ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކުރަން ކޮށްފައިވާ އަމުރު ކްރިމިނަލް ކޯޓުން ބާތިލުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ބާތިލުކޮށްފައިވަނީ، 2010 ރައީސް ޔާމީން، ރައްޔިތުންގެ މަޖިލީހުގެ މެމެބްރުކަމުގެ މަޤާމުގައި ހުންނަވަނިކޮށް ޤާނޫނާ ޚިލާފަށް ހައްޔަރުކޮށްގެން ގޮސް ކ. އާރަށުގައި ބެހެއްޓި މައްސަލައިގައި ކޯޓުން ނަޝީދު ހައްޔަރު ކުރުމަށް ނެރުނު އަމުރެވެ.
އެ މައްސަލައިގައި ނަޝީދުގެ މައްޗަށް ކޮށްފައިވާ ޓެރެރިޒަމްގެ ދަޢުވާވެސް މިއަދު ވަނީ ބާތިލުކޮށްފައެވެ.
މިކަން ހާމަކުރައްވާ ނަޝީދުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސައިން ވިދާޅުވީ، ނަޝީދުގެ މައްޗަށް ކޮށްފައިވާ ޓެރެރިޒަމްގެ ދެވަނަ ދަޢުވާ އަނބުރާ ގެންގޮސް އެ މައްސަލައިގައި އެމަނިކުފާނު ހައްޔަރު ކުރުމަށް ކޮށްފައިވާ އަމުރު ބާތިލުކޮށްފައިވާ ކަމަށެވެ.
Criminal Crt today has sent back to PG the 2nd terrorism charge against Pres. Nasheed & annulled the arrest warrant issued against him in relation to the new charge. In line with UNWGAD & UNHRC rulings & today’s Majlis petition, we hope PN will soon be cleared of his conviction.
— Hisaan 🎈؟ (@hisaanhussain) October 24, 2018
ހިސާން ވިދާޅުވީ، ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ޙުކުމްވެސް ބާތިލުވެގެން ދާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.
މި މައްސަލައިގައި ނަޝީދު ހައްޔަރުކުރުމަށް ކޯޓުން އަމުރެއް ނެރެފައިވަނީ، ޓެރެރިޒަމްގެ ކުށަކާއި ގުޅިގެން އެމަނިކުފާނު 13 އަހަރަށް ޖަލަށް ލާފައިވަނިކޮށް ބޭސްފަރުވާއަށް ބޭރަށް ވަޑައިގެން އުޅުއްވަނިކޮށެވެ. ނަމަވެސް އެމަނިކުފާނު އިނގިރޭސިވިލާތުގެ ޙިމާޔަތް ހޯއްދަވައިގެން އޭގެ ފަހުން ރާއްޖެ ވަޑައިނުގަންނަވާތީ އެ މައްސަލައިގެ ޝަރީޢަތް ކުރިއަށް ގެންދެވިފައެއް ނުވެއެވެ.
ނަޝީދުގެ މައްޗަށް ކޮށްފައިވަ ދަޢުވާއެއް އަނބުރާ ފޮނުވާލައި، ހައްޔަރުކުރުމަށް ކޮށްފައިވާ އަމުރު ބާތިލުކޮށްފައި މިވަނީ އެމަނިކުފާނު އަންނަ މަހުގެ އެއްވަނަ ދުވަހު ރާއްޖެއަށް ވަޑައިގަންނަވާނެ ކަން އިއުލާނުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ނަޝީދު މިނިވަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ 49 މެމްބަރުންގެ ސޮޔާއި އެކު ޤަރާރެއްވެސް ހުށަހަޅާފައެވެ. ނަމަވެސ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޙުކުމް ސުޕްރީމް ކޯޓުން ބާތިލް ނުކުރާހާ ހިނދަކު ރައީސް ނަޝީދަށް މިނިވަން ވެވޭނެ ޤާނޫނީ އެއްވެސް ހަމައެއް އަދި ނެތެވެ.
އިދިކޮޅު ފަރާތްތަކަށް ނިމިދިޔަ ރިޔާސީ އިންތިޚާބު ކާމިޔާބު ވުމާއި އެކު އެ އިއްތިހާދުގެ މައި ޕާޓީން ބުނެފައި ވަނީ ރައީސް ނަޝީދު ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށާއި އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށެވެ.
ނިމިދިޔަ 5އަހަރު ކުއްވެރިވެގެން ހައްޔަރު ކޮށްފައިވާ އެންމެންވެސް ދޫކޮށްލާ!
މަރުހަބަ
މިރާއްޖޭގައި ކުށްކުރަންވީ ސިޔާސީ މީހުން ކުއްވެރިނުވާނެ ސާބަހޭ ކޯޓުތަށް އާއްމު ރައްޔިތެއްގެ މައްސަލައެއްވިއްޔާ ބާއްވާތި 5 އަހަރުވަންދެން ހިރަފުސް އަރުވާފައި
ކަލޯގަޔާ އެހެންވީމާ އެއީ ކުށެއްނޫން ދޯ. ސަޅި. މިހާރު އެހެންވީމާ ކުށެއް ކުރާނެ މީހެއް މިގައުމުގަ ނެތް. ޔާﷲ މިގައުމުގައި ތިބި ޚާއިނުންގެ ކިބައިން މިގައުމު ސަލާމަތް ކުރައްވާން ދޭވެ. ލާރިފަށެއް އަޅަލާފި ދޯ.
މި ފެންނަ މަންޒަރު ތަކުން މިހާރު ސިފަވަނީ އެބުނާ ސަދޫމް ސިޓީ.
މިހާރު އެމްޑީޕީ މީހުންނަށް ކޯޓްތަށް ރަގަޅުވާނެ މީގެ ކުރިން ކޯޓްތަށް ކަމަކު ނުދޭ.މިހާރު ނަޝީދު ކުށެއްވެސް ނުކުރާނެ،...ކޮބާތޯ ތިޔަވިދާޅު ވާ އަދުލު އިންސާފް،
ޞުބުޙާނަﷲ، ޔާﷲ، އަޅަމެންގެ މިލޮބުވެތި ވަޠަން މިނިވަންކަމާއި އަމާންކަންމަތީ ދެމިއޮތުމުގެ ހެޔޮތައުފީޤު މިންވަރު ކުރަށްވާށި.
ޢެމަނިކުފާނު ރައީސްކަމުގެ ހުވާ ނުކުރައް ވާނެބާ! މިހާރު ކަންތައްދާ ގޮތުން ހީވަނީ ރައްޔިތުން އިބޫއަށް ވޯޓް ދިނަސް އެމްޑީޕީ ރައީސޭ ކިޔާފަ ހުވާވެސް ކުރުވަފާނެހެން ހަމަ ފަޓާސް ބަރިއެއްހެން ހުރިހާ ކަމެއް ވެސް ވަމުން މިދަނީ
ހަމަތިކޯތުން ކުރިހުކުން ތިކޯޓުމް ތިބާތިލުކުރީ ތިހިރީ ތިފަނޑިޔާރުމްގެ އަދުލުއިންސާފުހުރިވަރު ﷲ އައް ބިރުގަންނަނަމަ ތިދަރަޖައައް ވެއްޓޭކައްނުކެރޭނެކަންކަށަވަރު ތިމޭހުންނަކީ ހާދަހާވާނުބައިބައެކޭ ﷲ ދެކެބިރެއްނުގަނެ ބިރުގަންނަނީ މަގާމާއި ފައިސާ ނުލިބިދާނެތީ މިހާރުތިއުޅޭގާޒީންނައްވުރެން ނުބައިބަޔަކު މިދުނިޔެއަކު މިހާރަކުނުތިބޭނެ ހަމަޔަގީން ތިމީހުނައްވުރެ ރަނގަޅުވާނެ ފިރުއައޮނުވެސް ައެއީ ފިރުއައޮނުވެސް ﷲ ދެކެބިރުން ސހާދަތް ކިޔޭތޯއުޅުނުކަމައްބުނޭ މިމީހުނައްނުވޭަެވަރުވެސް
މިފެންވަރުގެ ފަނޑިޔާރުގެތައް މިހުންނަނީ. ފައިސާކޮޅެއް ނުދެވެންޏާ އެއީ ކުއްވެރިއެއް.ބޮޑެތިއަދަދު ތަކުން ފައިސާ ދެންޏާ އެއީ މިނިވަނެއް. މިވެސް ފަނޑިޔާރުންދޯ.
އަލްޙަމްދުލިﷲ
މިއަދު ކޯޓުތައްވެސް ވަރަށް ރަގަޅު ހަމަ އެހާމެ ޖޯކު
ތި ދެން ބޮޑުވެއްޖެ ކަމެއް ނު!. ބޮޑެތި ކުށްކޮށްފައި ތިބި މީހުން ޖަލުގައި ތިއްބާ ތިގޮތަށް ސިޔާސީ މީހުންނަށް ކޮށްފައިވާ ހުކުމް ބާތިލް ވާކަމަށް ވަންޏާ ބޮޑެތި ކުށްވެރިންގެ ހުކުމްތައް ބާތިލް ވާނެ. އެއީ ކޯޓް ހުކުމަކީ ގާނޫނަކާއި އެއްފަދަ އެއްފަދަ އެއްޗެއް. މީގެ ފަހުން ބާތިލް ކުރަން ހުށައަޅާ ކޮންމެ ހުކުމެއް ބާތިލް ވާން ޖެހޭނެ.
ކިހިނެއް ދަޢުވާ ބާޠިލު ކުރެވެނީ؟ އެހެންވިއްޔާ ވެރިކަމުގައި ހުންނަ މީހަކު ބޭނުންވީމާ ކޯޓު އަމުރެއް ނެތިވެސް ބޭނުންހައި ދުވަހަކު މީހުން ހައްޔަރުކޮށްގެން ގެންގުޅެންވީތާ! މިރާއްޖޭގެ ހުރިހާ ޤާނޫނުތައް އުވާލަންވީނު.
ސާބަހޭ މިއޮތީ ފުރިހަމަ އަދުލުއިންސާފު ގާއިމުކުރެވިފައި. ބޮDުމީހާއަށް މޮޅޮގޮތް ދެރަމީހާއަށް ދެރަގޮތް ﷲއަކުބަރު
އިބޫ ހުވައިކުރުމަށްފަހު ފުރަތަމަ 10 ދުވަހުގެ ތެރޭގައި މިހާރު މީހުން މަރާލާފައި ޖަލަށްލާފައިވާ މީހުން ފިޔަވައި ހުރިހާ ކުށްވެރިން ކުށުގެ ރެކޯޑް ނެތްގޮތަށް ދޫކޮށް އެމީހުން މުޖުތަމައު އަށް ނެރުމަށް އިބޫ / ފައިސަލް އަށް ގައުމުގެ ހަރު އަޑުން ގޮވާލަން.
ކަލޭމެން ބޭނުންވާ ވައްތަރު އަދުލު އިންސާފު ލިބި އަވަދިވީ ދޯ؟ ސަދޫމުގެ އިންސާފު ސަޅި ދޯ؟
ޢެމް.ޑީ.ޕީ އަށް ނިސްބަތްވާ އެއްވެސް ބޭފުޅަކު ކުށެއް ނުކުރާނެ. ޢެއިގެ ތެރެއިން ބޭފުޅަކު ވައްކަމެއް ކުރިޔަސް ޚިޔާނާތެއް ވިޔަސް އެކަމެއް ވެގެންދާނި ހައްގުގެ މަގުގައި ކުރާ ޞަދަޤާތަކަށް. ނަމުން ޑިމޮކްރަސީ ކަމުން ހުދުމުހުތާރު