ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އިސްތިއުފާ ދެއްވާނަމަ އެކަން އެސްއެމްއެސްއަކުން ނާންގަވާނެކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.

ނިހާން ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ މަޖިލީހުގެ ރައީސް އިސްތިއުފާ ދެއްވާނަމަ އެކަން އެސްއެމްއެސްއަކުން މީޑިއާތަކަށް ނާންގަވާނެ ކަމަށެވެ.

"މަޖިލީހުގެ ރައީސް އިސްތިއުފާ ދެއްވާނަމަށް ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ (ނ) ގެދަށުން އެފަދަ ސިޓީއެއް ހުށަހަޅުއްވާނީ މަޖިލީހުގެ ނައިބު ރައީސްއަށް" ނިހާން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން އިސްތިއުފާ ދެއްވަން އުޅުވާ އަޑުތަކެއް ރޭ ފެތުރިފައިވާއިރު ޕީޕީއެމްގެ ބައެއް މެމްބަރުން ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް 45 މެމްބަރަކު ސޮއިކުރައްވައި، މަޖިލީހުގެ ރައީސްކަމުން މަސީހު ދުރުކުރަން މިއަދު މަޖިލީހަށް ހުށަހަޅަން ވަނީ ނިންމާފައެވެ.

މީގެ ކުރިންވެސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ދެ ފަހަރެއްގެ މަތިން މަޖިލީހަށް ވައްދާފައި ވެއެވެ. އެގޮތުން ފުރަތަމަ ހުށަހެޅި މައްސަލައިގައި މަސީހުގެ އިތުބާރު އޮތް ކަމަށް ފާސްވިއިރު، ދެވަނައަށް ހުށަހެޅި މައްސަލަ ހުށަހެޅިއިރު އެންޓި ޑިފެކްޝަން ބިލުގެ ދަށުން މައްސަލަ ހުށަހެޅުމަށް ސޮއި ދިން ބައެއް މެމްބަރުންގެ މަޖިލީސް ގޮނޑި ގެއްލުމުން އެ ހުށަހެޅުން ވަނީ ބާތިލުވެފައެވެ.

މަޖިލީހުގެ ރައީސް ކަމުން މަސީހް ވަކިވުމުން ދެން މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަތުން އެންމެ ގާތީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް ބައެއް މެންބަރުން ވިދާޅުވެއެވެ.

މަސީހް ރައްޔިތުން މަޖިލީހުގެ މެންބަރު ކަމަށް އިންތިޚާބުވެ ވަޑައިގެންނެވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރުގެ ގޮތުގައެވެ. އޭނާ މަޖިލީހުގެ ރައީސްކަމަށް ހޮވިވަޑައިގަތީ 28 މެއި 2014 ގައި ބޭއްވުނު 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ރައީސް އިންތިޚާބު ކުރުމަށް މެންބަރުންގެ މެދުގައި ނެގެނު ވޯޓުގައި 43 ވޯޓުގެ އަޣުލަބިއްޔަތެއް ލިބިވަޑައިގެންނެވެ.

މަސީހް އަކީ 2000 ވަނަ އަހަރުން ފެށިގެން މިއަދާހަމައަށް މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މެދުނުކެނޑި ޚިދުމަތް ކުރައްވަމުން ގެންދަވާތާ 18 އަހަރުވެފައިވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސިއްރު ހެއްކެއް

    ސާބަހޭ ނިހާނު

  2. ކުޑަދޫ

    އޭ ބުރާންޗާ ކަލޭގެ ދޫ ގަނޑު ތި އަނގަ ތެރޭގަ މައިތިރިކޮށްގެން ބާއްވަބަލަ! ތީގެ ސަބަބުން މިގައުމަށް ލިބުނު ގެއްލުން ވަކި ކުޑައެއްނޫން!

  3. ރައްޔިތުން

    އަނެއްކާ އޮޅުވާލުމެއްގެ ތެރެއަށް ތިޔަ ދަނީ، މަސީހު ކަންކުރާނެ ގޮތެއްވެސް އެނގޭނީ ނިހާނަށް

  4. މީޒްލީ

    ޤާނުނު އަސާސީ ގައި ވާއެއްޗެއް ކިޔަން އަދި ލިޔަން ޖެހިއްޖެ ނަމަ ލިޔަންވެސް ނޭގިގެން ދިވެހި ލޮބުވޮތި ރައްޔަތުންނެއް ނޫޅޭ، ވަރަށް ސާފް! އެކަމަކު ބުނެލަން އޮތީ ތިބޭމީހާއަށް ގަލަމުން ލިޔަން އިގޭހޭ؟ އަދި މަޖިލީހުގަ ހުއްޓަސް އެއީކީ މާބޮޑު އެއްޗެއް އެގިގެން ތިބޭބައެއް ނޫން ކަން ދިވެހި ހުރިހާ ރައްޔަތުންނަވެސް އިގެހާމަވާ ކަމެކޭ! ސޯ މާ ޤާނޫނު އަސާސީވެގެން އަބަދު މޮޅުކަން ދެއްކޭން ތިމީހާވެސް ނޫޅޭށޭ!

  5. ގުނބޯލި

    ޖަރީމާ މަސީހު އާ ޖަރީމާ ނިހާނުއާ ވެގެން މަޖިލިސް ބޭނުންކުރީ ޔާމީން ބޭނުންވި ޖަރީމާތައް ހިންގާ މަރުކަޒެއް ގޮތަށް ރައްޔިތުންގެ މަޖިލީހެއް ގޮތަކަށް ނޫން

  6. ޑިމޮކްރަސީ

    މީކޮންބައެއްތަ ދިވެހިން މިހާރު ނުދަނޭ ތި އަނިޔާވެރިންނެއް

  7. އަން

    ޣައްދާރުން ނާ ގައުމު ހަވާލުކޮށް ކަލޭމެން ފަހަތައް ޖެހޭށޭ ދިވެހިން ބުނެފިއެވެ. ނިހާނަށް މިއަޑު ނިއިވެނީ ކީއްވެ ހެއްޔެވެ؟