އަންނަ ހޯމަ ދުވަހު ރައްޔިތުން މަޖިލީހުގެ ޖަލްސާތައް ފަށަން ނިންމާފައިވާ ކަމަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ރިޔާޒް އާއި ހަވާލާދެއްވާ "ރާއްޖެޓީވީ" އިން ދެންމެ ބުނީ އަންނަ ހޯމަ ދުވަހު މަޖިލިސް ޖަލްސާތައް ފަށާނެ ކަމުގެ ޔަގީންކަން މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ދެއްވާފައިވާ ކަމަށެވެ.

ރިޔާޒް ވިދާޅުވީ މަޖިލިސް ޖަލްސާގައި ފުރަތަމަ އޮތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރަން ގޮވާލާ އިއްޔެ މަޖިލީހަށް ހުށަހެޅި ޤަރާރާއި މެދު ގޮތެއް ނިންމުން ކަމަށެވެ.

މަޖިލީހުގެ ޖަލްސާތައް ހޯމަ ދުވަހު ފަށާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސަ ވިދާޅުވެފައިވާ ކަމަށް އަބްދުﷲ ރިޔާޒް މީޑިއާގައި ވިދާޅުވި ފަހުން މަޖިލީހުގ ނައިބު ރައީސް ރީކޯ މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ޖަލްސާ ފަށާނެ ތާރީޚަކާއި އެޖެންޑާ ހަމަޖެހުމުން އާންމު އުސޫލުން ހުރިހާ މެންބަރުންނާއި އެމައުލޫމާތު ހިއްސާ ކުރައްވާނަން ކަމަށެވެ.

މަޖިލިސް ޖަލްސާއެއް ނުބާއްވާ އޮންނަތާ މިހާރު ދެމަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. މަޖިލީހުގެ ގަވައިދަށް އެންމެ ފަހުން ގެނައި ބަދަލުގައިވާ ގޮތުން ތިން ވަނަ ދައުރުގެ ޖަލްސާތައް ހިނގާނީ އޮގަސްޓު 27 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

މި އަހަރުގެ ތެރޭގައި ބޭއްވި މަޖިލިހުގެ ޖަލްސާތަކުގެ ތެރެއިން ފުރަތަމަ ދައުރުގައި 11 ޖަލްސާ އަދި ދެވަނަ ދައުރުގައި 13 ޖަލްސާއާ އެކު، ބާއްވާފައިވަނީ ޖުމްލަ 24 ޖަލްސާ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސައިމަން

    ކުޅި ގަނޑުފެށެނީ މަޖާކަމެއް ފޫހިފިލުވާލަން ބަލާލަން ގައުމު ހަލަބޮލިކަމުގެ ތެރެއައް ވެއްޓެނީ ގިނަ ގާނޫނު ތަކެއް އޮވާލާނެ

  2. ކޮރަޕްޝަން

    އެމް.ޑީ.ޕީ އިން ބުނޭނުން މިހާރު މަޖިލީހުން އިވޭނީ ރައްޔިތުންގެ އަޑޭ، ހަގީގަތަކީ މިހާރު މަޖިލީހުން އިވޭނީ ކޮރަޕްޝަންގެ އަޑު މުއްސަނދިންގެއަޑު، ގާސިމުއަތުން ރައްޔިތުންގެ ޓެކްސް ލާރިގަނޑު ހޯދާބަލަ ކެރެންޏާ،

  3. ލޯންޗް

    ޕޮލިސް ލޯންޗް އަދި ނޫމަޑި 300 ފުލެޓް ރިޔާޒު ތީ ވަރަށް މީޑިއާ އަށް ދެއްކޭ ހިތުން އުޅޭ މީހެއް. ޢަބްދުﷲ ރިޔާޒާއި އިލާޚީ ޤާނޫނު އަރާ ހަމަކުރާނެވެ. ހުދު ހެދުމުގައި ހުރުމަކީ ހުދު ކާފޫރަށް ވުމެއް ނޫނެވެ. ކަރަޕްޝަނާއި ފަސާދައިގެ އަޙްލުވެރިންނަށް ގަދަފަދަ އަޒާބު ހުއްޓެވެ.