އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބުދުﷲ 12 އަހަރަށް އަހަރަށް ޖަލަށް ލާން ކޮށްފައިވާ ޙުކުމުގެ މައްސަލަ އަލުން ބަލައިދިނުން އެދި ސްޕްރީމްކޯޓަށް ހުށަހަޅައިފި އެވެ.

އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރު ވިދާޅުވީ ޝައިޙް އިމްރާންގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމް އިސްތިއުނާފު ކުރުމަށް ހުށަހެޅި މައްސަލަ ބަލައި ނުގެން ބޭރުކޮށްފައިވާ މައްސަލަ އަލުން މުރާޖާ ކުރުމަށް އެދިފައިވާނެ ކަމަށެވެ.

އަލީ ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އިމްރާންގެ މައްޗަށް ކޮށްފައިވާ ޖަލު ޙުކުމް އިސްތިއުނާފް ކުރުމަށް ސުޕްރީމް ކޯޓަށް ކުރިން ހުށަހެޅި ހުށަހެޅުން ބަލައިގެންފައިނުވާތީ އަލުން އެނިންމުން މުރާޖަޢާ ކޮށްދެއްވުން އެދި ސުޕްރީމް ކޯޓަށް ވަނީ ހުށަހެޅިފައި." ކަމަށެވެ.

އޭނާ ވިދާޅުވީ ޕާޓީތަކުގެ ލީޑަރުން މިނިވަން ކުރުމަކީ ވެރިކަމުގެ ބާރުތައް ބަދަލު ކުރުމުގެ މަސައްކަތައް ނުހަނު ބޭނުންތެރިކަމެއް ކަމަށެވެ.

އިމްރާން ޖަލަށް ލުމަށް 2015 ވަނަ އަހަރު ކްރިމިނަލް ކޯޓުން އިއްވި ޙުކުމަށް ހައިކޯޓުން ވަނީ ތާއިދު ކޮށްފައެވެ. ހައިކޯޓުގެ ހުކުމަށް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެ ސުޕްރީމް ކޯޓުން ވަނީ އިމްރާންގެ އިސްތިއުނާފް މައްސަލަ ބަަލައިނުގަތުމަށް ނިންމާފައެވެ.

ނަމަވެސް ފެބްރުއަރީ 01 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އާދަޔާއި ހިލާފު އަމުރުގައި އިމްރާން މިނިވަން ކުރުމަށް އަމުރު ކޮށްފައިވެއެވެ. އެއަމުރު ފަހުން ސުޕްރީމް ކޯޓުން ވަނީ ބާތިލް ކޮށްފައެވެ.

ޤާނޫނު އަސާސީ ބުނާ ގޮތުން ސުޕްރީމް ކޯޓުގެ އަމުރެއް ނުވަތަ ޙުކުމެއް ބާތިލް ކުރެވޭނީ ހަމައެކަނި ސުޕްރީމް ކޯޓަށެވެ. އެހެންކަމުން އިމްރާންގެ މައްސަލައިގައި މިހާރު ގޮތެއް ނިންމުމުގެ ބާރު އޮތީ ހަމައެކަނި ސުޕްރީމް ކޯޓަށެވެ.

އިމްރާން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަތްކަމެއް އަދި ކަށަވަރެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. އެމީހާ

    ކޯޓުން އިމްރާނު ސަލާމަތް ކޮށްދޭނެކަން ޔަގީން

  2. ދޮންފަން

    ތިޔަމައްސަލައިގައި ހުކުމް އޮތީ ލިޔެފައި އެއީ މިނިވަން ވުން ކުށެއް ނެތް ހުރިހާ ފަޑިޔާރުންގެ އިއްތިފާގުން

  3. ކަލޯ

    ކީއްކުރަން ބަލާދޭން އެދެނީ! ތީބޭކާރު ވަގުތުތަކެއް ގެއްލުވާލަން އެދޭ އެދުމެއް! އެދޭ ހުކުން ބާތިލްކުރަން! އޭރުން ޓިސްލައިފަ ނެރޭނެ" ދެންފަހެ މީނާގެ މައްޗައް ކޮއްފައިވާ ހުކުމަކީ އެހުކުމް ކުރަން ފެށިހިސާބުންވެސް ބާތިލް އެއްޗެކޭ ސޯ ވިތްދަ ޕަވަރ ވެސްޓަޑް އޮން އަސް ވީ ހިއަރބައި ޑިކްލިއަރ އިމްރާން ސެންޓެންސިން ވޮއިޑް އެން އެނަލްޑް".

  4. ޓައްޕު

    ފެބްރުއަރީ 1 ހުކުމުގައި ރައީސް ނަޝީދު ދޫކޮށްލި ފަދައިން ޝައިޚް އިމްރާނާއި ވީ ޕީ އަދީބާއި ކާނަލް ނާޒިމް ވެސް ދޫކޮށްލާފައި ވިޔަސް،، ސްޕްރީމް ކޯޓްގެ އަމުރަކުން ބުނެވިދިޔަ 1 ފެބްރުއަރީގެ ޙުކުމް ބާތިލްކޮށްފައިވާތީ އިސްވެ ދެންނެވުނު 4 ބޭފުޅުންގެ ތެރެއިން 3 ބޭފުޅުންގެ ޙުކުމް ދަނީ ރާއްޖޭގައި ތަންފީޒު ކުރެވެމުންނެވެ. މީގެ ތެރެއިން ޝައިޚް އިމްރާންގެ ހުކުން ރިވިއު ކުރާ ވާހަކަ އަދާލަތު ޕާޓީންވަނީ މީޑިއާ މެދިވެރިކޮށް ރައްޔިތުންނާއި ޙިއްސާ ކުރައްވާފައެވެ. އެހެންކަމުން ރައްޔިތުންނަށް ސާފު މަންޒަރެއް ފެންނަގޮތަށް އެމް.ޑީ.ޕީން ރައީސް ނަޝީދުގެ ޙުކުމް ރިވިއު ކުރުމަށް ސްޕްރީމް ކޯޓުން ތިޔަ ކުރައްވަމުން ގެންދަވާ މަސައްކަތް ޙިއްޞާ ކުރުން ބުއްދިވެރިއެވެ.

  5. ނިޢަމް

    ސްޕްރީމްކޯޓުން ތައީދުކޖޮށްފައޮތް ކަމެއްއެއީ! ތިހެންދާކަމަށްވަންޏާ މަކަރާޙީލަތުން ހޯދި ވެރިކަމުގެ ވޯޓް އުވާލަންވެސް ހަމަ ދެވޭނެތާ އަލުންވެސް؟

  6. ކުޅި މިރުސް

    އިމްރާނުވެސް ދޫކޮއްލަންވީ. އަވަހަށް! މުޅި ޖަލު ހުސްކޮށް އޮތުމަކީ، ފަށައިގަންނަ 100 ދުވަސްތެރޭގައި، ހަމަ ޔަޤީނުން ވެސް އިބޫގެ ބޮލައް ވ ބޮޑަށް ފަސޭހަވެ ލުއި ލިބޭނެ ކަމެކެވެ. ރައްޔިތު މީހާ ކޮއްމެފަދަ ނުފޮރުއްޕާނަކާއި ކުރިމަތިލާން ޖެހުނަސް ވެހެވެ،!!!

  7. ބޮލި މުލައް

    ހުށަހަޅާނެކަމެއްނެތް ގާސިމުކައިރީ ބުނެގެން ފަނޑިޔާރުލައްވަ ބުނެލާ ތީ މިނިވަނެކޭ.
    މިއޮށް ޖުޑިޝަރީއެއްދޯ

  8. މުޙައްމަދު

    ރާއްޖޭގެ ހަމަޖެހުމާއި ސުލްހަ މަސްލަހަތު ދެމެއްޓުމައްޓަކައި އެންމެ ރަނގަޅު ގޮތަކީ ނަޝީދުވެސް ސްޕްރީމް ކޯޓަށް މަސްއަލަ ހުށަހަޅައިގެން ކޯޓުން ގޮތެއް ނިއްމުން. ނުރަޅު ގޮތުގަ ބާރުގެ ބޭނުން ކުރުމުގެ ނަތީޖާ 2012 ފެބުރުއަރީ 7 ގަ އަދި 23 ސެޕްޓެމބަރު 2018 ގަ ވަނީ ފެނިފަ. ވީމާ ނިޒާމުގެ ތެރެއިން ކަންކަން ކުރުން އެއީ އެންމެ މޮޅުގޮތް. ރައީސް މައުމޫނު އަދި ގާސިމް ވެސް ކަންތައް ކުރިގޮތް ބައްލަވާ އަދި މިހާރު ޢިމްރާނު ވެސް ވަނީ އެސް.ސީ އަށް މަސްއަލަ ހުށަހަޅާފަ

  9. ފެންނަގޮތް

    ބަލާނެ ކަމެއްނެތް ދޫކޮށްލާ ސަދޫމް ސިޓީ

  10. ޒާ

    ޖަލުގައި ތިބި އެންމެންގެ މައްސަލަ އަލުން ބަލަން ހުށަހެޅިޔަސް މިހާރު އެންމެން ދޫކޮށްދޭނެ. އެކަން ކޮށްބަލަ.

    • ޕްރޮފިޓް ޔޭސް ޔޭސް

      ޖަލުތަކުން ހުރިހާ މީހުން ނެރެފަ އެތަން ގެސްޓް ހައުސް އަކަށް ހަދާފަ ދައުލަތަށް އޭގެ ޕްރޮފިޓް ލިބޭ ގޮތަށް ނޫނީ ރައްޔީތުންނަށް ލިބޭގޮތަށް ހަދަމާދޯ. އޯގާތެރި ސަރުކާރަކުން ކުށެއްކުރިޔަސް ޑިމޮކްރްސީއާ ހިއުމަން ރައީޓްސްގެ މާފަކުން މާފްވެ އެމީހުން ދޫކޮށްލަންވާނީ. ދީވެހިން ވިލް ޑީލް ވިތް ޕަނީޝްމެންޓް އާފްޓަރ ޑެތް. މާތްﷲގެ ހުކުމްފުޅެއްގެ އަގެއްނެތް ދިވެހިރަައްޖެއަކު. ސޯ ސޭޑް އެންޑް ސްކޭރީ. ޢަސްތަޢްފިރުއްﷲ!

  11. އަލީ

    ތިމަސްއަލަވެސް ކާމިޔާބު ވާނެ.ވަކީލް މީހާވެގެންދާނީ ނަސީބު ވެރިޔަކައް.އެއީ ބޮޑުލާރިގަޑެއްލިބޭނެތީ. މިހާރު އޮތްސަރުކާރުގެ އެއްވެސް ލީޑަރެއްގެ މަސް އަލައެއްދިފާއު ކުރަން ވަކާލާތު ކުރަންދިއުމަކީ މޮޔަކަމެއް.

  12. އަބްދުއްލާ

    އިމްރާން ގެ ހުކުމް ސްޕްރީމްކޯޓުންވަނީ ދަމަހައްޓާފަ ވީމާ ފެބްރުއަރީ 1 ގެ އަމުރު ގާނޫނުއަސާސީގެ 142 އާއި64 ވަނަ މާއްދާ އާ ތައާރަޒް ވޭތަ؟ ނުވަތަ ނޫންތަ ؟ވިދާޅުވެ ބައްލަވަ . ފެބްރުއަރީ 1 ގަ ކީއްވެ އިމްރާންގެ ހުކުމް ބާތިލް ނުކުރީ ؟ ބާތިލް ކުރިނަމަ އެވަގުތުން ފެށިގެން އިމްރާން މިނިވަންވީސް ދޯ ؟ ދޫކޮށްލަން އަމުރު ކުރިޔަސް ގާނޫނުއަސާސީގެ 133ގެ ޅ އާއީ 164 އެކަމަށް ހުރަސް އަޅާ ތަ ؟ ނުވަތަ ނޫންތަ ؟

  13. ޚާރާ

    އެންމެން ދޫކޮއްލާފަ ޖަލު އުވާލާ. މަނާ ކަންތައްވެސް އުވާލާ. އެމީހަކު އުޅޭނެގޮތަކައް އުޅެން ހުރިހާކަމެއް ހުއްދަ ކުރޭ. ޖަޒީރާ ރާއްޖެ.

  14. ނިގޫ

    މާ ލަސްވެއްޖެ. އަވަހަށް ހުށަހަޅާ. ހުކުމް އޮތީ ލިޔެފާ. ކުރީ ހުކުމް ބާތިލް. މިހާރު މިނިވަންވީ.

  15. މުދިމްކާޅު

    މިހާރުގެ އަމުރު: ކުރީ އަމުރު ބާތިލް. މިހާރު މިނިވަންވީ.

  16. އަފްލާ

    ސްޕްރީމް ކޯޓުން ނިންމައިފި ނިންމުމެއް ވާނީ ގަބޫލު ކުރަން އޭގެ މާނައަކީ ހައްގައް ނަސްރު ލިބުމެއްނޫން އުހުދު ހަނގުރާމައިގަ ކާދަރުންނާ މުސްލިމުން ހަގުރާމަކޮށް ކާފަރުން މޮޅުވީމަ އެމީހިން ބުނީ ތިމަންނަ މެނަނަށޭ ހައްގައްނަަސްރު ލިބުނީ ކިޔާފަ ބޮޑާހޭކި އެހެންވީމަ ކަމެއް ކާމިޔާބު ވާ ކޮންމެ ބަޔަކީ ހައްގައްނަސްރު ލިބުމެއްނޫނަ ދޮގާ މަކަރާ ހީލަތުން ކަމެއް ކާމިޔާބު ވުމަކީ އަދި އެދުނީޔޭގެ ޢަޒާބުން ެެކޭނެ ކަމެއްނޫން ކުއްކުރާ ކޮންމެ މީހެއްގެ މައްޗަށް ކުއްސާބިތެއްނުވާނެ އޮޅުވާލުމެއްގެ ތެރެއިންވެރިކަމަށް އަރައި ގަތުމަކީވެަް ސް ބާތިލު ކަމެއް އެހެންވީމަ އިބު ހުވާކުރިޔަސް ވާނީ ހަމަ ބާތިލް ހުވަޔަކަށް އެއީ ވޯޓް އޮޅުވާލުމާއި މަކަރާ ހީލަތް ހިމެނޭތީ ސާބިތުނު ވުަމަކީ މޮދުނިޔޭގަ ވެދާނެ ކަމެއް

  17. ސައިމަން

    ދޫކޮއްލާނެ އާސަރުކާރުން ހުކުން އާކުރަނީ ހެޔޮވެރިކަމެއްގަ ޖިލުގަ މީހުން ނުތިބޭނެ ނަމުން ސޯލިހް ކަމުން މަކަރު