ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ މައްސަލައިގެ ހުކުމް މާދަމާ އިއްވުމަށް ހައިކޯޓުން ހަމަޖައްސައިފިއެވެ.

ފާރިސް 4 މަހާއި 24 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ، އޭނާގެ މައްޗަށް ކުރި ޝަހްސު އޮޅުވާލުމުގެ ދައުވާ ސާބިތުވުމާ ގުޅިގެންނެވެ. މި ދައުވާ ފާރިސްގެ މައްޗަށް ކުރީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ދިދައާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެއެވެ.

ޖަލު ހުކުމުގެ މައްސަލަ ފާރިސް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު، އެ މައްސަލައިގެ ހުކުމް އިއްވާ އަޑުއެހުން އޮންނާނީ މާދަމާ ހެނދުނު 10:15 ގައެވެ.

ފާރިސް މިވަގުތު ހުންނެވީ އިސްތިއުނާފު މައްސަލާގައި ގޮތެއް ނިންމަންދެން ކަފާލާތުގެ ދަށުން މިނިވަންކޮށްފައެވެ.

ޝަހްސް އޮޅުވާލުމުގެ މައްސަލައިގެ ކުށް ސާބިތުވެ ހުކުމް ކޮށްފައިވާއިރު، ނިރުބަވެރިކަމުގެ އަމަލެއް ހިންގަން އުޅުމުގެ ކުށުގެ ޝަރީއަތާއި، ރިޝްވަތުގެ ޝަރީއަތްތަކެއް ވެސް ފާރިސްއާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޜިޔާޒު

    ކީއްކުރައްވަންތޯ ގޮތެއް ނިންމަންވީ މިހާރު ތިކަންތަށްވެސް އޮނނާނީ ފާރިޝް ކޮޅަށް ނިންމާފަ......

  2. ހުސެން

    ކޯޓުން ތިކަން ކޮއްލިޔަސް ރައްޔިތުން މަޖްލީސްތެރޭން ތިކަންކޮއްލިޔަސް އޯކޭ. މިހާރު ކިަންހިންގާގޮތުން ނަތީޖާ ވަރައްސާފު. މައްސަލަބާތިލް، ކަމެއް ކުރިކަމެއް ދެނެހުރިމީހަކުވެސް ހެއްކެއްވެސް ނެތް. ހެކި ހުރިޔާ ހުރީބާތިލްހެކި އެ ބަލައެއް ނުގަނެވޭނެ. ނިމުނީ.

  3. މޫސަ

    .ކަލޭމެންތިހުރިހާ މީހުން ދޫކޮއްލާނެ ބޭކާރުވަގުތުތައްދުއްވާނުލާ

  4. Abdul Latheef

    އަގު ހަމަވަންދެން ހިތްވަރު ކޮށްފަ ބަހައްޓާތި. ތިޔައީވާ ފިސާރި ކޯޓެއް. ތިޔަ ކޯޓުތަކުން ނިންމާ ނިއްމުމެއް ދިވެހި ރައްޔިތުން ބަލައިގަންނާނެ ހެނެއް ހިޔެއްނުވޭ. ހަމަ ގައިމުވެސް އަހަރެން ބަލައެއް ނުގަންނަން. މާގިނަ ހެޑްލައިން ތައް އުފަން ކުރުވާނެ ބޭނުމެއްނެތް. ފަޓާސް ބަރިއެއްހެން ދުއްވާލާ.

  5. ދޫނިދޫ

    ހީވަނީ މައުމޫނުގެ ދަރިންނޫނީ މިރާއްޖޭގައި މީހަކުނޫޅޭހެން ކިހާބޮޑުބަލާއެއް މައުމޫނާހެދެ

  6. އިބުރޭ

    މިހާރުކުއްވެރިންގެގޮތުގަތިބޭނީ މައުމޫނުއާ ނަސީދުއާ

    ވަހީދުގެވެރިކަމުގަ ކުއްވެރިވެފަތިބިމީހުން. މިއޮތީވާ

    ކޯލިސަނެއް ބޯހަލާކު.

  7. ޢަބްދުﷲ

    އެބައެއްގެ މައްޗަށް އޮތް އިތުބާރު ވަރަށް ބާރު ސްޕީޑެއްގައި ގެއްލެމުންދާ ބަޔަކީ، ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟

  8. މާދަމާ

    ތި ދެން ނިމިފަ އޮތް ކަމެއްނު، ކީއްކުރަން މާދަމާއަށް ލަސް ކުރަންވީ، މިހާރު ނިންމާލާ

  9. ޢަޖޫބާ

    ތިޔަ ހުކުމްވެސް މިހާރު ވަނީ ވިކިފައި. ކޯޓަށް ދާނެ ކަމެއްނެތެއްނު ވާނެ ގޮތް އެގޭނު ދެން ކޮން އާޓެއް ޤާސިމާއި، މައުމޫނު ވަނީ ކޯޓުތައް ގަނެވިއްކާ ތަންތަނަށް ހަދާ ނިންމާފައި.