ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ޕީޕީއެމުން ވަކިކުރީ އޮންނަ އުސޫލުތަކުގެ ބޭރުން ކަމަށް ނިންމައި، އެކަން ރައްޔިތުންގެ މަޖިލީހަށް އިލެކްޝަންސް ކޮމިޝަނުން އަންގައިފިއެވެ.

ފަޒާދް މެންބަރު ކަމުން ވަކިނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން، ރައްޔިތުންގެ މަޖިލީހަށް އެނގީ އޭނާ ޕީޕީއެމުން ވަކިކުރީ އުސޫލުތަކުގެ ބޭރުން ކަމަށް ބުނެ މައްސަލަ ބަލައިދިނުމަށް ފަޒާދްގެ ފަރާތުން ހުށައެޅި މައްސަލައަށް ބެލަމުންގެންދާތީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާން އަހުމަދު އަކްރަމް ވިދާޅުވީ ފަޒާދުގެ ފަރާތުން ހުށައެޅި މައްސަލަ ބަލަމުންގެންދާތީ ވެސް ކުރިން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީ އިލެކްޝަންސް ކޮމިޝަނުން ކެންސަލްކޮށްފައިވާ ކަމަށެވެ. އަދި އެކަން ރައްޔިތުންގެ މަޖިލީހަށް ވެސް އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ބެލިބެލުމުން ފަޒާދު ޕީޕީއެމުން ވަކިކުރީ އިސްތިއުނާފުގެ މަރުހަލާތައް ވެސް ފުރިހަމަނުކޮށް ކަމަށެވެ. އިސްތިއުނާފްކުރުމަށް ވެސް ފަޒާދަށް ފުރުސަތުދީފައި ނުވާކަން އެނގިފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ.

ފަޒާދު އިދިކޮޅު ފަރާތްތަކުގެ ކެމްޕެއިނާ ގުޅުނު ހިސާބުން ޕީޕީއެމުން ވަކިކޮށް އެކަން އިލެކްޝަންސް ކޮމިޝަނަށް އެންގީ މިދިޔަ މަހުގެ 6 ވަނަ ދުވަހު އެވެ. އަދި އިލެކްޝަންސްއިން ވެސް ވަނީ ޕީޕީއެމްގެ ނިންމުން ބަލައިގަތްކަން ހާމަކޮށް، މަޖިލީހަށް އެކަން އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ޙެހހެ

    ޖައްސާލިޔަކަސް ބޮޑު ވަރު. ޙަމަ ހިނި އަންނަނީ

  2. އަހުމަދު

    ކުޅޭ ކުޅޭ ތަންތަނަށް މުވައްސަސާތައްވެ ނިމިއްޖެ. ޤާނޫނާ ޤަވާއިދެއް ނެތް. އެމީހަކާ އެމީހެއް.

    • އަލީ

      އަދި ކިރިޔާތަ ތިއެގުނީ ތިޔަހިސާބަށް ދިޔަކަން.

    • ހުސޭނުބޭ

      އަޅެ! އިންސާފޭ އެ ޤާއިމްކުރަނީ! ފަހަރުގައި ވެދާނެ ޖަންގަލީ ޤާނޫނުކަމަށް!

  3. އަހްމަދު

    ކިހާބޮޑު **ވެރިކަމެއްއަޅެ ތިވެސް ސަރުކާރުގެ މުއަށްސަސާއެއްނޫންތަ ދުވާލަކުގޮތަކަށްނިންމަނީ މިހާރު އިދިކޮޅަށްމެޖޯރިޓީ ލިބުނީމަ އެމީހުން ބުނާހާއެއްޗެއްތިހަދަނީ އިންސާފުވެރިކަމާއެކު ކަންކަން ނުނިންނޭނަމަ އިސްތިއުފާދީފަގެއަށްދާންވީނު

  4. މުހައްމަދު

    މިއޮތީވާ ރާއްޖެއެއް.

  5. ކެޔޮޅު

    އިލެކްސަންސްގެ މެމްބަރުން މަގާމުން އިސްތިއުފާދީފަ ކަޅުހުއްތު ދޯނިން އާދޭ ކައްނެއްޔައް ދާން އެއިރުން ކަލޭމެން ފަސްމީހުންގެ ލަގޮންޑީގަ އަހަރެމެން ދަގަނޑު ނާށިފަޅިއެއް ލާދޭނަން!! ވަގުތުގަ މިޖަހަން ކެރޭނެބާ؟؟

  6. އަލިބިޔާއްކަލޯ

    ޟަރީފުއަށް
    ކަލޭވެސް މިހާރު ތިއަރަނީ ތަންކޮޅެއްމަށްޗަށް
    ކަލޭވެސް ހީނުކުރާތި މިއީ ކަލޭ އެކަނި އުޅޭ ގައުމެކޭ ހަމަހިލާ އެނަކުންނުވާނެ
    ކަލޭގެ ގައުމަކަތްވީހެން އަހަރުމެންގެ ވެސްގައުމު މީ ކަލެޔައްލިބުނުވަރަށް އަހަރުމެނަށް ނުލިބެނީ ރިޟްތުގެ ފައިސާ
    އެހެނޭކިޔާފަ ކަލެޔަކަށްވެސް ބޭނުންހާ އެއްޗެއް މާގިނަދުވަހަކު ހެދިޔަކަނުދޭނަން ގަދަހަނދާނުން ހަނދާންކުރާތި ( ދިވެހިދަރިއެތް)

  7. ނަފާ

    ޖަންގަލީގެ ގާނޫނު. ގައުމެއް ނެތް..

  8. ޖޮއްބެ

    ރިޔާސީ އިންތިޚާބުގެ ކަންތަކުގައި އެ ހިންގި ނުބައި ނުލަފާ ޖަރީމާއަށް ބަލާއިރު ތިޔައީ މާބޮޑުކަމެއްނޫން. ނިކަން ވިސްނާލަބަލަ މީހަކު އޭނާ އަކީ ކުށްވެރިއެއް ނޫން ކަމަށް ބުނެ ކޯޓަށް ހުށަހެޅި މައްސަލައެއް ކޯޓުން އަދި ބަލާ ނުނިމިގެން އުޅެނިކޮށް އެހެން ބަޔަކަށް އެމީހާ އަކީ ކުށެއް ނެތް މީހެއްގެގޮތުގައި ބެލެވޭނެ ގޮތެއް އޮންނާނެތޯ؟ ނޯންނާނެއެވެ. މިހާ ހިސާބުންވެސް އީސީ ވަގުޚާއިނުންގެ ނުބައި ޖައްބާރުކަން އެނގޭނޫންތޯ؟

  9. މުހައްމަދު

    ޖަޒީރާ ރާއްޖެއަށް މަރުހަބާ....

    މިއީ އަދި މިބުނާ ރާއްޖޭގެ ދުވަސްތައް ފެށުމުގެ މަލަމަތި.... ކުރިއަށް އޮތް ދުވަސްތައް ވަރަށް ފާގަތިވާނެ.. ޝުކުރިއްޔާ ރައްޔިތުން..

  10. ނުރަބޯ

    އެމްޑީޕީގެ ބޮޑުފިހާރަ އަކަށް އީސީ ބަދަލުވިފަހުން އެ ފިހާރައިން އެމްޑީޕީ އަށް ގަންނަން ނުލިބޭ މުދަލެއް ނޯންނާނެތާ. ތިމަރަސޭޓު އެހެރީ ހަމަ އަރުވާޖަހާފަ ޚިދުމަތުގަ.

  11. ޖަލާލު

    ޙަރާމްކޯރުވުންބޮޑު އީސީ އެއް!

  12. ލިޔާއު

    ސުބުޙާނަﷲ! ހާދަބޮޑަކަށޭ އީސީގެ މެމްބަރުން ތިތިބީ ފުށުންޖެހިފަ!

  13. ޒާ

    އީސީގެ މެންބަރުން ތިބީ ބަނދު ދިޔާވެފައި. އެދުވަހަކު ބަނޑަށް އުނދަގޫވާތޮގަކަށް އެދުވަހަކު ކަންކަން ނިންމުން ޢާއްމުވެއްޖެ.

  14. ފަތަރަންޖީ

    ޝަރީފު މިހާރު ތިޔަ އަކުންބަކުން ކުޅެނީދޯ؟ މީއަދި އެންެމެ ފަހުގެ ވެރިކަން ނޫންކަން ހަނދާންކުރާތި. މިވެރިކަންވެސް ނިމި އެހެން ވެރިކަންތައްވެސް އަންނާނެ.

  15. ބޮލި މުލައް

    ރައްޔަތުންނޭ އާދޭސްކޮށްފަ ބުނަން މި އީސީގެ މެމްބަރުން މިޤައުމު އިތުރަށް ފަސާދަކޮށްނުނިންމަނީސް މިމީހުން މިތަނުން ނެރެންއުޅޭ. ފައިސާ އަޅެ ކެވިފަހުރިވަރެއްނު އިއްޔެ ތިމާމެން ނިންމި ނިންމުން މިއަދު ބާޠިލު. މިހާލަތަށްދިޔާމަ ސަލާމަތީ ބާރުތަކުންވެސް މިތަނަށް ވަންނަންވެއްޖެ.

  16. ސައިމަން

    ކާކުތަބުނީ ގެއްލިއްޖޭ ތިހުރިހާ ވާހަކައެއްވެސް ދައްކަނީ ހަމައެމީހުން މޮޅުވާކޮޅަކައް އެރުމަކީ އާދަ ދެންކޮންވާހަކައެއް ޔާމީން ވަރެއްނެތް

  17. Miadhu

    ވަރަށް އާދޭހާއިއެކު މިއަދުގެ ޑިފެންސް މިނިސްޓަރ " އަޅުގަނޑުގެ އަޚް"އާދަމްޝަރީފްގެ ކިބައިން މިއެދެނީ ކާބަފައިންގެ ބުރަމަސައްކަތުން އަޅުގަނޑުމެނަށް ގެނަސްދެއްވި މިގައުމު އެގޮތުގައި ( ސުލްހަ މަސްލަހަތު އޮތް ގައުމެއްގެ ގޮތުގައި) އަންނަން އޮތްޖީލަށް ފޯރުކޮށްދިނުމަށްޓަކައި މިވަގުތުން މިވަގުތަށްވެސް މިލިޓަރީ ވެރިކަމެއް ގެނަސް ދެއްވާށެ.