ކުރީގެ ރައީސް މުހައްމަދު ނަޝީދު، މިނިވަން ކުރުމަށް އެދި މާދަމާ މަޖިލީހަށް ގަރާރެއް ހުށަހެޅުމަށް އިދިކޮޅު ކޯލިޝަނުން ނިންމައިފި އެވެ.

އެޤަރާރު ހުށަހެޅުމަށް މިހާރު 42 މެންބަރަކު ވަނީ ސޮއި ކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤަރާރަކީ އެއްވެސް ވަރެއްގެ ޤާނޫނީ ބުރަދަނެއް ހުރި އެއްޗެއް ނޫނެވެ. އެހެންކަމުން ނަޝީދު މިނިވަން ކުރުމަށް އެދި މަޖިލީހަށް ހުށަހަޅާ ޤަރާރު ފާސްވި ނަމަވެސް ނަޝީދު މިނިވަންކުރުމުގެ ބާރެއް ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ޤާނޫނީ ގޮތުން ލިބިގެންނެއް ނުވެއެވެ.

ވެރިކަމުގައި ހުންނެވި އިރު ޤާނޫނާއި ހިލާފަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޙުކުމް ސުޕްރީމް ކޯޓުން ބާތިލް ނުކުރާހާ ހިނދަކު ނަޝީދަށް މިނިވަން ވެވޭނެ ޤާނޫނީ އެއްވެސް ހަމައެއް އަދި ނެތެވެ.

ޖަލު ޙުކުމެއް އޮންނަވަނިކޮށް ނަޝީދު ރާއްޖެ ވަޑައިގެންފިނަމަ އެމަނިކުފާނު ހައްޔަރު ކުރަން ޖެހޭނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ސީނިއާ މެންބަރުން ވެސް ގަބޫލު ކުރައްވައެވެ. އެހެންކަމުން ނަޝީދު ރާއްޖެ ވަޑައިގަތުމުގެ ކުރިން އެމަނިކުފާނު މިނިވަންކުރަން އިދިކޮޅު ކޯލިޝަނުން ބޭނުންވެއެވެ.

ނަޝީދު ރާއްޖެ ވަޑައިގަތުމަށް ނިންމާފައި ވަނީ ނޮވެމްބަރ 01 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

 1. ކެޔޮޅު

  މަޖިލީޖުންބާ އޭނާއަށް ހުކުމް އިއްވީ ބަލަގަ އޭނާއަށް ހުކުމް އިއްވި ތަނައް ދޭބަަލަ އެއީ ސްޕްރީމް ކޯޱް އެތަނައްދާން ލަދުގައްނަނީތަ؟؟

 2. އިމްރާން އަލީ

  ތިޔަ ބުނާ ހައްގަކީ ކޮބައިބާ ، އަބްދުﷲ ގާޒީއަށް އިންސާފު ލިބި ނިމުނީބާ މަވެސް ވޯޓްދިނީ އިންސާފުގެ މަގަށް ކަމަށް ބުނީމަ ދެން ސަލާން މިނިމުނީ އިއްޒަތްތެރި އަބްދުﷲގަޒީގެ ހައްގައް ތިވީ ބޭ އިންސާފު އަންނި ދޫކުރެވިގެން ނުވާނެ އެއީ ހުކުމުން ތަންކޮޅެއް ފުރިހަމަކުރުމަށްފަހު ފިލިމީހެއް ، އެއަށްވުރެ ކާނަލް ނާޒިމް މިނިވަންކުރުން ހައްގު އެއީ އަންނިއަށްވުރެ ގިނަ ހިދުމަތް ގައުމަށް ކޮށްދެއްވި ލީޑަރެއް ރައްޔިތުންގެ ހިތްތަކުގެ ލޯބީ ހޯދި ލީޑަރެއް ސިޔާސީ އަދި ލީޑަރޝިޕްގެ ގޮތުން ނާޒިމްއާ ވާދަކުރެވޭނެ މީހަކު އަދި ނެތް.

  • ޢަހަންމާ

   ޢިމްރާން. ކަލެޔަށް އެމްޑީޕީ އަކީ ކޮނބަޔެއްކަން ނޭނގި ހަމަ ވޯޓު ދިނީ. ޜުފިޔާކޮޅެއް ދިނީމަ ވޯޓުލާފަ ދެން އައްޕަޗޭ ކިޔާނެ ކަމެއްނެތް.

 3. އަބްދުﷲ ދީދީ

  މަޖިލީހަކައްނޫން ދާންވީ ސްޕްރީމް ކޯޱައް އެތަނުން ހުކުމް ކުރީ!!!!

 4. އަބްދުއްލާ

  ނަސީދަކީ ކުށްވެރި އެއް އެންމެ ކުށްވެރިޔަކު މިނިވަންކުރަން މަޖިލީހުން ގަރާރެއް ފާސްކުރުމަކީ ގާނޫނުއަސާސީގެ 17 ވަނަ މާއްދާ އާ 20 ވަނަ މާއްދާ އާ ހިލާފުވާކަމެއް. ވީމާ މަޖިލީހުން ފާސް ކުރިޔަސް ކޯޓަކުން ނިންމިޔަސް ގާނޫނުއަސާސި އާ ހިލާފު ކޮންމެ ނިންމުމަކީ ބާތިލް ނިންމުމެއް .ގާނޫނުއަސާސީގެ 133 ގެ ޅ ގެ ދަށުން އެގަރާރަށް ނުވަތަ އެ ނިންމުމަކަށް ދަވްލަތުން އަމަލުކުރާކަށެއް ނުޖެހޭނެ.

 5. ތެދު

  ގައުމުގެ މުއައްސަސާތައް ލާރިޔައް ވިކިހުސްވެއްޖެ މެމްބަރުންފަދައިން..ﷲމިގައުމުގެ ރައްޔިތުން ޖާހިލުކަމުންސަލާތްކުރައްވާނދޭވެ.

 6. ޝަމްޓި

  ހުންނަން ޖެހޭނީ ޖަލުގޮޅީގަ މަށްސަލަ ވަރަށް ސާފު

 7. ނިހާން ހަމީދު

  ޢެއީ ހުސއ ބައިސާ ނުކެރޭނެ އަންނާކަށް

 8. އާންމު އާދުމީ

  ޤަރާރަކުން މިނިވަންކުރެވޭތަ؟ މަށަށް ފެންނަނީ ހުރިހާ ކޯޓުތަކެއް އުވާލާފަ ޕާލިމަންޓާ އެކަންކަން ހަވާލުކުރަން. ކައިވެނީގެ ކަންކަމާ ވަރިވެސް ގަރާރަކުން ނިންމައިދޭތޯ ޕާލަމެންޓަށް ދިއުން ފެނޭ.

 9. ޙަސަން

  އަަހަރެމެންގޯތި ކުއްޖަކުވެސް ޖަލުގަވެއްޖެ. އެކުއްޖާ މިނިވަންކުރަންވެސް މަޖިލީހަށް ވައްދައިދީ. އިންސާފަކީ ކޮބާ؟

 10. ޖަޒީރާ

  ގަރާރަކުން ރައީސް ކަންވެސް އަދި ދޭނެެ

 11. ރައްޔިތުން

  މީހަކަށް ދައުވާ ކޮށްބަހައްޓާފައި އެދައުވާ ނަގައި އެހެން ގާނޫނީ ހަމައެއްގެނެސް އެއިން ދައުވާކޮށް ހުކުމްކުރުމަކީ އަދުލުގެ ނިޒާމާއި ޚިލާފު ކަމެއް ވީމާ މި މަފަދަ ކޮންމެ މައްސަލައެއްވެސް ސުޕްރީމް ކޯޓުން ބަލައި އިންސާފު ހޯދޭނެ ކަމުގައި ދެކެން

 12. ރުޒާނާ ޗޮއްޕަޓު

  އިންސާފާއި މިނިވަންކަމުގެ "އިހްސާސް" މިހާރު އެބަ ކުރެވޭ. އެންމެ މަތީ ކޯޓުން ކޮށްފަ ހުންނަ ހުކުމް އުވާލަން ހުށަހަޅަން މިޖެހެނީ މަޖިލީހަށް. ވަރަށް ފައްކާ، ވަރަށް ޤާނޫނީ، ވަރަށް އިންސާފުވެރި. ތިވަރެއް ނެތް. ތީ ނޫޅެވިގެން މިއުޅޭ ގޮތަކީ. ތީ ބޭނުންވާ ގޮތަކީ. ތީ އިންސާފުވެރިން ކަންތައް ކުރަންވީ ގޮތަކީ. ތީ ގާނޫނުގެ ތެރެއިން ކަންތައް ކުރުމަކީ. ސާބަހާއި އައްސަރިބަސް ރައްދު ކުރަން. ހުވާ ކުރީމަ ދެނަކާ ދެނެއްވެސް ނޯންނާނެ. އެމީހަކާ އެމީހެއް. ވަރަށް ފައްކާ. ކެކެކެކެކެ

 13. ޗ

  ނަޝީދު ވިޔަސް ކުށްކުރީމަ އެއޮތީ ހުކުމް ކޮށްފަ އަދި ނަޝީދު ވަނީ އެއަކީ އޭނާ ކުރި ކަމެއްކަމަށް އެއްބަސްވެފަ..ދެންހަމަ މި މީހުންގެ މީހަކު ވެރިކަމަށް ހޮވުނީމަ އެވީ މި މީހުންގެ އެންމެން ދޫކޮށްލަން ނޫނީ މިނިވަންވީ އެކަމް މިމީހުންނޭ ބުރިޔަށް ބާރުލާފަ މިކިޔަނީ އިންސާފޭ..އަންނި މިނިވަން ވަންޔާ ރާއްޖޭގެ އެއްވެސް ޖަލެއްގަ ކުށްވެރިންނެއް ނުތިބޭނެ.. އަންނި މިނިވަން ކުރަން ގަރާރު ހުށަހަޅައިގެން މިނިވަންވަންޔާ ޖަލު ތަކުގަ ތިބި އެންމެންވެސް މިނިވަން ކުރެވޭނެ ގަރާރާ އެހެން އެއްޗަކާ ހަދައިގެން..

 14. ޒާ

  ސްޕްރީމް ކޯޓްގެ ހުކުމެއް މަޖިލީހުން ބާތިލް ކުރެވޭނަނަމަ ދެން އަދުލު އިންސާފު ގާއިމް ކުރަން ކޯޓް ހަދައިގެން އުޅުމުގެ ބޭނުމެއްނެތް.

 15. ސައިބޯނި

  ތީ ކިބިގަސްދޮށުގެ ދައުލަތަށް ނަގަން މަޖްލިހުގެ ކައިރީ މަގުމަތީގައި އެމްޑީޕީން ނެރުނު ޤަރާރު ތަކުރާރުކުރުން. ގޮތް ހުސްވުން ނުވަތަ އތަށް ގޮވުން ނުވަތަ މޮޔަވުންވެސް ބުނެވިދާނެ. ތިއަށވުރެ ބުރަދަން ހުންނާނެ އެމްޑިޕީ ކޮންގްރެސްއިން ގަރާރެއް ނެރުނަސް.

 16. ބޮލި މުލައް

  ޤަރާރުލާކަށްނުޖެހޭނެ ޤާސިމުކައިރީ ބުނެލާފަ ޚޯޓަށް ވައްޓާލާ ހުދު ކާފޫރަށް ހަދާލާނެ.

 17. ވިސްނާ

  ނަޝީދަކީ ކުށްވެރިއެއް ކުރެއްވިކުށް އުޅުއްވާގޮތުން ތަންފީޒްނުވާފަރާތެއް ކުށްވެރިއެއް
  މިނިވަންކުރަން ގަރާރެއްހުށަހަޅުއްވާއިރު ދެންތިބި ކުށްވެރިން މިނިވަންކުރަން ގަރާރެއް
  ހުށާނާޅޫއްވަނީ ކީއްވެތޯ؟ ގާނޫނުގެ ކުރިމަތީގައި ހުރިހާ ފަރާތްތައް ހަމަހަމަނުވަނީތޯ؟
  ދެންތިބި ކުށްވެރިންނަކީވެސް ހަމައިންސާނުން

 18. Miadhu

  ތިއީ ކުރާނެކަމެއް މަޖިލިހުގައި ނެތުމުން ކުޑަކުދިން އަތިރިމަތީގައި ބަތްކައްކާ ކުޅޭ އުސޫލުން ކުޅިވަރުކުޅުމަށް ހުށައަޅާ ބޭގަރާތެއްދޯ
  ތިގަރާރަށް ޖޭޕީ މެމްބަރުންނާއި ގާސިމުވެސް ވޯޓު ދޭނެތަ

 19. ހަސީން

  ނަޝީދު އެކަނިނޫން މިނިވަންކުރަންވީ ޖަލުގަތިބި ހުރިހާކުއްވެރިން.

 20. Miadhu

  ތިއީ ސަރުކާރު ބަހާލުމުގެ ކުރިން ކޯލިސަނުގައި ހިމެނޭ ޕާޓީތައް ވަކަރަށް ޖަހާލުމަށް ކުރާ ކަމެއް.

 21. Miadhu

  ތިގަރާރަށްފަހު ޖީއެމް އާރަށް އެއާރޕޯޓް ދިނުމަށް އަދި އައު ހޮސްޕިޓަލް އިންޑިޔާގެ ކޮންމެވެސް ފަރާތަކަށް ދިނުން ފަދަ ހުރިހާ ކަމަކަށް ގަރާރުތައް ހުށަ އަޅާނެ ތިއީ ފެށުމެއް

 22. މަރި

  މަޖްލީހަކީ ކުއްވެރިން މިނިވަންކުރާ ތަނެއްތަ

 23. އިންސާފުބެ

  ޤަރާރަކުންވިއަސް ކޯޓަކަށް ލިޔަސް މިހާރު ތިޔަކަން ނުވާނެ އެއްވެސް ގޮތެއްނެތް. މީދޯ ނުލިބިގެން ތެޅިއެރުވި އިންސާފު؟ މަތްކަލާކޯ ރާއްޖެއެއްނެތް.
  ؟

 24. މުހަންމަދު

  މަޖިލިހަކީ ކުއްވެރިންމިނިވަންކޮއް ކުއްވެރިއެއްކަމަންކަޑައަޅާ ތަނެއްކަމެންމީގެކުރިޔަކުންނޭގެ

 25. Miadhu

  މަޖިލިހަށް ހުށައަޅާ ގަރާރުކުން ފާސްދެއްވަންވީނު 17 ނޮވެމްބަރ 2018 އިން ފެށިގެން ރާހްޖޭގައި ވެރިކަކުރީ ކެނެރީގޭ މުޙައްމަދު ނަޝީބުކަމުގައި އަދި އެމުއްދަތުގައި ރާއްޖެ ހޯދި ތަރައްގީގެ އަގުވަޒަން ކިރުމުގެ ގޮތުން އިސްލީ މަރުކަޒު އެމަނިކުފާނަށް ވެދުމަށް އަރުވަން ފެންނަކަމަށް

 26. ޢހަންމާ

  ރޯމާދުވާލު ބަލަން ތިބެފަ. ގައުމު ފަނާކުރަން 136000 މީހުން ވޯޓު ދިނީމަ ދެން ވާނީ ފަނާ.

 27. ވަޙީދު

  ސޭޓާއި އެކީ ކޮފީއަކަށް ޖައްސާލަބަލަ، މައްސަލަ ހިަންދާލާނެ.