ރައްޔިތުންގެ މަޖިލީހަށް އާ ރައީސަކަށް ޖުމްހޫރީ ޕާޓީން ބޭނުން ވަނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިހާރުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ 51 މެންބަރުން ސޮޔާއެކު މަޖިލީހަށް މިއަދު ވަނީ ހުށަހަޅާފައެެވެ. އަދި މަސީޙު ވަކިކުރުމަށް ފަހު ދެން މަޖިލީހުގެ ރައީސަކަށް ގާސިމް އިބްރާހިމްގެ ނަންފުޅު ކަނޑައަޅާނެ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. އަދި ޖޭޕީގެ ބައެއް އާއްމު މެންބަރުން ދަނީ އެ މޭރުމުން މީސް މީޑީއާގައި ވާހަކަވެސް ދައްކަމުންނެވެ.

އެ އަޑުތައް ފެތުރިފައި ވަނިކޮށް، މިއަދު މަޖިލީސް ކުރިމަތީ މީޑިއާއާއި ވާހަކަދައްކަވަމުން ރިޔާޒް ވިދާޅުވީ. މަޖިލީހުގެ ރައީސް ކަމަށް، ގާސިމް ގެނައުމަކީ އެ ޕާޓީއިން އުންމީދު ކުރާ ކަމެއް ކަމަށެވެ. އަދި އެ ޝައުގުވެރިކަން ގާސިމްގައި ހުންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ރިޔާޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެ ފުރުސަތު އެމަނިކުފާނަށް ހޯދައި ދިނުމަށްޓަކައި ޖުމްހޫރީ ޕާޓީން ވަރަށް ބޮޑަށް އެކަމަށް ތާއީދު ކުރަން." ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ، އިންތިހާބީ ރައީސް، އިބްރާހިމް މުހައްްމަދު ސޯލިހުއާއެކު މިއަދު ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއް އޮންނާނެ ކަމަށެވެ. އަދި އެއަށްފަހު ޖޮއިންޓް ޕާލިމެންޓް ތެރޭގައި ކުރެވޭ މަޝްވަރާތަކާއި ގުޅިގެން ރައްޔިތުންނަށް ހާމަކުރަން ޖެހޭ މައުލޫމާތުތައް ހާމަކުރާނެ ކަމަށެވެ.

އެ ބައްދަލުވުން ބާއްވަން ތާވަލުކޮށްފައި ވަނީ މިއަދު ހަވީރުކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހިތް ބޮޑު

    ތީ ތިކަން އޮންނަންވެސްވާގޮތެވެ. ވޭތުވެ ދިޔަ 5 އަހަރު ތަރައްގީގެގޮތުން ރާއްޖެއަށް އެއްވެަސް ވަރެއްގެ ކުރިއެރުމެއް ގެނެސްދެވިފައި ނުވާކަން، ރައްޔިތުންގެ ބޮލަށް ވައްދައިދިނުމަށް ތި މަޖިލޯހުން ވަރަށްބޮޑު ދަވްރެއް އަދާކުރެވިދާނެ!

  2. ދަސްވެނި

    ތީ މިގައުމުގަހުރި އެންމެ ކަރަޕްޓް މީހާ. މީހުނަށް ހަޑިހުތުރުބަހުން ވާހަކަދައްކަން އެނގޭ ހަމައެކަނިމީހާ. ދެން މަޖިލީހުގެ ފެންވަރު ވެއްޓޭނީ ފައިބުޑަށް. ދެން މަސީހުމެން ފެންވަރުގެ މީހަކަު ހޯދާނީ ކިހިނެއް. މިހާރު މަޖަިލީހުގަ އެފެްންވަރުގެ މީހުން މަދު. ދެން އަނެއްކާވެސް ޖަންގަލީގެ މީހުނަށް ދިނީމާ ވާނެގޮތް ވިސްނާ

  3. ޥަހުތާނު

    ނައިބުކަން ފާރިޝްއަށް ޔާމީނު ވެރިކަމާ ހަވާލުވީއްސުރެ ނުވެގެން އުޅޭކަމަކީ ތިޔަ އީނު ދެން ހިތްހަމަޖައްސާލާ ގައުމުގެ ރައީސް ނޫނަސް ދެން ރައީސް ކަމެއްލިބުނީނު