ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މެމްބަރުންގެ މައްސަލަތައް ވީހާ ވެސް އަވަހަކަށް ނިންމައި ދިނުމަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފި އެވެ.

އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ އަށް ފޮނުއްވި ސިޓީއެއްގައި މޫސަ ވިދާޅުވީ، ހުރިހާ މެމްބަރުންނަށް ބައިވެރިވެވަޑައިގެންނެވޭ ގޮތަށް މަޖިލީހުގެ ޖަލްސާތައް ބޭއްވުމަކީ ރިޔާސަތުން ކުރަން ޖެހޭ ކަމެއް ކަމަށާއި މަޖިލީހުގެ ރައީސް އަބުދުﷲ މަސީހް މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ލިބިފައިވާތީ ޖަލްސާތައް ބާއްވަން ބޭނުން ވަނީ ހުރިހާ މެމްބަރުންނާ އެކު ކަމަށެވެ.

މެންބަރުންގެ މައްސަލަ އަވަހަށް ނިންމައި ދިނުމަށް މޫސަ ސުޕްރީމް ކޯޓުގައި މިއަދު އެދިވަޑައިގެންފައި ވާއިރު މެންބަރުންގެ ގޮނޑި ގެއްލުނު މައްސަލައަށް ހައްލެއް ނައިސް ދޮޅު އަހަރު ވާން ކައިރިވެފައި ވާއިރު މީގެ ކުރިން މޫސަ މިފަދަ ކަމަކަށް އެދިވަޑައިގެންފައެއް ނުވެއެވެ.

މޫސަ އުއްތަމަ ފަނޑިޔާރަށް ފޮނުއްވި ސިޓީގައި އިތުރަށް ވިދާޅުވީ ހުރިހާ މެމްބަރުންނަށް ބައިވެރިވެވަޑައިގެންނެވޭ ގޮތަށް ޖަލްސާތައް ކުރިއަށް ގެންދިއުމަށްޓަކައި، ޝަރުއީ ކޯޓުތަކުން ބަލަމުންދާ މެމްބަރުކަމާ މެދު ހިލާފު އުފެދިފައިވާ ހުރިހާ މައްސަލައެއްގައި ފައިސަލާ ކުރަނިވި ހުކުމެއް އެ ޖަލްސާތަކުގެ ކުރިން އިއްވައި ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"އެއްވެސް ރައްޔިތެއްގެ ހައްގު ގެއްލޭ ގޮތަށް މަޖިލީހުން އެއްވެސް ކަމެއް ކުރުމަކީ ގާނޫނުއަސާސީ އާއި، ރާއްޖޭގައި އަމަލުކުރާ އެއްވެސް ގާނޫނަކުން ހުއްދަކަމަކަށް ނުވާއިރު، ހުރިހާ ރައްޔިތުން ތަމްސީލު ކުރުމަށް އިންތިހާބު ކޮށްފައިވާ މެމްބަރުން ކުރެ އެއްވެސް މެމްބަރަަކަށް ބައިވެރި ނުވެވޭ ގޮތަށް މަޖިލީހުގެ ޖަލްސާތައް ބޭއްވުމަކީ ގާނޫނު އަސާސީގެ 4 ވަނަ މާއްދާއިން ރައްޔިތުންނަށް ދީފައިވާ ބާރު އެންމެ ހެޔޮގޮތުގައި ތަމްސީލު ކުރުން ނޫން ކަމަށް ދެކެމެވެ." މޫސަގެ ސިޓީގައި ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ، މަޖިލީހުގެ ގާނޫނީ އަދަދު ކަނޑައަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރާ ޖުމްލަ މެމްބަރުންގެ އަދަދަށް ބަލައިގެން ކަމަށެވެ. އަދި މަޖިލީހުގެ މެމްބަރެއްގެ ގޮނޑިއާ މެދު ހިލާފެއް އުފެދިއްޖެ ނަމަ، އެކަމަށް ގޮތެއް ނިންމާނީ ސްޕްރީމް ކޯޓުން ކަމަށް ގާނޫނޫއަސާސީ ގައި ބަޔާން ކޮށްފައިވާ ކަމަށް ވެސް މޫސަގެ ސިޓީގައި ވިދާޅުވިއެވެ.

މަޖިލިސް މެންބަރު ކަމުން ވަކިވެފައިވާ ކަމަށް ނިންމާފައިވާ މެންބަރުންގެ ތެރެއިން އަށް މެންބަރެއްގެ މައްސަލަ އަދިވެސް ސުޕްރީމް ކޯޓުގައި އެބައޮތެވެ. އޭގެތެރެއިން ހަ މެންބަރެއްގެ މައްސަލައިގެ އަޑުއެހުންތައް ނިމި މިހާރު އޮތީ ޙުކުމް ކުރަން ތައްޔާރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

 1. އަފީފާ

  މޫސާ އަޅެނައަބުރައީސަކައްއިއްނަވާގެންމިހާރުތިޔައުޅުއްވަނީއަޅެކޯޗެއްހައްދަވަންތޯ؟؟؟އަހަރުމެންރައްޔަތުންގުބޯހައްދަވަނީތޯ؟؟؟
  އަހަރުމެންނައްއިގެޔޭތިހައްދަވަންއުޅޭއެތިވެސް
  ނުވެންބަރުއެގާ ރާއިގާއިބޫލައްވާހުވާކު ރުވަންވެގެންނެއްނު؟؟؟
  ޤާނޫނުއަސާސީބުނާގޮތުންވިއްޔާ ނުވެންބަރުސަތާރައައް 5އަހަރުވާނީ ވީމާކޯޗެހައްދަވަންތޯތިއުޅުއްވަނީ އަޅެމޮޔަފުޅުވީތޯ؟؟؟
  މަނިކުފާނުބިރުފުޅުގައްނަވަނީތޯގޮނޑިގެއްލިދާނެތީ؟
  ތީކުޑަކުދިންއުޅޭގޮތޭ ތީވަފާ ތެރިންނެއްނޫ

  ތީބޭވަފާތެރިން