަށް މުހިންމެވެ. ތިން ބޭފުޅުންގެ މަރަށް ވެސް އިންސާފު ލިބެން ޖެހޭނެއެވެ. ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރެވެން ޖެހޭނެއެވެ.

ނަމަވެސް އެންމެ ތިން މައްސަލައެއްގެ ތަޙްޤީޤު ބޭނުން ގޮތަކަށްކޮށް، ބޭނުން ބަޔަކު ކުށްވެރިކޮށް، ބޭނުން ސިޔާސީ މަންފާއެއް އެމައްސަލަތަކުން ނެގުމަކުން ރާއްޖޭގައި އިންސާފު ގާއިމް ކުރެވުނީ ކަމަށް ގަބޫލެއް ނުކުރެވޭނެއެވެ. ސިޔާސީ މަންފާއެއް ހޯދަން ނޫޅޭނަމަ ދައްކަން ޖެހޭނީ އެންމެ ތިން މައްސަލައެއްގެ ވާހަކައެއް ނޫނެވެ. އިންސާފު ނުލިބިފައިވާ ހުރިހާ އެންމެންގެ ވާހަކަ ދައްކަން ޖެހޭނެއެވެ.

އިންސާފަކީ އަަމިއްލަ މަންފާ ހޯދުމެއް ނޫނެވެ. އަމިއްލަ އަށް މަޝްހޫރު ވުމެއް ވެސް ނޫނެވެ. އިންސާފުގެ ނިވާފަތްގަނޑުގައި އަމިއްލަ ސިޔާސީ ހުވަފެންތަކުގައި ކުލަ ޖެއްސުމަށް މަސައްކަތް ކުރުމަކީ ވަރަށް ދަށުދަރައިގެ ކަމެކެވެ. ކޮންމެ ބޭފުޅަކު އެކަން ކުރި ނަމަވެސް ގޯހެވެ.

ކިޔުންތެރިންގެ ހިޔާލު

69 ކޮމެންޓް

  1. ފާތުން

    ވަގުތުން ވެއްޖެ އެއްނު ތަންކޮޅެއް އިހްތިރާމާ އެކީ މީހުންގެ ނަން ލިޔަން ދަސްކުރަން. އެ ތިން މީހުންގެ ވާހަކަ ދޯ މުޅިގައުމު ދައްކަނީ، މުޅި ގައުމުވެސް ނުދައްކާ ދެން މަރާ ލެވިފައިވާ މީހުންގެ ނަމެއް.

    • ހަސީން

      ދެންމަރާލެވުނީ އިންސާނުނޫނީތަ؟ ނޫނީ ދިވެހިންނަށް ނުވަނީތަ؟އެމީހުންގެވާހަކަ ނުދައްކަނީ.

      • ހައްޤުބަސް

        އުގޭލަަށް ވެސް ވާނި ވަކި ވަރަކަށް.. އޭނާގެ ޤާނޫނީ ވާޖިބެއް ނޫން މަރާ އެންމެންގެ ތަހުޤީޤު ހިންގުމަކީ ނުވަތަ އެހީ ވުމަކީ އެކަމެއް ނުވެސް ވާނެ އެންމެ އިންސާނަކަށް.. އަދި އޭނާ އަކީ ބޭރުގަ ދިރިއުޅޭ މީހެއްކަމުން ނުވެސް އެނގޭނެ މަރާލެވުނު އެންމެންގެ ތަފްސީލެއް.. މީޑިއާގަ އެންމެ އާންމު މިސްޓީރިއަސް އަދި ސީދާ ސަރުކާރަށް އިނގިލި ދިއްކުރާ މައްސަލަތަކުގެ ވާހަކަ އެބުނީ..

        • Anonymous

          އެހެނެއްނޫން ތިވާގޮތަކީ އުގޭލޭ ބުނީމަ ބައެއްމީހުންނަށް ހީވާކަހަލަ މަލާއިކަތެކޭ.. ދެން ހައްގުބަހަކީ، ދެންވެސް މަރާލެވިފަހުރީ އިންސާނުން. ވަކި ބަޔަކު ބޭނުންވާ ބައެކޭ ބުނެފަ ބުނިނަމަ ރަނގަޅު. ފާޑުފާޑުގެ ތިންކްޓޭންކުގަ މަސައްކަތްކޮށްކޮށް ސިޔާސީ ވެވޭއިރުވެސް މިހާރު އުގެއިލަކަށް ނޭނގޭ.

        • ޙާލަތު

          އެހީވާކަށް ބެނުންނުވި ހިލޭ، ނާހަނީކީ ނޫން، ކޮންމެފަހަރަކު މީޑިޔާގަ ހާމަ ނުކުރާތީ ނޭގެނީ.

    • ޢަހަންމާ

      ގައުމެއްނޫން ވަކިގޮތަކަށް މައްސަލަ އަނބުރާލަން މަސައްކަތް ކުރާ ސިޔާސީ ބަޔަކު. އެއީ އެމީހުންގެ އަތުން ދިވެހިންގެ ލޭގެވަސް ނުކެނޑި ތިބި ބަޔަކު ތިބީމަ. މީހަގީގަތަކީ.

    • އަން

      އުގެއިލުއަށް އަފްރާޝީމު މަރުގެ މައްސަލާގައި ތެދުބަހުން ވާހަކަދައްކަން ކެރޭނެ ކަމާމެދު ޝައްކު. އެއްބައެއްގެ މަރުގެ މައްސަލަ ބަލާފައި އަނެއް މައްސަލަ ޑިލީޓް ކޮއްލާނީ މުނާފިގު ފިތުނަ ވެރިން. ދުނިޔެ ދެކޭނެ އެއްމެ ބޮޑު ފިތުނަޔަކީ ދައްޖާލުގެ ފިތުނަ. އެސޮރު ނިތުގައި"ކާފިރު" މިހެން ލިޔެވިފައި އޮންނަ އިރުވެސް ވަކި މަންފާތަކެއްގެ ބޭނުމުގައި ކަލޭމެން ބުނާނެ އެއީ ކާފިރެއް ނޫނޭ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.

  2. މުހައްމަދު

    ވަރަށް ރަނގަޅު ވާހަކަ އެއް. ކޮންމެ މީހަކުވެސް އެމީހަކަށް ލިބިފައި އޮތް އިލްމެއްގެ ބޭނުން މިހިފަނީ ސިޔާސީ ބޮޑު ފައިދާ ގަނޑެއްގެ ދަހިވެތި ކަމުގައި. އުގައިލް ގެ އިތުރުން މި ޒަމާނުގައި މިއުޅޭ ގިނަ ދަންނަ ބޭކަލުންގެ ހާލަކީވެސް މިއީ.

  3. އަނާރާ

    ރަގަނޅު ވާހަކައެއް.

  4. މެޑަމް އައިސަ

    ޕްރޮފެސަރު ކަން މާ ބޮޑީ

  5. އިންސާނާ

    މި 3 މީހުންގެ ތެރެއިން އަފްރާށީމުގެ މަރުގެ މައްސަލަ ވީގޮތެއް އެނގެން އަހަރެން ބޭނުންވަނީ

  6. އަނީލް

    މީ ހާމަ 100 ކައިގެ ވާހަކައެއް، އަހަރުން ބޭނުން އަނަސްގެ މަރައްވެސް އިންސާފް..

  7. އީސީ

    އުގެެލް އެއީ އެއްވެސް އިހްލާސްތެރިކަމެއް ހުރި މީޙެއްނޫން އެހެންނަމަ ތިމާގެ ޤައުމުދޫކޮށް ގޮސްހުރެ އިހްލާސްތެރިކަން ނެތް ވާހަކަނުދައްކާނެ ދޯ އަދި މިފެނުނީވެސް އެއްމެ 3 މިހުން މަރު
    ދެން މެރި މީހުންގެ ޙައްގުތައްކޮބާ ؟ކިތައްމަރު ރާއްޖޭގާމެރިތޯ؟

  8. ޖަހާންގީރު

    އެއީ '' ޕްރޮސެސަރެއް ''( ޕްރޮސެސަރ ހުންނާނީ ވަކިގޮތަކަށް ޕްރޮގްރާމް ކުރެވިފަ )

  9. ގަޓު ރައީސް

    ތި ގޮތަށް ތި ފެނުނީ ވަގުތު ކުދިންގެ ދެލޯ ބާޅިވެފަ ހުރީމަ! އެޓުވީޓުގަ "ކައުންޓުލެސް މިކަހަލަ މަރުތައް" ލިޔެފަ އޮތްތަން ނުފެނުނީމަ! އެކަމަކު ހާދަ ބިރެކޭ ތިގަންނަނީ މި މަރުތަކުގެ ހަޤީގަތް ހޯދާނަމޭ ކިޔާތީ! އަނެއްކާ ވަގުތު ނޫހުގެ އިސްވެރިއެއްގެ އިހުމާލެއް އުޅެނީތަ! ޕަކާސްސް

    • އަޅުގަނޑު

      ކަލެއަށް ތިހާ ވަރެއް ތިވަނީ ކަލެއަކީ މިއުޅޭ ރީނދޫހުން ޖެހިފަ ހުުރި މީހެއް ވީމަ... ވަރަށް ސަލާމް..ތިޔަ އުޤައިލް އަކި ރީނދޫ މީހުންގެ ޕަޕެޓެއް.

  10. މަރީ

    އުގޭލަކީ ފުރުސަތެއް ލިބޭތޯ ބަލަބަލާ ހުރި ބޭކަލެއް!! އަދި ރަގަޅު ފުރުސަތެއް ނުފެނިގެން އެހުންނަނީ!!! އެޗް.ޖީ.ޓީ.ވީ ގައި ދޮން މީހެއްގެ ސޮރަކަށް ހުރެ ރާއްޖޭގެ ރަށެއް ރިސާރޗު ހެދުމަށޭ ކިޔައިގެން ނަގައިގެން އުޅުނު ރަށުގައި ވިޔަފާރި ކުރަން އުޅުނު ގޮތުން އޭނަގެ ހުރި ހިޔަޅު ވިސްނުން ހާމަވި މިޒާތުގެ މީހުންނަކީ ވަރަށް ނުރައްކާތެރި ބައެއް. އޮޕަރޗުނިސްޓުންނޭ ވެސް ކިޔާ އުޅޭ!!!!!

  11. އިންސާފު

    މިއުމުގައިވަނީ ވަރަށް ރަނގަޅުވާހައެއް އަހަރެންނަކީ އެއްވެސްޕާޓީއަކަށް ސަޕޯޓްކުރާ މީހެއްނޫން. ކޮންމެޕާޓީއެއްގެ ރައީސަކު މިޤައުމުގައިހުއްޓަސް އެބޭފުޅަކަށް ދޭންޖެހޭ އިއްޒަތާއި، ގަދަރު ދޭނަން. ޤައުމަށާއި ރައްޔެތުންނަށް ފައިދާވާނެ ކަމެއް ކުރައްވައިފި ނަމަ ބަލަިގަންނާނަން. ގޯސްކަމެއް ކުށެއް ކުރައްވައިފިނަމަ ބަލައެއް ނުގަނެވޭނެ. އަޅުގަނޑު ދެކޭގޮތުގައި އަނިޔާކުރާ ނުވަތަ ކުއްކުރާފަރާތަކީ ރައީސް ނުވަތަ ޕާޓީތަކުގެ ލީޑަރުން ނުވަތަ ޤައުމުގެ ކިތައްމެ ގިބަޔަކުގެ ލޯބި ލިބިލައްވާފަިވާ ބޭފުޅަކަށްވިޔަސް އެބޭފުޅެއްގެ މަށްޗަށް ޤާނޫނު ހިގަން ވާނެއެވެ. އިސްާމް ދީނުގައި ނިކަމެތިންނާ އިއްޒަތްތެރިން ތަފާތެއް ނުކުރެއެވެ.

  12. Anonymous

    މިތިންމަރުގެ ހަގީގަތް އެގުމުން ދެން ހުރި ހުރިހާ މަރުގެ ހަގީގަތެއް ސާފުވާނެ ކަމައްފެނޭ.

  13. ޕިކްޓަސް

    ވަރަށް ރަނގަޅު ވާހަކައެއް!

  14. ޢަހަންމާ

    އިންސާފްވެރި ތަޙްޤީގެއް ކޮށްފިނަމަ ތިކަން ހަމަ އިދިކޮޅެމެންގެ އަތަށް ގޮވާނީ. އެކަމު ވަކިމީހެއްގެ ބޮލަށް ކަނޑަން ބޭނުމިއްޔާ ހަމަ ތަހްގީގެއަ ނުކުރިޔަށް ތިކަން މިހާރުވެސް ކުރެވިދާނެ. ކޯޓުން ހުރިހާ މުޖުރިމުން ދޫކުރި ގޮތަށް ކޯޓުގަ ބުނެލާ މިވެނިމީހަކަށޭ ތިމަންމެން ބޭނުންވަނީ ކަނޑާލަން.

  15. ޑެލްބޯއި

    އެ ގޮތަށް އެއުޅެނީ ކިޔަވިފައި ހުއްޓަސް ބޯ ނެތީމަ!!! ވަކި ދާއިރާ އަކުން އިލްމު ހުއްޓަސް އެކިޔާ ވަށާޖެހޭ އިލްމު ނެތިއްޔާ މިޒާތުގެ ކަންކަން ކުރާނެ. މިރާއްޖެ އަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ މުޖްތަމަޢުއެއްގެ ކަންކަން ރަގަޅު ގޮތުގައި ކުރިއަށް ގެންދާނެ ގޮތްތައް ސުކޫލުތަކުގައި ދަސް ކޮށްނުދީ ހަމައެކަނި ވަކި އިލްމް ތަކެއް މިސާލަކަށް ހިސާބު އިލްމު އުނގަނައިދީ މަތީ މާކްސްތައް ހޯދުމަށް ދަރިވަރުން މޯލްޑް ކުރުން. ސޮސައިޓީގައި ހިނގާ ކަންކަމާ ދޭތެރޭ ބަސްބުނާއިރު އެ ބުނާ ބަހުގެ ނަތީޖާ އާއި އެކަމަކާ ގުޅޭ ކަންކަކަމާ ދޭތެރޭ ނުވިސްނާ ބަސްބުނެވިފިނަމަ އުގޭލަށް ލިބޭ ކަހަލަ ލަނޑު ލިބި މީހާ ބޭޒާރުވެ މިޒާތުގެ އާރޓިކަލްތަކަށް ދޮރުތައް ހުޅުވޭނެ.

  16. ހައު

    ސެޓްފިކެޓް ގަނެފަ ވެދާނެއެވެ. މާ ޕުރޮފެސަރު ވެގެން.

  17. ސިޒާ

    ކޮބާ އީވާން ނަސީމް. ކޮބާ ހޯރަފުށީ ހުސޭނުބޭ، ކޮބާ ނައިފަރު ދަގަނޑޭ

  18. އަޙްމަދު

    އުޤެއިލް އެކަންޏެއްނޫން އަހަރެން ވެސް ބޭނުން މިމަރު ތަކުގެ ޙަޤީގަތް އެނގެން. ޙައްސަކޮށް މަރްޙޫމް އަފްރާޝީމުގެ މަރު. އަދި މިގަތުލުތަކުހެ ފަހުން މާލާފައިވާ ނުވަތަ މަރުވެފައި އޭގެ ޙަޤީގަން ހަމާނުވާ އެންމެގެ މަރުގެ ޙަޤީގަތް އެނގެން ބޭނުން.

    މިތިން މަރަކީ މުޅި ދުނިޔެ އޭގެ ޙަޤީގަތް އެންގެން ބޭނުންވާ މަރުތައް. ދުނިޔާނެ ސަމާލުކަމަށް އައި މަރުތައް. މީނުންހުން އެބަޖެހޭ ތަންކޮޅެއް ތަންދޮރު އޮޅުން ފިލަން!!!

    • ސާބަސް

      ތަންދޮރު ވަކިނުވެގެން ތިއުޅެނީ މިހިނގާކަންކަމުގެ ހަގީގަތް ނޭނގޭތީވެ. އެނގޭނީ ވިސްނާ ފިކުރުކުރާ މީހުންނަށް. ތިގޮތަށް އެނގިގަނެގެން ބަޔަކު ޖަހާހާ ބެރަކަށް ނަށަން ތިބެންޏާ ކޮންމެ ފަދަ އެކްޓެއް ޖައްސާފަ ނަށާށޭ ބުންޏަސް ހަމަ ނަށާނެ މީހުން ތީ. މި ހިނގަނީ ފިކުރީ ހަނގުރާމައެއްގެ ކަންކަން. ދުނިޔޭގެ ބާރުތައް އެކުލެވިގެން.

  19. ޢަލީ

    ތިއުޅެނީ މިހާރު ވަކި ބަޔަކު ހައްޔަރު ކޮށްފާނެތީ ބިރުން.

  20. ނަދާ

    އުގައިލް އަށް އެންމެ ތިން މައްސަލަ ފެނުނީ އާދަމް ނަވާޒު ކަހަލަ ތާކުން ތާކުން ނުޖެހޭ ލިޔުންތައްލިޔާ، މީހުންގެ އަނބުރު ކަތިލާ، ގައުމުގެ މަސްލަހަތު ނަގާލާ، ބައިބައި އުފައްދަން ނޫސްވރެިކަމޭ ކިޔައިގެން އުޅޭ މީހުންގެ ސަބަބުން.

  21. ޚޮކި

    މައްސަލަތަކުގެ މަންމަ ކަމަށްވާތީ!

  22. ހާމިދު

    މިހާގެ ފިކުރު ވަކިފަރާތަކަށް ޖެހި ހިނގޭ ތަހުގީގު އިންސާފްވެރިވާނެބާ. ތި ބުނާ ޕޮރަފެޝަރުވެސް މިހާރު ވަރަށް ސިޔާސީ. އެއުޅެނީ ލިބިފައިހުރި ތައުލީމިގެ ބޭނުން ހިފާގެން ކޮންމެވެސް މީހެއްގެ ބޮލުގައި މައްސަލް އަޅުވްން ނޫނުީ ހސަދަވެރިކަމެއް ހާސިލްކުރަން.

  23. ސައްތާރު

    އާދަމްނަވާޒް ތަންކޮޅެއް ޒިންމާދާރުވާއެބަޖެހޭ ނޫންތޯ؟؟ ވާނުވާނޭގި ކިތަންމެ ދިގު ހާސަރުތަކެއް ލިއުނަސް އެއީކީ ޒިންމާދާރު ނޫސްވެރިކަމެއް ކުރެވުނީއެއްނޫން! މީހުންގެ ނަންތައް ބޭނުންކުރާއިރު ހަގީގަތްނޭގި ވަކިބަޔަކާދިމާލަށް އިގިލި ދިގުތިކުރެވެނީ!

  24. އިންސާފު

    ރަހުމު ކުޑަކޮއް މަރާލެވުނު ރ.މީދޫ އަނަސް ގެ ވާހަކަ ކޮބާ.އެކުއްޖާ ވެސް މަރާލެވުނީ އެއްވެސް ކުށެއް ނެތި.އެއީ ވެސް މުޅި ރ އަތޮޅަށް ހިދުމަތް ކޮއްދިން ދަރިއެއް.

    • އަނަސް އަމާ

      އަނަސް ގެ ކުށެއް ނެތޭ ކިޔާއިރު އެއީ މަސްއޮޑި ގޭންގްގެ ބޮޑުން ތެރޭން މީހެއް. ވަރަށް އިނގިގެން މިބުނީ

  25. ޙުމި

    ތާއީދު

  26. ޗޫޗޫ

    ވަރަށް ރަނގަޅު ލިޔުމެއް!

  27. ފާފުން

    ވަރަށް ރަގަނޅު ލިޔުމެއް، އަދި ހަމަ މިކަހަލަގެ ލިޔުމެއް ލިޔެވިދާނެ މިހާރު ޖަލުން މިނިވަންކުރާ މީހުންނަށްވެސް، ގޮސް ޖެހޭނީ ހަމަ އެއްތާކު، ކުށެއް ނުކޮށްޖަލަށްލާފައިތިބީމަ ސަލާމަތް ވަނީވެސް މުއްސަދީންނާއި އެންމެންގެ ދޫމަތީގަ އެނަމެއް ހަރުލާފަ ހުރި މީހުން. މިނީ ސިޔާސީ އިންސާފު. މިޔަށް ކިޔަނީ ޑިމޮކްރަސީ. އަދި މިިއުޅެނީ ޅަފަތުގައި، ދޮންވެ ފައްކާވީމަ ވަރަށް ފުރިހަމަވާނެ.

  28. އަޙްމަދު

    ތިމާއަށް ވުރެ އަނެއްމީހާ މޮޅުވެއްޖެއިޔާ ދިވެހިންނަށް އެނގޭނީ ހަސަދަވެރިވާން. ތީތަންކޮޅޭއް ބޮޑުވަރު. ކޮންކަމެއް ކޮށްގެންބާ މީސްމީހުން އުގެއިލުއާއި ހިތްހަމަ ނުޖެހެނީ! ސާބަހޭ އުގެއިލް. ކުރިޔަށް ވަޑައިގަންނަވާ!

    • ޙާލަތު

      ޙަސަދަވަނީ ނޫން، ހަގީގައް އިގެމީހުން މަދީ...
      ކީއްވެ މިހާރު..... ކޮބާ އޭރު....

  29. މުޙައްމަދު

    އާދަމް ނައާޒުގެ ތިޔަ ހިއްވަރަށް ސާބަހެވެ. ހަގީގީ ނޫސްވެރިކަމަކީ ތިޔައީއެވެ. ތިޔައީ 100 ގެ ލިޔުމެކެވ. މަރުހަބާ!

  30. Anonymous

    ވަރަށް ފުރިހަމަ އާޓިކަލެއް

  31. ޜިފާ

    ޢެންމެ ތިން މައްސަލަ އުގަިލުއްށް ފެނުނީ މީހާ މާބޮޑަށް ސިޔާސީވީމަ.

  32. މަރިޔަމް މަނިކެ ގެމަނަފުށި

    ރޭވިގެން ސަރުކާރު އަޑީގައި އޮވެގެން ހިންގާފައިވާ ގަތުލު އާއްމެއް ކަމަށްވާތީ!

    ސަރުކާރުގައިވަނީ ނިރުބަވެރިން ކަމަށްވާތީ!

    ޔގނޑ ސަރުކާރަށް ތާއީދު ކުރަނީވެސް ނިރުބަވެރިން ވީމާ!

  33. އަޙްމަދް

    ތި ޕްރޮފިސަރުތީ ކަމުދާ މީހެއްނޫ
    ތިމީހާވެސް ޥެރިކަން ބެނުން ވަނީ.
    މަޝްހޫރު ކަން ބޭނުން ވަނީ.

  34. އަހުން

    އުގައިލް އަކީ ބަޔަކަށް ފްރެފެސަރަކަސް ހަމަ ސިޔާސީ މައިދާނުގަ ސުމެއް. އެހެންވެ ސިޔާސީ ވަން ވެގެން ހިތުން ޖައްސަން އުޅޭސުޓާންޓް ހުސް ފޭކު ޕްރެފަސރުން. އަމިއްލަ ބޮޑި ބޮޑުކުރާ ސިޔާސީ މީހުން. ހުސް ރިލޯޑް އަދި ރާސްޓަސް މުޅި މަޖިލިސް އަދި ފަނޑިޔާރުގެ ތަކުގަވެސް

  35. ތިންބެއިން

    ތިނެތި އޮތީމަ އޮތް ތިނެތީގެ ވާހަކަ ދޯ ދެއްކޭނީ ..... ވަރަށް ވާހަހަ މީ...

  36. ހަމީދު

    އެއީ ބޮޑުމީހާގެއަތެއްވާކަމަށް ގަބޫލުކުރެވޭ 3 މައްސަލައަށްވާތީ. 1 މައްސަލަވިޔަސް އެކަކަށްވެސް އެކަމަކާ ސުވާލެއްނުކުރެވޭނެ. ސާފުވެއްޖެތަ؟

  37. އުގެއިލް

    #Maldives:
    The brutal murders of Afrasheem Ali and Yameen Rasheed, the mysterious disappearance of Ahmed Rilwan and countless other such cases warrant thorough investigations. I am, in my personal capacity, willing to provide assistance in such matters should it deem necessary. މި އޭނަގެ ޓވީޓު

  38. Abdul Latheef

    އެކަކީ ދީނީ ޢިލްމުވެރިޔެއް. ދެންއެތިބަ ދެމީހުންނަކީ ދީނަށް ފުރައްސާރަކޮށް ލިޔެ އުޅުނު ދެމީހުން. އެމީހުން މިކަން ކުރަމުން ދިޔައީ މިރާއްޖޭގެ ބޮޑު އިބިލީސް "ކެނެރީގޭ މުހަންމަދު ނަޝީދު" ގެ ވަސްވާހަށް ހެއްލިގެން ފައިސާގެ ދަހިވެތިކަމުގަ. އެކަކު މަރުވީގޮތް ނޭގުނަސް ދެންހުރިމީހާ މަރުވީ އިންޒާރު ލިބުމަށްފަހު ކަމަށް ބުނެއުޅޭ. ސުވާލަކީ، އިންޒާރު ލިބުމަށްފަހުވެސް ދަންވަރު މަގުމަތީގާ ހިނގާފަ އުޅެން ބިރެއްވެސް ނުގަނޭ ހެއްޔެވެ؟ ކޮންމެ ގޮތެއް ވެގެން ނަމަވެސް ޢާންމުން ނިކުމެ އަމިއްލަޔަށް ޙުކުމް ތަންފީޒު ކުރަން ޖެހޭނަމަ މިރާއްޖޭގަ ސަރުކާރެއް އޮތުމުގެ ބޭނުމެއްނެތްތާ! ޔާމީން ރަޝީދު އަކީ މުޖޫ ނަޢީމް ކިޔާމީހަކާ މާގުޅިގެން ދެމީހުން ބައިވެރިވެގެން ވަރަށްބޮޑަށް އިސްލާމް ދީނަށް ފުރައްސާރަކުރަމުން ދިޔަ ޒުވާނެއް. އެއވެސް ދީނެއް ގަބޫލުކުރާމީހެއްނޫން. މިކަން ސާބިތުވާނެ ވީޑީޔޯ ހެކި އެހެރީ ޔޫޓިއުބުގަ. ބަލާލާ. މުޖޫނަޢީމް ބުނީ އިސްލާމްދީނާ ފޮށެނީ އެދީނުގެ ސަބަބުން ދުނިޔޭގެ ހަމަޖެހުން ނެތެމުންދާތީކަމަށް. މިކަހަލަ ބައިވަރުމީހުން ދިވެހީންގެ ގޮތުގަ ހަރުން ނުނިކުމެވިފަ އެބައުޅޭ. މަރާލަފާނެތީ ބިރުން. އެމީހުންނަށް މިނިވަންކަން ނުލިބިގެން އެމްޑީޕީ ގެ ރޫޙާނީ ލީޑަރު އެއުޅެނީ. އާނިޔާ މިކަމަށް ހެކިވާނެ. އަހާބަލަ. ލިޔަން އެބަހުރި ބައިވަރު ވާހަކަ. ނަމަވެސް މިވަގުތު ދެން ނިންމާލީމެވެ.

    • ލޖ

      އަސްލުވެސް

  39. އަހްމަދު

    އެ3 މީހުންގެ ވާހަކަ އަބަދު މީޑިޔާ ތަކުން ކިޔަނީ އެހެން ބައެއްގެ ވާހަކައެއްނުކިޔާ. އެއީ ވާގޮތަކީ. ކީއްވެ ވަކިބައިގަނޑެއް ނަޝީދު މިނިވަންކުރަން އެއުޅެނީ. ކީއްވެ ކާނަކްނާޒިމް މިނިވަންކުރަން ނޫޅެނީ. މިހިރީ ހައްތަހާވެސް ސުވާލު.

  40. ޕްރޮފެސަރ

    އެންމެ ތިން މައްސަލަ އުގައިލް އަށް ފެނުނީ ކީއްވެ؟
    ޖަވާބް ވަރަށް ސާފް 1- އަމިއްލައެދުން
    2- މާމޮޅަށް ކިޔެވިފަ ހުރީމަ ދިވެހިން ހައްލާލެވޭނެކަމަށް ހީކުރުން
    3- ޔަހޫދީންގެ ބޫޓުދަށުގަ ދޫލާ މީހަކަށްވުން

    • އިނާ

      ވަރަށް ތެދު

    • ޙާލަތު

      އަމިއްލަ އެދުން ވަރައް ސާފު... ކިތައްއަހަރުތަ މިވަނީ....

  41. އިންސާފް

    ޖަޒީރާ އިންސާފްގެ ލަގަބު ވިއްކައިގެން އައި ބައިގަނޑު ވަޢުދުވި ގޮތަށް އަފްރާޝީމްގެ މަރުގެ ފަހަތުގައި ތިބި މީހުން ހާމަކުރުމަށް ގޮވާލަން.

  42. އަސްލު ހޯދާ

    " އަފްރާޝީމަކީ ފަހުގެ ތާރީޚްގައި ދިވެހިރާއްޖެ ދުއް އެންމެ ވަރުގަދަ އެއް އިލްމުވެރިޔާ އެވެ. ރިލްވާނަކީ ޖެހިލުން ކުޑަ ނޫސްވެރިއެކެވެ. ޔާމީން ރަޝީދަކީ ވެސް އެފަދަ ޖެހިލުންކުޑަ، ފަންނުވެރި ޒުވާނެކެވެ." މިހިރީ ބުނެފަ ވަރަށް ވާހަކަ. އެއީ މި ތިން މީހުންގެމަރުގެ ޙަޤީޤަތް ހޯދަން ޖެހޭ ސަބަބު. އަޞްލަކީ ހޯދަން އެއުޅެނީ ޑރ. އަފްރާޝީމް މަރާލިމީހަކު. ނުވަތަ އެމަރުގެ ޙަޤީޤަތް. އަނެއް ދެމަރަކީވެސް ހަމަ އަފްރާޝީމްގެމަރާ ގުޅޭ ދެމަރު. ރިލްވާން ގެއްލުނީ. މަރުވިއްޔޭ ބުނީ އިހަށްދުވަހަކު މިއުޅޭ ވަގުފައިސާގެޔަށް ވެއްދި ޔަމީނު. އަފްރާޝީމްގެ މަރުގެ ޙަޤީޤަތައެކު އަދި އިތުރު ހައެއްކަމީހުންގެ މަރުގެ ޙަޤީޤަތްވެސް ފަޅާއަރަނެ.

  43. ައައްޔު

    ކީއްވެބާ ކުރިން އެހީތެރިކަން ފޯރުނުކޮށްދިނީ ސުވާލު އުފެދޭ ނިޔަތާއިމެދު

  44. މަރީ

    ވަރަށް ރަގަޅު ވާހަކައެއް..

  45. ލޖ

    ވަރަށް ރަގަޅު

  46. ދދ

    ތައުލީމީ ގޮތުންކުރިއަރާފައިވާ މީހުންނަކީ ތެދުވެރިކަމާއި އަމާނާތްތެރިކަމުގެ ގޮތުން ކުރި
    އަރައި، ގައުމަށާއި ރައްޔިތުންނަށް އެމީހުންގެ
    ދެތުވެރިކަން ގަބޫލް ކުރެވިފައިވާ މީހުންނެވެ
    ރަނގަޅު ދަނޑިވަޅުގައި ނާޖާއިޒް ފައިދާނަގަން
    ފައިނަގާ މީހުންނެއް ނޫނެވެ

  47. ފަޤީރު ކަލޯ!

    ވަރަށް ރަގަޅު ވާހަކަތަކެއް! ތިބުނާ އުޤައިލް ސިޔާސީ ފިކުރެއްގައި އުޅޭ މީހަކަށް ނުވާނަމަ އޭނާއަށްވެސް އެގޭނެ އެތިންމީހުންގެ މަރުގެ މަސްއަލަ ތަކުގައި ހިމެނޭ މީހުން ނުހޯދިގެން އުޅެނީ ނަފުސާނީޢިލްމުވެރިޔަކު ނެތިގެން ނޫންކަން! ސިޔާސީ ވާދަވެރިކަމެއްގެ އޮއިވަރުގައި ތަޙްޤީޤު ކުރިއަށް ނުގެންދެވިފައި އޮތީކަން! ވީމާ އޭގެން ދޭހަކޮށްދެނީ ސިޔާސީ ގޮތުން މަޝްހޫރުވާން އުޤައިލް އުޅޭކަމެވެ. އުޤައިލް އަކީވެސް އިގިރޭސިންގެ ޕަޕެޓެކެވެ. އެމީހުންގެ ތުންފުއްސެކެވެ. އޭނާ ހީކުރަނީ ޢިލްމުނަފުސިއްޔާތު އެގެނީ އޭނާއަށް އެކަނިކަމަށެވެ. އެގޮތައް އޭނާ ހީކުރުމަކީ ވަރަށް ބޮޑު ގޯހެކެވެ. އަދި އެގޮތައް އޭނާ ހީކުރުމަކީ އޭނާގެ "އަކަޔަންބޯ" ކަމެވެ.އިލްމުވެރިން އެކަހަލަ ސިޔާސީ ކަންކަމުގެ ތެރެއަށް މިޒަމާނުގައި ވަދެގެން ހަދާގޯސް މާބޮޑުވާނެ! އަދި އޭގެ ފެށުން ގުޅިފައިވާނީ އިގިރޭސިޔަހޫދީންނާއެވެ. ޝުކުރިއްޔާ!

  48. ކަނޑުކޮަސް

    އިލްމީ ބޭފުޅެއްގެ ގޮތުގައި ހުރުމުގެ ބަދަލުގައި ސިޔާސީ ގޮތުން ހަރަކާތްތެރިވުމުން އަގު ވެއްޓިފައިވާ ބޭފުޅެއްގެ ގޮތުގަ ދިވެހިން މިހާރު ޕްރޮފެސަރ ދަންނަނީ. މި ގައުމުގަ ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެ ސިޔާސީ ލީޑަރުންނާ ބުރިޖް އަޅާނީ ހަމަ ދުނިޔޭން މޮޔަވެފަ ހުރި މީހެއް.

  49. ޞަަލިި

    ޥަރަށް ރަނގަޅު ވާަހަކައެއް

  50. މީ

    ނުދައްކާނެޫންތަ މިޤައުމުގަވެސް ނުހައްޤުން މަރާފައޮތީ ތިންމީހުން

  51. ޙާލަތު

    ހިލޭ ސާބަހައް އެހެން ކަމެއްގައި އެހީ އެއްނުވެވޭ. ގައުމުގެ ހާލަތު ރަގަޅުކުރަން. ގުދޯ ގޮދޯ،

  52. ބުރޯ

    އެއީ އެމްޑީޕން ނައްތާލި 3 މީހުންވީމަ އެމްދީޕީ އެކަމުންސަލާމަތްވޭތޯ ބަލަންވެގެން.

  53. ޙުސެން

    މި މައްސަލަތައް ބެލުމުގައި ޕޮލިހުން ނުކުޅެދިގެން އުޅޭތީ އެކަމާ ޢުޤައިލް އެހީތެރިވެދެއްވަން އުޅުއްވުމުން ބަޔަކަންބޮޑުމިވަނިީ ކީއްވެތޯ ސުވާލު އުފެދެއެވެ.

  54. ސައުދުﷲ

    ނޫސްވެރިޔާ އަށް ސެލިއުޓް ކުރަން... ވަރަށް ރަގަޅުވާހަކަ ތަކެއް... އިންސާފް ލިބެންވާނީ އެންމެހައި ރައްޔިތުންނަށް އެއްވަރަކަށް...

  55. ފުވައްމުލައް

    ކޮބާތޯ ފުވައްމުލަކުން ގެއްލުނު މީހާ ގެ ވާހަކަ ؟؟؟

  56. ޝުރުހީ

    ޔާމީނު ހަމަ އެއްވެސް މަރެއް ބަލަން ހަނދާން ނެތުނީބާ. ވަގުތު ނުވީދޯ ވައްކަމުގެ ފޯރި ގަދަވެގެން