އިލްހާމް އަހްމަދު ރައްޔިތުން މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ މައްސަލަ އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ކުރިއަށްގެންދާ ޝަރީޢަތުގެ އަޑުއެހުންތައް ނިންމާލާ ޙުކުމް ކުރަން ތައްޔާރުވެއްޖެއެވެ.

މިމައްސަލައިގައި މިއަދު އޮތް އަޑުއެހުން ނިންމާލަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި ދެން އޮންނާނީ ޙުކުމް ކުރުން ކަމަށެވެ.

އިލްހާމްގެ ފަރަތުން ސުޕްރީމް ކޯޓުގައި އެދުނީ މިދިޔަ އަހަރުގެ 9 ޖުލައި ގައި ޕީޕީއެމް އިން ވަކިވާން ސިޓީ ލާފައި ވާތީ އާއި 10 ޖުލައި ގައި ޕީޕީއެމް އިން ވަކިވާން އިލެކްޝަންސް ކޮމިޝަނަށް ފޯމް ލާފައި ވާތީ އޭނާ އެތާރީޚްގައި ޕީޕީއެމް އިން ވަކިވެފައިވާ ކަމަށް ނިންމައި ދިނުމަށެވެ. އަދި ޙުކުމް ކުރައްވާއިރު ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ދާދިފަހުން ނިންމާފައިވާ މައްސަލަތަކަށް ރިޢާޔަތް ކޮށްދިނުމަށް އިލްހާމްގެ ފަރާތުން އެދުނެވެ.

އިލްހާމް އަނބިކަނބަލުންނާއި ކޮއްކޮ އާއި އެކު މިއަދު ސުޕްރީމް ކޯޓުގެ ބޭރުގައި މަޑުކޮށްލައިގެން – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ
އިލްހާމް އަނބިކަނބަލުންނާއި އެކު މިއަދު ސުޕްރީމް ކޯޓުގެ ބޭރުގައި މަޑުކޮށްލައިގެން – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ

ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ވަކީލު މިއަދު ވެސް ޝަރީޢަތުގައި ވިދާޅުވީ އިލްހާމް ޕީޕީއެމް އިން ވަކިވީ 20 ޖުލައި 2017 ގައި ކަމަށާއި އެހެންކަމުން އިލްހާމްގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅައި ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އިލްހާމްގެ ވަކީލް ވިދާޅުވީ ޕާޓީ އިން ވަކިވާނެ ގޮތް ޕާޓީގެ އަސާސީ ޤަވައިދުގައި ބަޔާންކުރަން ވާނެ ކަމަށް ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 13 ވަނަ މާއްދާގައި އޮންނަ ކަމަށެވެ. އެމާއްދާއަށް ރިޢާއަތްކޮށް ޕީޕީއެމްގެ އަސާސީ ޤަވައިދުގެ 20 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަމްބަރުގައި ޕާޓީ އިން ވަކިވާނީ ޕާޓީ އިން ވަކިވާން އެދުމުން ކަމަށް ބުނެފައި އޮންނަ ކަމަށް އިލްހާމްގެ ވަކީލް ނަދީމް އަހްމަދު ވިދާޅުވިއެވެ.

އިލްހާމް އަނބިކަނބަލުންނާއި ކޮއްކޮ އާއި އެކު މިއަދު ސުޕްރީމް ކޯޓުގެ ބޭރުގައި މަޑުކޮށްލައިގެން – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ
އިލްހާމް އަނބިކަނބަލުންނާއި އެކު މިއަދު ސުޕްރީމް ކޯޓުގެ ބޭރުގައި މަޑުކޮށްލައިގެން – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ

ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ވަކީލް އައިޝަތު ސުމައިނާ ވިދާޅުވީ އިލްހާމް ޕާޓީ އިން ވަކިވާން އިލެކްޝަންސް ކޮމިޝަނަށް ފޯމް ލުމުން ޤަވައިދާއި އެއްގޮތައް ޕާޓީ އިން ވަކިކުރުމުގެ ކަންކަން ކުރިއަށް ގެންދެވިދާނެ ކަމަށް ސިޓީއަކުން ދެންނެވިން ކަމަށެވެ. އަމަލު ކުރާ އުސޫލަކީ ޕާޓީ އިން އެދިގެން ވަކިކޮށް ނުދީ 14 ދުވަސް ވުމުން އީސީ އިން ވަކިކޮށްދިނުން ކަމަށާއި އެގޮތައް ވަކިކޮށްދެނީ ޒަރޫރީ ހާލަތްތަކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އިލްހާމްގެ ގޮނޑި ގެއްލުނު ކަމަށް ބުނާ މައްސަލައިގައި ޙުކުމް ކުރައްވާނެ ދުވަހެއް ސުޕްރީމް ކޯޓުން އަދި ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އާދިލް މޫސާ

    ތި ހުރިހާ ހުކުމެއް ވެސް ސޭޓް ބޭނުން ގޮތަކަށް ހުކުމް ކުރާނެ. އޭރުން އިންސާފުވެރިވެސްވީ. ވަރަށް ސަލާން

  2. މަރި

    ތި އިލްހާމަކީ ރިޝްވަތުގެ ބޮޑެއް، ފައިސާ އައްޓަކާ ކޮއްފަ ނުކުރާނެ ކަމެއްވެސް ނޯންނާނެ ، ތީނައަށް ހައްގު އަދަބަކީ ގޮޑިގެއްލުން

  3. އާނު

    ހުރިހާ ފަޑިޔާރުންގެ އިއްތިފާގުން ، ގޮނޑި ނުގެއްލޭ

  4. އެކްޝަންސް

    މަމެން އެއްގޮތަކަށް ވެސް ރާއްޖޭގެ ސްޕްރީމް ކޯޓަށް އެއްގޮތަަކަށް ވެސް އިތުބާރެއް ނުކުރަމޭ މިހާރު މިހާރު ތިޔާ ކޯޓުން ނެރެމުންދާ ހުކުމް އަކީ އެއީ ލޮބީ ކޮށްގެން ޕްރައިސް ޓެގް އަޅުވައިގެން ނެރެމުންދާ ހުކުމް ތަކޭ މިފަހަރު އިބޫ ހުވާ ކުރުމުގެ ތިޔާ ހުރިހާ ފަނޑިޔާރުންގެ އެކައުންޓް ލާރޖް ކޮށް ބަރާ ކުރާނެ ކަމަށް މަމެންގެ ދިރާސާ ތަކުން ދައްކަނީ ތިޔާ ބާތިލް ކުރި ހުކުމް އިން ވެސް ބޮޑު ސޭޓް ރަނގަޅު ގިފްޓެއް ދިން ކަމަށޭ މަމެންނަށް ލަފާ ކުރެވެނީ ތިޔާ އެކްޓޭ..

  5. ދޮންތަބޭ

    އިލްހާމް ކޮއްކޯ އަޅާނުލާ އިރުވައި މޫސުން ފެށެން އެއުޅެނީ އިރުވައިމޫސުމުގައި މާވަހަރު ލައްގާހެން މިފަހަރު ގޮޑިތައް ލައްގާނެ، ކޮއްކޮ ބޭނުން އަދި ކޮއްކޮއަށް ހެޔޮވަރު ގޮނޑިއެއްނަގާ،

  6. ފެންނަގޮތް

    ތިޔަ ހުކުމްތައް އަންނާނެ ގޮތް މިހާރު އެނގޭ

  7. އޭނަ

    އެއީ އިލްހާމު އަންހެންތަ؟ ހާދަ ރުޅިއައިސްފަ

  8. އަބޫޖަހުލު

    ސިޔާސީ ހަށިވިއްކާ މީހުންނާއި ގުޅޭނީވެސް ހަށިވިއްކާ މީހުން ޒުބޭރުގެ ވެދުން އިލްހާމަށް