ޝަރުއީ ދާއިރާއަކީ ބާރުގައި ތިބޭ ބައެއްގެ ޕަޕެޓެއް ނޫން ކަމަށް ލިޔެފައިވާ ޓްވީޓެއް ރީޓްވީޓް ކުރައްވާ އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ ޝަރުޢީ ދާއިރާ އަށް ފާޑުކިޔާ ފަރާތްތަކަށް ރައްދު ދެއްވައިިފިއެވެ.

އުއްތަމަ ފަނޑިޔާރު މިއަދު ރީޓްވީޓް ކުރައްވާފައި ވަނީ އެމެރިކާގެ ފަނޑިޔާރެއް ކަމަށްވާ ކްލަރެންސް ތޯމަސްއާ ހަވާލާދީ އެމްބީއޭ ޖާނަލްއިން ޓްވީޓްކޮށްފައިވާ ޚަބަރެކެވެ.

ހުކުރު ދުވަހު ޖޯޖިއާގައި އޮތް ރަސްމިއްޔާތެއްގައި ފަނޑިޔާރު ތޯމަސް ވިދާޅުވީ "ޝަރުއީ ދާއިރާއަކީ އަޅުގަނޑުގެމެންގެ މިގައުމުގެ ބާރުގަދަ މަގާމުތަކުގައި ތިބޭ ބައެއްގެ ޕަޕެޓެއް ނޫން" ކަމަށެވެ.

އެރަސްމިއްޔާތުގައި ފަނޑިޔާރު ތޯމަސް އިތުރަށް ވިދާޅުވީ ދައުލަތާއި ދެކޮޅަށް މަސައްކަތް ކުރާ މީހުންނާއި ބާރުގަދަ މަގާމުތަކުގައި ތިބި މީހުންގެ ކިބައިން ޝަރުޢީ ދާއިރާ ހިމާޔަތް ކުރާނީ އެކަމަށްޓަކައި ހުވާ ކޮށްގެން ތިބި މީހުންނާއި ޤާާނޫނުތައް ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ ރައީސް ޔާމީން އާއި ސަލާމް ކުރައްވަނީ – ފޮޓޯ: ރައީސް އޮފީސް
އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ ރައީސް ޔާމީން އާއި ސަލާމް ކުރައްވަނީ – ފޮޓޯ: ރައީސް އޮފީސް

ޝަރުއީ ދާއިރާއަކީ ބާރުގައި ތިބޭ ބައެއްގެ ޕަޕެޓެއް ނޫން ކަމަށް އުއްތަމަ ފަނޑިޔާރު އެއްބަސްވެ ވަޑައިގެންފައި ވާއިރު މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިޚާބު އިދިކޮޅު ފަރާތްތަކުން ކާމިޔާބު ކުރުމާއި އެކު ރާއްޖޭގެ ހުރިހާ ކޯޓަކުން ވެސް މައްސަލަތައް ނިމެމުން ދަނީ އިދިކޮޅު ފަރާތްތަކުން ބޭނުންވާ ގޮތަށެވެ.

އިދިކޮޅު ފަރާތްތަކަށް ބާރު ލިބުމުން ޝަރުޢީ ދާއިރާ އިން އިދިކޮޅު ފަރާތްތަކުން ބޭނުންވާ ގޮތައް ޙުކުމްތައް ކުރަނީ ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.

މީގެ ކުރިން އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ ޝަރުޢީ ދާއިރާ އަށް ބޮޑެތި ފާޑުކިޔުންތަކެއް ކިޔަމުން ދިޔަ ނަމަވެސް ފާއިތުވި މަހެއްހާ ދުވަސް ތެރޭގައި އެފާޑުކިޔުންތައް ވަނީ ތައުރީފަށް ބަދަލުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. ތިނަދޫ މީހާ

    އެކަމަކު މިރާއްޖޭގެ ފަނޑިޔާރު ގެތަކުގައި ތިބީ ޕަޕެޓްން ބަލަގަ ތިޔަ ފަނޑިޔާރު ގެތަކުން ކޮށްފައިވާ ގުކުމްތަކާއި ނެރެފައިވާ އަމުރު ތަކެއް ނޫންތަ ވެރިކަން ބަދަލު ވާއިރަށް އަނެއްކޮޅަށް ތިޔަ އަނބުރަނީ...........

    • ޙައްގުބަސް

      ޓްވީޓުގައި އެބުނާ ވަހަކަ ރަގަނޅު އަދި އެވާހަކަ އޮތްތަނެއްގައި ކަޅާ ހުދުން ލިޔެފަ އޮތީ!! ބޭނުން އެއްޗެއް ހަދަނީ!! މިރާއްޖެއިން ފެންނަ މަންޒަރު ތަފާތު!! ސިޔާސީ ބާރުވެރި ފަރާތްތަކުން އެއިރަކު އެމީހުން ބޭނުންވާ ނަތީޖާއެއް ނެރުމަށްޓަކައި ހުރިހާ ތަނަކަށް އަތްބާނައިގެން ހަމަ ތަޅުވަނީ!! ނަޒާހަތްތެރިކަމެއްވެސް ނެތް!! އެވެސް އޮތީ ފަސްއަޅާ ފޮރުވާފަ!! ކޮރަޕްޝަނޭ މިކިޔާ ވަބާ އޮތީ މެކުހަށް ޖަހާފަ!! ޖީބުތައް ބާރުވެރިކުރަނީ ކަޅުފައިސާއިން!! ދެންކިހިނެތް ހަދާނީ؟

  2. ޕަޕެޓް

    ހެހެހެ. ދެން ކޮންމަންޒަރެއްތޯ މި ފެންނަނީ؟ 23 ގެ ފަހުގެ ފިލްމް ކުލަވަނީ ބަދަލުވެފަ ދޯ؟ ނޫންނޫން ފައިސާ ހުރި މީހުންގެ ދޮގެއްތޯ؟ ހަމަ އަންނަނީ ހިނި

  3. ޢަބްދުﷲ

    އުތީމު ތިން ބެއިންނާއި ދެޙާޖީންނާއި ދަންޑަހެލުގެ ޝަރަފުން ޝަރަފު ލިބިގަންނަށް ދަސްކުރަންޖެހޭނެއެވެ.

  4. ޜާއްޖެ އިސްލާމް

    މިހާރު ފެންނަނީ ޕަޕެޓެއްގޮތަށް ކުރިން އަމިއްލައަށްކުރި ހުރިހާ ހުކުމެއް ބާތިލް ކުރަމުން ތިޔަ ގެންދަވަނީ. ބޮޑެތި މުޖުރިމުން ދޫކޮއްލަމުން ތިޔަގެންދަވަނީ، ޤާނޫނާ ޚިލާފުވުމަށްވުރެ ތިމާއަށާ ތިމާގެ ޢާއިލާއަށްވެސް ރައްކާތެރިވާނެ އިސްތިއުފާދިނީމަ

  5. އަޖޫބާ

    ހަކުރު ދެންޏާ ބޮޑުބޭބެ

  6. Anonymous

    ޝަރުއީ ދާއިރާއަކީ ބާރުގައި ތިބޭ ބައެއްގެ ޕަޕެޓެއް ނޫން ކަމަށް އުއްތމަ ފަނޑިޔާރު އެއްބަސްވެ ވަޑައިގެންނެވިޔަސް މިގައުމުގެ ޝަރުޢީދާއިރާވަނީ ފަޕެޓަކަށް ވެފައެވެ، ފަހަކަށްއައިސް އެއްމެބޮޑަށް ޕަޕެޓަކަށްވެފައިވަނީ ސުޕުރިން ކޯޓެވެ، އެކޯޓުގެ ފަނޑިޔާރުން ދުވާލަކީ ރޭގަނޑަށް ހަދާފަވެސް ހުކުމްކުރަމުން ދާތަން ފެންނަނީ، އަދި ސުޕުރިންކޯޓުން ހުކުމްކޮށް ނިންމާފައިވާ ޝަރީޢަތް ދެވަނަ ފަހަރަށް ގެންދިޔައިމަވެސް ކޯޓަށް ބަލައިގެން ވައްދަމުންދަނީ، ގާސިމު މަހުޖަނުވަނީ ޝަރުއީ ދާއިރާއަށް ކަޅުފައިސާ އޮއްސާލާފަ ގަނެފައި، އޭނަ ބޭނުންގޮތަކަށް ޝަރީއަތް ނިންމާދޭތަން ފެންނަނީ

  7. އަޖޫބާ

    ވޭތުވެ ދިޔަ މަސްދުވަހު އެކަން ވަރަށް ރަނގަޅަށް އެގިގެން ހިގައްޖެ. ހަމައެއް ލަމައެއް ނެތް އިންސާފު ބަރިބަރިއަށް. ކުރިންވެސް ހުކުމް ތައް ކިރި މީހުން ފަހުން އެހުކުމްތައް ކަމުނުގޮސް ބަދަލުކުރާއިރު އެކަށީގެންވާ ޖަވާބެއް ނުދެވުނީމަ ކިޔާނެ އެއްޗެއްނެތް. ޟިމީހުން މުޅި ގައުމު ފާލުން ނައްޓުވައިފި

  8. Miadhu

    ރާއްޖޭގައި ޝަރުޢީ ދާއިރާ ހިސޯރުކޮށްފައި އޮތީ ބާރުގަދަ ސިޔާސީ ފަރާތްތަކާއި ބޮޑެތި ފައިސާވެރިން މިޢީ މިގައުމުގެ 90% މީހުން ގަބޫކުރާ ފެންނަން އޮތް ހަގީގަތެއް

  9. އެދުރު

    ރައީސް ނަޝީދުގެ ހުކުމުގެ މުއްދަތު ހަމަ ނުކުރައްވާ މުޖުތަމަޢުގައި އުޅުއްވަނީ ފަށްޓަވައިފިއްޔާ ތިޔަހެން ވިދާޅުވާ ނެ ޖާގައެއް ނޯންނާނެ.
    ރާއްޖެ ވަޑައިގެން ފިއްޔާ ހުންނަވަން ޖެހޭ ނީ ޖަލުގައި. އެނގިދާނެތާ!

  10. ޝަރުމީލު

    ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި ހިނގާފައިވާ ކަންކަމައް ރިއާއަތްކޮއް އެއްޗެއް ދަންނަވާނަމަ ބުނެވެންއޮތީ ތިޔަވާހަކަ ގަބޫލުކުރަން ނުހަނު ދަތިއޭ..

  11. Anonymous

    ޝަރުޢީ ދާއިރާ ޕަޕެޓަކަށްނުވެ ކޮބާތަ؟؟އަޑުގަދަމީހާ ރުއްގަސް ގިނައޭ ބުނާބީދައިން ލާރިތަކުން ފެންވަރުވާ ފަރާތްތައް ރުހޭ ކޮޅަކަށް ޝަރީޢަތް ނިންމަމުންދާތަން މިފެންނަނީ، 3ހަފުތާވަންދެން ފަނޑިގާރަކު ރަހީނުކޮށްގެން އުޅުނު ރައީސުގެވެސް އެއްވެސް ކުށެއް ނުކުރާކަމަށް މިނިވަންކުރަނީ ދެން ކޮބައިތޯ އެފަނޑިޔާރުގެ ޙައްޤު؟ކުރީގެ އެމްޕީ ޔާމީނު އެއްވެސް ހައްޤަކާނުލާ އެތައްފަހަރަކު ގެންގޮސް ދޫނިދޫ ޖަލަށްލީ މައްސަލަ ކޯޓަށްވައްދާފަ އޮތްވާ ބާޠިލުކުރީ، ރިޝްވަތު ނެގި ފަނޑިޔާރުންނާއި ރިޝްވަތު ދިން ފަރާއްތަކުގެ ޝަރީއަތްވެސް ބާޠިލުކުރީ؟ޝަރުޢީ ދާއިރާ ޕަޕެޓަކަށްވާނީ މިވަރަށް

  12. ޚާލިދު ވަޙީދު

    ކޮސް އަނގަ ނުތަޅާތޯ؟ ހުރިހާ ދިވެހި ރައްޔިތުންނަކީ މޮޔައިންނެއްނޫން.

  13. ޢަހަންމާ

    މީވާ ގައުމެއް. މިގައުމުގަ ތިބި ފަ**** ގެ ތެރެއިން ގިޔާމަތް ދުވަހުން ކިތައްގޮލާ ސަލާމަތުގެ އައްސޭރިޔައް ދާނެބާ؟

  14. ޭލާރިބަނޑު

    ޝަރުޢީ ދާއިރާގެ އަގެއްނެތް. ޢެއްވެސް ހަރުދަނާ ކަމެއްނެތް. ސްޕްރީމްކޯޓުން މައްސަލައަށް ފަހުބަސް ބުނެބުނެ ނުނިމޭ. ޢެއިރަކު ބާރުގަދަ ކޮޅަކަށް ބުރަވެފަ. ޢެކޯޓުން އެނެރެނީ ފަހުބަސްކަމާމެދު ސުވާލުއުފެދޭ. ސަދޫމްކޯޓާ ވައްތަރީ. ޖަޒީރާ ސްޕްރީމްކޯޓް.

  15. އިއްބެ

    މިއަދު ފޑޔ ބޭނުން ގޮތަކައް މައްސަލަތައް ނިންމިދާނެ އެއީ އަންނަ ސަރުކާރުން އެ ފޑޔ ބޭރުކޮއްފާނެތީ ބިރުން އަދި 13އަހަރައް ޓެރެރިޒަމްގެ ހުކުން ކޮއްފަ އެހެރަ ގަންޖާ ވެސް މިނިވަން ކުރާނެ ރުފިޔާ އައް ބަނޑުކެޑިފަ މީހަގިގަތް ކިއްވެ ޖަލުގަތިބިހުރިހާ ކުއްވެރިން މިނިވަން ނުކޮއްތިތިބީ ކަލޭމެން ސިޔާސީ ގޮތުން ހަރަކަތް ތެރިވާ މީހުންނެ ނޫން ދޯ މިލިޔަނުން ރުފިޔާދިނީމަ ދޫކުރަންޖެހޭނިކި 1 ފެބުރުއަރީގެ ހުކުމަކީވެސް އެތައްހާސް މިލިއަންރުފިޔާގެ ހުކުމެއްކަން މީސް މީޑިޔާ ތަކުންވެސްހާމަވޭ

  16. ދޮނބުޅާ

    ހަމަ ޕަޕެޓުން ތިޔައީ. ހަމަ ވެރިކަން ދާއަތަކަށް ހުކުމްތައް ބަދަލުވަނީ. ކީއްވެ މިހެން ނުބުނެވޭނީ. ޤާނޫނުތައް އެހުރީ އޭރުވެސް ހުރިގޮތަށް. ބޮޑެތި ކުށްކޮއްފާ ތިބި މުޖުރިމުން ތިޔަ ދޫކޮށްލަނީ ޤާނޫނެއް މަތިން ބާވާ ލައްވާގެންތަ؟ ހަމަތެދެއް ރާއްޖެ މިޙާލަތައް ދިޔައީ ކޯޓްތަކާއި، މަޖްލިސް ސަބަބުން.

  17. އޮޅުވާލިވޯޓް

    ރިޝްވަތު ގެކާފައިން ދުވަހަކު ރާއްޖޭގެ ތިޔަނިޒާމު ރަގަޅަށް ނުވާނެ ޝަރީޢަތް ތިނިންމަވަނީ ސޭޓުންބުނާގޮތަށް މާތާިިރު ބައެއްކަމަށް ބެދިގެން އުޅުނަކަސް މިރާއްޖޭގެކުޑަކުދިންނަށް ވެސް ތިމީހުންގެ ގޮތްއެގޭ

  18. އޮޅުވާލިވޯޓް

    ރިޝްވަތު ގެކާފައިން ދުވަހަކު ރާއްޖޭގެ ތިޔަނިޒާމު ރަގަޅަށް ނުވާނެ ޝަރީޢަތް ތިނިންމަވަނީ ސޭޓުންބުނާގޮތަށް މާތާިިހިރު ބައެއްކަމަށް ހެދިގެން އުޅުނަކަސް މިރާއްޖޭގެކުޑަކުދިންނަށް ވެސް ތިމީހުންގެ ގޮތްއެގޭ

  19. އޮޅުވާލިވޯޓް

    ރިޝްވަތު ގެކާފައިން ދުވަހަކު ރާއްޖޭގެ ތިޔަނިޒާމު ރަގަޅަށް ނުވާނެ ޝަރީޢަތް ތިނިންމަވަނީ ސޭޓުންބުނާގޮތަށް މާތާިިހިރު ބައެއްކަމަށް ހެދިގެން އުޅުނަކަސްމިރާއްޖޭގެކުޑަކުދިންނަށް ވެސް ތިމީހުންގެ ގޮތްއެގޭ

  20. ނުކުރެވޭނެއޭ

    ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައި ކެނެރީގެ ނަޝީދު ހައްޔަރު ކޮށްގެން ގެނެސް ރައީސް ޔާމީން ހައްޔަރު ކުރި މައްސަލަ ބަލަން އެކަން އެގޮތަށް އޮތްވާ އެކަން އެއްވެސް ބަޔަކު އިސްތިއުނާފު ނުކުރަނީސް ކީއްވެގެންތޭ ކްރިމިނަލް ކޯޓުން އެހުކުމް ބާތިލް ކުރީ އެއީ ކުރެވޭނެ ކަމެއް ނޫން ކްރިމިނަލް ކޯޓަށް އެކަން ނުކުރެވޭނެއޭ.

  21. ދެކޭމީހާ

    ފެންނަމަންޒަރުން އަދި އިވޭ އަޑުތަކުން ހީވަނީ ތިޔަށްވުރެވެސް ތިތަންތާގެޙާލު ބޮޑުހެން

  22. މަގޭޚިޔާލު

    މޮޅުވާހަކައެއް ލިޔެވިދާނެ. ފެންނަނީ އެހެން މަންޒަރެއް. ޚާއްޞަކޮށް މި 5 އަހަރުތެރޭގައި ފެނުނީ ވަކިފަރާތަކަށް ބުރަވެގެން އުޅޭތަން.

  23. ބޮލި މުލައް

    ބޭފުޅާ ރައްޔަތުން ނުކުމެ ތިތަންތަން ހަމަ މަގަށް ނާޅުވަނީސް މިނޫނަސް ދުވަހެއް އޮތްކަން ދަނެގެން އަވަހަށް ތައުބާވޭ. މުޅި ދާއިރާ ކޮރަޕްޓް އަތޮޅުތަކުގެ ޙާލަތުވެސް ހަމަ އެގޮތް.

  24. އެޑަމް

    ވެރިކަން އަދި ބަދަލެއް ނުވޭ ބާރުތައްވެސް އޮތީ ހަމަ ޔާމީންގެ އަތުގަ...

  25. ރުޒާނާ ޗޮއްޕަޓު

    އަޅުގަނޑުމެންގެ ޝަރުޢީ ދާއިރާ ފެންނަނީ ތިޔަ ވިދާޅުވިފަދަ ޕަޕެޓެއް. ހިތާމަ ހުރި ކަމެއް.

  26. ވަގު ވޯޓް ފަނޑިޔާރު

    ތިކިޔާ ޔަހޫދީ ތޯމަސްމެންދޭ ކަޓުކޯކޮޅު ނަގައިގެން އެމީހުން ބުނާގޮތަށް އަދުލު އިންސާފް ވިއްކާލީ ކީއްވެގެްތޯ؟

  27. ހީހީ ހަލާކު

    ތިކިޔާ ތޯމަސްމެން ތިބެގެން ހިންގި އެމެރިކާގަ ހިންގި ހުރިހާ ސަރުކާރަކީވެސް އިޒްރޭލްގެ ޕަޕެޓް ސަރުކާރު ހުސް. ދެންކިހިނެއް މިނިވަންތަނެކޭ ބުނެވޭނީ. ތިކިޔާ ތޯމަސްމެންވަނީ ފެއިލްވެފަ. މިހާރު އެމެރިކާއަކީ ދުނިޔޭގައި އޮތް އެންމެ ނަސްލީތަފާތުކުރުން އަދި މާރާމާރީ ގިނަ އެއް ގައުމު

  28. ައަންހެންމަންޖެ

    ބުނެލި ބަހަކުން ހުރިހާކަމެއް ހުދުކާފޫރަށްވެ ނިމުނީ އަހަރުމެން ދުނިޔެމަތީގެ އެއްވެސްކަމެއް ގަބޫލްނުކުރާވަރަށް ފަނޑިޔާރުންގެބަސް އަހާ ގަބޫލްކޮއްފިން ދެންފަހެ

  29. ޙަފްޞާ / މާލެ

    ރިޔާސީ އިންތިޚާބު އޮޅުވާލާ ރައީސް ޔާމީނަށް ލިބުނު އެތަކެއްހާސް ވޯޓުން ވައްކަންކޮށް ، އިދިކޮޅަށް ވެރިކަން ފޮރޮޅާލުމަށް އީސީގެ ވެރިން މަސައްކަތްކޮށްފައިވާކަމުގެ ސާފްހެކިތަކާއެކު އެމައްސަލަ ހުށައެޅުމުން ސްޕްރީމްކޯތުންކުރި ޙުކުމަކީ ޙައިރާންވާވަރުގެ ޙުކުމެކެވެ. ހުށައެޅި އެއްވެސް ޤަރީނާއަކށް ބަލާލުމެއްނެތި އިދިކޮޅުން ބުނިގޮތަށް ޙުކުމްކޮށް ރައީސް ޔާމީންއާއި އެމަނިކުފާނުގެ ސަޕޯޓަރުންގެ ޙައްޤުވަނީ ގެއްލުވާލާފައެވެ. ދުނިޔެއަކީ ވަގުތީއަރާމާ ލައްޒަތު ލިއްބައިދޭ ތަނެކެވެ. އެހެނަސް މިފަދަ ނުބައި ފަނޑިޔާރުން ރިޝްވަތުން ހަށިގަނޑުފުރާލާ އަލިފާނުން އެތެރެހަށި އަނދާއިރުވެސް ހީކަރުވާގޮތް ނުތްވަސް އާޚިރުނަތީޖާ ހިތިވާނެއެވެ.

  30. ޕަޕެޓު

    ތިކަމެއް ނޭނގެ. އިރުވައިމޫސުމަށް ދޮންދޫނި ބައިގަނޑެއް ފެތުރިގަންނަހެން ކުށްވެރިންތައް ރޫސްލާފަ ފަތުއަޑުކިޔާފަ އެހެރެ މިނިވަންވަނީ. ދެން އަނެއްހެން ތިޔަބުނި އެއްޗެއް ގޯހެއް ނޫން. ޝަރުއީ ދާއިރާއަކީ ބާރުގައި ތިބޭ ބައެއްގެ ޕަޕެޓެއް ނޫން. އެއީ ބާރުތައް ދެން ލިބޭ މީހުންގެ ޕަޕެޓެއް.

  31. ޞަފިއްޔާ ޢަލީ / މާލެ

    މީއްޗެއްސަށް ކިޔަންވީ ފަނޑިޔާރުންނެއް ނޫނެވެ. ދަނޑިމާރުންނެވެ. ހުދުއުސްހަކުރު ހިލާލާނަމޭ ހީކޮށްގެން ޤުރުއާނާ ސުންނަތާ ދެކޮޅަށް ފައިސާގެދަހިވެތިކަމުގައި ޙުކުމްތައްނެރެ ހާމަކުރިޔަސް ތިޔަ ހިލާ ހުދުއުސްހަކުރުގައި ލާނީ ހިތިރަހައެވެ.