ބަނގުރާ ފުޅިތަކަކާއެކު މީހަކު މާލެއިން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މިމީހާ ހައްޔަރުކޮށްފައިވަނީ ރޭ ދަންވަރު މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންނަށް އޭނާގެ ޢަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން، އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރުއިރު އޭނާ ދުއްވި ސައިކަލުގެ މަޑިދަށުން ބަނގުރާ ފުޅިތަކެއް ފެނުމާއި ގުޅިގެންނެވެ.

ސައިކަލް ބަލައިފާސްކުރިއިރު ސައިކަލުގެ މަޑިދަށުން 3 ފުޅި ބަނގުރަލާއި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ 4 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޑޮންޑޮން

    ހީހެއް ނޫންތަ؟؟؟

  2. ކަރުހިއްކާ

    ބަނގުރާފުޅިތަކާއި އެކު މާލެއިން މީހަކު ހައްޔަރު ކުރިވާހަކައަކީ، ތީ ކެނެރީގޭ ނަޝީދުއަށް ކުރެވޭ މަކާމާތެއް! ތިފަދަ މަކާމާތްތައް ޤަވްމުގެބ ޮޑުންނާއި ދިމާލަށް ނުކޮށްބަލަ!

  3. ނައިބުތުއްތު

    މޫސުމްފެށެނީ. އަޅުގަނޑުމެން މިތިބީ ބަލަން.