13 އަހަރުގެ ޖަލު ހުކިމެއް އިއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކޮށްފައިވާ ޖަލު ހުކުމުގެ މައްސަލަ ސުމޯޓޯ މައްސަލައެއްގެ ގޮތުގައި ބަލައި ސުޕްރީމް ކޯޓަށް އެ ހުކުމް ބާތިލްކުރެވޭނެ ކަމުގައި ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ދިވެހިރާއްޖޭގައި މިހާރުއޮތް ސުޕްރީމްކޯޓުގެ އަޣުލަބިއްޔަތަށް ބަލާއިރު، އެއީ ކުރީގެ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންގެ މައްޗަށް ސުމޯޓޯކޮށް ދައުވާ އުފުލައި އެބޭފުޅުންނަށް ޙުކުމް ކުރެއްވި ބައެއް ކަމަށެވެ.

"ރައީސް ނަޝީދުގެ މައްސަލައިގައި ކޮށްފައިވާ ނުހައްޤު ހުކުމް ސުމޯޓޯކޮށް ބާތިލް ނުކުރެވެންވީ ސަބަބެއް ނެތް" ދިޔާނާ ވަނީ ވިދާޅުވެފައެވެ.

ދިޔާނާ ކުރެއްވި އެހެން ޓްވީޓެއްގައި ވަނީ "ހައްގަށް ލޯ ނުހުޅުވި ރާއްޖެ އޮތް އިރު އައްވާއި ވާރޭގައި މާކަނޑުތައް ހުރަސްކޮށް އެއް އަށިން އަނެއް އަށިން ހިނގާ އެތައް ގުރުބާނީއެއްވި ދިވެހިންނަށް ހައްގު މިންވަރު ދަސްކޮށްދެއްވި މީހާ ގެ ހައްގު ފަނޑިޔާރުގެއިން ނިގުޅައިގެންފައިވާ ކަމަށާއި، އިންސާފު ހޯދަން އަނބުރާ އެތަނަށް ދާނީ ކިހިނެތޯ" ސުވާލު ކުރައްވާފައެވެ.

ދިޔާނާ މިހެން ވިދާޅުވިއިރު "ވީ ހާލެއްގައިވާން" އަންނަ މަހުގެ ފުރަތަމަ ދުވަހު ރާއްޖެ ވަޑައިނަންނަވާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރަން އަމުރު ކުރި މައްސަލައިގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ ރައީސް ނަޝީދު 13 އަހަރަށް ޖަލަށް ލާން ހުކުމް ކުރީ 2015 ވަނަ އަހަރެވެ. ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް އާލާސްކަންފުޅެއްގައި 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު ރައީސް ނަޝީދު ބޭސްފަރުވާއަށް ވަޑައިގެންނެވުމަށް ފަހު އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައިގެން ދިރިއުޅުއްވަމުން ގެންދަވަނީ އެގައުމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

41 ކޮމެންޓް

  1. Anonymous

    ތިޔާ ގޮނޑި ގެއްލިފައިވާ 12 މެމްބަރުން އަނބުރާ މަޖްލީހަށް ގެންނާން އުޅެނީ ބޮޑު ސޭޓް ހުކުމޭ މެންނަށް ފިލި ޖަހައިގެން އަންދާ ގާނޫނުގެ ތެރޭން ކަން މުޅި މާލެ ދަނެއޭ އެއީ އެންމެން ދަންނަ ބޮޑު ސިއްރެކޭ މިހާރު އެންމެ މަތީ ކޯޓް އެއީ ސިޔާސީ ޕާރޓީ ތަކުގެ ބޮޑުން ގަނެ ވިއްކާ ހުކުމް ހުންނަ ހުކުމް މާރުކޭޓް އެކޭ އެއްފަދަ އިހްސާސް ތަކޭ ކުރެވެނީ ތިޔަށް ނުކިޔާނ އިންސާފެކޭ ތިޔާ 12 މެމްބަރުން ނަށް މަޖްލީހުގެ މެމްބަރު ކަން ދޭން އެމެންނަށް ވޯޓް ދިންމީހުން ނުބުނޭދޯ.

  2. ރައްޔިތުން

    ތިމައްސަލަ ސުޕްރީމް ކޯޓަށް ވައްދަން އެވާހަކަ ދައްކާތާ މިހާރު ކިހާދުވަހެއް، ވީއިރު އަވަހަށް ވައްދައި ގޮތެއްހޯދާ.

  3. ހައްގު

    ނަޝީދުއައް ކޮން ހައްގެއްތޯއޮތީ އިސްލާމްދީނަށް މަލާމތްކުރަން، ފަނޑިޔާރުން ވަގަށް ނަގަން؟ ނަޝީދު މިނިވަންކުރަންޏާ އައިދައިގެ ނިކަމެތި ދިވެހިންނަށްވެސް ފަނޑިޔާރުން ވަގަށްނެގުމުގެ ހައްގު އޮންނަން ޖެހޭނެ

  4. މޫސާ

    ދިޔާނާ ތި ހުރީ އިންސާފުން ބޭރު ވެފައި! ނަސީދަށް ކޮށްފައިވަނީ ޙައްޤު ޙުކުމެއް!

  5. އަބްދުއްލާ

    ނަސީދުގެ މައްސަލަ ސުމޯޓޯ މައްސަލަޔެއްގެގޮތުގާ ބެލުމުގެ ހައްގު އޮތްނަމަ ޖަލުގައިވާ ހުރިހާފަރާތްތަކުގެ ހައްގު ކޮބާ ؟ އަދި ގާނޫނުއަސާސިގެ 17 ވަނަ މާއްދާ ކޮބާ ؟މައާފް ދިނުމާ އަދަބަށް ލުއި ދިނުމުގެ ގާނޫނު ކޮބާ ؟ ގާނޫނުއަސާސީގެ 18 ވަނަ މާއްދާ އާ 17 ވަނަ މާއްދާ އާ 20 ވަނަ މާއްދާ ގަ ދަވްލަތުގެ މައްޗަށް ލާޒިމް ކުރާ ހަމަހަމަ ކުރުމުގެ ހައްގު ކޮބާ ؟ ޓެރަރިޒަމްގެ ގާނޫނުގަ ބުނާ ރަހީނު ކުރުމަކީ ކޮބާ ؟ ތިޔަކަން ކޮށްފަިނަމަ މިގައުމުގާ ގާނޫނުއަސާސީ އެއްވެސް ނެތް .ގާނޫނެއްވެސް ނެތް ގާނޫނުލް އުގޫބާތެއްވެސް ހެއްކާބެހޭ ގާނޫނެއްވެސް ޖިނާއީ އިޖްރާތުގެ ގާނޫނެއްވެސް ނެތް މުޅިގައުމުގާ ކަނޑުގެ އުސޫލް ގާއިމްވީ . ބޮޑެތިމަސް ކުދިމަސް ކާލުމުގެ އުސޫލު މިގައުމުގާ ގާއިމްވީ . ވައްސަލާމް.

  6. ފެންނަގޮތް

    މިހާރު ސުމޯޓޯ އެއް މަޓާޓޯ އެއް ނެތެއްނު ހުކުމް ކޮށް މީހުންތައް ދޫކުރުމުގައެއް

  7. ރޮކް12

    ގާޒީއަކު ވަގަށް ނެގިކަމުގެ މައްސަލަ އަލުން ބަލާ ނަޝީދަށް ހައްގު ހުކުމް ކުރެވެންޖެހޭނެ!

  8. ޭަބޮއިހަލާކު

    އެމނިކުފާނު އުޅުއްވަނީ ދިވެހިރާއްޖެ ބަނޑަށް ޖެއްސުމުގެ މަސަތްކަތާއި އަދި މިގައުމުގެ މިނިވަންކަން ނިގުޅައިގަންނަން ބޭރުގެ އެހީ ހޯދުމަށް ވަރަށްބޮޑަށް އަވަދިނެތި އެ މަނިކުފާނު ކިހާ ރަނގަޅުތޯ އެވަރުގެ ބޭފުޅަކު މި ގައުމުގެ ބަޖެޓުން ބޮޑު މުސާރަ ނަންގަވައިގެން ބޭރު ގައުމުތަކުގައި ނާޗަރަންގީ ކުޅުއްވުމަށް އުޅުއްވާފަ ދެން ރާއްޖެ ވަޑައިގަންނަވަން ޖެހޭނީ ހަމަ ހުދު ކާފޫރުކޮޅެއްގެ ސިފައިގަ ދިޔާނައްތަ ދެއްކެވީ ވަރަށް ރަނގަޅު ވާހަކައެއް އެމަނިކުފާނު ގަދަ އަވީގަ ބޯވިއްސާރައިގަ ގަދަ ކަނޑުގައި ދަތުރު ކުރަމުން ދިވެހިންގެ ހަޔާތް ކަނޑުވައި ދިވެހިންގެ މެދުގައި އޮތް އެކުވެރިކަން ވަރަށް ފުރިހަމައަށް ހަލާކުކޮށްލަ ދެއްވައިފި އެހެންކަމުން ސުމޯޓޯ އެއްނޫން ހުރިހާ މޯޓޯއެއް ހައްދަވައިގެން ވިޔަސް ޟޮހީފް ބޭފުޅަކަށް އެމަނިކުފާނު ނުހަދަންވީ ސަބަބެއްބެތް

    • ތީ ތެދު!

      އޭނަގެނައި ޑިމޮކްރަސީއަކުން މިއޮތް އެއްބައީވަންތަ މުސްލިމް ޤައުމު ބައިބައިކޮއްލައިީފި! ﷲގެ ނިންމުމަކަށް އެދެނީ އެ ހެޔޮ މަހްޝަރުދުވަހުން ލިބުނަސް. އިންޝާﷲ

  9. ޒާ

    ކޮންމެހެން ސޫމޯޓޯ ކުޅޭނެ ކަމެއްނެތް. މިހާރު ކޮންމެ ހުކުމެއް ބާތިލް ކުރަން ހުށަހެޅިޔަސް ވާނެ. މޫސުން ފެށިފަ އޮތީ.

  10. ހުސޭނުބޭ

    ނަޝީދުގެ މައްސަލަ ޔަޤީނުންވެސް ބާޠިލްކުރެވޭނެ! މީހަކު ވަގަށްނުނަގާކަމަށްވެސް ހެދޭނެ! ނުވިތާކަށް ވަލީވެރިއަކަށްވެސް ހެދޭނެ! އިންސާފު މިއޮތީ ޤާއިމްކުރެވިފައި!

  11. ހައި

    ސުމޯޓޯ؟؟؟؟؟

  12. ސާ

    ދެން ތި ޖަލުގަތިބި ހުރިހާ ކުއްވެރިންވެސް ނެރެބަލަ ސުމޯޓޯ މައްސަލައެއް ގޮތުގަބަލައިފަ

  13. އަލީ

    އެހެންނޫނަސް އެމަސްއަލަ ގެ ހުކުމް ބާތިލުކުރާނެ

  14. ސަންގު ގެރި

    ކަމަނާ ތިޔައުޅުއްވަނީ ޖާބިރުގެ ކެންޕެއިނުގަދެއްތޯ! އެހެންވީމަ ތިވާހަކަ ތިގޮތައް ތިދައްކަނީ

  15. ހުތާބެއްޔާ

    ދެން މިޤައުމުގެ ޖަލުތަކުގައި ދިގުމުއްދަތަށް ޙުކުމް ކުރެވިފައިތިބި އެހެން މީހުންނަށް ސޫމޯޓޯ މައްސަލައެއްގެ ގޮތުގައި ބަލައި ދޫކޮށް ދެއްވުމަކީ ހަމަހަމަކަން.

  16. މިއަދު

    ސްމޯޓޯ މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭނީ ހަމައެކަނި ނަޝީދުގެ މައްސަލައެއްނޫން ޙުކުމް ކުރެވިފައި ތިބި އެއްމެންގެ މައްސަލަ އެގޮތުގައި ބަލާ ދޫކޮށްލަންޖެހޭނެކަމަށް ޤަބޫލު ކުރެވެނީ
    ބަލަންވީ ސްމޯޓޯއަކަށްވެސް ނޫން 11 ނޮބެމބަރ 2018 ވަނަ ދުވަހާއި ހަމަޔަށް ޝަރުޢީ ޙުކުމުގައި ތިބި ހުރިހާ ކުއްވެރިންނާއި އެދުވަހާއި ހަމަޔަށް ޝަރީޢަތަށް އަދި ތަހުޤީގަށް ހުށައެޅިފައިހުރި ހުރިހާ މައްސަލައެއް ދުކޮށްލަން
    އައުސަރުކާރުން ފަށަނީ އަލަށް އިބޫ ސަރުކާރާއި ޙަވަލުވާހިސާބުން އުފެދޭ މައްސަ ލަތަކައިގެން ކުރިއަށްދިއުމަށް ކަމަށްކަޑައަޅަން އަޅުގަނޑަށް ފެނޭ

  17. މޮޑާރން

    ނުހައްގުން މީހުން ހައްޔަރު ކުރިމީހާއަކީތަ ހައްގު ހޯދާދިން މީހަކީ. ބަލަ ތިމީހަކު ހައްގު ހޯދައިދިނީ މިގައުމުގެ ފަސާދައައް. ފަސާދައައް ލޯބިކުރާމީހުން އޭނައަށް ތާއީދުކުރާނެ.

  18. ކަންނަންނޫރުއަލީރާޖާ

    ދިވެހިރާއްޖޭގައި ގާއިމްކުރެވިފައިވާ އިންސާފަކީ ލާދީނީ ފިކުރުތައް ގާއިމްކުރުމަށާއި ފިރިމިހާއަށް އޮކޮނޮމިކް މިނިސްޓަރުކަން ދީގެން ރާއްޖެ ދަވާލާ ފަޅުރަށްތަކާ ހާތަކާ ގޯތިތައް އެބުނާ ރަތްދަކަ އަވީގަ ހައްގުމިންވަރު ބުނެދެން ކުރި ގުރްބާނީ ގެ އަގެއްގެ ގޮތުގަޔާއި އިންޑިއާ އަށް މި ގައުމު އެއކޮށް ދުރުރާސްތާގަ ދިނުމަށް މަގުކޮށާ މީހުން ގަބޫލުކުރާ ފަލްސަފާއާ ހަމައެކަނި ލިބޭ ލައްޒަތާ ޝާނާ ޗައުކަތުގެ ދަހިވެތިކމަުގައި ވެރިކަން ނުކުރެވިގެން އުޅޭ ހައެއްކަ މީހުން ބޭނުންވާ ގޮތަށް ގާއިމްކުރެވޭ އިންސާފެއް ނަމަ މީ ދެން ގައުމެއްތަ؟

  19. އަހްމަދު

    ދިޔާނާ ހާދަ އެކްޓިވްއޭ.... ވަރަށް ހީވެ ޖާބިރަށް އިކޮނޮމިކް މިނިސްޓްރީ ލިބޭތޯ ލޮބީކުރަނީހެން. އކަމުން ވަރަށްހީނުވޭ އިބޫ އެކަހަލަ މޮޔަކަމެއް ކޮށްފާނެހެން.

  20. އިބްރާހިމް

    ދިޔާނާ އަށް ހާދަ އެގެއެވެ.ހަމަ ތަންދޮރު އެގޭވަރު މަތިކަމަށް ހީވުމެވެ.

  21. ނަސީދު

    38650 ވޯޓްދިން މީހުންގެ ގައުމެއް މީ އިތުރުވާހަކަ ދެން ދައްކާނެ ތަނެއްނެތް

  22. ޢަލީ

    ދެރަމީހާއަށް ދެރަގޮތް ބާރުގަދަމީހާއަށް މޮޅުގޮތް އެއީ އިންސާފަކީ. ދިޔާނާމެން ގެންނަންބޭނުންވި އަދުލުއިންސާފު

  23. ފަޤީރު ކަލޯ!

    ވަރަށް ހިތާމަ ހުރިކަންތައްތައް ވަކީލުންނޭ ކިޔައިގެން އުޅޭ މީހުންނާއި ޤައުމުގައި އިސްކޮށް އުޅޭ މީހުން ގެންދަނީ ކުރަމުންނެވެ. ނިކަން ދެކޭށެވެ. އަންނި ކުށެއް ނުކުރާ މީހަކަށް ހަދައިގެން ޖަލުން ނެރެން މަސައްކަތް ކުރާއިރު، ރައްޔިތުންގެ ކުރިމަތީގައި އޭނާ ހިންގި ޖަރީމާތަކާއި، ޤާނޫނާ ޚިލާފަށް ހިންގާފައި ހުރި އެތައްމަސްއަލަތަކެއް ހުރިއިރު މި މީހުން އެމަސައްކަތް ކުރަނީ އަންނި މައުސޫމު މީހަކަށް ހަދާށެވެ. މި ދިޔާނާ މެންގެ މައްޗަށް ދައުވާ ކުރަންޖެހޭ ޤައުމު ވީދައިގެން ކާ މަސްއަލާގައި!

  24. ޒައްރާފާ

    ކުއްވެރިން ދޫކުރަން ކުރާހުކުމް ކޮން ހުކުމް

    • ލޮލީ ލަވް

      ސްމޯޓޯ ހުކުމް.... ދެން ލަލަލަލަލާ.... ހޮޑައިދޫ މިނިސްޓަރ...

  25. ދާދު

    ދިޔާނާވެސްމީ ގާޟީ ރަހީނުކުރި މައްސަ ލައިގަ ވަޒީފާ ދޫކިއްލާފަ އަންިއާ ދެކޮޅަށް ތެދުވެ އެކަމަށް ދެކޮޅު ހެދުމުގެ ގޮތުން ޖުމްހޫރީ މައިދާނުގަ އިންދާ ކަރުނަ ގޭސް ޖަހާފައޮތް ބަސްބުރިއަކަށް ލާފަ ދުރު ހިސާބަކަށް ދޫކުރި މީހެއް އަދިއޭރު ގާޟީ ރަހީނު ކުރުމަކީ ކުށަކަށްވެގެން ވާހަކަ ދެއްކީ މިހާރު ކޮންތަނަކަުން ނެރެގެން އުޅޭ އަގައެއް ތިޔަ ތަޅުވަނީ

  26. އަނާރު

    މިރާއްޖޭގެ ފަނޑިޔާރުގެ މިހާރުއޮތީ ގާސިމްގެ ބެއްލެވުމުގެދަށުގަ ކޮންމެމީހަކު ކޮންމެވާހަެކައެއްދެއްކިނަމަވެސް ނަސީދުވެސް އިމްރާންވެސް ދޫކޮށް މަޖިލީހުގެ ހުރިހާ މެންބަރުންނަށް ގޮނޑިވެސްދޭނެކަމީ ސައްކެއްވެސްނެތް ސާފްކަމެއް މުސްކުޅިންގެ ހަރުބަހެއްގަ ބުނޭ ލާރިނެތްސޭޓް ހުދުމަރޭ

  27. ލުޠުފީ

    މިއަދު ތިކަންކުރެވިދާނެ! ތިޔަ ވިދާޅުވާ އިންސާފްގެ ހަމައަކީ ތއީކަމަށްވާނަމަ ބުނާނޭވާހަކައެއް ނެތެވެ. އޭނަ ކުށްކުރިކަމާ ކުށަށް އިޢުތިރާފްވީކަމާ ، ޙުކުމްލަސްވެގެން އުޅުނުކަމާ އަދަބު ލިބޭނޭކަމާ އެކަން ޤަބޫލުކުރާކަމާ އަމިއްލަދުލުން ހާމަކޮށްފަހުރިމީހަކު ކުށްނުކުރާކަމަށްހަދައިގެން ދޫކޮށްލިޔަސް ދުވަހެއް އަންނާނޭކަން ދަންނަންވާނެއެވެ. ދޮގާ މަކަރު އިންތިހާއަށް ހަދައިގެން ތިޔަލިބުނު ވެރިކަމަކީ ދެމިއޮންނާނޭއެއްޗެއްކަމުގައި ދުށުމަކީ މޮޔަކަމެކެވެ.

  28. ލައްޓި

    ބަލަ ތިޔަ ދިޔާނާއެއް ނޫންތަ އަންނިޔާ ދެކޮޅަށް ނުކުމެ ޖުމްހޫރީ މައިދާނުގައި އިންދާ ފުލުހުން ދަމާ ގެންދިޔައީ؟ މިހާރު ހާދަ އަންނި ރަނގަޅުވީ؟ ތިމާޔަކީ ގޮތެއް ހުރި މީހެއްނަމަ ލޮލީ ޖާބިރާ އިންނާނެތަ؟ ފައިސާޔާ ހެދި މޮޔަވެފައި ހުރި އަންހެނެއް. ފުރަތަމަ ތިމާގެ ފިރިމީހާ ދައުލަތަށް ދައްކަންޖެހޭ ޓެކްސް ދައްކާބަލަ.

  29. ޑަޔާނާ

    ނަޝީދު ދެކެ ފޫހިވިޔަސް ދިޔާނާ އެކަމަކު ތީ ބޮޑުވަރު. އަޅެ މިހުރިހާ ދުވަހު ކީއްވެތަ ތި އައިޑިއާ ނުދިނީ. އޭރުން ނަޝީދެއްނެ އިބޫގެ ބަދަލުގައި ރައީސަކަށް ވާނީ.

  30. ާހަލޯ

    މިސޮރުތަ ސައުދީ ރަސްގެފާނާއި ބައްދަލުކުރަން ދިޔައީ.

  31. ރުޒާނާ ޗޮއްޕަޓު

    ވީ ހާލެއްގަ ވާން މިހާރު އަޔަކަސް ގަދަ މީހެއް ނޫން ކަލޭ ތީ. މިއޮއްހާ ދުވަހު މައިބަދަ ފީވެއްޖޭ ކިޔާފަ ފިލައިގެން އުޅުނީ. މަހާނަމައްޗަށް މަޑިއަށް ޖެހެނީ ތި. ހައްގުން ވިޔަސް ނަހައްގުން ވިޔަސް ޖަލަށް ލީމަ މައުމޫނު ވެސް ނުފިލާ. ކޯޓުން މިނިވަން ކުރަންދެން ހުރީ. ކަލޭ ތީ އެއްވެސް ގޮތެއް ފޮތެއް ހުންނަ މީހެއް ނޫން ވިއްޔަ. އަބަދުވެސް ނިޔަތަކީ ކޮންމެވެސް ގަޑުބަޑެއް އުފެއްދުން. ކަލޭގެ އުފަލަކީ އެއީ. ކަލޭ ފަހަތު އުޅޭ ކުނަމެހިންތައް ކޮންމެސް ޒާތަކަށް ހާލެއްގަ ތެޅެން ޖައްސައިގެން އުޅުމަކީ ކަލޭގެ ހިތްހަމަޖެހުން.

  32. ދދދދދދ

    ދަތްދޮޅިކޮޅުގަ ގޮބޮޅިއެއް ޖަހައިގެން އިނެއް ކަމަކު ޓެރަރިސްޓެއް ވާނީ ހަމަ ޓެރަރިސްޓަކަށް ނޫންތަ؟

  33. ދިޔާލޮލީ

    ނަޝީދު އަކީ ވަގެއް. ހުކުމް ކޮށްފަ ހުރީ. ނަޝީދު އަކީ ޓެރަރިސްޓެއް. ހުކުމް ކޮށްފަ ހުރީ. ނަޝީދުގެ އާއިލާގަ ތިބީ ބާޣީން. ހުކުމް ކޮށްފަ ތިބި މީހުން އެތިބީ.

  34. އައްމަޑޭ

    އަދުލުއިންސާފު ރަނުން ޖަރީކުރަންވީ.

  35. ޜިޒާ

    ޙަދަން މިއުޅޭ އެތި ވަރަށް ސާފު:

    1- ނަޝީދުގެ ހުކުމް ބާތިލްކޮށްފަ،

    2- ނައިބު ރައީސް ފައިސަލް ހުރި މަޤާމަށް ނަޝީދު ގެނެސްފަ،

    3- ރައީސްއިބޫ އިސްތިއުފާ ދޭނީ

    4- ނަޝީދު އަނެއްކާވެސް ވެރިއަކަށް ވާނީ...

    5- ނަޝީދު ވެރިކަމުން ބޭލިގިތަށް އަނެއްކާވެސް ވެރިކަމަށް ގެންނަނީ...

  36. ސައިމަން

    ދިވެހިރާއްޖޭގައި މިހާރުއޮތް ސުޕްރީމްކޯޓުގެ އަޣުލަބިއްޔަތަށް ބަލާއިރު، އެއީ ކުރީގެ ރައީސް މިނިވަން ކުރާނެ ފަދަބައެއް ނަސީދު ދާންޖެހޭނީ ޖަލައް ހަމަ ޔާނީން ވަރެއްނެތް.

  37. ޖޮއްބެ

    ނުހައްގު ހުކުމެކޭ؟ ތިޔައްވުރެ ޙައްގުހުކުމެއް ކޮބައިބާ؟ ތިޔަހުކުމްވަނީ އަންނި ލޮލާބޮލުން ގަބޫލުކޮށްފަ ދެން އެހެންވީއިރު ކޮންސުމޯޓޯ އެއް ދިޔާޓޯއެއް....؟؟؟

  38. އެދުރުބެ

    ނަޝީދު ތިވަރުން ވެރިކަމާ ހެދި ނޫޅުނަކަސް ވެދާނެ! ހުކުމްކުރީމަ ފިލައިގެންގޮސް އެމެރިކާގައި ހުރެފައި ރާއްޖެ ތިޔައައީ ވެރިކަމުގެ އަވާގައި ޖެހިގެންތަ! ސާބަސް

  39. އެދުރުބެ

    މީ ނަޝީދު ކުރަންއުޅޭ ކަންތައްގަނޑު