ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ވާދަކުރައްވަން ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ނިންމަވައިފިއެވެ.

މަޖިލީހުގެ މިހާރުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކުރުމުގެ މައްސަލަ މަޖިލީހަށް މިއަދު ވައްދާފައިވާއިރު، އަދުރޭ ވިދާޅުވީ އެ މަގާމުން މަސީހު ދުރުކޮށްފިނަމަ، މަޖިލީހުގެ ރައީސްގެ މަގާމަށް ވާދަކުރައްވާނެ ކަމަށެވެ.

މަޖިލީހުގެ ރައީސްގެ މަގާމަށް އަދުރޭ ވާދަކުރައްވަން ނިންމެވިއިރު، އެ މަގާމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގެނައުމަށް ޝައުގުވެރިވާ ކަމަށް އެ ޕާޓީން މިއަދު ވަނީ ހާމަކޮށްފައެވެ.

މަސީހު އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް މިއަދު ވައްދާފައިވަނީ ޕީޕީއެމްގެ ބައެއް މެމްބަރުންގެ ވެސް ތާއީދާއެކު ޖުމްލަ 51 މެންބަރުން ސޮޔާއެކުއެވެ.

މަޖިލީހުގެ ރައީސްކަމަށް މަސީހު ހޮވިވަޑައިގަތީ 28 މެއި 2014 ގައި ބޭއްވުނު 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ރައީސް އިންތިޚާބު ކުރުމަށް މެންބަރުންގެ މެދުގައި ނެގެނު ވޯޓުގައި 43 ވޯޓުގެ އަޣުލަބިއްޔަތެއް ލިބިވަޑައިގެންނެވެ.

މަޖިލީހުގެ ޖަލްސާތައް އަންނަ މަހު ފަށާއިރު މަޖިލިސް މިހާރު އޮތީ ޗުއްޓީގައެވެ. އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަނީ މަޖިލީސް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެސް ވީހާވެސް އަވަހަށް ޖަލްސާތައް ބާއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. އިސްމާޢީލް

    މަރުހަބާ!

  2. މަމީވަގެއް

    އަޅެ ކަލޯ ތިދެންކާކު

  3. ޏޮއް

    ނުލިބޭނެ.

  4. ބޯޓްބޭ

    އަނެއްކާ ތިއުޅެނި މަޖިލީސް ފުރާޅުގަ ހުރި ޓިނު ކޮޅު ގެއްލެންބާ

  5. ތިމަންނަ

    ތިޔަ " މަޖްލީހަށް " އެންމެ އެކަށީގެންވަނީ ހަމަ އަބްދުއްރަހީމް

  6. އާދި

    ފެނޭ ޤައުމުގެ ރައީސކަމަށް ވެސް ވާދަކުރަން ، އަދުރޭއަށް އެނގޭބަ މަޖިލީހުގެ ރައީސްކަމަށް މީހަކު އައްޔަންކުރަން ހުޅުވާލުމުގެކުރިން ރައީސް މައުމޫނު ޕާޓީ އަތުލުމަށް ފަހު މަޖިލިސް މެމްބަރުކަމުންވެސް ވަކިކޮށް މަގުމައްޗަށް އެއްލައިލާނެ އަދި ވަރަށް އަވަހަށް ޖަލުހެދުމުގަ ޖަލަށް ލެވޭނެ އިންޝާﷲ

  7. ބޯޓްބޭ

    އަބްދުއްރަހީމޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫމޫމޫމޫމޫމޫމޫ އަނެއްކާ އަނެއްބޮނޑި ބޯންތަ ތިއުޅެނި

  8. ޟެއިހް

    އަދުރޭ އަށް އަދުރޭގެ އާއިލާ މީހުން ވެސް ވޯޓް ނުދޭނެ. އެހާވެސް މީހުން ފޫހިވާ ވައްތަރަކަށް އުޅޭ މީހެއް. 20*50=200000

  9. ބޮޑު ދެލޯ

    އަދުރޭ ކަމަކު ނުދާނެ! ރަނގަޅީ ގާސިމް. އެހެނީ އަހަރުމެން ބޭނުންވެގެން މިއުޅޭ "ޖަޒީރާ ރާއްޖޭ" ގެ "އުފާވެރި" ދިރިއުޅުމައް މަގުފަހިވާނީ އެއިރުން!

  10. ޔަހް

    މައުމޫނާ އަންނިއާތަ މިހާރު އެންމެ ރަގަޅީ. މުޅިންވެސް ޔަހޫދީން. އިހުލާސްތެރިން ނެތް ހިތާމަ ހުރި

  11. Anonymous

    މަޖިލީހުގެ ރައީސްކަމަށް ވަގުން ބޭނުމެއްނުވޭ

    • Anonymous

      އާނ. އަހަރެމެން ބޭނުންވަނީ ވޯޓު ވަގުންނާ ގަންޖާ ވަގުން.

  12. ޢަބްދުﷲ

    ދެންއިތުރު ބޭފުޅަކު ނެތްތޯ؟

  13. ކެރޭ އަބްދުﷲ

    މަޖިލުސް ރައީސް ކަމައް އެންމެ ރަންގަޅީ އަބްދުލްރަހީމް އަބްދުﷲ. މިނޫ މީހަކު މިހާރު މަޖިލިސް ތެރޭނެއް ރައީސް ކަމައް.

  14. އަބްދުއްލާ

    މީނަ ނުހޮވާތި . މީނަގެ ސަބަބަުން ޔާމީނު އަށް ހުރިހާ ނާކާމިޔާބެއްލިބުނީ

  15. ހަމަ ހަލާކު

    މަޖިލީހުގެ ގެމަނަފުށި ދާއިރާ މެމްބަރު ޖަމީލް އުސްމާނަށް