އިތުރު ގަޑީގެ މަސައްކަތް ކުރަން ނުޖެހޭ ގޮތަށް މަސައްކަތްތައް ރާވައި ހިންގައި، ސަރުކާރުގެ އޮފީސްތައް މެންދުރު ފަހު އެންމެ ލަސްވެގެން 14:30 ގައި ބަންދު ކުރުމަށް ފިނޭންސް މިނިސްޓްރީން ދައުލަތުގެ މުއައްސަސާތަކަށް އަންގައިފިއެވެ.

ދައުލަތުގެ ހިންގުމުގެ ހަރަދުތައް ކުޑަ ކުރުމަށްޓަކައި، ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ސޮއިކޮށް މިއަދު މުއައްސަސާތަކަށް ފޮނުވި ސާރކިރުލާގައި ބުނެފައި ވަނީ، 2018 ވަނަ އަހަރު ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން މިއަދުން ފެށިގެން އެ މިނިސްޓްރީން ސާރކިޔުލާގައި އަންގާފައިވާ ފިޔަވަޅުތައް އަޅައި ދެއްވުމަށެވެ.

އެ ސާރކިޔުލާގައި ހަ ކަމެއް ވަނީ ބަޔާންކޮށްފައެވެ. އޭގައި ބަޔާންކޮށްފައި ވަނީ، ސަރުކާރުގެ މުއައްސަސާތައް އިތުރު ގަޑީގައި މަސައްކަތް ކުރަން ނުޖެހޭ ގޮތަށް ރާވައި ޑިއުޓީ ގަޑީގެ އުސޫލުން މަސައްކަތް ކުރާ އޮފީސްތައް ފިޔަވައި ސަރުކާރުގެ އޮފީސްތައް މެންދުރު ފަހު އެންމެ ލަސްވެގެން 14:30 ގައި ބަންދު ކުރުމަށެވެ.

އަދި އަމަލީ މަސައްކަތް ފެށިފައިވާ މަރާމާތުގެ މަސައްކަތްތަކާއި، ރައީސް އޮފީހުންނާއި ފިނޭންސް މިނިސްޓްރީން ހުއްދަ ދީފައިވާ މަރާމާތުގެ މަސައްކަތްތައް ފިޔަވައި މަރާމާތާ ގުޅޭ އެއްވެސް މަސައްކަތެއް ނުކުރުމަށާއި، މުއައްސަސާތަކުން ދެމުން ގެންދާ ހިދުމަތް މެދުކެނޑުނަ ނުދިނުމަށް ރައީސް އޮފީހުން ނުވަތަ ފިނޭންސް މިނިސްޓްރީއިން ހުއްދަ ދީފައިވާ ކެޕިޓަލް ހަރަދުތައް ފިޔަވައި އެހެން ކެޕިޓަލް ހަރަދެއް ނުކުރުމަށްވެސް ބުނެފައި ވެއެވެ.

އަދި ކުރިއަށް ނުގެންދިއުމަށް ކަނޑައަޅާފައިވާ ކަންތަކަށް 2018 ވަނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވާ ކަންތައް ބަޖެޓުން އުނިކުރާނެ ކަމަށްވެސް ސާކިއުލާގައި ބުނެފައިވެއެވެ.

ގައުމީ ފެންވަރުގައި ފާހަގަކުރާ ދުވަސްތައް ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ފާހަގަ ނުކުރުމަށާއި، އަމަލީ މަސައްކަތް ފެށިފައިވާ މަޝްރޫއުތައް ފިޔަވަާ އެހެން ޕީއެސްއައިޕީ މަޝްރޫއުތައް ކުރިއަށް ނުގެންދިއުމަށް ވެސް ވަނީ އަންގާފައެވެ. އަދި ބަޖެޓް ލިބިފައިވީ ނަމަވެސް މިހާތަނަށް އަމަލީ މަސައްކަތް ފެށިފައި ނުވާ މަޝްރޫއުތައް ނުފެށުމަށްވެސް ވަނީ އަންގާފައެވެ.

ދައުލަތުގެ ބަޖެޓުގެ ގޮތުގައި މިއަހަރު ކަނޑައަޅާފައިވަނީ 27 ބިލިއަން ރުފިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ވ ސަާލާމްތޯއްޗެއް

    ކޮންދައުލަތެއް ހިންގަން ތިއުޅެނީ ...ފެއިލްވެފަ ވާ ސަރުކަރެއް ތީ

    • ހަސީން

      ފޭލްނުވާނެ ސަރުކާރެއް ތިއޮތީގެނެވިފަ. ކރިއަށް ބާރަށް.

  2. ކޮއްކޮ

    ހުރިހާ ތާކުންވެސް ކޮށްފައިވާ ވައްކަން ފަޅާއަރާފާނެތީވެ.. ކީކޭ ދެން ބުނާނީ....

  3. ދުވާފަރު ދަންޑަހެލު

    ރައީސް ޔާމީން ކެމްޕޭނަށް ސަރުކާރު ކުންފުނިތަކާއި އޮފީސްތަކުގެ ބަޖެޓް ހުސްކޮށްފަ ދައުލަުގެ ޚަރަދު ކުޑަކުރަން ކިހާ ތާހިރު ވާހަކައެއް ދޯ

  4. ފަރުކޮއި

    ވ ސަާލާމްތޯއްޗެއް ބުނެލަން ބޭނުންވަނީ ކަލޭ ކިތަންމެ ފޮނުއެރުވިޔަސް ނޮވެމްބަރު 11 ހަމަޔަށް ރައިސް ޔާމީން ހުނަނާނެކަން. އަދި އެމަނިކްފާން އައްޔަންކޮށްފައި އޮތް ކެބިނެޓް އޮންނާނެކަން.

  5. ޢއިސާ

    ރަސްމީގަޑީގައި އެކަނި މަސައްކަތްކޮށްގެން ނިންމޭ ވަރަށްތަ މުވައްޒަފުން ތިބީ... ޑިޕާރޓް މަންޓަކަށް އެކަކު ... ބޯހަލާކު

  6. ނަސީމް މުހައްމަދު/ކޮލަމާފުށި

    ސާބަސް.އަދި މިއުޅެނީ ވެރިކަމުން ނުފޭބިގެން.ގައުމު ދަރަނިވެރިވެފައޮތްވަރު މިހާމަވަނީ.ދައުލަތުގެ ބަޖެޓްގަ އެއްވެސް ރުފިޔާއެއްހުރިހެނެއް ހީނުވޭ.ތިގޮތަށް ކުރާ ތަރައްގީ ބޭނުމެއްނުން.
    ލިބޭ މިންވަރު ނިކަންދަނެގެން ވިބޭނުންތައް ބަޙާލައިގެން.ތިބޭނަމައީ ފިކުރުކޮށްގެން މިބޭޒާރެއް ނުވެސްވާނޭ.

  7. ކުރިމަގު

    މީ މާ ކުރިންވެސް އަންގައި ފައިވާގޮތް. މިގޮތަށް އަމަލުކުރާތާ ދުވަސް ކޮޅެއްވެއްޖެ.

  8. ސައިމަން

    ކޯޓް އަމުރެއްތޯ؟ ބާރުލިބޭއިރައް ވާގޮތް ތިފެންނަނީ ބަލަ ނަމުން ސޯލިހު ވަނީ ކަމުންހަރާންކޯރުވަނީ ޔާމީންވަރެއްނެތް ޔާމީން ގެންގުޅުހެން ބޮޑުމުސާރަ ދީގެނެއް ނުގެންގުޅެވޭނެ ނޭގޭނެ އެކަންކުރާކައް މާރިޔާ އެގޮވަނީ ނުކުޅެދޭކުދިން ވަކިކުރާށޭ އެމީހުނަކައް މަސައް ކަތެއް ނުކުރެވޭނޭ.

  9. ސްކޫލް

    ތިޔަ ގޮތަށް އަމަލު ކުރަން ޖެހިއްގެ ނަމަ ސްކޫލުތަަކަށް ވ ގެއްލުން ވާނެ. މުދައްރިއްސުންނަކީ 24 ގަޑިއިރު މަސައްކަތްކުރަން ޖެހިފައިވާ ބައެއް.