މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ގެއްލިފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މަންމަ އައިމިނަތު އީސާއާ، މިއަދު ބައްދަލުކުރައްވައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިބައްދަލުވުމުގައި ރިލްވާން ގެއްލުވާލާފައިވާ މައްސަލާގައި އާއިލާގެ ބައެއް ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ސިޔާމްއާ އެކު އެ އާއިލާއިން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

މިހާރު ކުރިމަތިވެފައިވާ ބިރުވެރިކަމާއި ރިލްވާންގެ އާއިލާއަށް ލިބޭ އިންޒާރުތަކާ ގުޅޭ ގޮތުން ވެސް އެ ބައްދަލުވުމުގައި ރިލްވާންގެ އާއިލާއިން ސިޔާމް އަށް މައުލޫމާތު ދީފައި ވެއެވެ.

ރިލްވާންގެ އާއިލާއަށް ބޭނުންވާ، ސިޔާމަށް ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ވެސް ދެއްވާނެ ކަމަށް ސިޔާމް ވަނީ ރިލްވާންގެ މަންމަ އަރިހު ދަންނަވާފައެވެ.

ސިޔާމް، މީގެ ކުރިން ވެސް ރިލްވާންގެ އާއިލާ މެންބަރުންނާއި ބައްދަލުކުރައްވާފައި ވެއެވެ.

ރިލްވާން ގެއްލިފައި ވަނީ 2014 ވަނަ އަހަރުއެވެ. ރިލްވާން ވަގަށް ނެގި މައްސަލައިގައި ދައުލަތުން ވަނީ ކިޑްނެޕިންގެ ދައުވާ ގ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ މައްޗަށް ކުރިއެވެ. ނަމަވެސް ދައުވާ ސާބިތުވެފައެއް ނުވެއެވެ.

ރައީސް ކަމުގެ މަގާމާއި ހަވާލުވާ ދުވަހު ރިލްވާނަށް ވީގޮތެއް ހޯއްދަވާނެ ކަމަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވަނީ ވައުދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ރައްޔިތުން

  ސިޔާމޫ ޫޫ ޔާމީނު ބުނި އޭނާ މަރެއް ނުވެޔޭ. ވީމާ އޭނާ ދެއްކުމުގެ ކަން ނޫންބާ މިދަނީ ކުރިޔަށް

 2. ޯއޮޅުންބޮޅުން

  ޯކޮންމެ މީހަކީވސް ބުނާބަހަކަށްވިއަސް ކުރާ ކަމަކަށް ވިއަސް މީހުންގެ ތެރޭގަ އިތުބާރު ކުރެވޭ މީހަކަށް ވާންޖެހޭ މިހާރު ކަންތައް އޮތީ ދިމާ އިދި ކޮޅަށް މިހާރު އެމީހަކަށް ވީމާ އެމީހަކަށް ނިމުނީ މިހާރު އިތުބާރު ކުރަންވީ ކާކަށް ކަމެއްވެސް ނޭގޭ ހާލަތަށް މި ދިއެއީ އެމީހަކު ބޭނުން ކަމެއް ނުވީމާ އަނެއްމީހާ ގަންބާލަންވީ ހެދުނުހާ ދޮގެއްވެސް ހަދަންވީ އަބުރުވެސް ނަގާލަންވީ ކުރީން ގޮވި ގޮވެލިފަތި މަތީން ހަނދާން ހުރިބާއޭ ހިތަށް އަރާ ތިމާގެ ގަދަރާ އަބުރަކީވެސް މީހުންގެ ގާތުގާ ވެއްޓޭނެ ކަން ގަބޫލު ކުރެވޭނެ ނަމަ ރަނގަޅު ތާއޭ.

 3. ޒާ

  ޝިޔާމަކީވެސް ވަރަށް ދެއްކުންތެރިމީހެއް. ޕާޓީއެއް އޮތޭ ބުނާއިރު ކިތަން މީހުންބާ ޕާޓީގައި ތިބީ؟

 4. ރައްޔިތުން

  ނޫނީ ކުރިކަމަކުން މާފަށް އެދެނީތޯ؟؟

 5. ނުރަބޯ

  މި ސަންޓްރެވަލް ސިޔާމު އާއި އޭނާގެ ޕާޓީ އަކީވެސް ޕީޕީއެމް އާއި ކޯލިޝަން ހަދައިގެން ތިބެފަ ގައުމަށް އެމީހުންގެ އެހީތެރިކަމާ އެއްބާރުލުން އެންމެ ބޭނުންވި ދަނޑިވަޅުގައި އެކަމުން ބަރީއަވެ، އަމިއްލަ އެދުން އިސްކޮށް ހަރާންކޯރުވި ބައެކެވެ. އެހެންކަމުން ޕީޕީއެމް އަށް ލިބިގެން ދިޔަ ނާކާމިޔާބީ ގައި މިކަލޭގެ އާއި މީނާގެ ބައިގަނޑު އެންމެ ފުރިހަމަ އަށް ޒިއްމާވާން ޖެހޭނެއެވެ. ާއަދި މަކަރާ ހީލަތުން ވެރިކަން ފޭރިގަތް ރީނދޫ ބައިގަނޑު ކުރިޔަށް އޮތްތާ ކުރާ ކޮންމެ ނުބައިނުލަފާ ޖައްބާރު ކަމެއްގައި މިމީހުންވެސް ޙިއްސާ ވާނެއެވެ. މިއަދު އަނިޔާވެރި ބަޔަކު ގައުމަށް ގެނައި ބަޣާވާތުގައި ޕީޕީއެމް އަށް އެއްމެ ނިކަމެތިކަން ކުރިމަތިވި ދަނޑިވަޅުގައި މިކަލޭގެ ލާދީނީ ރިލުވާންގެ މައްމަ ކައިރިއަށް ގޮސް ގެން މިއުޅެނީ ކޮންއެއްޗެއް ހޯދަން ހެއްޔެވެ؟ އިތުރު ޝައްކުތަކަކާ ތުހުމަތު ތަކެއް ރައީސް ޔާމީންގެ ބޮލުގައި އެޅުވޭތޯ ހެއްޔެވެ.....؟؟؟

  • ާަަފާތުން

   ނުރަބޯ، ހާދަ ވަރެއް ތިވީ ސިޔާމް ރިޟްވާން މަންމައާއި ބައްދަލުކުރީމަ؟ އެހެން މީހުންނާއި ދިމާލަށް ލާދީނީ އަށް ގޮވާއިރު، ތިމާގެ އަމިއްލަ ނަފްސް ވަރަށް ދީނީ ތަ؟ ތިޔަ ފަރާތުގެ އާއިލާއިން މީހަކު ރިޟްވާން ގެއްލުނު ގޮތަށް ގެއްލުނު ނަމަ އަސްލު އިޙްސާސް ކުރެވޭނީ...ޕާޓީއާއި ހެދިވެސް ވަރަށް ވަރު ވެފަ ދޯ ތިހިރީ...!