ރައީސް ޔާމީން އިންތިހާބުން ބަލިވުމުގެ އަސްލަކީ އެމަނިކުފާން ރަސްކަލަކަށް ވެވަޑައިގެން ރައްޔިތުން އަޅުވެތި ކުރުންމުން ކަމަށާއި، ރަސްފަންނު ފަދަ ތަންތަނަށް އެ ނަން ދީފައިވަނީ އެހެން ވެގެން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރޭ ރާއްޖެޓީވީ "ފަލަސުރުޚީ" ޕުރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ އިންތިހާބުން ބަލިވާން ރައީސް ޔާމީނަށްވުރެ މޮޅު މީހަކު ނެތްކަމަށެވެ. ޖަމީލް ވިދާޅުވީ ރައީސް ޔާމީން އިންތިހާބުން ބަލިވި އެންމެ ބޮޑު ސަބަބަކީ ރައްޔިތުން އަޅުވެތި ކުރުންކަމަށެވެ.

ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު
ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު

"ވެރިކަމުގައި އެންމެ ބޮޑު އިންތިހާބަކަށް ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުން ބޮޑުތަނުން ބަލިވުމުންވެސް ރައީސް ޔާމީނަށް އެއްޗެއް ވިސްނިވަޑައި ނުގެން އިތުރަށް ހައްދަވަމުން ދިޔައީ ބޮޑެތި ގޯސް ތަކެއް،" ޑރ. ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އަނިޔާ ނުލިބޭ ރައްޔިތަކު ހުރި ރާއްޖޭގެ އެއްވެސް ރަށެއް ނެތްކަމަށާއި ހައްޖަށްދާން ބޭނުންވިއަސް ދެވެނީ އެމީހެއްގެ ސިޔާސީ ފިކުރަށް ބަލައި މެޑަމް ފާތުންގެ ކޮންމެވެސް ޖަމިއްޔާއެއް މެދުވެރިކޮށްކަމަށެވެ.

"އާސަންދަ ހޯދަން މުލިއާގޭގައި ކިއު ހަދައިގެން ލިބޭ 300 ޑޮލަރު އިތުރަށް ބޮޑުކޮށްދެނީ އާއިލާގެ ދެން ތިއްބެވި ބޭފުޅުންގެ ފޯމު ހިފައިގެން ދިއުމުން, އަޅުވެތިކަން ފަހަނަޅާ ހިނގައްޖެ، ރާއްޖޭގެ ރަސްކަން ނިންމާލައިފި، ރައީސް ޔާމީންގެ އަމަލުތައް ބެހެއްޓެވީ ރަސްކަލެއްގެ ގޮތަށް އެހެންވެ ހުރިހާ ތަނަކަށް ރަސްފަންނާއި މިހުރިހާ ނަންތަކެއްވެސް މިކީ،"

ޑރ. ޖަމީލް ވިދާޅުވީ ރައީސް ޔާމީން އިންތިހާބުން ބަލިވުމުގެ އަސްލަކީ އެމަނިކުފާން ރަސްކަލަކަށް ވެވަޑައިގެން ރައްޔިތުން އަޅުންކަމަށް ދެކިގެން ރައްޔިތުންގެ މައްޗަށް އަނިޔާވެރިވެ ނުހައްގުން ބޮޑެތި އަނިޔާ ދިނުން ކަމަށެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވިއިރު ރިޔާސީ އިންތިޚާބުގައި އޮޅުވާލާފައިވާ ކަމަށް ޕީޕީއެމް އިން ބުނަމުންދާއިރު، ރިޔާސީ އިންތިޚާބުގެ ވޯޓްލުމާ ވަރަށް ގާތަށްވެސް އިދިކޮޅު ފަރާތްތަކުން ބުނަމުންދިޔައީ އިންތިޚާބުގައި ޕީޕީއެމް އިން އޮޅުވާލާނެ ކަމަށެވެ. ހަމައެއާއެކު އިންތިޚާބަށްފަހުވެސް އެމްޑީޕީން ބުނެފައިވަނީ އިންތިޚާބުގެ ކަންކަން ހިނގާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ނުރަބޯ

    ނޫންނޫން ބޮނޑިބަތޭ މެންނަށް އަދިކިރިޔާ ތިޔަގެނެވެނީ ރަސްކަމެއް.

  2. ޑަޔާނާ

    ﷲއަށްބިރުވެތިވުމަށް ޖަމީލުއަށްގޮވާލަން. ޒާތީވިޔަސް ހުދޫދުންބޭރުނުވޭ. އާސަންދަ މޑޕމީހާހޯދީ ކޮންފޯމެގެންގޮސްގެން.. އަހަރެންހެކިވަން މޑޕއަށް ނިސްބަތްވާ ކިތައްމެބަޔަކު އާސަންދަހޯދި ލަންކާއަށް އަމިއްލަ ޓިކެޓުގަގޮސް ޑޮކްޓަރަށް ދައްކާފަ ލިޔުންނަގައިގެން ހެލްތުމިނިސްޓްރީގައުޅޭ މީހަކަށްގުޅާލައިގެންވެސް މޑޕގެ އުތުރުގެ މަޖުލިސްމެމްބަރަށް ގުޅާލާއިގެންވެސް މޑޕމީހުން އާސަންދައިން ހިދުމަތްހޯދި ލަންކާއިން. ރާއްޖޭގަ ކުރެވޭ އޮޕަރޭޝަންތަކަށް ސައިނަސް އޮޕރޭޝަން ކޮޑުހުޅުގެ އޮޕަރޭޝަން މައިބަދައިގެ އޮޕަރޭޝަން. ޖަމީލު ޔޫކޭގަހުރީމަ ނޭގުނީ.. ރޔާމީންގެ ސަރުކާރުގެ ހިދުމަތާ ފުލެޓާ އެއްޗެހި އެއްމެގިނައިންލިބުނީ އިދިކޮޅުމީހުންނަ މިފަހަރުގެ ފުލެޓްލިސްޓަށް ބަލާބަލަ. އަހަރެމެންނަކަށް ނުލިބޭ ޕޮއިންޓްވެސް ދައްކޮށްހުރީ. ރމައުމޫނުގެ ވެރިކަމުގަ ޖަމީލުއާ ހަސަންސައީދުއަށް ހުޅުމާލޭން ބިންލިބުނުގޮތުގެ ވާހަކަނުދައްކަނީ ކީއްވެ.. ވަޒީރަކަށްވީތީ މާލޭންގޯތި ހުޅުމާލޭންގޯތި ގޯތިހަދަން ލޯނުދީ މައުމޫނުގެ ފަރާތުން ނާޖާއިޒު ފައިދާނުލިބޭ ވަޒީރެނެތް.. ރިސޯޓުހަދަން ފަޅުރައްތަކާ ކޮންވާހަކައެއްދައްކާކަށް. ނިކަންބަލާބަލަ އަމީނީމަގުގެފުލެޓްސަރަހައްދު ކައިރީގައެހުރީ މިގޮތަށްދީފަހުރި ކިތައްގޯތި.. ސްޓެލްކޯއިންފެށިގެން ދެންހުރި ހުރިހާ ގޯއްޗެގުނާބަލަ.. ލޮލީއަށް ގޯއްޗެ ރާޝިދާ މުނަވައްރު ޗޮއްޕަޓުލާލު މިހެންހުސްކޮށް.. އެއްދައުރުގަ ދިދަޖަހަން ޖެހުނީމަ މިއަކަށްނުކިޔާނެ ކޮރަޕްޝަނޭ ވައްކަމޭ މަންފާއެކޭ. މާލޭގަ ނިކަމެތިމީހާ ބޮޑުކުލީގަ..

  3. ރައިން

    ބޭޅާ ހަމަހޭގަ ހުރުމައް ހަދާންކޮއްދެން.....އެހެންނޫނީ ގޯހުންގޯހައް ގޮސްދާނެ

  4. އައްޔު

    އަދި މި ވެރިކަން ވެސް ކަމުނުގޮސް، ބޮނޑިބަތޭ ، މަސްރޮއްޓޭ، ވަޅޯމަހޭ ކިޔަމުން ނުކުންނާނެ، ތީ ނުދަންނަ ބައެއްގެ ނޫންތީކީ.

    މިވެރިކަން ވައްޓާލަން ދިމާކޮއްފިއްޔާ ރަނގަޅަށް ބޮނޑިބައި ކާންދޭނަން މިފަހަރު.

  5. ބޮއްބޮ

    ބަލަގަ މިހިރަ ބޮނޑިބަތް ޖަމީލު ބެއްޔާ. ކަލޭ ނައިބު ރައީސް ކަމުގައި ހުރިއިރު ހައްދަވައިގެން މަސައްކަތެއް ނުކޮށް، ދެބަނޑަށް ކައިގެން ސިފައިން ލައްވާ ބޫޓުގެ ނާޑުވާ އައްސައިގެން ދައުލަތުގެ ލޯންޗްކޮޅުގައި ކެޔޮޅުކަމުގޮސް މަޖާކޮށްއުޅުނު އިރު އެކަން ހަމަ ރަގަޅުދޯ ކަލެއަށް.

  6. ރައްޔިތުން

    ރަސްފަންނަށް ދެންކިޔާންވީ މާރުދުކަތުފާ އެވެ.

  7. ޢަހަންމާ

    ތިތަނަށް ދެން ކިޔަންވީނު ބޮނޑިބަތް ޖަމީލު. ނުވަތަ ސީޕްލޭން ފިޝިންގ

  8. ޙަސަން

    "ރަސް" ގެ މާނައާއި "ފަންނު" ގެ މާނަ މި ބީތާއަށް އެނގޭބާ؟

  9. ލައްޓި

    "ރަސް" ގެ އެއް މާނައަކީ "އެންމެބޮޑު". "ފަންނު" ގެ މާނައަކީ ގޮނޑުދޮށަށް ފައިބާ އަރައި ހަދާ ދިމަދިމާ. "ރަސްފަންނު" ކިޔަނީ، ގޮނޑުދޮށަށް ފައިބާ އަރައި ހަދާ އެންމެ ބޮޑެތި ތަންތަނަށް ނުވަތަ އެކަހަލަ ދިމަދިމާޔަށް. މިވަރުގެ ތަންދޮރު ނުދަންނަ އަދި އަމިއްލަ ގައުމުގެ ބަސް ނޭނގޭ ބުރާންތިން ގައުމުގެ ވެރިކަން ކުރަން މިއުޅެނީ.

  10. ލައްޓި

    ކަލޭ ޖަސްޓިސް މިނިސްޓަރަކަށް ހުރެގެން ބަފާކަލޭގެއާއި އޭނާގެ ބޭބެގެ ކުންފުނީގެ މުދާ ބެހިއިރު ހުރިހާ ރަނގަޅު ރިސޯޓްތަކާ އެއްޗެހި އަނބިމީހާގެ ޢާއިލާއަށް ލިބޭ ގޮތަށް ބެހި ހަނދާން އެބަހުރިތަ؟