ފަޑިޔާރުން ކުރާ ހުކުމް އަމިއްލަފުޅަށް ނިގުޅައި ގަންނަ ވަރުވީމަ ޤާނޫނަށް އިސްލާހު ގެންނަން ޖެހޭ ކަމުގައި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުނު ފަޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނަމުގެ ބިލަށް ވާހަކަފުޅު ދައްކަވަމުން މޫސާ މަނިކު ވިދާޅުވީ ފަޑިޔާރުންނަކީ ވަރަށް އަބުރުވެރި އަދި އެހާމެ ޝަރަފްވެރި ބޭފުޅުންތަކެއް ކަމަށެވެ. ނަމަވެސް އެބޭފުޅުން އަމިއްލަފުޅަށް ކުރައްވާ ހުކުމްތަކާއި ޝަރީއަތްތައް ބަދަލުކުރައްވައި ދެއިރު ދެދަޅައަށް ބަދަލުވާ ހުކުމްތަކަށް ވާނަމަ މިއީ ނުހަނު ކަންބޮޑުވާން ޖެހޭ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ފަޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަނީ ޕީޕީއެމް ނޫންކަމަށާއި، ސްޕްރީމް ކޯޓުގެ 7 ފަޑިޔާރުން 5 ފަޑިޔާރުންނަށް ބަދަލުކޮށް ފަޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަން ފަށާފައިވަނީ އެމްޑީޕީ ވެރިކަމުގައި ކަމަށެވެ. އަދި އެދުވަހު މަޖިލީހުގައި މިބިލަށް ދެއްކެވި ވާހަކަތަކާއި އަމަލުކުރެއްވި ގޮތް ރެކޯޑްތަކުން ބެއްލެވުމުން މިގެންނަ އިސްލާހުގެ މުހިމުކަން ހާމަވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ ކުށެއް ކުރުމުން އެކުށަަށް އަދަބުނުލިބޭ އެއްވެސް ފަރާތެއް ހުރެގެން ނުވާނެކަމަށާއި، އެއީ ފަޑިޔާރަކު ކަމުގައި ވީނަމަވެސް، މެމްބަރަކު ކަމުގައި ވީނަމަވެސް އަދި އާންމު ފަރާތެއް ކަމުގައި ވީނަމަވެސް ހަމަހަމަ ވާންޖެހޭ ކަމަށެވެ. ރާއްޖޭގައި މިއަދު ހެދިފައިވާ ގާނޫނު ތަކުގެ ތެރެއިން ޖަލުތަކާއި ޕެރޯލްގެ ގާނޫނަށްވެސް އެއްވެސް ވަރަކަށް ބެލުމެއްނެތި، ވަކި މަންފާއެއް ހާސިލް ކުރެއްވުމުގެ ނިޔަތުގައި ވަކިގޮތަކަށް ހުކުމް ނެރުމަކީ އިންސާފެއް ނޫންކަމަށްވެސް މޫސަ ވިދާޅުވިއެވެ.

މަޖިލީހަށް ހުށަހެޅިފައިވާ ފަޑިޔާރުންގެ ޤާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލުގެ ބަހުސް ނިމިފައިވާއިރު، މިއަދު 1:30 ގައި މިބިލަށް ވޯޓަށް އެހުން އޮންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑިއަރމޫސާ

    އާނ. މީ އެއްކަލަ މަގުމަތީ ކޯޓުހިންގި ކަލޭގެދޯ.

  2. ފަޓާސް

    ކަލެއަށް އަދިކިރިޔާދޯ ތިކަން ތި އިނގުނީ