ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް – ފޮޓޯ: މަޖިލިސް
ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް – ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން އިސްތިއުފާ ދެއްވަން އަބްދުﷲ މަސީހު މުހަންމަދު ނިންމަވައިފި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މަސީހް ވަނީ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވިކަން މެންބަރުންނަށް ކަށަވަރު ކޮށްދެއްވާ މެންބަރުންނަށް އެސްއެމްއެސްއެއް ފޮނުއްވާފައި ކަމަށް ބައެއް މީޑިއާތަކުން ބުނެއެވެ. ނަމަވެސް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ކުރެއްވި ޓްވީޓެއްގައި ވަނީ އެފަދަ އެސްއެމްއެސް އެއް މަސީހް ފޮނުއްވި ކަމަށް ބުނާ ވާހަކަ ދޮގު ކުރައްވާފައެވެ.

"މެޖޯރިޓީ އެމްޕީ އިން އަޅުގަނޑުގެ އިތުބާރު ނެތް ކަމަށް ސޮއިކޮށް އެކަން ކަށަވަރު ކޮށްދެއްވާފައިވާތީ ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ނ) ގައިވާ ގޮތަށް މަޖިލީހުގެ ރައީސްކަމުން އަޅުގަނޑު އިސްތިއުފާ ދޭން ނިންމައިފިން،" މަސީހު ފޮނުއްވި އެސްއެމްއެސްއެއްގައި ވާކަމަށް ބައެއް މެންބަރުން ބުނެއެވެ.

މަޖިލީހުގެ ރައީސްކަމުން މަސީހު އިސްތިއުފާ ދެއްވަން ނިންމެވި ކަމަށް އަޑުފެތުރިފައި ވާއިރު ޕީޕީއެމްގެ ބައެއް މެމްބަރުން ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް 45 މެމްބަރަކު ސޮއިކުރައްވައި، މަޖިލީހުގެ ރައީސްކަމުން މަސީހު ދުރުކުރަން މާދަމާ މަޖިލީހަށް ހުށަހަޅަން ވަނީ ނިންމާފައެވެ.

މަސީހް ރައްޔިތުން މަޖިލީހުގެ މެންބަރު ކަމަށް އިންތިޚާބުވެ ވަޑައިގެންނެވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރުގެ ގޮތުގައެވެ. އޭނާ މަޖިލީހުގެ ރައީސްކަމަށް ހޮވިވަޑައިގަތީ 28 މެއި 2014 ގައި ބޭއްވުނު 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ރައީސް އިންތިޚާބު ކުރުމަށް މެންބަރުންގެ މެދުގައި ނެގެނު ވޯޓުގައި 43 ވޯޓުގެ އަޣުލަބިއްޔަތެއް ލިބިވަޑައިގެންނެވެ.

މަސީހް އަކީ 2000 ވަނަ އަހަރުން ފެށިގެން މިއަދާހަމައަށް މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މެދުނުކެނޑި ޚިދުމަތް ކުރައްވަމުން ގެންދަވާތާ 18 އަހަރުވެފައިވާ ބޭފުޅެކެވެ.

މަޖިލީހުގެ ރައީސް ކަމުގެ މަގާމުން މަސީހް އިސްތިއުފާ ދެއްވަން ނިންމެވި ކަމަށް ބައެއް ބޭފުޅުން ވިދާޅުވާއިރު މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ހޯދާފައި އޮތް ޕީޕީއެމް ރޫޅިގެން ދިޔައީ މަސީހް މަޖިލީހުގެ ރައީސް ކަމުން ވަކިކުރަން އިދިކޮޅު މެންބަރުން މަޖިލީހަށް ހުށަހެޅި މައްސަލައެއްގެ ސަބަބުންނެވެ.

މަސީހްގެ މަގާމު ދިފާޢު ކުރުމަށްޓަކައި ޕީޕީއެމް އިން ވަނީ މަޖިލީހުގެ 12 މެންބަރަކު އެޕާޓީ އިން ވަކިކޮށްފައެވެ. އެއާއި އެކު މަޖިލީހުގެ މަސައްކަތްތަކަށް ބުރޫ އަރާ ޕީޕީއެމްއަށް ސިޔާސީ ގޮތުން ވަނީ ބޮޑެތި ގޮންޖެހުންތަކެއް ދިމާވެފައެވެ. މިދިޔަ މަހު އޮތް ރިޔާސީ އިންތިޚާބު ޕީޕީއެމް އަށް ނާކާމިޔާބުވި އެއް ސަބަބަކީ ވެސް މަސީހްގެ މަގާމު ދިފާޢު ކުރަން އެޅި ފިޔަވަޅުތައް ކަމަށް ބައެއް ފަރާތްތަކުން ގަބޫލު ކުރެއެވެ.

މަޖިލީހުގެ ރައީސް ކަމުން މަސީހް ވަކިވުމުން ދެން މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަތުން އެންމެ ގާތީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް ބައެއް މެންބަރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އެހެންތޭ. ޔަމީނޫ މީތި ސަޅިއެއްނޫންތަ

  2. ގައުމެއްނެއް، ގައުމު އޮޔާދަނީ، ހިތާމަޔަކީ ގައުމާއި ދޭތެރޭ ވިސްނާ ފިކުރުކުރާ އެއްވެސް މީހަކުނެތްކަން، ތިމާގެ އަމިއްލަ އެދުން އިސްކުރަނީ. ހުރި ހިތާމައެއްގެ ބޮޑުކަމާއެ.

  3. މި ކަން މިގޮތަށް ނުކުރެއްވިކަން އެއީ މިގައުމަށް މިހާލަތު އަންނަން މެދުވެރިވި އެއް ސަބަބު އަދި ޔާމީން އިންތިހާބު ވުމަށް ހުރަސް އެޅުނު އެއް ސަބަބަުވެސް މެ

  4. ދެން އޮތީ މޫސާ މަނިކު އޭނާވެސް ނަގާ ނާއިބު ރައީސްކަމުން

  5. 43 މިލިޔަން ރުފިޔާގެ ގެއްލުމެއްތީ. މަސީހު ގެންނަން 43 މިލިޔަން ޚަރަދުކުރި

  6. ޕީޕީއެމް ރޫޅި ޔާމިން ބަލިވާން ދިމާވި ސަބަބު ތީ ¡

  7. މުޅި ފުއައްމުލަކައް ހުރި ހުތުރެއް. ރައްކާވޭ

  8. އެމްޑީޕީ ގްންޑާއިން ނަން މިހާރުނުފެނޭ ކޮބާ ހީވޭތަ މިހާރު ކޯޓުތަކުން ޝަރީއަތުގެ ހުކުމްތަށް ގާޒީން ތިބެނީ ޕުރިންޓް ކޮއްގެން ކޮބާ އިންޔާޒު ފަހުމީ ކަރައް ނާރު އަރުވާފަ ހަޅޭލަވާ އަދުލު އިންސާފު، ދެން މިރާއްޖެއަށް މިއަންނަވެރިކަމަކީ ޑިޓްޓޭޓަރޝިޕްގެ ވެރިކަމެއް ހުރިހާ ކޯޓްތަކާއި ހުރިހާ މިނިވަން މުވައްސަސާތަކާއި އިލެކްޝަންކޮމިޝަނާއި ރައްޔަތުންގެ މަޖިލިހާއި ހުރިހާ ނޫސްމީޑިއާ ތަކާއި ރާއްޖޭގެ ތިބި ހުރިހާ ވިޔަފާރިވެރީންނާއި ހުރިހާ އެންމެން އެއް މެމީހަަކާއި ދެކޮޅައް.

  9. ޔާމީނަށް ތާއީދުކުރާ ހުރިހާ މެމްބަރުން ވަކިކޮށް މަޖިލިސް ސާފުކޮށް ތޯހިރުކުރަންވީ

  10. ތީ ފަސޭހަކަމެއް ނޫން ތިވަރުގެ މީހަކު ތިތާކުނެއް ދޫހެލޭ މަދުމައިތިރި އަމިއްލަ އެދުމެއ ވިޔަފާރިއެއް ނެތް.

  11. ބަސްނުވިކޭ އޮޑީގެ ދިރުނބާ ކޮޅުގަ އިނުމުގެ ބޭނުމެއް ނެތްތާ.. ތިޔަ ހެދީ ހެޔޮކޮށް ލޯބީ

  12. ބަލަ ތިޔަބުރުމާ ގާސިމުވެސް ވެރިކަން ރައީސްމައުމޫނުވެސް ދަރި ގެދަރިންނައް ވެރިކަން ނަޝީދުވެސް ވެރިކަން ރައްޔަތުން ވިއްކާގެން ދެބޯގެރިދުއްވާގެން ވެރިކަން ދެން ނާއިބްރައީސްކަން ފާރިސް ދެން މަދަޔައް އަމީނު އާމުކަން