ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރު އިކޮނަމިކް މިނިސްޓަރުކަމަށް ގެންނަން ކޯލިޝަންގެ އެކްޓިވިސްޓުން ކެމްޕޭން ފަށައިފިއެވެ.

އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ބައެއް އެކްޓިވިސްޓުންނާއި އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ގެންދަނީ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެކުލަވާލާ ސަރުކާރެއްގެ އިކޮނަމިކް މިނިސްޓަރު ކަމުގެ މަގާމު ޖާބިރަށް ދިނުމަށް ގޮވާލަމުންނެވެ.

އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ މައިމޫން ކޮށްފައިވާ ޓްވީޓެއްގައި ބުނީ އިކޮނަމިކް މިނިސްޓަރު ކަމަށް ޖާބިރު ގެންނަން އޭނާ ތާއިދު ކުރާ ކަމަށެވެ. "ސަރުކާރު ބަދަލުކުރަން ޖާބިރު ވެފައިވާ ގުރުބާނީގެ އަގުވަޒަންކުރަން ޖެހޭ." މައިމޫން ބުންޏެވެ.

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ވަރަށް ގާތް އެކުވެރިއެއް ކަމަށްވާ އަދި މިހާރު ޖުމްހޫރީ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ އަލީ ޝާހިދު (ސްޓެޕް އައްޔަ) ވެސް ގެންދަނީ ޖާބިރު އިކޮމަނިކް މިނިސްޓަރު ކަމަށް ގެންނަން ގޮވާލާ ފުލުފުލުގައި ޓްވީޓްތައް ކުރަމުންނެވެ.

ސްޓެޕް އައްޔަ ކޮށްފައިވާ އެއް ޓްވީޓެއްގައި ބުނީ އިކޮނަމިކް މިނިސްޓަރުކަމަށް ޑިމޮކްރަސީއަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ ޖާބިރު ގެންނަން ތާއިދު ކުރާކަމަށެވެ.

ޖާބިރަށް އިކޮނަމިކް މިނިސްޓަރުކަން ހޯއްދަވައިދެއްވަން ކެމްޕޭން ކުރަމުންދާ އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅަކު މިއަދު "ވަގުތު" އަށް ވިދާޅުވީ "ޖާބިރަށް މިނިސްޓަރ ކަން ދިނުމަށް އެންމެ މަތިން ވަނީ އެޕްރޫވް ލިބިފައި" ކަމަށެވެ.

ޖޭޕީ އާއި އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ޖާބިރު އަށް ވަޒީރުކަން ދިނުމަށް ގޮވާލަމުން ދާއިރު އެކަމާއި ދެކޮޅަށް ވެސް ޖޭޕީ އާއި އެމްޑީޕީގެ އެހެން ބައެއް އެކްޓިވިސްޓުން ގެންދަނީ ވަރަށް ބޮޑަށް ޚިޔާލުފާޅުކުރަމުންނެވެ.

އިބޫ އެކުލަވާލާ ސަރުކާރެއްގެ ވަޒީރުކަމުގެ މަގާމު ހޯއްދަވަން މިހާތަނަށް ފާޅުގައި ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނީ ޖާބިރު އެކަންޏެވެ. އޭނާ ވަނީ އިބޫ ވެރިކަމަށް ގެންނަން ބޮޑެތި ޚަރަދުތަކެއް ކުރައްވާފައި ކަމަށް މީސް މީޑިއާގައި ވާހަކަދެކެވެއެވެ.

އިބޫ އެކުލަވާލާ ސަރުކާރެއްގައި އިދިކޮޅު ހުރިހާ ޕާޓީއެއްގެ ވަޒީރުން ތިއްބަވާނެއެވެ. ޖާބިރު މިހާރު ހުންނެވީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

 1. މާރިޔާ

  ތިހެން ލާރިއަށް ވިކޭ އެކްޓިވިސްޓުންގެ ބަހެއް ޔައްޔިތުން ކައިރީ ނުވިކޭނެ. ޖާބިރު އަށް މިނިސްޓަރ ކަން ދީފީޔާ ކޮރަޕްޝަން ނައްތާލާ ވައުދާ ހިލާފުވީ

 2. ކުރި ޚަރަދު ހޯދުން

  ކުރި ޚަރަދުގެ ބަދަލު ސަރުކާރުގެ ވަތްގަޑުދަަށުން ކަޓު ނަގައިގެން ހޯދަންބާ މިހާ ވަރަށް ފައި މި ނަގަނީ.؟؟؟!!!! ގައިމު ގާބިލްކަމެއް ހިރިއްޔެއްނޫން. ދިޔަ މަކްތަބެއް ސްކޫލެއް ކޮލެޖެއް ހުރީކީ ނޫން. ބަހަކުން ކުރެ ބަހަކުން ވާހަކަ ދައްކަން އެގެނީކީ ނޫން. ދެނޯ. ކޮބާ ފަސާދައާ ކޮރަޕްޝަންގެ ގޮވެލިފަތި ރަނުން ކަރުގަ އަޅައިގެން އުޅުނު މީސްތަކުން؟
  ސާބަހޭ ހަބޭސް!

 3. މޫސަ

  ޚިޔާނާތްތެރިންނާެއި ވަގުން އަނިޔާވެރިންނާއި މަކަރުވެރިން ވަޒީކަމަށް ލައިގެން ސަރުކާރެއް ނުހިންގޭނެ. މިފަދަ ތަޢުލީމީ ޒަމާނެއްގައި ޖާބިރަކީ އެކަމަށް ކުފޫ ހަމަވާ މީހެއްނޫން. އޭނާއަށް ރަނގަޅުވާނީ ހޮނޑައިދޫގެ ބީޗު

 4. ަސދ

  މީހަކު ނެތިއްޔާ އޯކޭ.
  ދިޔާނާވެސް އިސްލާމްދީނޭ ކިޔައި ފޫގަޅާ އިރު މިވަރު މީހަކާއި އިނދެގެން އުޅޭ ސަބަބެއް ނޭގޭ

 5. ޖ

  ޖާބިރު މިނިސްޓަރުކަން ދީފިއްޔާ ދެންކޯލިސަން ސަރުކާރަކައް ސަޕޯޓެއް ނުކުރެވޭނެ

 6. ނަގޫރޯޅި

  ގައުމުގެ ކަންތައް ދާނެ ދެރަވަރުގޮތް ތަސައްވަރުކުރެވިފަ ދެރަވެ، އެކަމުކުރާނެ ކަމެއްނެތް މެޖޯރިޓީ ލިބުންމީހުން ހަދާނީ ހަދާނެ އެއްޗެއް. މިފެންނަނީ ގައުމައް އިސްކަންދިނުމައްވުރެ ޒާތީ ހަދައެއްގެ އަލިފާނުގަ އެންމެން އުޅޭތަން

 7. ޙަރުބ

  އަދީބް މިނިސްޓަރުކަމަށް!

 8. ޜާދީ

  މި ޖާބިރަކީ ތައުލީމީ ގޮތުންކިހާފެންވަރެއް ގެ ބޭފުޅެއްބާ އެހެންނާފަހެ

 9. ސުލައިމާނު

  "އިކޮނަމިކް" މި ލަފްޘު ކިޔަން އެގޭމީހެއްބާ މީނައަކީ؟ މާނަ އެގޭތޯވެސް ، ޒިންމާއެގޭތޯވެސް ، މިރޮގުން ޢިލްމުހުރި މިންވަރެއްވެސް ބަލަންވާނެއެވެ. މީނަޔަށް ބޮޑަށް ރަގަޅުވާނީ ރ ގުދަނުގެ ބަނޑޭރިކަން< ހަހަހަ

 10. ހުސޭނުބޭ!

  ޔާމީނު ސަރުކާރުގައި ކަރަޕްޝަން ގިނަވެގެން ފަޔަށް ހިނިއަރައިގެން އުޅުނު މީހުން ގއތފލގައި ދަނޑިން ތަޅަނީ! ކޮބައިތަ ޢުމަރު! އަޅެ އުމަރު ބުނެބަލަ ތިޖޫރީ އިން ތަނުގައި މިފަހަރު އިންނާނީ ކޮން އެއްޗެއް!

 11. ޑީ

  ނޯ ޕްލީސް...

 12. ރައްޔިތުން

  ތިއީ ރަނގަޅުމީހެއް އެކަމަށް، އޭނާއަށް ލިބިފައިވާ ރަށެއްގައި ރަނުގެ އާރެއްގެ ދޮރު ހުރޭ އޭނާ އަށް އެކަން ލިބިއްޖެއްޔާ އެކަމުން ރާއްޖެއަށް ނަފާވެ އެންމެން ރަނުން އުއްތައި ޖަރީކުރާނެކަމަށް ބުނަނީ

 13. ފެންނަގޮތް

  10 މިލިޔަން ޗެކް ދީގެންބާ ވަޒީރު ކަމަށްވެސް އަންނަނީ. ލޮލް

 14. ހާންދާން

  ކަލޯގަޔާ!! ތިކަހަކަ ކުއްވެރިންނަށް ގައުމުގެ ހުންގާނުތައްދޭތީ ދެރައީ! ޕޮލިޓީޝަނުން ގައުމުރަނގަޅު ކުރާކަށް ނުވާކަމުގެ އަލާމަތް ތައް ތިޔަފެންނަނީ.. ކޮންމެ މީހަކުވެސް ބޭނުން ވަނީ އެމީހެއްގެ ބައި ކާލެވޭތޯ އަމިއްލަ ހަރުމުދާގަނޑެހެން.

 15. ތޯތާ

  ރާއްޖޭގެ ރައްޔިތުން ރަލުން ޖަރީކޮއްދޭން މިސައިތާން ބުނެފި

 16. ރުޒާނާ ޗޮއްޕަޓު

  މިނިސްޓަރުކަމަށް ވެސް މީހުން ގެންނަނީ ކެމްޕެއިން ކޮށްގެން ވޯޓު ލައިގެން މިކުދިންގެ ސަރުކާރުން. ވަރަށް ސަޅި. ވާހ ވާހ ތިވަރެއް ނެތް.

 17. Anonymous

  ރައީސުކަމާއިގުޅޭ ތަޢުލީމެއް ގާބިލުކަމެއްނެތް ރައީސަކާއިއެކު ގައުމުހިންގަން ހޮވާނީވެސް އެފެންވަރުގެ ވަޒީރުން، ވީމާ ޖާބިރުވެސް އިބޫ ސަރުކާރުގެ ވަޒީރުބޭކަލަކަށް ބަހައްޓަން ހަމަ އޯކޭ، ލަނޑައާއި ވާނީ ލަނޑައާއި ދޮތެ.

 18. އަލީ

  އެހުރިހާލާރި އެގޮތައް ޚަރަދު ނުކޮއް އަމިއްލަ ވިޔާފާރި ތަރައްގީ ކުރަން ޚަރަދު ކުރިނަމަ ޖާބިރުއަށް މާރަގަޅުވީސް.އެކަމަު ވަޒީރު ކަން

 19. ވެދުން

  މިއީ ރޭވުމެއް ކާށިދޫ ދާއިރާއަށް ކުރިމަތިލާނެކަމަށް އިޢުލާނުކޮށްފައިވާތީ އެކަން ހުއްޓުވުމަށް ޖޭޕީ އަޑީގައި އޮވެގެން ފެށިކަމެއް މިއީ އިންޝާﷲ މިފަހަރު ލާހިކެއްނޫން ޖޭޕީގެ މީހަކަށް މިދާއިރާ ކަމިޔާބު ކުރާކަށް

 20. ޑަމް

  އަލުގަނޑަށްފެންނަނީ ހޮނޑައިދޫގެ މިނިސްޓަރ ކަން ޖާބިރަށް ހަވާލު ކުރަން . މިކަމާ އުޅެބަލަ ! މިކަންވޭތޯ ! އުޅެފިއްޔާ ވާނެ

 21. ކަރާ

  ތިހިރީ މިނިސްޓަރުކަން ކުރެވިފަ. ދުވަސްކޮޅަކަށް މިފްކޯ ހަވާލުކުރީމާ ހެދިގޮތް އެނގޭތަ؟ އެތަނުން ތެޔޮވެސް މަސްކޮޅުވެސް ފައިސާކޮޅުވެސް ކައްވާލި ބޮޑު ޚިޔާނާޓްތެރިއެއް. އަބަހުރި ލިޔެކިޔުންތައްވެސް. އަނެއްކާ ދެން ކިހިނެއް ހަދާނެބާ؟ ރާބޮއިގެން ހޮޑުލުންނޫންކަމެއް ނޯންނާނެ މިގުންޑާ ޖާބިރު

 22. ވާވާ

  މޮޔައެއްގެ އަތަށް ކަނޑިއެއް ލިބުނީމާ ވާނެހެން މިހާރު މިވަނީ.

 23. ޖަޒީރާ

  ރިޔާސީ އިންތިޚާބަކީ ވިޔަފާރިޔަކަށް ހެދުމަކީ ވަރަށް ބޮޑު ގޯހެއް. ރައްޔިތުން ވޯޓްދިނީކީ އަމިއްލަ ބޮނޑި ބޮދުކުރުވާކަށް ނޫން. މިވަރުން ދަންޏާ ބޭންކުން ލޯން ނަގައިގެންވެސް ކުރަންވީ މިކަން. 5 އަހަރުތެރޭ އެތަށް ގުނަ ފައިދާ

  ވިސްނާ ފިކުރުކުރުން ބުއްދިވެރި

 24. ޢަލީ ހަމީދު

  ޖާބެ އަކީ ތިޔަކަމައް އެންމެ ގާބިލް އެކަކު..

 25. ާއޯކޭ

  ޖާބިރަކީ ތިކަމަށް އެންމެ ޤާބިލް ބޭފުޅާ. ތިތިބަ ޕީއެޗްޑީ ނަގައިގެން އުޅޭ މީހުނަށްވުރެން މާތަޖުރިބާހުރި ބޭފުޅެއް. ޖާބިރު ހަމަ އޯކޭ!

 26. ހޮޑައިދޫ ކަތީބު

  އާނ އަވަހަށް ޖާބިރުބެއަށް މިނިސްތަރުކަންދީ އެއިރުން އަހަރެމެން ރަށު އެންމެން ތިބޭނީ ރަނުން ޖަރީވެގެން އަތުން ފުޅިހިފާލައިގެން ، އެކެމްޕެއިން ކުރަނީ ވަރަށް ވަރުގަދަ ބައެއް އެމީހުން ބުނާގޮތް ނުހަދައިފިއްޔާ ކޯލިސަން ރޫޅައިލަވެސްފާނެ

 27. ފުންނަ

  މިފްކޯ ހިންގި އިރު މިފްކޯގެ މަސްގަންނަ ބޯޓް ފަހަރުގެ ތިޖޫރީގައި މަސްވެރިންދޭން ބަހައްޓާފައި ހުރި މިލިޔަނުން ވަގުނޫޓް ކަމަށް އޭރުގެ ނޫސްތަކުގައި ޖަހިއިގެން ފަޅާއަރުވާލީ. ޔާމީނާއި ގުޅިގެން ކުރިކަމަކަކަށްވާތީ މައުމޫނުގެ ރައީސްކަމުގައި ހިންދާލީ. ކޮބާ އެމައްސަލަ، ބަލަންޖެހޭނެ އަދި ޖާބިރު އެކަމުގައި ސާމިލު ވޭތޯބެލެވެންނުޖެހޭނެތޯ. އިކޮނޮމިކް މިނިސްޓަރު އަކީ ވަގުފައިސާޖަހައިގެންވެސް އިޤްތިޞާދު ރަގަޅުކުރަން އެގޭމީހަކަށް ވާންޖެހޭނަމަ ތިކަންކުރަންވީ.

 28. ހޭޅި

  އިކޮނޮމިކް މިނިސްޓާރ ހޮޑައިދޫ ދެން އަތްޖަހާ ބާރައް

 29. އިބްރާހިމް

  ކިތައްމެ ކުލަ އެއްގޮތްވިޔަސް އެފަދަ މަޤާމުތަކަށް ގެންނަންޖެހޭނީ ތެދުވެރިން.ޖަޒުބާތުގައިވެސް އެފަދަ މީހުން ގެނެސްގެން ނުވާނެއެވެ.

 30. ޢިބޫ

  ހެޔޮނުވާނެ ހަމަބުއްދި ސަލާމަތުން ހުރިމީހަކު ޖާބިރު މިނިސްޓަރ އަކަށް ނުލާނެ އެއީ ދުވާލުގެ 24ގަޑި އިރުން 18ގަޑި އިރު ވާނުވާނޭގޭ މީހެއް

 31. އިންސާނާ

  ދައުލަތުގެ މަގާމުތަކަކީ މީހަކު ކުރިކަމެއްގެ އަގު ވަޒަންކުރުމުގެގޮތުން ދޭންޖެހޭ އެއްޗެއްކަމަކައް ގަބޫލެއްނުކުރެވޭ ދެން ވަރައް ސަލާމް

 32. Anonymous

  މައުލޫމާތައްޓަކައި ދަންނަވަން. ޖާބިރު ސަން ޓްރެވެލް ސިޔާމް އަދި ކަސްޓަމް ގެ ވެރިޔާ ޖުނެއިދު ފަދަ އެތައް ބޭފުޅުންނަކީ މިހާރު މާސްޓާރސް އޮފް ބިޒިނެސް އެޑ

 33. މަންޖޭ

  ލޮލީޖާބިރުއައް ރަނގަޅުވާނެ މިނިސްރުކަން އަވަހައްދީ

 34. ސސދ

  ތިޔަ ބަޔަކަށް ވަރަށް ގިނަ ލާރި ދީގެނަ ކުރުވާކަމެއްމީ. މީނަ ކަމަކު ނުދޭ މިނިސްޓަރ ކަމަށް