އެއް ކިލޯގެ ރަންގަނޑެއް ރާއްޖެއިން ބޭރު ކުރަން އުޅެނިކޮށް ހިފަހައްޓައިފިއެވެ.

މި ރަންގަނޑު ހިފަހައްޓާފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުންނެވެ. އޭތި ބޭރުކުރަން އުޅެފައިވަނީ ސްރީ ލަންކާއަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ރަންގަނޑު ފެނުނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބޭރުކުރަން އުޅުނު މަސް ފޮށިގަނޑެއް ތެރެއިންނެވެ. އަދި މި ރަންގަނޑު ފެނިފައިވަނީ އެއާޕޯޓުގައި ސްކޭން ކުރަމުން ދަނިކޮށް، އޭވިއޭޝަން ސެކިއުރިޓީގެ މުވައްޒަފަކަށެވެ.

ފުލުހުން ވިދާޅުވީ އެ މައްސަލަ، ކަސްޓަމްސްއާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން އިތުރު ތަފްސީލެއް ނުދެ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ނާއްޓޭ

  ތީ ޖާބިރުގެ އެއްޗަކަށް ތިވާނީ

 2. ސަލްމާ

  މިއީ އެއްކަލަ އިންތިބާ؟ ވަރަށް ހީވޭ

 3. ޢިންތި ވަގުރަންބެ / މަޖިލީސް

  ބަލާބަ ހަބަރުގެ ފޮޓޯ. ވަރަށް އަޑުގަދަ އެމްޑީޕީ މަޖިލިސް މެންބަރެއްގެ ނަން ދޯ؟ ޢޭނަ މިހާރު ލަންކާއަށް ރަން ބޭރުކުރަންފެށީ. ކަލޯ އިްނތި ތިކަންކުރުން އަދި މަޑުޖައްސާލ.އަދިވެސް ވެރިކަމުގަ ހުރީ ޔާމީނު. ޙަމަ ބޭރު ކުރަން އުޅޭއިރަށް އަތުލާންނަން. ޢިންތި ވަގުރަން

 4. ރައްޔިތުން

  ރާއްޖޭއިން ޖާބިރު އަށް ރަންވަޅެއް ފެނިގެން ތިއުޅެނީ - ތެޔޮވަޅުން ތެޔޮ ނުނެގިގެން އުޅެނީ ޝެއާރ ނުލިބިގެން ކަމަށްވާނީ އެކަމަކު ތިއޮތީ ރަންވަޅުން ރަންނަގައި ދައްކާފައި. ޖާބިރު ހަދާސިއްރުން ކުރާ ކަމެކޭ ދޯ އަނެއްކާ އެލޯވަޅު ހުރީ އޭނާ އަށް ދީފައިވާ ރަށެއްގައިބާ؟؟؟