އާޓިފިޝަލް ބީޗް ސަރަހައްދު ތަރައްޤީ ކުރުމުގެ މަސައްކަތް ފަށަން ހައުސިން މިނިސްޓްރީ އިން މަސައްކަތް ކުރަމުން އެބަގެންދެއެވެ.

ހައުސިން މިނިސްޓްރީ އިން އިއްޔެ ކުރައްވާފައިވާ އިއުލާނެއްގައި ވަނީ އާޓިފިޝަލް ބީޗް ސަރަހައްދު ތަރައްގީ ކުރުމަށްޓަކައި ފެންސް ޖެހުމަށް ބޭނުންވާތީ، 26 އޮކްޓޫބަރ 2018 ގެ ނިޔަލަށް އާޓިފިޝަލް ބީޗް ސަރަހައްދުގައި ޕާކްކޮށްފައިހުރި ވެހިކަލްތައް، އެތަނުންނަގާ އެސަރަހައްދު ހުސްކޮށްދެއްވުން އެދޭކަމަށެވެ.

މިތާރީޚްގެ ނިޔަލަށް ނުނަގާ ހުންނަ ވެހިކަލްތައް މޯލްޑިވްސް ޕޮލިސް ސަރވިސް މެދުވެރިކޮށް ނެގޭނެ ކަމަށާއި މިގޮތަށް ނެގޭ ވެހިކަލްތަކަށް ލިބިދާނެ ގެއްލުމަކަށް ހައުސިންމިނިސްޓްރީއިން ޒިންމާ ނުވެވޭނެކަމަށް ވެސް އިއުލާނުގައި ވެއެވެ.

އާޓިފިޝަލް ބީޗް ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. ޖުމްލަ 13 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ހިންގާ އެ މަޝްރޫއުގެ ދަށުން، ރަސްފަންނު ތަރައްގީ ކުރި ފެންވަރަށް އާޓިފިޝަލް ބީޗް ވެސް ތަރައްގީ ކުރަން ވަނީ ނިންމައިފަ އެވެ. އެ މަޝްރޫއު ނިންމުމަށް ސަރުކާރުން އެމްޓީސީސީއަށް ދީފައިވަނީ ފަސް މަސް ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޞަފިއްޔާ

    މަދު ދުވަސްކޮޅެއްގެތެރޭގައި މުޅި ޤަވްމު އެކީއެކައްޗަކަށް ތަރައްޤިކޮށް ފައިބިދިފައިވާ ހުރިހާދާއިރާތަށް ކޮޅަށްނަންގވަާ އިޤތިޞާދީގޮތުން ފުދުންތެރި ޤަވްމަކަށް ދިވްހިޤަވްމު ހައްދަވައިދެއްވި ދިވެހިންގެ އުއްމީދީ ރައީސަކު ފޮޅާލާ ގްރޭޑް 7ގެ ފެންވަރުވެސް ހަމަނުވާ މީހަކު ގެނެސް ރައީސްކަން ދީފޫއެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. މި ހެދުނު ކޮސް އޮޅުންފިލައި ހޭވަރިކަންވުމުން ދެފައިތަޅާ ރޯން ނުހަދާށެވެ. ދިވެހި ޤަވްމު ހުރިހާ ރޮގަކުން އަލުންވެސް އިނދަޖެހެމުންދާތަން ބަލަންތިބުންނޫން ގޮތެއް ދެން ނެތެވެ.

    • ވާނުވާ

      އަސްލުވެސް