ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް މަގުފަހިކޮށްދޭ ފަރާތްތައްވެސް ޖަލަށް ދާން ޖެހޭނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރުކަމުން ދުރުކޮށްފައިވާ މުޙައްމަދު މުސްތަފާ، ރާއްޖޭގެ އިމިގްރޭޝަން އަށް އިންޒާރު ދެއްވައިފިއެވެ.
އަސްކަރީ ދެ މަނަވަރެއް ފެންނަ ފޮޓޯއަކާއި އެކު މުސްތަފާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީން އެންމެ ފިޔަވަޅެއްވެސް ކުރިޔަށް އަޅައިގެން ނުވާނެ ކަމަށާއި، އެމަނިކުފާނު ހުންނެވީ "އެއްކޮށް ފިޔަތައް ކޮށާލާފައި" ކަމަށެވެ.
އެހެންކަމުން އެމަނިކުފާނަށް ފުރާވަޑައި ނުގަނެވޭނެ ކަމަށާއި، "ފުރުވާލަން އުޅުނު މީހަކުވެސް ވަންނަން ޖެހޭނީ ޖަލަށް" ކަމަށް މުސްތަފާ ވިދާޅުވިއެވެ.
"ރައީސް ޔާމީން ހަބަރުދާރު..! ހަމަ މިހާރު ހުއްޓޭ..! އެންމެ ފިޔަވަޅެއްވެސް ކުރިޔަށް އަޅައިގެން ނުވާނެ.! ތިހުރީ އެއްކޮށް ފިޔަތައް ކޮށާލާފަ.! ނުވެސް ފުރޭނެ ފުރުވާލަން އުޅުނު މީހަކުވެސް ވަންނަން ޖެހޭނީ ޖަލަށް. ހަބަރުދާރު..!" އިމިގްރޭޝަންގެ ރަސްމީ ޓްވީޓާ އެކައުންޓު ޓެގުކޮށް މުސްތަފާ ކުރެއްވި ޓްވީޓުގައި ވެއެވެ.
RYameen Habarudhaaru..! Hama mihaaru huhtte.! Eh me fiyavaleh ves kuriyah alhaagen Nuvaane.! thi huree eh koh Fiya thah koshaalaafa.! Nuves fureyne furuvaalan ulhunu meehaku ves vannan jeheynee jalan. Habarudhaaru..! @ImmigrationMV pic.twitter.com/0DwaUKotfd
— Mohamed Musthafa (@Thimarafushi) October 23, 2018
މުސްތަފާ އިމިގްރޭޝަނަށް އަމާޒުކޮށް މިއަދު އިންޒާރު ދީފައި މިވަނީ، ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ނާކާމިޔާބުވެ ވަޑައިގަތުމުން އެމަނިކުފާނު ރާއްޖެއިން ބޭރަށް ފިއްލަވަން މަސައްކަތް ކުރައްވާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގައެވެ. މި ވާހަކަތަކާއި އެކު އިދިކޮޅު އިސް ބައެއް ބޭފުޅުން ވަނީ އެކަން ފުލުހަށްވެސް ހުށަހަޅާ ރައީސަށް ނުފުރޭނެގޮތް ހަދައިދިނުމަށް ފުލުހުންގެ ކިބައިން އެދިފައެވެ.
މުސްތަފާ މީގެ ކުރިންވެސް ވަނީ އެތައް ފަހަރެއްގެ މަތިން ރައީސް ޔާމީން ފިއްލަވަން އުޅޭކަމަށް ބުނެ އިންޒާރުގެ ޓްވީޓުތައް ކުރައްވާފައެވެ.
މުސްތަފާއަކީ އިދިކޮޅު ހަރަކާތްތަކުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވާ ބޭފުޅެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން އޭނާ ވަކިވެ ގޮނޑި ގެއްލިފައި ވަނީ، މާރިޗު މަހުގެ ތެރޭގައި ފާސްކުރި އެންޓި ޑިފެކްޝަން ބިލުގެ ދަށުންނެވެ. އެ ބިލަކީ ރައްޔިތުން މަޖިލީހުގެ މެންބަރަކު އިންތިހާބުވި ޕާޓީން ވަކިކޮށްފި ނަމަ ނޫނީ އަމިއްލައަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާފައިވާ ބިލެކެވެ.
ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމުގައި ވަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ގޮނޑި ގެއްލިއްޖެ ކަމަށް ރައްޔިތުންގެ މަޖިލިހުން އަންގާ ހިސާބުން މެންބަރުންގެ ގޮނޑި ގެއްލޭ ކަމަށް ކަނޑައެޅޭނެ ކަމަށާއި، ނަމަވެސް އެކަމާއި މެދު ހިލާފެއް އުފެދިއްޖެނަމަ ސުޕްރީމް ކޯޓަށް ހުށައެޅުމަށް އަދި އެމައްސަލަ ސުޕްރީމް ކޯޓުން ބެލުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
މުސްތަފާގެ ގޮނޑި ގެއްލިފައިވާކަން އީސީން މަޖިލީހަށް އަންގާފައި ވާތީ އޭނާގެ ގޮނޑި ވަނީ ގެއްލިފައެވެ. އެންޓި ޑިފެކްޝަން ބިލުގެ ދަށުން އެހެން ބައެއް މެމްބަރުންގެ ވެސް ގޮނޑި ގެއްލިފައިވާއިރު، މުސްތަފާ އާއި އިދިކޮޅު ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި، މި ބިލުގެ ދަށުން ގޮނޑި ގެއްލުނު މެމްބަރުން އަދި މެމްބަރު ކަމުން ވަތްކެއް ނުވެއެވެ.
މުސްތޮފާ އުޅެނީ އެއްޗެއް ބޮވިގެންތަ؟
މިސޮރު ހާދަ ވަރެއްމިއަރުވަނީ!
ބަލަ މުސްތޮފާބޭ. ޖަލަކީ މީހުންވަންނަން ހަދާފަ ހުންނަތަނެކެ. އެއީ އަލަށް ހަދާގެން އުޅެތަނެއްނޫނޭ. ޖަލަސް ވަދެވަދެފާ ނުކުމެގެން އެއުޅެނީ ކިތައްމީހުން. މަސަށް ހީވަނީ މުސްތޮފާބެ ތިހުރީ ރަންބުއްދިވެފާހެން. ހީވާ ގޮތުން މުސްތޮފާބެކަންނޭގެ ޖަލުގައި އޮންނާނީ.
އޭ ޝަމްސުއްދީން. އަހަރެމެން ދިވެހި ޖަލުތަކަށް ލާކަށް ބޭނުމެއްނޫން ދިވެހިންގެ ފައިސާއަށް ޚިޔާނާތްތެރިވެ އަމިއްލަ ގެދޮރަށް ހަރާމް ފައިސާ ވައްދާ މީހަކު. އެމީހާޔާ އެމީހާގެ ބައިގަޑަށް އަދަބު ދޭނީ ހަވަރު. ފަހަރެއްގަ ރުބެލްއަށް ކުޅިދައްކާ އެއްޗަށްވެސް އުގޫބާތް ދެވިދާނެ. އަންނާތި ބަލަން
މިއީ ހަމަމޮޔައެއް ދޮތަ؟
މުސްތަފާ ހިތުން އެއުޅެނީ ވަރައްނުބައި ރޯލެއްކުޅެން.ރައީސް ޔާމިން އަކީ ތިމީހުން ހީކުރާކަހަލަ ފިނޑިއެއްނޫން މީހަކު އެއްޗެކޭ ބުނެލާއިރައް ރާއްޖެއިން ބޭރައްގޮސް ފިލާކައް.
އަޅުގަނޑަކީ ވަކި ޕާޓީއެއްގެ މީހެއް ނޫން
އެކަމަކު ތީ ތަންފުކެއް ބޮޑުވަރު
ހަމަ އެއްބަޔެކޭ ޔާމިން ވެގެން އުޅެފައި އިރުކޮޅަކުން ތިޔަޒާތުގެ ވާހަކަދައްކަނީ
މުސްތަފާ ކިޔަންވާނެ އެކަހަލަ މުނާފިގުންނަށް.
މާަބޮޑަށް ފޮނިވެގެން ކިބުރުވެރިވެގެން ނުތެޅޭތި
މީހެއްނަމަ ރަގަޅެ ފޮނިވަން
ގަދަގަދަ މުސްތަފާބެ ވަރެއްނެތް
ބޮލު ރޮދި ކެނޑިފަ ތިބޭ މީހުން ވެސް ތިބޭދޯ
ޕާޓީތަކުން މިފަދަ ނުކިޔަވާ ހުރި ނުބައި ބަޓަނަށް ފިތާ ކޮރަޕްޓް މީހުން މަޖިލިހަށް ކުރިމަތި ނުލެވޭގޮތް ހަދަންވީ.. ހާއްސަކޮށް ކޮންމެވެސް ވަރެއްގެ އިލްމެއް ހުރި މީހުން މެމްބަރުކަމުގެ ޝަރުތުތެރޭ ހިމަނަން ފެނޭ...
ހަބަރުދާރު.. މުސްތަފާ ތިޔަކިޔަނީ ކީކޭތަ ވަގައް މީހުން އެތެރެ ކުރަންވީތަ