ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ހޮވިވަޑައިގެންފިނަމަ ދިވެހި ރާއްޖޭގެ ރައްޔިތުން އުފާވާ ދަރަޖައަށް މަސައްކަތްތައް ގެންދާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށް އެމަޤާމަށް ކުރިމަތިލައްވަން ނިންމަވާފައި ވާ، ޖުމްހޫރީ ޕާޓީގެ ބާނީ އަދި ރައްޔިތުންގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެެއްޖެއެވެ.
ގާސިމް އަށް މަޖިލީހުގެ ރައީސްކަން ދިނުމަށް އިދިކޮޅު ޕާލިމެންޓްރީ ގުރޫޕުން ނިންމެވުމާއި ގުޅިގެން ނޫސްވެރިންނާއި ވާހަކަދައްވަމުން އޭނާ ވިދާޅުވީ، ޔަގީން ކުރަނީ އޭނާ މަޖިލީހުގެ ރައީސްގެ މަގާމަށް ހޮވޭނެކަމަށް ކަމަށާއި، އަދި ދިވެހި ރާއްޖޭގެ ރައްޔިތުން އުފާވާ ދަރަޖައަށް އިންސާފުވެރިކަމާއެކު ގެންދާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ. އަދި މަސައްކަތް ކުރަމުން ދާނީ ޑިމޮކްރެޓިކް އުސޫލުތަކާއި، ހަމަތަކާއި، އިންތަކުގެ ތެރެއިން ކަމަށް ގާސިމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މަސައްކަތް ފެއްޓީމާ ތިބޭފުޅުން ބައްލަވަން ތިއްބަވާށޭ. އަޕްޑޭޓް އިންފޮމޭޝަން ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި، ނޫސްވެރިންނަށް ރައްދުކޮށްދެއްވަމުން ގެންދަވާނަމޭ،" ގާސިމް ވިދާޅުވިއެވެ.
ގާސިމްއަށް މަޖިލީހުގެ ރައީސްކަން ދިނުމަށް ފާސްކޮށްފައި ވަނީ ޖޭޕީގެ ޖަގަހަ، މ. ކުނޫޒުގައި މިއަދު ބޭއްވި ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައެވެ. ގާސިމްގެ އިތުރުން، މަޖިލީހުގެ ރައީސް ކަމަށް ވާދަކުރައްވާނެކަން ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވެސް ވަނީ މިއަދު އިއުލާން ކުރައްވާފައެވެ.
މަސީހު މަގާމުން ދުރުކުރުމުގެ މައްސަލަ، މަޖިލީހުގެ އިދާރާ އިން ވަނީ އަންނަ މަހުގެ އަށްވަނަ ދުވަހަށް ތާވަލުކޮށްފައެވެ.
މަޖިލީހުގެ ރައީސްކަން ގާސިމް އަށް ދޭން ފާސްކުރިއިރު، މަޖިލީހުގެ މިހާރުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ވަނީ ވައްދާފައެވެ. އެ މައްސަލަ މަޖިލީހަށް ވެއްދީ 51 މެމްބަރުންގެ ސޮޔާއެކުއެވެ. މަސީހު މަގާމުން ދުރުކުރަން ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި ޕީޕީއެމްގެ މެމްބަރުންތަކެއް ވެސް ހިމެނިވަޑައިގަންނަވައެވެ.
ރައްޔިތުން ތިބީ އުފަލުން. އިތުރަށް ރައްޔިތުން އުފާކޮށްދިނުމަށް ޤާސިމަށް ކޮށްދެވޭނޭ ކަމެއް ނެތް! ތިއޮތީ އިމްތިޙާނުގެދުވަހެއް އައިސްފަ! ކުޅިވަރު ކުޅޭލާންހީކުރިޔަސް ކަލަކު ވޮޑިގެންވާކަން ދަންނާތި! ނިކަމެތިވާން ސިކުންތުކޮޅެއްވެސް ނުނަގާނެ!
ރައިއްޔަތުންއުފާވާނީ މީރާގެކަންތައް ނިންމާދެއްވީމަނޫންތޯ.
ޢެއްވެސް އުފަލެއް ބޭނުމެއްނޫން. ޙަމައެކަނި ޖުޑިޝަލް ސާވިސް ކަމިޝަން އެކުލެވި ލިޔެފައޮށްގޮތް ބަދަލުކޮށްދީ. ޓިމާކެނޑި ރަނޑުލުގެ ހިތިފިލުވަން ޖެހޭނީ ތިމާމީހާ.
ރަނގަޅުތާ ރާއްޖެ އަމާންކަމާއެކު ތަރައްގީވަމުން އަންނަނިކޮށް މި މަހުޖަނުންނަށް އެ ގޮތް ކަމު ނުގޮސްގެން، ކޮރަޕްޝަނޭ ވައްކަނޭ ގޮވައި އެވަރުން ނުވެގެން ރިޝްވަތުގެ ފައިސާގެ އެހީގައި ޔާމީނު ރައީސްކަމުން ދުރުކޮށް ޖާހިލަކު ގެނައީ. މަޑުމައިތިރި ތަޢުލީމީ މަސީހު ދުކޮށް ބޅ އަނބުރާ ޖާހިލަކު މަޖިލީހަށް ގެނެސް މާދަމާ އުއްތަމަ ފަނޑިޔާރު ވަކިކޮށް އެތަނަށް ބޮޑުރިޔާ ގެނައިމާ ރައްޔިުންނަށް އިންސާފާއި ހަމަޖެހުމާއި ތަރައްގީ އޮންނާނީ ލިބިފައި. މައުމޫނަށް ސަލާން ބުނި.
100% ވާހަކައެއް.
މުއައްޒަފުންނަށް ސާވިސް ޗާޖު ދޭން ނުކުރޭ ދަހި ސޭޓަކު ރައްޔިތުން އުފަލުގައި ބާތިއްބާނީ ކިހިނަކުންބާ! ގިލިގިލިކޮށްޓައިގެން ތަ؟
ކަލަކު ވޮޑިގެންވާކަން ދަންނާތި! ނިކަމެތިވާން ސިކުންތުކޮޅެއްވެސް ނުނަގާނެ ކަލޭހީކުރަނި ތި ރައްޔިންތިބީ ވަރަށް ހިތްދަތިހާލުއޭކަމަށް ބަލަ ރައީސް ޔާމީން ރައްޔިތުން އުފާކޮއްދީ ހިތްފުރާލަދީފިޔޭ ރައްޔިތުން އުފާކޮށްދޭންޖެހޭވަރެއް ކަލޭޔަކަށްނުވާނޭ ކަލޭގެންގުޅޭ 4އަނބިން ހިތްހަމަޖައްސައިދީގެން ކަލޭއުޅޭށޭ . ކިތައްމެލާރިގިނަޔަސް ﷲއިރާދަކުރެއްވިއްޔާ ދުވަހަކުވެސް ކަލެޔަކަށް ހިތްހަމަޖެހުމެއް މާތްﷲ ނުދެއްވާނެ އެއީ ރައްޔިތުންގެ ވަރަށްބޮޑުހައްގެއް ވޯޓަކީ އެވޯޓުއޮޅުވާލީ ކަލޭލާރިޖަހައި
ވޯޓު އޮޅުވާލަން އުޅެ އެކަން ނުވީ ވަގު ޔާމިނަށް. ހަޖަމު ކޮށްލާ
މަޖިލީހުގެ ރައީސްކަން އަރުވާނީ ތަބަކެއްގައެވެ.
ފުރަތަމަ އަނބިމީހާ ހިތްހަމަޖެހެވާރު ކޮށްދީބަލަ. ލަދުން ބޯހަލާކު އޭނާ ކޯޓުގައި ދީފައޮތް ބަޔާން ކިޔާފަ.
އަމިއްލަ މުވައްޒަފުންނަށް މުސާރަ ދީބަލަ.
ދައުލަތައް ދައްކަންޖެހޭ ފައިސާއާއި ޒަކާތް ދެއްކިންތަ.
ލަދުހަޔާތް ހަމަ ނެތިއްޔޭ ހަމަ.
ރާއްޖޭން ބޭރުން ގެންނަ ހުރިހާ މުދަލެއްގެ އިމްޕޯރޓް ޑިއުޓީ އަދި ޓެކްސް ކަނޑުއްވާލައްވައި
އޭރުން އެކަމުގެ ފައިދާ ނަގާނީ ވިޔަފާރިވެރިން. ޓެކްސް ކަނޑާލިޔަސް ތަކެތި އަގުހެޔޮނުކުރާނެ އެމީހުނެއް!
މިގައުމުގަމަޖްލިސްރައީސްއަކަށް އަންނަބޭފުޅަކަށް ރައްޔިތުން ހިތްއުފާކުރުމަށް ކުރެވޭނެކަމެއް ނޯންނާނެ. މިހާރުވެސް ތައްޔާރުވަމުން ތިޔަގެންދަވަނީ އަބުރުގެ ގާނޫންއުވާލަން. އެއީތޯރައްޔިތުން އުފާކުރެވޭނެކަންކަމުގެފެށުމަކީ...