އެކެއް ޕެބްރުއަރީގައި ސްޕްރީމް ކޯޓުން ކުރި ހުކުމް އަލުން ރިވީއުކުރުން އެއީ ގައުމުގެ ހަމަޖެހުމަށް ލިބޭނެ ކުރިއެރުމެއް ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކެއް ފެބުރުއަރީގައި ސްޕްރީމް ކޯޓުން ސިޔާސީ ޕާޓީތަކުގެ ވެރިން ދޫކޮށްލުމަށް ހުކުމެއް ނެރުއްވާފައިވާ ކަމަށެވެ. އަދި ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ލިބިދީފައިވާ "އިންހެރެންޓް އިހްތިސާސް"ގެ ތެރެއިން އެ ހުކުމް ރިވިއުކޮށް ހުކުމެއް ނެރެދެއްވުމަކީ ގައުމުގެ ހަމަޖެހުމަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށް މާރިޔާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދިވެހިން ބޭނުމީ ހަމަޖެހުން ކަމަށެވެ.
Supreme Court ge 1 Feb hukm gai Siyaasee Party thakuge verin dhookurumah SC’n nerefaivaa hukm, SC ge Fandyarun ge “inherent ihthisaas” therein review kuravvaa hukmeh dhevvun e ee qawmuge hamajehumah libeyne bodu kurierumeh kamah qabool kurevey. Dhivehin beynunvey qawm hamajehen! https://t.co/WTgSbDQyOz
— Mariya Didi 🎈 (@MariyaDidi) October 23, 2018
ފެބްރުއަރީ އެއް ވަނަ ދުވަހު މަޖްލިސްގެ ގޮޑި ގެއްލިފައިވާ ކަމަށް ހުކުމްކޮށްފައިވާ 12 މެމްބަރުންގެ ގޮޑި ނުގެއްލޭކަމަށާއި އެކި ސިޔާސީ ދައުވާ އުފުލައި ޖަލު ހުކުމްކޮށްފައިވާ ހުރިހާ ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ސްޕްރީމު ކޯޓުން ކުރި އަމުރު ތަންފީޒު ކުރަން ޖެހޭ ތަނެއް މިހާރު ނެތް ކަމަށް ބުނެ ސްޕްރީމް ކޯޓުން އަމުރު ނެރުނެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ ފަހުން އައުމުރު ރިވިއުކޮށް، އަމުރުގެ ގިިނަ ކަންކަން ބާތިލް ކޮށްފައެވެ،
ސުޕްރީމް ކޯޓުން ފެބްރުއަރީ 01 ގައި ނެރުނު އަމުރު ރިވިއު ކުރަން މާރިޔާ އެދިވަޑައިގަންނަވާއިރު އެއަމުރުގެ ދަށުން "މިނިވަންކުރި" ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ރާއްޖެ ވަޑައިގަތުމަށް ތައްޔާރުވަމުންނެވެ.
ރައީސް ނަޝީދުގެ މައްޗަށް ޖަލު ޙުކުމެއް އޮތުމުން އެމަނިކުފާނު ރާއްޖެ ވަޑައިގަތުމާއި އެކު ހައްޔަރު ކުރުމުގެ ފުރުސަތު އެބައޮތެވެ.
ނަމަވެސް އެމްޑީޕީ އިން ބުނަމުން ދަނީ ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައެވެ.
ފެބްރުއަރީ 1 ހުކުމުގައި ރައީސް ނަޝީދު ދޫކޮށްލި ފަދައިން ޝައިޚް އިމްރާނާއި ވީ ޕީ އަދީބާއި ކާނަލް ނާޒިމް ވެސް ދޫކޮށްލާފައި ވިޔަސް،، ސްޕްރީމް ކޯޓްގެ އަމުރަކުން ބުނެވިދިޔަ 1 ފެބްރުއަރީގެ ޙުކުމް ބާތިލްކޮށްފައިވާތީ އިސްވެ ދެންނެވުނު 4 ބޭފުޅުންގެ ތެރެއިން 3 ބޭފުޅުންގެ ޙުކުމް ދަނީ ރާއްޖޭގައި ތަންފީޒު ކުރެވެމުންނެވެ. މީގެ ތެރެއިން ޝައިޚް އިމްރާންގެ ހުކުން ރިވިއު ކުރާ ވާހަކަ އަދާލަތު ޕާޓީންވަނީ މީޑިއާ މެދިވެރިކޮށް ރައްޔިތުންނާއި ޙިއްސާ ކުރައްވާފައެވެ. އެހެންކަމުން ރައްޔިތުންނަށް ސާފު މަންޒަރެއް ފެންނަގޮތަށް އެމް.ޑީ.ޕީން ރައީސް ނަޝީދުގެ ޙުކުމް ރިވިއު ކުރުމަށް ސްޕްރީމް ކޯޓުން ތިޔަ ކުރައްވަމުން ގެންދަވާ މަސައްކަތް ޙިއްޞާ ކުރުން ބުއްދިވެރިއެވެ.
ރާއްޖޭގައި އިކޮނޮމިކް އިންޑިކޭޓަރސް މިދައްކަނީ އެއީ ހަމަ އެކަނި ޓޫރިޒަމަށް އަންނަ ކުރިއެރުމުންނޭ އެއިން އެކަނި ނުފުދޭނެއޭ ރާއްޖޭގެ އިކޮނޮމީ ޑައިވަރސިފައި ކުރަން ސަރުކާރުން އެކަން ޕްރެކްޓިކަލް ވާނެ އުސޫލުން މަސައްކަތް ކުރާ ތަން ފެނިގެން ނުދެއޭ ކިއެއްވެތޭ ގުޅި ފަޅު އެއްކޮށް ހިއްކާލާ މާލެ ސަރަހައްދުގައި މަސައްކަތް ކުރާ އަމިއްލަ ކޮންމެ ކުންފުންނަކަށް 5 ހާސް އަކަފޫޓްގެ ބިން އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް 100 އަހަރަށް ނުދެނީ
ޙަމަޖެހުން އޮތީ ކަލޭ ވާހަކަ މަދުކޮއްގެން މާރިޔަތޫ!
ފުރާޅުން ޓިނުނެގިމީހުން ނޯ ؟
ކުރިން ހުދުކޮށް ފެނުނު ކޮންމެ މަންޒަރެއް މިހާރު ކަޅަށް ބަދަލުވެ، ކުރިން ކަޅު ކުލައިން ފެނުނު ކޮންމެ މަންޒަރެއް މިހާރު ހުދުކުލައިން އިލެކްޝަންސް ކޮމިޝަނަށްވެސް އެންޓި ކޮރަޕްޝަން ކަމިޝަނަށްވެސް އަދި ކޯޓްތަކަށްވެސް ފެނުމަކީ އިންސާފާއި ހަމަހަމަކަން ކަމަށް ބަޔަކު ގަބޫލު ކުރި ނަމަވެސް ހަޤީޤަތަކީ އެއީއެއް ނޫން!!
މާރިޔާމެން ހިތް ހަމަޖެހެނީ އެމް.ޑީ.ޕީ އަށް ތާއީދު ނުކުރާ ހުރިހާ ދިވެހި ރައްޔިތުންނަށް އަނިޔާވެރިވެ ޖަލަށްލާން ބޭނުންވާ މީހުން ޖަލަށް ލައި އަދި ދިވެހިރާއްޖޭގައިހުރި ރައްޔިތުންގެ ހަރުމުދާ ވިއްކާލެވި ވަޒީފާތަކުން ވަކިކުރަން ބޭނުންވާ މީހުން ވަޒީފާއިން ވަކިކޮށް ބޭނުންވާ މީހުންނަށް ބިންތަކާއި ފްލެޓްތަށް ލިބި ވޭތުވެދިޔަ ދުވަސްތަކުގައި މިގައުމަށް ގެނެވިފައިވާ ތަަރައްގީއަށް ފުރައްސާރަ ކުރެވުނީމަ ދެން އެއޮތީ އެބުނާ ހިތްހަމަޖެހުން ލިބިފައި
ތިޔަ އަމުރުވެސް އަލުން ރިވިއު ކުރަން ސުޕްރީމް ކޯޓަށް ވައްދަންވީ
އެހެންވީމަ ޤައުމުގެ ހަމަޖެހުން މިއޮތީ އެންމެ ހައެއްކަ މީހުންގެ ހައްޤުގަތާ
މާރިޔާ ހަމަ ހޭގަތޯ ހުންނެވީ .ފެބްރުއަރީ 1 ގެ ކޯޓް އަމުރު ގާނޫނުއަސާސީގެ 142 އާ އެއްގޮތްވޭތޯ ނުވަތަ ތައާރުޒް ވޭތޯ ؟ ގާނޫނުއސާސީގެ 133 ގެ ޅ ގަބުނާ ފަދައިން އަމަލުކޮށްފިނަމަ އެއަމުރު ތަންފީޒު ކުރެވިދާނެތޯ ؟ގާނޫނު އަސާސީގެ 64 އާ 142 އަށް ނުފެތޭ ގޮތަކަށް އެއްވެސް ފަރާތަކުން އަނެކަކުގެ މައްޗަށް އަމުރު ކުރެވިދާނެތޯ ؟އަދި މިހާރު ބާތިލް ކުރެވިފައިވާ އަމުރެއް ތަނފީޒު ކުރާވާހަކަ ވިދާޅުވުމަކީ ވަރަށް ހަމަނުޖެހޭ ވާހަކައެއް . މީގެ މާނަޔަކީ ނަސީދު މިނިވަން ކުރެވޭނެ ގާނޫނީ އަދި ސަރުއީ އެއްވެސް ހަމ،ަ ނެތްކަމަށް ފެނިވަޑައިގަންނަވަނީތޯ ؟