ރައްޔިތުން މަޖިލީހުގެ 49 މެންބަރުން ސޮއިކޮށް ރައީސް ނަޝީދު މިނިވަންކުރަން ރައްޔިތުން މަޖިލީހަށް ޤަރާރެއް ހުށަހަޅައިފިއެވެ.

ނަޝީދު މިނިވަން ކުރުމާ ގުޅޭ ގަރާރުގައި ސޮއިކުރެއްވި ޕީޕީއެމްގެ މެމްބަރުންގެ ތެރޭގައި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފާއި މަޑަވެލި ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދާއި ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދާއި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި ގުރައިދޫ ދާއިރާގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކާއި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީނާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އާއި މާވަށު ދާއިރާގެ މެމްބަރު އަޒްހާން ފަހުމީ ހިމެނިވަޑައިގަންނަވައެވެ.

ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ރައީސް ނަޝީދު މިނިވަންކުރަން މަޖިލީހަށް ޤަރާރެއް ހުށަހެޅީ ރައީސް ނަޝީދު ޖަލަށް ލާފައި ވަނީ ބާރާއި ނުފޫޒު ފޯރުވައިގެން ކުރިއަށް ގެންދިޔަ ޝަރީޢަތަކުން ކަމަށް ވާތީ ކަމަށެވެ.

މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ ނަޝީދުގެ ޝަރީއަތް ކުރިއަށް ގެންދިޔައީ އެއްވެސް އިންސާފެއް ނެތި ކަމަށާއި ބައިނަލްއަގްވާމީ ފަރާތްތަކުން ވެސް އިންސާފުން އެކަން ކުރިއަށް ގެންދަން ގޮވާލާފައިވާކަމަށެވެ. "އެކަމަކު އެކަމެއް ރަނގަޅެއް ނުކުރޭ. ނަޝީދު ނޮވެމްބަރު 1 ގައި ރާއްޖެ ވަޑައިގަންނަވަން ވާނީ މިނިވަނެއްގެ ގޮތުގައި. އަޅުގަނޑުމެން އުންމީދު ކުރަނީ އެގޮތަށް." ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ އާދަމް މިއަދު މީޑިއާ އަށް މައުލޫމާތު ދެއްވަނީ – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ
ރޮޒައިނާ އާދަމް މިއަދު މީޑިއާ އަށް މައުލޫމާތު ދެއްވަނީ – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ

ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤަރާރަކީ އެއްވެސް ވަރެއްގެ ޤާނޫނީ ބުރަދަނެއް ހުރި އެއްޗެއް ނޫނެވެ. އެހެންކަމުން ނަޝީދު މިނިވަން ކުރުމަށް އެދި މަޖިލީހަށް ހުށަހަޅާ ޤަރާރު ފާސްވި ނަމަވެސް ނަޝީދު މިނިވަންކުރުމުގެ ބާރެއް ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ޤާނޫނީ ގޮތުން ލިބިގެންނެއް ނުވެއެވެ.

ވެރިކަމުގައި ހުންނެވި އިރު ޤާނޫނާއި ހިލާފަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޙުކުމް ސުޕްރީމް ކޯޓުން ބާތިލް ނުކުރާހާ ހިނދަކު ނަޝީދަށް މިނިވަން ވެވޭނެ ޤާނޫނީ އެއްވެސް ހަމައެއް އަދި ނެތެވެ.

ޖަލު ޙުކުމެއް އޮންނަވަނިކޮށް ނަޝީދު ރާއްޖެ ވަޑައިގެންފިނަމަ އެމަނިކުފާނު ހައްޔަރު ކުރަން ޖެހޭނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ސީނިއާ މެންބަރުން ވެސް ގަބޫލު ކުރައްވައެވެ. އެހެންކަމުން ނަޝީދު ރާއްޖެ ވަޑައިގަތުމުގެ ކުރިން އެމަނިކުފާނު މިނިވަންކުރަން އިދިކޮޅު ކޯލިޝަނުން ބޭނުންވެއެވެ.

ނަޝީދު ރާއްޖެ ވަޑައިގަތުމަށް ނިންމާފައި ވަނީ ނޮވެމްބަރ 01 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

  1. ޖައި

    ރާއްޖެ ހަލާކު ވެއްޖެ.

    • ބޭބެ

      ރަގަނޅު ވާހަކައެއް!! ރާއްޖެ ހަލާކުކުރަނީ އިންޑިޔާ އަޑީގައި އޮވެގެން ރާއްޖޭގެ ސިޔާސީ ބަޔަކާ ގުޅިގެން!! ކުރިން ހުދުކޮށް ފެނުނު ކޮންމެ މަންޒަރެއް މިހާރު ކަޅަށް ބަދަލުވެ، ކުރިން ކަޅު ކުލައިން ފެނުނު ކޮންމެ މަންޒަރެއް މިހާރު ހުދުކުލައިން އިލެކްޝަންސް ކޮމިޝަނަށްވެސް އެންޓި ކޮރަޕްޝަން ކަމިޝަނަށްވެސް ރައްޔިތުންގެ މަޖްލީހަށްވެސް އަދި ކޯޓްތަކަށްވެސް ފެނުމަކީ އިންސާފާއި ހަމަހަމަކަން ކަމަށް ބަޔަކު ގަބޫލު ކުރި ނަމަވެސް ހަޤީޤަތަކީ އެއީއެއް ނޫން!! ރައިސް ނަޝީދު ވަނީ ފަނޑިޔާރަކު ގާނޫނާ ޚިލާފަށް ހައްޔަރުކޮށްފަ!! މިއީ ކުށެއް!! މިޙަގީގަތް ބަދަލުނުވާނެ!! އަދި ރައިސް ނަޝީދު ފަނޑިޔާރު ގާނޫނާ ޚިލާފަށް ހައްޔަރުކުރީމާ ރާއްޖެއިން ބޭރުންނާ ރާއްޖޭގެ ކޯޓުތަކުގެ އަމުރުންނާ ރާއްޖޭގެ ސިޔާސީ ހުރިހާ މީހުން (ރައިސް މައުމޫނު، ގާސިމް އިބްރާހިމް، ޝައިޚު ޢިމްރާން، ފަދަ އެތައްބައެއް) އޭރުވަނީ އޭނާ ދޫކޮށްލަން ގޮވާލާފަ!! އެހެރީ ރިކޯޑިން ފެންނަން!! ޙާލަތު ބަދަލުވުމަކުން މީހާ ރޯމާދުވާލު ކުރިކޮށް ބަދަލުވާނަމަ އެއީ ވަރަށް ގޯސްކަމެއް!! ޢަދުލު އިންސާފު ނެތްކަން ހާމަވާކަމެއް!! އެއްވެސް މީހަކު ކުށެއް ކޮށްފިއްޔާ ޙައްގު އަދަބު ލިބެންޖެހޭނެ!!

  2. އަން

    ދިވެހިރާޖޭގެ ކޯޓަކުން ކޮއްފައިވާ ހުކުމެއް ރައްޔިތުން މަޖުލީހުން ބާތިލު ކުރަނީތަ؟ މިއީ ދޯ ކަލޭމެން ތިކިޔާ އިންސާ ފަކީ.

  3. މޫސަ

    މެމްބަރުންނަކަށް ޖަލުހުކުމުގައިތިބި ނިކަމެތި ރައްޔިތުންނެއް ނުފެނޭދޯ ކޯޓަކުންކޮށްފައިވާ ހުކުމެއް މަޖިލީހުގެ ގަރާރަކުން ބާތިލް ކުރެވެންޏާ އަދުލުއިންސާފުގެ ނިޒާމު ވަރަށް ހަރުދަނާ ވާނެ. އަދުލުއިންސާފު ޤާއިމުކުރަން ވެރިކަމަށް އައި މީހުންގެ ހާލަކީ މިއީދޯ ވަރަށް ސަޅި.

  4. ނާބިތު

    ޤައުމު މިއޮއް އޮޔާ ދަނީ

  5. ހދ. އަތޮޅު

    މަޖިލިސްގެ މެންބަރުންނައްގޮވާލަން ރައްޔިތުންކައިރިޔަށް ދެވަނަފަހަރަށް ވޯޓްހޯދުމަށް އައުމުގެކުރިން ތިޔަކަންތަކާ ހަމަބުއްދިންވިސްނާ ފިކުރުކުރައް ދެރަނިކަމެތިރައްޔަތުންވެސް މިނިވަންވެ އަނބިދަރިންނާއެކު އުޅެންބޭނުން އަޅުގަނޑާއި އަޅުގަނޑުގެ ޢާއިލާގެ އެއްވެސްމެންބަރަކު ތިޔަވޯޓުގައިބައިވެރިވާ އަޅުގަނޑުގެ ދާއިރާގެމެންބަރަކަށް ވޯޓެއްނުދޭނަން. ރާްއްޖޭގެ ލޮބުވެތިރައްޔިތުން މިކަމަށް ވިސްނާތި

  6. ޙަސަން ޙުސައިން

    އިންސާފު މިހިރަގެން ފެންނަނީ އެވެ. ކުދިންނަށް ބޭއިންސާފު ބޮޑުންނަށް ބޭ އިންސާފެވެ. ޔާމީން ކަމުނުދިޔައީ މި ނުބަި ސަގާފަތް އުވާލައި ކުޑަކެކުރިއާއި ބޮޑުކެކުރިއަށް ހަމަހަމަ އުސޫލުން ކަންކުރީމައެވެ. އިސްލާމް ދީން ދަންނަ އިންސާފަކީ އެއީއެވެ. އެހެންނަމަވެސް ރިޝްވަތާއި ފަސާދައަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ހެއްލި ޣައިރު މުސްލިމުގެ ބާރުގެ ދަށަށް މި ޤައުމުދާތަން މަށަށް އެބަ ފެނެއެވެ. މި ފެށޭ 5 އަހަރުގެ މެދހެހހާ ތާނގައި ޤާނޫނު އސާސީ އިޞްލ؛ާޙުކޮށް ރާއްޖޭގައި ސެކިޔުލާރ ވެރިކަމެއް ޤާއިމުކުރާެކަން މިހާރު 90% ޔަގެެނވެއްޖެ އެވެ. މައުމޫނާ ގާސިމް އެ އުޅުނީ މިކަން ނުވެގެންނެވެ. އެކަމަކު މި ގައުމު ގުރުބާން ކުރިޔަސް ފާރިސް އަށް މިޖީލުގަި ރައީސްކަމެއް ނުލިބޭނެއެވެ. މަޖިލިސްގެ ރައީސްކަމެއް ވެސް ނުލިބޭނެއެވެ.

  7. އަސްލެއްބާ

    ހަމަައެއް ލަމައެއް އޮންނަ ތަނެއްތަ މީ އަނެއްކާ ،،، ރާއްޖެ ހަލާކުވެދި ،،،، ތަޅާކޮށިން ކަންކަންނިންމަނީ...ބަލި ތިއީ ގާނޫނު ހަދާމަޖިލީހެއްބެލަ///// ހިތި ފެންނާނެ ރަހަވެސްލާނެ ،، ކަމެއްކުރުމުގެ ކުރިން ރަނގަޅަށް ބަރުން ވިސްނަވާލެއްވުމަށް އިލްތިމާސްކުރަން ،،އަޑި ނޭގޭ ދޯ،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،

  8. އަޙްމަދު

    އިންސާފަށް ގޮވާލަންޔާ އެނާގެނެސް ހުކުމް ތަންފީޒް ކުރުވާ. ޤާނޫނީ އިމުގެތެރޭގައި އެނާވެސް އުޅޭންޖެހޭނީ. ޤާނޫނީ އިމުގެ ތެރެއިން އެނާއަށް ކޮށްފައިވާ ހުކުމް ބަލާ އެލުއިކުރެވޭތޯބަލާ. އިންސާފް ޤާއިމުކުރޭ. އިންސާފް ޤާއިމު ނުކުރަނީ. ސިޔާސީ ވެގެން އުޅޭ ސިޔާސަ މީހުން. މަޖްލީސް.

  9. ބޯގޯސް

    މަޖްލިސް އެއީ ޖަލްސާތައް ކުރާތަނެއް! ކުއްވެރިން މިނިވަން ކުރާތަނެއް ނޫ!

  10. އެދުރުބެ

    ތިމީހާގަނޑު ރާއްޖެ އައީމާ ރާއްޖޭގައި ވައްކަންކޮށް ލާދީނީ ކަންކަން އިތުވާނެ!

  11. ސަމަންތަރު

    ލާދީނީމީހެއް ރާއްޖެ އަންނަނީ

  12. ސަމަންތަރު

    އެމެރިކާ ހަލާކޮށްފަ ރާއްޖެ ވަޑައިގަތީތަ

  13. ސަމަންތަރު

    ވެރިކަމުގައި ހުންނެވި އިރު ޤާނޫނާއި ހިލާފަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޙުކުމް ސުޕްރީމް ކޯޓުން ބާތިލް ނުކުރާހާ ހިނދަކު ނަޝީދަށް މިނިވަން ވެވޭނެ ޤާނޫނީ އެއްވެސް ހަމައެއް އަދި ނެތެވެ.

  14. އަނދަވަޅު

    ނަސީދަށް ހަލާކުހުރި... ވަގު ސޯލިހަށް ހަލާކުހުރި...

  15. އިންސާފު

    މިހާރު ޖަލުތަކުގައި ތިބި ހުރިހާ ކުށްވެރިންވެސް މިނިވަންކުރަން ރައްޔިތުން މަޖިލީހުން ޤަރާރެއް މިހާރުން މިހާރަށް ފާސްކޮށް، ހުރިހާ ކުށްވެރިން މިނިވަންކުރުން ވަރަށް މުޙިއްމު ކަމުގައި ދެކެން. އަދި ކޯޓްތައް އުވާލާ ހުކުމް ކުރާތަނަކީ ރައްޔިތުންގެ މަޖިލީސްކަމުގައި ހެދުމަށް ޤަރާރެއް ފާސްކުރަންފެނޭ!

    • ޟ
  16. ޖުޑީ

    ޖަލުތަކުގަ ތިބިހުރިހާ އެއްމެން ދޫކޮށްލުމަށް ގޮވާލަން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގަ ބުނާގޮތުން ދިވެހި ކޮންމެ ރައީތަކީ ގާނޫނުގެ ކުރިމަތީގަ ހަމަހަމަމީހެއް. ވަކި ބަޔަކު ކުރާކުއް ކުށަކަށް ނުވެފަ ދެރަނިކަމެތިމީހާ ކުށެއް ކުރީމަ އަދަބުދިނުން އެއީއިންސާފުތޯ؟

  17. ކަރާ

    ތީ ކަނޑުކޮހުންގެ މަޖިލީހެއްތަ؟ ތިމާމެންނާ ޤާނޫނީގޮތުން ނުބެހޭ ކަންތަކާ ބެހޭ މަޖިލީހެއްތަ؟ އެކަން ބަލައިގަތުންވެސް ގޯސް. އަދި ނޭނގެދޯ ބަލައިގަންނާނެކަމެއް. މީ ކީއްވެފަތިބޭ ބުރާންތިތަކެއް؟

  18. ނިރުމަލާ

    ބަލަގަ ވަކީލަކު ނުދިނީމާ މައްސަލަ ކުރިއަށް ނުގެންދިަަޔަނަމަ މިއަދު ތިސަކަރާތް ޖަހާކަށް ނުޖެހުނީސް ދޯ ހަމަ ތިކޯޓްތަކުންދޯ އެކަންވެސް ކުރީ ހަމަ ތި މެމްބަރުން މަޖިލީހުގަވެސް ތިބީ މިދެން މުސީބާތެއް ހަމަރަނގަޅަށް މިބުނީ.....

  19. ހުސްނީ

    މަ ކައިރިއަށް ނާންނާތި ރައްޔިތުން މަޖިލިސްގެ ގޮޑިއެއް ލިބޭތޯ ވޯޓް ހޯދަން.

    ހުވާ މިބުނި .............ންނަށް ވޯޓެއް ނުދޭނަން.

  20. އަބްދުއްލާ

    މަޖިލީހުނަ ފާސްކުރެވޭ ގަރާރަކުން ނަސީދު މިނިވަނެއް ނުކުރެވޭނެ . އެއީ ގާނޫނުއަސާސީއާ ހިލާފު ކަމެއް. މިހާރު ނަސިދު މިނިވަން ކުރެވޭނީ ގާނޫނުގެ އިޖްރާތުގެތެރެއިން .ގާނޫނުއަސާސީގަ ބުނާ ހައްގުތަކާ ތައާރަޒް ވާގޮތަށް ފާސްކުރެވޭ ކޮންމެ ފާސްކުރުމަކީ ބާތިލް ފާސްކުރުމެއް.

  21. އަލީ ނަޝީދު

    ރަޢީސް މުޙައްމަދު ނަޝީދު މިނިވަން ނުކޮށް ދިވެހި ރާއްޖޭގެ އެއްވެސް ސިޔާސީ ބޭފުޅަކު މިނިވަން ކުރުން އެއީ ރަނގަޅު ގޮތެއް ނޫން. ރަޢީސް ނަޝީދު އަކީ ހަމަ ބެސްޓް

  22. އިންސާފް

    މީހާތަނަށް ރާއްޖޭގައި އެންމެ އިންސާފުން ކޮށްފައިވާ ހުކުމަކީ ނަޝީދުއަށް ކޮށްފައިވާ ހުކުމް. ކޮންމެހެން ޔަހޫދީން ފަންޑުކޮށްގެން މަޖިލީހުގައިތިބި މެންބަރުންނަށް ރިސްވަތު ދީގެން ހުކުމް ބަދަލު ކުރަން ނޫޅޭ. ދެން ދުވަސްކޮޅަކުން އިންސާފްވެސް މަޖިލިސް ތެރެއިން ނީލަންކިޔަން ފަށާފާނެ

  23. Anonymous

    އަނެއްކާވެސް ނަޝީދުގެ ބަލާ ދިވެހިރާޢްޖެއަށް ލައިގަތީއެވެ. އޭނާގެ ބަލާއިން 6 ފެބްރުއަރީ 2012 ވަނަ ދުވަހު ﷲޞވޢ ރާއްޖެ ސަލާމަތް ކުރައްވާފައި ވާކަން އަދު މިދިވެހިރާއްޖޭގެ ގިނަބަޔަކު ހަނދާން ނެތިފައިވާކަމީ ހިތާމަހުރިކަމެކެވެ.

  24. ކޮސް

    bala thy e jinni ya malamayko furahsara kuri baigadu kiharufiya eh deegenba thiulhenee emoyagolha salamaykuran mi qaumuga 13 aharuge hukume ivvafahuri teroristaku salamaykuran thiulhenee hama rufiyagedahivethikamun kanyageen thy boduvaru mirun miharah thi beyri salamaykofiya jaluga thibi hurihaa kuhverin dhookolan govaalan

  25. އަހްމަދު

    ރއީސް ޔާމީންގެ ބާރުކެނޑުނުހިސާބުން މިފެންނަނީ ރައީސް ވިދާޅުވި ބޮޑުކެކުރިޔާ ކުދި ކެކުރީގެ ތަފާތު އެއީ މިބޭފުޅުންބުނާ އިންސާފަކީ ފަސްއަހަރުނިމޭއިރު ކިހާވަރަކުން ދާނެބާ

  26. ޑާޑާޑާޑާ

    ކެނެރީގެ ނަޝީދަށް ކޮންމެ ގޮތަކަށް ހުކުމް ކޮށްފައިވީ ނަމަވެސް އިޖްރާއަތު ތައް ފުރިހަމަ ނުވެ ނުހުންނާނެ ތިޔާއީ ދަށު ކޯޓުން ނިންމި ހުކުމް އެއް ހައިކޯޓުން ވެސް ތާއީދު ކޮށް އަދި ހައިކޯޓުން ކުރި ތާއީދަށް ސްޕްރީމް ކޯޓުން ވެސް ތާއީދު ކޮށްފައިވާތީވެ ދެން އެހުކުމް އެއީ އިޖުރާއަތް ތަކާއި ޚިލާފަށް ވަގުތު ނުދީ ކުރި ހުކުމެއް ކަމަށް ބުނެވޭނެ ޖާގަ ނެތޭ ތިޔާ ހުކުމް އަކީ ހަމަ ރަނގަޅު ހުކުމް އެކޭ ތިޔާ ހުކުމް ބާތިލުވާންނުޖެހެއޭ އިޓް ޑަޒް ސީމް ދިސްވޭ ޑާޑާޑާޑާ..

  27. ކާންޓް

    މަޖްލީހުގެ ރައީސް ކަމަށް ގާސިމް ގެނައުން ހަމަ ރަނގަޅު އެކަމަކު ކެނެރީގެ ނަޝީދު ދޫކޮށްލަން މަޖްލީހުގެ ތެރޭން ގަރާރު ތައް ފާސް ކޮށް ގެން މަޖްލީހުގެ މެމްބަރުން ޕްރޮޕެގެންޑާ ފަތުރައިގެން ތިޔާ ކުރާ ކަންކަން އެގޮތަށް ނުކުރެވޭނެއޭ އެއީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫނޭ ސްޕްރީމް ކޯޓުން ދަމަހައްޓާފައިވާ ހުކުމެއް އޯވަރނައިޓް އަކުން ބަދަލު ވެގެން ނުވާނެއޭ އެކަން އެގޮތަށް ނުކުރެވޭނެއޭ ޔޫ ކާންޓް ޑޫ އިޓް އޮން ދިސްވޭ ޔޫ ކާންޓް ޑޫ އިޓް އޮން ދިސްވޭ ޔޫ ކާންޓް..މަޖްލީހުގެ ރައީސް ކަމަށް ގާސިމް ގެނައުން ހަމަ ރަނގަޅު އެކަމަކު ކެނެރީގެ ނަޝީދު ދޫކޮށްލަން މަޖްލީހުގެ ތެރޭން ގަރާރު ތައް ފާސް ކޮށް ގެން މަޖްލީހުގެ މެމްބަރުން ޕްރޮޕެގެންޑާ ފަތުރައިގެން ތިޔާ ކުރާ ކަންކަން އެގޮތަށް ނުކުރެވޭނެއޭ އެއީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫނޭ ސްޕްރީމް ކޯޓުން ދަމަހައްޓާފައިވާ ހުކުމެއް އޯވަރނައިޓް އަކުން ބަދަލު ވެގެން ނުވާނެއޭ އެކަން އެގޮތަށް ނުކުރެވޭނެއޭ ޔޫ ކާންޓް ޑޫ އިޓް އޮން ދިސްވޭ ޔޫ ކާންޓް ޑޫ އިޓް އޮން ދިސްވޭ ޔޫ ކާންޓް..

  28. Miadhu

    ދިވެހި ލޮބުވެތި ރަޢިއްޔަތުންނަށް ގޮވާލަން. ތިރަށުގެ އެއްވެސް ބޭފުޅަކު ޝަރުޢީ ހުކުމެއްގައި ނުވަތަ ދައުލަތުގެ ބަންދެއްގައި ހުރިނަމަ އެބޭފުޅަކު މިނިވަން ކުރުމަށް އަވަހަށް ޕެޓިޝަނެއްހަދާ ރަޢިއްޔަތުންގެ މަޖިލިހަށާއި ރައީސުލް ޖުމުހޫރިއްޔާގެ އޮފީހަށް ހުށައަޅާ ދެއްވުމަށް

  29. މޮހޮރީ

    އަޅެފަހެ ޖަލުގައިތިބި އެންމެންވެސް މިނިވަން ކުރަން މަޖިލިސް އަށް ލާންވީނު، ކޯޓުތަކުގެ ޒިންމާ މަޖިލިހަށް ލިބުނީމަވެސް ބުނާނީ އިންސާފޭ ތަ؟ ކޯޓުތަކުގެ ފެނަވަރު ވަރަށް ރަގަޅަށަ ހާމަވެއްޖެ، އެމީހުން ކުރި ހުކުންތައް ހަމަ އެމީހުން ބާތިލު ކުރަނީ ބުރަދަނެއްނެތް އަސާސް ތަކެއްގެ މަތީ.

  30. މަ

    ނަޝީދު މިނިވަންކޮށްފިނަމަ ޖަލު ހަލާކުކޮށްގެން

    ޢެންމެން ނުކުންނާތި.

  31. ބޭގަރާރު

    ބައެއް މީހުން ބުނޭ ރާއްޖޭގައި އޮތީ މަސްހުނި ނިޒާމެކޭ. ސުޕުރީމު ކޯޓުން މިކަންކަން ހަމައަކަށް ނާޅުވައިފި ނަމަ ގައުމުފަނާވެ ހަލާކުގެ ތެރެއަށް ވެއްޓޭނެ މިހާރު އަދި މިފެންނަނީ ކުޑަ މިންވަރެއް. ޢަންނި އާއި މައުމޫނުގެ ނުބައިކަމާއި ޤާސިމުގެ މުދާވެރިކަމާއި ދެފުއްދެގޮތް ޝޭހުންގެ ވަކިތަކުން މިގައުމު ސަލާމަތް ކުރާން ވެއްޖެ