ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް މައްސަލަ 51 މެންބަރުން ސޮއި ކޮށް މަޖިލީހަށް ހުށަހަޅައިފިއެވެ. މަސީހް މަގާމުން ދުރުކުރަން ހުށަހެޅި މައްސަލައިގައި ސޮއި ކުރި މެންބަރުންގެ ތެރޭގައި މިހާރު ސުޕްރީމް ކޯޓުގައި ގޮނޑީގެ މައްސަލަ ހިނގަމުންދާ އަށް މެންބަރުނެއް ނުހިމެނެއެވެ. ސޮއި ކުރި މެންބަރުންގެ ތެރޭގައި ޕީޕީއެމްގެ ގިނަ މެންބަރުން ވެސް ހިމެނެއެވެ.
މަސީހްގެ އިތުރުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ފަހު މީޑިއާ އަށް މައުލޫމާތު ދެއްވަމުން ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ އުންމީދު ކުރަނީ ދެން މަޖިލީހުގެ ނައިބު ރައީސްގެ ބެއްލެވުމުގެ ދަށުން މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށް ކަމަށެވެ.
މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީ މިއަދަކީ އިސްލާހީ ހަރަކާތައް އައި ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ. "މިދިޔަ އަހަރެއް، ދޮޅު އަހަރުގެ ތެރޭގައި ފެނުނީ މަޖިލިސް ތަޅު އެޅުވިފައިވާ ތަން. މިދިޔަ ދުވަސްތަކުގައި ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ އަޑެއް ނެތް. އެންމެ ރީތި ގޮތަކީ މަސީހް މިހާރު އިސްތިއުފާ ދެއްވުން. ރައްޔިތުންގެ ދައުރު ނެތި މިހާ ގިނަ ދުވަސްވުމަކީ މަސީހްގެ އިހުމާލެއް. ރައްޔިތުންގެ އަޑު ވެސް ކުރިއަށް އޮތް ދުވަސްތަކުގައި އިވޭނެ." އަނާރާނާ ވިދާޅުވިއެވެ.
މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ އެންމެ ރީތި ގޮތަކީ މަސީހް އިސްތިއުފާ ދެއްވުން ކަމަށެވެ.
"އަޅުގަނޑުމެންނަށް މިތަނަށް ނުވަދެވޭ ހާލަތަކަށް ދުވަހަކު ވެސް ނުދޭ. އެކަމަކު މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަތައް ކުރިން ހުށަހެޅުމުން، އަޅުގަނޑުމެންނަށް މަޖިލީހަށް ނުވަދެވޭ ގޮތަށް ހެދި. މިއަދު މިއީ މަޖިލިސް މިނިވަން ކުރުމަށް އެޅުނު ފިޔަވަޅެއް." ރޮޒެއިނާ ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް ކަމުގެ މަގާމުން މަސީހް ވަކިކުރަން ޕީޕީއެމްގެ ގިނަ މެންބަރުންތަކެއް ވެސް ސޮއި ކުރައްވާފައި ވާއިރު މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ހޯދާފައި އޮތް ޕީޕީއެމް ރޫޅިގެން ދިޔައީ މަސީހް މަޖިލީހުގެ ރައީސް ކަމުން ވަކިކުރަން އިދިކޮޅު މެންބަރުން މަޖިލީހަށް ހުށަހެޅި މައްސަލައެއްގެ ސަބަބުންނެވެ.
މަސީހްގެ މަގާމު ދިފާޢު ކުރުމަށްޓަކައި ޕީޕީއެމް އިން ވަނީ މަޖިލީހުގެ 12 މެންބަރަކު އެޕާޓީ އިން ވަކިކޮށްފައެވެ. އެއާއި އެކު މަޖިލީހުގެ މަސައްކަތްތަކަށް ބުރޫ އަރާ ޕީޕީއެމްއަށް ސިޔާސީ ގޮތުން ވަނީ ބޮޑެތި ގޮންޖެހުންތަކެއް ދިމާވެފައެވެ. މިދިޔަ މަހު އޮތް ރިޔާސީ އިންތިޚާބު ޕީޕީއެމް އަށް ނާކާމިޔާބުވި އެއް ސަބަބަކީ ވެސް މަސީހްގެ މަގާމު ދިފާޢު ކުރަން އެޅި ފިޔަވަޅުތައް ކަމަށް ބައެއް ފަރާތްތަކުން ގަބޫލު ކުރެއެވެ.
މަޖިލީހުގެ ރައީސް ކަމުން މަސީހް ވަކިވުމުން ދެން މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަތުން އެންމެ ގާތީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް ބައެއް މެންބަރުން ވިދާޅުވެއެވެ.
މަސީހް ރައްޔިތުން މަޖިލީހުގެ މެންބަރު ކަމަށް އިންތިޚާބުވެ ވަޑައިގެންނެވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރުގެ ގޮތުގައެވެ. އޭނާ މަޖިލީހުގެ ރައީސްކަމަށް ހޮވިވަޑައިގަތީ 28 މެއި 2014 ގައި ބޭއްވުނު 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ރައީސް އިންތިޚާބު ކުރުމަށް މެންބަރުންގެ މެދުގައި ނެގެނު ވޯޓުގައި 43 ވޯޓުގެ އަޣުލަބިއްޔަތެއް ލިބިވަޑައިގެންނެވެ.
މަޖިލީހުގެ ޖަލްސާތައް އަންނަ މަހު ފަށާއިރު މަޖިލިސް މިހާރު އޮތީ ޗުއްޓީގައެވެ. އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަނީ މަޖިލީސް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެސް ވީހާވެސް އަވަހަށް ޖަލްސާތައް ބާއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އިބޫއެވެ!މަނިކުފާނު ތިޔަ އިސްކުރައްވަނީ އަނިޔާވެރިކަމެވެ. ވެރިކަމަށް ފުރަތަމަ އިންތިހާބު ވެގެން ދެއްވި ބަޔާނުގައި ވެސް އަދި ހިތާބުގައި ގޮވާލެއްވީ ގައިދީންތަކެއް ދޫކޮށްލުމަށެވެ. ރައީސް ޔާމީނަށް ތާއިދުކުރާ ސަރުކާރު މުވައްޒަފުންގެ ނަމާއި މަގާމާއި ވަނަވަރުތައް ސޯޝަލް މީޑިޔާގައި ޢާއްމުކުރަނީއެވެ. މަގުތަކުން އެމީހުންނަށް ފުރައްސާރަ ކުރަނީއެވެ. ފޯނުކޮށްގެން ބިރު ދައްކަނީއެވެ. މީދެން ފުކެއް ބޮޑުވަރެވެ. އެއްފަހަރުވެސް މަނިކުފާނު އެކަން އެހެން ނުކުރެއްވުމަށް ގޮވައެއް ނުލައްވައެވެ. ތިޔަ ހިޔާރު ކުރެއްވި މަގުން ކުރިޔަށް ދެވޭނެކަމަށް ހިއެއްް ނުވެއެވެ. ﷲ ދެއްވި ވެރިކަން އެކަލާނގެ ނެންގެވުން ވެސް ގާތްކަމާއި އަނިޔާވެރިންގެ ވެރިކަންތައް އެކަލާނގެ ހިތްޕަވާގޮތް މަނިކުފާނަށް ވަރަށް ސާފުކޮށް މީގެ ކުރިން އޮންނާނީ ފެނިވަޑައިގެންފައެވެ.
ލޮލް ... ގައިދީންނޯ
އަދި ކަރުބުރުޑުގައި ހިތިރަހަ ލާތަން ފެންނާނެ!! މިހާރު މަލާމާތްކޮށް ފުރައްސާރަކޮށްކޮށް ޖީބަށް ބަރުކޮށްގެން ތިބެވިދާނެ!! ގާނޫނީ އިމުން ބޭރުން ކުރާ ކަންތައްތައް އަދި ބެލޭތަންވެސް ފެންނާނެ!! އިންޝާ ﷲ!! ހަމައާއި އިންސާފުން ކަންތައްތައް ކުރާނަމޭ ބުނެ އަންނަ ބަޔަކު މިހާރުވެސް ތަފާތު ނުފޫޒުތައް ބޭނުންކޮށްގެން ކޯޓްތަކަސާއި ހުރިހާ ދިމާލަކަށް އަތްބާނައިގެން ހަޑި ހާވާތަން ފެނުމަކީ ހިތާމަހުރި ކަމެއް!! އާޚިރުގައި ކަންތައްތައްވާނީ މީގެ ފަސް އަހަރު ކުރީގައި ކަންތައްތައް ވެގެން ދިޔަގޮތާއި ސިޔާސީ މީހުންގެ ބަސްމަގު އޭރު ހުރިގޮތާއި މިއަދު އަޅާކިޔާ ބަލާލީމަ ފެންނަ ތަފާތުން!! ހަމަ މިއުޅޭ އެންމެން އަދި އަހަރެއް ދެއަހަރެއް ފަހުން ހިފައިގަންނާނެ!! އޭރުން އެނބުރޭ ވަހުތާނެއްހެން އެނބުރޭ މީހުން އެނބުރޭތަންވެސް ފެންނާނެ!!
ސިއްރާއި ފައުޅު ދެނެވޮޑިގެންވާ ﷲ ، ތިޔަބައމީހުންގެ ޢަމަލުތަކުގެމައްޗަށް ބައްލަވާވޮޑިގެން ހެކިވެ ވޮޑިގެން ވެއެވެ. ރައީސް ޔާމީންގެ ހައްޤު ނިގުޅައިގަނެ އެމަނިކުފަނަށް ރައްޔިތުންދިން އެތަކެއްހާސްވޯޓުންވައްކަންކޮށް ، މާޔޫސްކަމުގައި ތިބެ ތިމާމެން އުއްމީދުވެސްނުކޮށްތިބި ނަތީޖާލިބި ފަޚުރުވެރިވެ ފުއްޕާފައި ތިބޭށެވެ. އިން ޝާ އަﷲ ތިޔަގެނައި ނަހަލާލުވެރިކަން މަދު ދުވަސްކޮޅެއްގެތެރޭގައި އިނދަޖެހި ނިމިގެންދާތަން ފެންނާނެއެވެ. ހަމައެކަނި އީސީގެ އިސްވެރިންގެ ޢަމަލުތަކާ ބަހުރުވަހުރިގޮތަށް ވިސްނައިލިޔަސް ވޯޓް ގަޑުބަޑުކޮށް ވޯޓުން ވައްކަންކޮށްފައިވާކަން އެހުރީީ އެނގޭށެވެ.
ހުރިހާ ކޯޓެއްގެ ހުރިހާ މަރުޙަލާއެެއް ނިމިފައިވާ މަސްއަލައެއްގައިވާ މީހެއްގެ ކަމެއް މަޖުލިހުން ނިންމާލެވޭނެބާ
ގޯހެއް ނޫން އަވަސްކުރޭ ބަރުލަމާނީ ގެނޭ ދެން ބޮޑުވަޒީރުކަން ޙަވާލްކުރޭ
އެއެއްނު ބޭނުންވާ ގޮތަކީ
ތީ ވެރިކަމަށް އަންނަން ވަރަށް މޮޅުމީހެއް އެކަމު ވެރިކަން ކުރާކަށް ނޭންގެ ދޯ
ކޮބާ ދެއަތައްއެނބުރޭ ބުރުމާ ކަލޯ ބޯނެއްބުރުމާޔާ ވިސްނާހުންނާތި
ރަޙްމަތެއް ލިބުނީމާ ބޮޑާވެ އަނިޔާވެރިވާންވީކީނޫނެވެ. ވެރިކަމަށް އަންނަން ދެއްކި ދޮގު ބަހަނާއަކީވެސް އަނިޔާވެރިކަން ނައްތައިލުމެވެ. އަދި މިއުޅެނީ ހުވައި ނުކޮށެވެ. ސެޕްޓެމްބަރ 28 ންފެށިގެން މިހާތަނަށް ބެލިޔަސް މިފެންނަނީ އަނިޔާ އިސްކުރާ ތަނެވެ. ނިމުން ހިތިވެފަ އަސަރުހުންނާނެއެވެ.
އިދިކޮޅު މެމްބަރުން މަޖިލިހުގެ ޖަލްސާތަކަށް ނުދަނީ ނުވަދެވޭތީ ކަމަށް ރޮޒައިނާ ބުނިނަމަވެސް އެއީ މުޅިން ދޮގެއް މަންޖެމެން ޖަލްސާތަކަށް ނުދަނީ ތިމާމެންގެ މުނާފިގުކަން ބޮޑުވެގެން ރަޢިއްޔަތުންގެއަޑު އުފުލަން ބޭނުންނުވާތީއާއި ޙައްގުގޮތުގައި އެފައިސާކޮޅުވެސް ކާން ބޭނުން ނުވަތީ
ޖުމުލަކޮށް ބުނާނީ މިގައުމުގެ ހަލާކަކީ ރަޢިއްޔަތުންގެ މަޖިލިހުގައިތިބި އެކަމަށް ތައްސައްރަފު ނުފުދޭ މެމްބަރުނެނޭ ފައިސާއަށް ވޯތުދީދީ މިގައުމު ހަލާކުކުރީ ރަޢިއްޔަތުންގެ މަޖިލިހުގެ މެމްބަރުން މަސްތުވާ އެއްޗެތި އެތެރެކުރާމީހުންނަށް ފަސޭހަވާނެގޮތަށާއި ވައްކަންތައް ސަބިތު ނުކުރެވޭނެހާގޮތްގޮތަށް ޤަނޫނުތައް ހަދާފާސްކުރަނީ ހަމަ ތިމާމެން ނޫން ކޮންބައެއް
ވައްކަމެއް ސާބިތު ކުރަން ބޭނުންވާމީހާ ހުށައަޅަންޖެހޭ ވައްކަން ކުރިމީހާ އެއިރު ހުރި މިސްރާބު އިސްކޮށްގެން ހުރިފައި އިސްކުރިއަތް އަތުގައި ހުރި އިގިލީގެ ޢަދަދު އިގިލި ތަކުގައި ނެޔަފަތި ހުރި ދިގުމިން ލައިގެން ހުރި ގަމީސްހުގެ ކުލައާއި ފޮތީގެ ކޮލިޓީ ގަމީސްހުރީ ފަހާއިތޯ ނޫންނަމަ ތެރަސްލައިގެން ތަތްކޮށްފައިތޯ އެއީ އަންހެނެއްތޯ ނޫންނަމަ ފިރިހެނެއްތޯ އެކަން ބެލީ ކިހިނެއްތޯ އެއިރު އެނާހުރީ ޖުނުބުވެރިޙާލުގަތޯ ނޫންތޯ އަދި އެކަން އެގެނީ ކިހިނެއްތޯ ؟ މިހިރަކަންކަމަކީ ރާއްޖޭގެ ކުށުގެވެށި ފުޅާކުރަން ރަޢިއްޔަތުންގެ މަޖިލިހުން ކުރާހާކަންތައް(މަށަށްހެޔޮ މިނެހިޔަސް އެގޭނުޖަހާނެކަންވެސް އެކަމުނ އެކަކު މިކިޔާނެތަ)
ބަރުލަމާނީއަށް ބަދަލުކޮށްފަ ބޮޑުވަޒީރުކަން އަންނިއަށްދީ ސަޅިވާނެ
ކުރިން މަގުސަދަކަށްވީ މަޖުލީހުގެ ރައީސް މަގާމުން ވަކިކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އިތުބާރުނެތްކަމަށް މަޖުލީހުން ފާސްކުރަން. ގައިމު އެކަމެއްނުވި ދޯ. އެނގޭހާވެސްކަމަކީ އިބޫގެ ވެރިކަން 5 އަހަރުގެ ދައުރު ހަމަވަންދެން ނޯންނާނެކަން.
މިގައުމު ކަނޑުވެ އޮޔާދާން ފަށައިފި، ރައީސު ޔާމީނު އަދިވެސް ބަލަން ހުންނަވަނީތޯ؟؟ މިލިޓަރީ ވެރިކަމެއް ގެނެސްގެންވިޔަސް ގައުމާއި ޝަރުޢީ މުއައްސަސާ ހަމަމަގަށް އަޅުވާ ދެއްވާ!!!
މިގައުމު ކަނޑުވެ އޮޔާދާން ފަށައިފި، ރައީސު ޔާމީނު އަދިވެސް ބަލަން ހުންނަވަނީތޯ؟؟ މިލިޓަރީ ވެރިކަމެއް ގެނެސްގެންވިޔަސް ގައުމާއި ޝަރުޢީ މުއައްސަސާ ހަމަމަގަށް އަޅުވާ ދެއްވާ!!! ޞޭއިންސާފުން އަމިއްލަ އެދުމުން ފޯވެގެންވާ މަޖިލިސް މެމްބަރުން ބޭނުންހާ ކުޅިއެއްކުޅެން ފުރުޞަތުނުދީ މަޖިލިސް އުއްވާލާ، މަނިކުފާނަށް އަދިވެސް މިބާރު އެބޮތް!!!
ވައްޑޭ މިހާރު ދެވުނު ވަރަކަށް އިންޓަރވިއު ދެމުން ގެންދޭ. އިރާދަކުރެއްވިއްޔާ މީ މަޖިލީހުގަ ތިޔަބޭފުޅާ ހޭދަކުރާނެ އެނމެ ފަހު ދުވަސްކޮޅު. އަންނަ ދައުރުގަ އިރާދަކުރެއްވިއްޔާ ނުހޮވޭނެ ތިޔަފަދަ މުނާފިޤުންނެއް.