ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތުހުމަތުގައި މީހަކު ހޯދަން ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ ސ. ހުޅުދޫ، ހަޒާރުމާގެ، އަޙްމަދު ޔާނިސް (37އ) އެވެ.
އަޙްމަދު ޔާނިސްއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާކަމަށް ފުލުހުންގެ ވެބްސައިޓްގައި ވިދާޅުވެފައި ވެއެވެ.
މިހާރު ނުތިބޭނެ ރާއްޖޭގަ ކުއްވެރިން. ޢޭނަ އެކުރަނީ އޭނަގެ ދިރިއުޅުމަށް އެންމެ ފައިދާ ހުރި މަސައްކަތް.
ޢޭނަގެ ދިރިއުޅުމަށް މަރްހަބާ.
އޭބްރޯ ކުއްވެރިވާނީ ދެރަ ނިކަމެތި ގެރިސޮރުން އެކަމަކު ޤައުމު ފަސާދަކުރާ ޤައުމު ހިންގުމަށް ހުރަސްއަޅާ ޓޫރިޒަމް ބޮއެކަޓްކުރުމަށް ގޮވަލާ ފަނޑިޔާރުންވަގަށްނަގާ
އަދި މިޤައުމަށް ދަތިކުރުމުގެ ފިޔަވަޅު އަޅަންހިތްވަރުދީ އިސްލާމްދީނަށް ފުރައްސރަކުރާ މީހުންނެއް ކުއްވެރިއެއްނުވާނެ
ނުރޮައެބަލަ ކޮއްކޯ
ފުލުހުންނާއި ސިފައިންގެ މުއައްސަސާތައް އުވާލާ. މިހާރު ކުއްވެރިންނެއް ނޫޅޭނެ. ކޯޓުތައްވެސް މުހިންމެއްނޫން. ލޫތުގެފާނު ގައުމުގެ މީހުން ގޮތަށް އުޅެން މަގުފަހިވެފަ މިއޮތީ.
ތިއީ ކީކުރަން ހޯދާ މީހުންނެއްތަ ސުޕްރިމް ކޯޓަށް ދިޔައީމާ އެނިމުނީ ހުރިހާ ކަމެއް ސުޕްރިމް ކޯޓުން މިންމާފައިވާ ކަންތައް މިހާރު ސުޕްރިމް ކޯޓަށްވެސް ކަމުނުދޭ
މިހާރު ރާއްޖޭގައި ކުއްވެރިންނެއް ނުތިބޭނެ ތީ ބޭކާރުކަމެއް!
މީނަ ހައްޔަރު ކުރަން ކުރި އަމުރު ބާތިލު ކުރަން ޖެހޭ!!
އޭނާޖަޒީރާއްޖެއިން ދޫކުރޭ ޖަޒީރާރާއްޖޭގައި ކުއްވެރިން ނުތިބޭނެ.
އޭނާ ހޯދަނީ ކުށްވެރިވެގެންނެއްނޫން. ކުށްވެރިކުރަންވެގެން ތަހުގީގަށް.
ހޯދަނީ ކީއކުރަން ބޮޑެތި ވަގުން ކުއްވެރިން ޖަލަށްނުވަދެ އުޅޭއިރު ކުއްވެރިނުވާއިރު، އެމީހުން އަދިވެސް މިނިވަންކުރަން މިތެޅެނީ.. އާދައިގެ މީހާވީމަ ކުއްވެރިވެގެން ނުވާނެ..
ދެރަ ނިކަމެއްޗެއްވިއްޔާަ ޖެހޭނެ ހޯދުނުގޮތަކުންވެސް ހޯދައިފަ ބޮޑިއެއް ދޭން ސިޔާސީ ބޭފުޅަކުވިއްޔާ ކިތަންމެ ބޮޑުކުށެއް ކޮށްގެން ހުކުމްތަންފީޒު ކުރާ މަރުހަލާގަ ވިޔަސް ހުދުކާފޫރަށްވެ މައްސަލައިގެ ހުކުމް ބާތިލްކޮށްފަ ދޫކޮށްލަންވީ ސަރުއީ ދާއިރާގަ ދަތްފަޅާތަން ބަލާނަން.
މޫނުބަލާލީމަވެސް އެނގޭ!