ޖުމްހޫރީ ޕާޓީގެ ލީޑަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޖުމްހޫރީ ޕާޓީން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން ޖުމްހޫރީ ޕާޓީގެ ޤައުމީ ކޮންފަރެންސް އިން އިންތިހާބު ކުރަންޖެހޭ ޕާޓީގެ ލީޑަރުގެ މަޤާމަށް އެއްވެސް ފަރާތަކުން ކުރިމަތިލައްވާފައި ނެތުމުގެ ސަބަބުން އެ ކޮންފަރެންސްގައި ޕާޓިގެ ލީޑަރު ކަމުގެ މަޤާމަށް ބޭފުޅަކު އިންތިހާބު ނުކުރެވުމުން، ޖުމްހޫރީޕާޓީގެ ލީޑަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުމްހުރީ ޕާޓީގެ މެންބަރުންނަށް އާންމުކޮށް ވަނީ ހުޅުވާލައިފައެވެ.

އަދި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފައިވަނީ އެޕާޓީގެ އަސާސީ ޤަވާއިދުގެ 23 ވަނަ މާއްދާގެ (ށ) ދަށުން ކަމަށްވެސް އިއުލާނުގައިވެއެވެ.

އަދި އެ މަޤާމަށް ޝައުގުވެރި ވެވަޑައިގަންނަވާ ޕާޓީގެ މެންބަރުން 27 އޮކްޓޯބަރ 2018 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 03:00 ގެކުރިން އެމީހެއްގެ ވަނަވަރާއި (ސީވީ) އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއި، ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް (ވޯޓު ކަރުދާހުގައި ޖެހުމަށްޓަކައި) މޯބައިލް ނަންބަރު 7799335 އަށް ވަޓްސްއަޕް، ކޮށް ދެއްވުން އެދޭކަށާއި. ސިޓީ ލައްވާއިރު ތަކެތި ފުރިހަމަ ކުރައްވައިގެން އެތަކެއްޗާއެކު ސިޓީ ލައްވާނީ ޕާޓީގެ ހެޑްކުއަރޓަރޒް (މ.ކުނޫޒް) އަށް ނުވަތަ [email protected] އީމެއިލް ކުރެއްވުމަށްވެސް އިއުލާންގައިވެއެވެ. އަދި އީމެއިލް ކުރައްވާނަމަ، އެކަންވެސް އެމުއްދަތުގެ ތެރޭގައި ޕާޓީ އޮފީހަށް އެންގެވުން އެދޭކަމަށް އިއުލާނުގައިވެއެވެ.

މިކަމާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ޖޭޕީގެ އޮފީހުގެ ނަންބަރު 3014999 ނަންބަރު ފޯނަށް ގުޅުއްވައިގެން ކުރިއަށް ގެންދިޔުމަށް ޖުމްހޫރީ ޕާޓީން އެދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބޫޖަހުލު

    ޤާސިމު ނޫން މީހަކު ތިޔަ ޕާޓީ އަކުން ނުވާނެ.