13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ލަހެއް ނުވެ މިނިވަން ވާނެ ކަމަށް ވިލިފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ.
މީގެކުރިން ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ރިޔާޒު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
Lahehnuve Raees Nasheed ves Minivan vaane. InshaAllah pic.twitter.com/KlsPY5SA59
— Riyaz Rasheed (@riyaz_rasheed) October 23, 2018
ރިޔާސީ އިންތިހާބުން ރައީސް އަބްދުﷲ ޔާމީން އަށް ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހުމާއެކު ރިޔާޒު ވަނީ ޕީޕީއެމް އަށް ފާޑު ވިދާޅުވާން ފައްޓަވާފައެވެ. އެއާއެކު ޕީޕީއެމްގެ އިސް މަގާމުތަކުން އޭނާ ދުރުކުރުމުގެ މަސައްކަތް އެ ޕާޓީން ވަނީ ފަށާފައެވެ.
ރިޔާޒު މިހެން ވިދާޅުވިއިރު އަންނަ މަހުގެ އެއްވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވަން ރައީސް ނަޝީދު ވަނީ ނިންމަވާފައެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރަން އަމުރު ކުރި މައްސަލައިގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ ރައީސް ނަޝީދު 13 އަހަރަށް ޖަލަށް ލާން ހުކުމް ކުރީ 2015 ވަނަ އަހަރެވެ. ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް އާލާސްކަންފުޅެއްގައި 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު ރައީސް ނަޝީދު ބޭސްފަރުވާއަށް ވަޑައިގެންނެވުމަށް ފަހު އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައިގެން ދިރިއުޅުއްވަމުން ގެންދަވަނީ އެގައުމުގައެވެ.
ހުރިހާ ސަރުކާރުތަކެއްގައި ވެސް އެންމެ ބޮޑު ހިޔާނާތްތެރިވި ވަގުން މިތިބީ....
މިމީސްމީހުން ރަނގަޅެއް ނުވާނެ! އަދި އަމުދުން ތިޔަ ރިޔާ ކަތިކޮށްލާނެ އޭރަކު ހުރި ވަޔަކަށް...ޕިސް ޕިސް...
އެހެން ވެއްޖެނަމަ މިހާރު ތިޔާ ހުކުމް އޮންނާނީ ސްޕްރީމް ކޯޓުން ލިޔެ ނިންމާ ސޮއިކޮށް ފައި ދެން އެކަން އޮންނާނީ ގާސިމް އިބްރާހިމް އަށް ވެސް އަދި އިބޫ އަށް ވެސް އަންގާފައި ތިޔާއީ ހުކުމް ސްޓޮކް އެކްސްޗޭންޖް އިން އެމެން ގަންނަ ޝެއަރ ތަކޭ މިހާރު ސްޕްރީމް ކޯޓުން ކުރާ ހުކުމް ތަކަކީ ތިޔަށް މަމެން ކިޔަނީ ގާނޫނެއް ނޫނޭ ތިއަށް މަމެން ކިޔަނީ އަންދާ ގާނޫނޭ ކެނެރީގެ ނަޝީދު ގާޒީ އަކު ވަގަށް ނަގައިގެން ހައްޔަރު ނުކުރާ ކަމަށް ނުވާނެއޭ އެއީ އޭނާ ކޮށްފައިވާ ކަމެކޭ ދެން ހުކުމެއްގައި ހުރި މީހަކު ބޭސް ފަރުވާ އަށް ގޮސް ފިލައިގެން ހުރުން އެއީ ވެސް ކުށެކޭ އެއީ އާންމު މީހަކު ނަމަ މާލެ އަންނަ ތަނުން އިތުރު ހުކުމެކޭ އަންނާނީ ވެސް...
ދެފުއްކެހެރި ރިޔާޒު
ރިޔާޒްގެ ވިޔަފާރި ދެމެހެއްޓެން އޮތީ ކުރިޔައްއޮތް ފަސްއަހަރު މޑޕ އައް ސަނާކިޔައިގެން ނޫނީ ފުންޑާލާނެ. މިހާރު ހުވާކުރަން މިއުޅެނީ އެންމެންދަންނަ ސަރުކާރެއް އެމީހުން މީހުންނަކައް ބިރެއްނުދައްކާނެ މުޅިންވެސް ބްލެކްމޭލް ކުރާނީ. ރޯޒޭ، މަހުލޫފް، ސާހިދު، ތަސްމީނު، އަލީވަހީދައް މިބުނިއެއްޗެއް ސާފުވާނެ. މީ ކަލޭމެންގެ ދުވަސް ބޭނުންނަމެއްގަ އެންމެންދޫކޮއްލާ އަހަރުމެންގެ ސަކުވާއެއްނެތް އެކަމު މާލަސްނުވެ ހަމަ އަހަރުމެންގެ ބޭނުން ކަލޭމެންޖެހޭ އެދުވަހުން އަހަރުމެންކޮއްލާ ކަންތަކުން ކަލޭމެން ސަކުވާ ނުކުރާތި. ވ.ވެދުން.
ޢަލީވަހީދު ފިޔަވައި އަލީވަހީދު ރިޗާރޖް ކޮއްލީ
މި ރިޔާޒު މީ ހާދަ ހަޔާތް ކުޑަ މީހެކެވެ.
ހާދަހާވާ ހަޑި ލަދުކުޑަބައެކޭދޯ ސިޔާސީމީހުންނޭމިކިޔާ މީހުންނަކީ! މިހާރު އެބަލަނީ ތެޔޮ ވިއްކާލެވޭނެގޮތެއް އޮތްތޯ! މިއިން އެއްވެސް މީހަކު ގައުމުގެ މުސްތަގުބަލަކަށް ނުވިސްނަވާ!
މިކަހަލަ މީހުނާ ހެދި މުޅިތަން ހަލާކު ވެގެން ދަނީ.ހަމަ ހޭގަތަ އަނެއްކާ.
ޜިޔާޒް ކޮބާ ކަލޭގެ ލަދުހަޔާތް...މިވަރުގެ އަމިއްލަ އެދުން ބޮޑުމީހަކު ނޫޅޭނެ..އެމް.ޑީ.ޕީ މީހުން ތިކަހަލަ ދެފުއްކެހެރިން ބޭނުމެއް ނުވާނެ..އަންނި ސަނާކިޔަކަސް..ކޮރޮޕްޓް ރިޔާޒް ޖަލައް ދާން ރެޑީވޭ
މިހާރު މިއުޅޭ މީހުންގެ ދެފުށް ދެގޮތްކަމުން ހަމަ ހިނި އަންނަނީ
ތިޔަ ކަން ކޮށްފިނަމަ ޖަލުގަ ތިބި ހުރިހާ މީހުންވެސް ދޫކުރަންވާނެ. މިގައުމުގާ އެއްވެސް ކުށްވެރިޔަކު ހުރެގެން ނުވާނެ . ނަސީދު ކުރާ ހުރިހާކަމަކީ ހުއްދަ ކަންކަން ކަމަށް ލޭބަލް ކުރެވޭނަމަ މިގައުމުގާ އެންމެން އުޅެންވީގޮތަކަށް އުޅޭ ގާނޫނެއް ގަވާއިދެއް އޮވެގެން ނުވާނެ. ކުދިމަސް ބޮޑެތިމަސް ކާލާ އުސޫލު މިގައުމުގާ އާއްމު ވާންޖެހޭނެ.
ރިޔާޒު ރަސީދު. ނަސީދު ވަނީ ގާޒީ ވަގައްނަގާފަ އޭނަ ޖަލައްލާންޖެހޭ
ރިޔާޒު ރަސީދު. ނަސީދު ވަނީ ގައުމުގަ ހުޅުޖަހާ އޭނަ ޖަލައްލާންޖެހޭ
ރިޔާޒު ރަސީދު. ނަސީދު ވަނީ ރަސޫލާއައް.މަލާމާތްކޮއްފަ އޭނަ ޖަލައްލާންޖެހޭ
ރިޔާޒު ރަސީދު. ނަސީދު ވަނީ އެސްޓީއޯއައް ބޭސްގަންނަން ޕްރީޕެއިޑްއޭ ކިޔާމީހަކައް 12 މިލިއަން ރުފިޔާދީފަ. ބޭހެއްވެސް ނުލިބޭ ލާރިއެއްވެސް.ނުލިބޭ އޭނަ ޖަލައްލާންޖެހޭ
ރިޔާޒު ރަސީދު. ނަސީދު ވަނީ ޕްރީޕެއިޑޭ ކިޔުނުމީހަކައް ފަޅުރައްތައްދީފަ އޭނަ ޖަލައްލާންޖެހޭ
ރިޔާޒު ރަސީދު. ނަސީދު ވަނީ ޖީއެމްއާރުވިއްކާލާފަ އޭނަ ޖަލައްލާންޖެހޭ
ރިޔާޒު ރަސީދު. ނަސީދު ވަނީ ފެންކުންފުނި ވިއްކާލާފަ އޭނަ ޖަލައްލާންޖެހޭ
ރިޔާޒު ރަސީދު. ނަސީދު ވަނީ ދިރާގު ވިއްކާލާފަ އޭނަ ޖަލައްލާންޖެހޭ
ރިޔާޒު ރަސީދު. ނަސީދު ވަނީ ރާއްޖޭގެ ބައިތުލްމާލު ހުސްމޮއްލާފަ އޭނަ ޖަލައްލާންޖެހޭ
ރިޔާޒު ރަސީދު. ނަސީދު ވަނީ ރާއްޖޭގެ ފަޅުތައް ބައިމީހުންނައް ދީފަ އޭނަ ޖަލައްލާންޖެހޭ
ރިޔާޒު ރަސީދު. ނަސީދު ވަނީ މަގުމަތީގަ ކޯޓުހަދާ ކޯޓުތަކުގަ ތަޅުއަޅުވާފަ އޭނަ ޖަލައްލާންޖެހޭ
ރިޔާޒު ރަސީދު. ނަސީދު ވަނީ ކޯޓުތަކައް.ނުފޫޒު ފޯރުވާފަ އޭނަ ޖަލައްލާންޖެހޭ
ރިޔާޒު ރަސީދު. ރައީސް ނަސީދަކީ އެއްވެސް ކުށެއް.ކޮއްފައިވާ މީހެއްނޫން ރައީސް.ނަސީދު ޖަލުގަ އޮންނާކައް ނުޖެހޭނެ ނަސީދު.މިނިވަންކުރޭ
ރިޔާޒު ރަޝީދަކީ ކުރީގަ ހާދަވަރަކަށް އެމްޑީޕީއަށާއި އަންނީއަށް އެއްޗެހިކިޔާ އުޅުނުމީހެކޭ، ލަދުކުޑަ މީހުންވެސްތިބޭ އެކަމަކު މިހާރު މީނަ މިއުޅޭ ދެފުއްކެހެރި ވައްތަރުން ދުނިޔެވެސް މަލާމާތްކުރޭ' މީނައަށް ހީވަނީ މިހާރު އެމްޑީޕީ އާއި ގުޅިގަތީމަ ތިމަންނަގެ ތެޔޮވިޔަފާރީގެ ކޮރަޕްޝަން މައްސަލަ އޮއްބާލެވޭނެކަނަށް، އެކަމަކު އެއީ ކުށްހީއެއް، އެމްޑީޕީ ސަރުކާރުން އެމައްސަލަ ބަލާނެ އަދި ޖުރިމައިނާކޮށް ކަލޭ ޖަލަށްވެސް ލާބެ، ބޮނޑިބޯން ތައްޔާރުވޭ ރިޔާޒޫ
ތިނޫންމީހަކު ކޮބާ؟ އަލީވަހީދު، ބޮނޑިބަތް ޖަމީލު، މިހެންގޮސް އެތައްބައެއް.
ރައީސް ނަސީދު މިނިވަންކުރުމަކީ އިންސާފު.ދެން ކޮބައިތޯ އަބްދުﷲގާޒީ އަށް އިންސާފު؟
ކަލޭޭ ގަދަ. ދެކޮޅުން ކާލައިގެން މިވީހާ ދުވަހު އުޅެފި. އެހެން މީހުން އެއް ކޮޅުން މިލިއަންތައް ކާލައިގެން ތެޅި އަރުވައިގަތްގަތީނުން ދުވަސްކޮޅަކަށް ނަމަވެސް އަނެއްކޮޅު ގެއްލުނު. އެންމެ ފައްކައީ ހަމަ ކަލޭ. ދެކޮޅުން އެއް ވާނެއްގަ ހިއްޕާލާފަ ހުރީމަ ގަދައޭ. ސަޅިއޭ. ފޮންޏޭ. ނަލައޭ. ކެކެކެކެކެކެ
މީހަމަ ވައިޖެހޭކޮޅަކަށް ދުވާ ގައްދާރެއް. ޢިއްޔެ ނަށީދަކީ ލާދީނީ މީހެކޭ ބުނީ. އޭނާ ޖަލުގަ އުމުރަށް ބަހައްޓަން ގޮވީ. މިމީހުން ހެޔޮނުވާނެ އިންސާނުން އުޅޭ ތަންތަނަށް ވައްދާންވެސް. ޣައްދާރު ވިލުފުށީ ކަހަނބު.
ތެޔޮވަގު ކިތަންމެ ވަރަކަށް ރ.ނަޝީދު ވެގެން އުޅުނަސް މަޖްލިސްގޮނޑިއެއް ނުދޭނަން
އޭތް! މިހާރު ނުވާނެ ތެޔޮ ވަގަކަށް! މިހާރު އެއީ ސާފުކުރި ތެޔޮ ފީފާއެއް!
ރިޔާޒު ޖަލައް ލައިފިއްޔާ ސައިދޭނަން
ކީކޭދެން ބުނާނީ މިތިބީވެސް އިންސާނުން ނޯ އެކަމަކު ތީ ފުކެއް ބޮޑުވަރު
ތެޔޮވިއްކަން ނުލިބިދާނެތީއާ އެސްޓީއޯގެ ބިލްތައް ހޯދާނެތީ މިބޮޑު ޚިޔާނާތުން ސަލާމަތްވާން އަނދަވަޅު ކޮންނަނީ. އަދީބާއެކު ހެދި ޑީލްތަކުންވެސް
ގޮނޑި އެވަރުން ޔަގީންވޭތަ؟ ފުކެއް ބޮޑުވަރު
ކަންކަން ހިގާގޮތައްބުނާނަމަ ތިހެންވެސް ވެދާނެ ގާނޫނައްވުރެ ޕެޓިށަން ބާރުގަދަވާ ސަރުކާރު ސޯލިހު ތިކަންވެސް ކުރާނެ.
މި ވެސް ހަމަ އިންސާނެއް ގޮތެއް ފޮތެއް ލަދެއް ހަޔާތެއް ނެތް ދުނިޔޭގެ ދަހިވެތިކަމުގަ ތެޅިފޮޅެނީ