ޕީޕީއެމްގެ ނައިބު ރައީސް ފޮނަދޫ ދާއިރާގެ މެންބަރުކަން ކުރައްވާ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ކެމްޕޭން ފެއްޓެވުމުން މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި މަސީހު އެމަގާމުން ދުރު ކުރަން ބޭނުންވާކަން ދޭހަވާ ކަމަށް ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު މުބީން ވިދާޅުވެއްޖެއެވެ.

މުބީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދުރޭ މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ކެމްޕޭން ފެއްޓެވުމުން ރައީސްކަމުގެ މަގާމުގައި މިހާރު ހުންނެވި އަބްދުﷲ މަސީހު އެމަގާމުން ދުރު ކުރަން އަދުރޭ ބޭނުންވާކަން ދޭހަވާ ކަމަށެވެ.

މަސީހް މަގާމުން ދުރުކުރަން މަޖިލީހަށް ހުށަހެޅި ޤަރާރުގައި ޕީޕީއެމްގެ ޖުމްލަ 14 މެންބަރަކާއި އެމްޑީއޭގެ މެންބަރަކު ސޮއި ކުރެއްވިއެވެ. މަސީހާ ދެކޮޅަށް ހުށަހެޅި މައްސަލަ ނޮވެމްބަރު މަހުގެ އަށް ވަނަ ދުވަހަށް ތާވަލުކޮށް މަސީހަށް މިހާރުވަނީ 14 ދުވަހުގެ ނޯޓިސް ވެސް ދީފައެވެ. މަސީހް މަގާމުން ދުރުކުމުގެ މައްސަލަ އަންނަ މަހުގެ 08 ވަނަ ދުވަހަށް ވަނީ ތާވަލް ކޮށްފައެވެ.

ރައްޔިތުން މަޖިލީހުގެ މިހާރުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ދުރުކޮށްފިނަމަ އެމަގާމަށް ކުރިމަތި ލައްވާނެކަން އަދުރޭ ވަނީ އިއުލާން ކުރައްވާފައެވެ. އަދުރޭ މަޖިލިސް ރައީސް ކަމަށް ވަޑައިގަތުމަށް ކެމްޕޭން ފައްޓަވާފައި ވާއިރު އޭނާގެ ފުރަތަމަ ވައުދަކީ މެންބަރުންގެ މުސާރަ ދޮޅު ލައްކަ ރުފިޔާ އަށް ބޮޑު ކުރުމެވެ.

ކެމްޕޭން ވަރުގަދަ ކުރުމުގެ ގޮތުން އަދުރޭ ވަނީ އޭނާގެ ތަރުޖަމާނަކަށް ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ޚަލީލް ހަމަޖެއްސިކަން ވެސް އިއުލާން ކޮށްފައެވެ.

އިދިކޮޅު ކޯލިޝަނުން މިހާރު ނިންމާފައި ވަނީ މަޖިލިސް ރައީސް ކަމުން މަސީހް ވަކިކޮށް އެމަގާމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގެންނާށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ލަބީބު

    ނޫން ނޫން މުބީން! އަދުރޭ ނުދޭނެ މަސީޙަކާދެކޮޅަށް ވޯޓެއް! މަސީޙް ވަކިކުރަން ބަޔަކު އުޅެ ކާމިޔަބުވެއްޖެނަމަ އަދުރޭވެސް އެ މަޤާމަށް ކުރމަތިލައްވާނޭކަން އެ ދޭހަވަނީ! އިދިކޮޅަށް ހެޔޮކޮށް ވާހަކަ ދެއްކެވުމުން މުބީންގެ އަޑި ސާފް!

  2. ސަޢީދު

    ހިނިވެސް އާދޭ.. އެކަމަކު މިވާހަކަވެސް ބުނަލެން ޖެހޭ.. އަދުރޭގެ ސްޕޯކްސް ޕާރސަން އަކަށް ނިލަންދޫ ދާއިރާގެ ޑރ. ޚަލީލު ހަމަޖެއްސުމުން އެނގެނީ މިއީ ހަމަ އެއް ފެންވަރެއްގެ ދެ މީހުންކަން.. ކަން ކުރަމުން ދިޔައީވެސް ހަމަ އެހެން.. މުއްސަނދިކަން ފެންނަމުން ދާގޮތުންވެސް އެ ހުރި ފެންވަރު އިނގޭ.. ތެދެއް .. ލަނޑަޔާ ވާނީ ހަމަ ލަނޑަޔާ.. އޭގެ ދިރިހުރި މިސާލެއް މިއީވެސް..

  3. ދޮންކަލޯ

    މަޖުލީސްގެ ޖަލްސާތަށް ފެށުމުގެ ކުރިން އިއްޒަތްތެރި މެންބަރުންގެ މާކެޓް ޕްރައިސް އިއުލާން ކޮށްދެއްވުން އެދެން.

  4. ވަތަނުގެ އަޑު

    ފެންނަމުންދާ ހަޤީޤަތަކީ ސިޔާސީ ޕޯޑިއެމްއެއްގައި މާއަޑުހަރުކޮށް އިދިކޮޅަށް ރައްދުދޭން ފަށާފިއްޔާ އެއީ އަގުބޮޑުކޮށް ސިޔާސީ މާކެޓްގައި ވިކެން ކުރާކަމެއްގެ ގޮތުގައިކަން..