ނަފްސާނީ މައްސަލައެއް ހުންނަ އަންހެނަކު ހުޅުމާލޭ ފްލެޓެއްގެ ދެ ވަނަ ބުރިން ފުންމާލަން އުޅެނިކޮށް ސަލާމަތްކޮށްފިއެވެ.

އޭނާ ސަލާމަތް ކުރީ ފްލެޓުން ފުއްމާލަން އުޅެނިކޮށް ސިފައިން އެސަރަހައްދަށް ގޮސް ކަމަށް މައުލޫމާތު ލިބެއެވެ.

މިއަދު ހެނދުނު 8 ޖަހާކަން ހާއިރު އެ އަންހެން މީހާ ފެނުނީ "ޗައިނާ ފްލެޓެއްގެ ދެ ވަނަ ބުރީގެ ކުޑަ ދޮރުގެ ބޭރަށް އިންނަ ޝީޓު މަތީގައި އިށީނދެ އިންދަ އެވެ. އިމާރާތުގެ ތިން ވަނަ ބުރީގައި ދިރިއުޅޭ އެ އަންހެން މީހާ އެތަނަށް ފޭބީ އޭނާ އުޅޭ އެޕާޓްމަންޓުގެ ކުޑަ ދޮރުންނެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ މީހަކު އިމާރާތަކުން ފުންމާލަން އުޅޭ ކަމަށް ރިޕޯޓް ކުރުމާ އެކު އެތަނަށް އެ މީހާ ސަލާމަތްކުރީ 8:40 ހާއިރު ކަމަށެވެ.

އެ މީހާ ސަލާމަތްކުރީ ހަރުގަނޑެއް ބަހައްޓައިގެން، ކުޑަދޮރާ ހިސާބަށް ސިފައިން އަރައިގެންނެވެ. ސިފައިން އޭނާ ސަލާމަތް ކުރަން ހަރުގަނޑު އެރުމުން ދެކޮޅު ހެދުމެއް ނެތި އޭނާ ވަނީ ކުޑަދޮރުން އެތެރެއަށް ވަދެފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިމާރާތަކުން ފުއްމާލަން އުޅުނު މީހެއްގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަސަނު

    ތިޔަފެންނަނީ މަޔެއް އޭނަގެ ކުޑަ ދަރިފުޅާ އެންމެ 2 މަހުގަ ދުރުކޮއް އެއްލާލީމަ އެމަޔައް ކުރާނެ އަސަރު. މަލަކައް ނަގަިގެން އުޅޭވަރައް ވުރެން ސީރިއަސް މައްސަލައެއް